25 ޖެނުއަރީ

January 25, 2019 44
ގޮޅިތެރެއަށް ވެއްޓުމުން އަދީބު އެމަޖެންސީގައި މާލެއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުގައި ހުންނަވާ ގޮޅި ތެރެއަށް ވެއްޓި، ނޭފަތުން ލޭ އައުމުން އެމަޖެންސީގައި މިއަދު މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

13 ޖެނުއަރީ

January 13, 2019 4
ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފި

އާއިލީ ބައްދަލުވުމަށް އިއްޔެ ގޮސް މާފުށީ ޖަލަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު އަތުލައިގެންފި އެވެ.

06 ޖެނުއަރީ

January 06, 2019 11
ޖަލުގައި މާރާމާރީ ހިންގައި 3 މީހަކު ޒަހަމްވެއްޖެ

ކ. މާފުށީ ޖަލުގައި މިއަދު ގައިދީންތަކެއް މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްވެއްޖެ އެވެ.

05 ޖެނުއަރީ

January 05, 2019 28
އަދީބު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި

ގޭބަންދުގައި ހުންނަވަނިކޮށް މާފުށީ ޖަލަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބަދަލުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ ގެނެސް އައިޖީއެމްއެޗުގައި މިރޭ އެޑްމިޓްކޮށްފި އެވެ.

January 05, 2019 12
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލުކޮށްފައި ވިޔަސް އެމަނިކުފާނު އޮންނެވީ ބަލި މީހަކަށް އެކަށީގެންވާ ފަދަ ހާއްސަ ތަނެއްގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް...

02 ޖެނުއަރީ

January 02, 2019 7
ގައިދީންނަށް އަމަލުކުރާ ގޮތް ހިއްސާކުރަން ހުޅުވާލައިފި

ޖަލުތަކުގައި ގައިދީންނާ ދޭތެރޭ އަމަލުކުރާ ގޮތުގެ މައުލޫމާތު ހިއްސާކުރަން، ޖަލުތައް އޮޑިޓްކުރަން އުފެއްދި ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 3
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޝަންގެ މަސައްކަތް އަވަހަށް ނިންމުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.

18 ޑިސެމްބަރ

December 18, 2018 9
ޖަލުތަކުގެ އޮޑިޓެއް ހަދަން ކޮމިޝަނެއް އެކުލަވާލައިފި

ރާއްޖޭގައި ހުރި ޖަލުތަކުގެ އޮޑިޓެއް ހަދަން ހަތް މެމްބަރުންގެ ކޮމިޝަނެއް މިއަދު އެކުލަވާލައިފި އެވެ.

December 18, 2018 10
ޖަލަށް 98 ފޯނު ވައްދަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނު ވައްދަން އުޅުނު ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2018 11
"ސްނައިޕަރާ" ލަންކާ ސަރުކާރުން ބަައްދަލުކޮށްފި

ބަޑިޖަހައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމުގެ ތުހުމަތުގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރީ ލަންކާގެ ސްނައިޕަރު ލަހިރު މަޑިޝަންކަރްއާ، ސްރީ ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ބައްދަލު ކުރައްވައިފި އެވެ.

09 ނޮވެމްބަރ

November 09, 2018 51
އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު ގޯސްވެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2018 37
ޖަލުގައި އިމްރާންގެ ބައިވެރިން: 19 ކޮތަރު!

ސިޔާސީ ކަންކަމަކީ، ބައެއް ފަހަރަށް، ބިރުވެރި މަސައްކަތެކެވެ. މޭޑޭގެ މުޒާހަރާ އަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުކުންނެވިި އިރު އެފަދަ، ދެތިން ހާލަތެއް މެދުވެރި ވެދާނެ ކަމަށް ވިސްނުން ބެހެއްޓެވި އެވެ. އެއީ، އޭނާ ހައްޔަރުކުރުން ނުވަތަ ހަށިގަނޑަށް ބަޔަކު ގެއްލުން ދިނުމެވެ. އެކަމަކު 12 އަހަރުގެ ނުހައްގު، ޖަލު ހުކުމެއް...

02 ނޮވެމްބަރ

November 02, 2018 34
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު

ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ އެކު، މިވަގުތަށް މިނިވަންވުމާ ގުޅިގެން، އޭނާގެ ފުރަތަމަ ބައްދަލުވުން ހާއްސަ ކުރެއްވީ ހަމަ އެފަދަ ވޭނާއި ހިތާމައެއް ތަހައްމަލް ކުރަމުންދާ އާއިލާ އަކަށެވެ....

28 އޮކްޓޯބަރ

October 28, 2018 5
ގާޒީ ނިހާނަށް އަނިޔާކުރި ކަމަށް ބުނެ އެޗްއާރުސީއެމަށް!

ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ، އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އޮންނެވި ގޮޅިން އޭނާ ގަދަކަމުން ނެރެ އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.

27 އޮކްޓޯބަރ

October 27, 2018 55
ހަތް މަހުގެ ޖަލު އަދަބުން މިހާ ބޮޑު އަނިޔާއެއް!

ޖަލަށް ލުމަކީ ކުށެއް ސާބިތުވުމުން މިހާރު ދޭ އެންމެ ބޮޑު އަދަބެވެ. އެ އަދަބު، އަހްމަދު ނާފިއު އަށް ބަދަލުވީ، މުޅި އުމުރު ހިތުން ނުފިލާވަރުގެ އަނިޔާއަކަށެވެ. ހަތް މަހުގެ ޖަލު ހުކުމުން މިދިޔަ މަހުގެ ފަހުކޮޅު މިނިވަންވިއިރު، ނާފިއު، 38، ގެ ކަނާތު ފައިގެ އިނގިލިތައް ޖެހުނީ ބުރިކޮށްލާށެވެ. ވައަތު ފަޔަށް ވެސް ބޭސްކުރަމުން އަންނައިރު، އެ...

30 ސެޕްޓެމްބަރ

September 30, 2018 13
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް

ރައީސް އަބްދުﷲ ޔާމީންގެ އަޅުންގެ ގޮތުގައި މަސައްކަތް ނުކޮށް، ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ އަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް މިއަދު ގޮވާލައްވައިފި އެވެ.

17 ސެޕްޓެމްބަރ

September 17, 2018 6
މާފުށީ ޖަލު އޮތީ ކުއްލި ހާލަތެއްގައި: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ މާފުށީ ޖަލު މިއަދު ހެނދުނުން ފެށިގެން އޮތީ ކުއްލި ހާލަތެއްގައި ކަމަށް އެތަނުން ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 12
ރިޔާޒް އަނިޔާއަކަށް ބޮލެއް ނުލަނބާނެ: އާއިލާ

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް މިނިވަން ނުކޮށް، ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ "އަނިޔާގެ އިންތިހާ" ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 12
ކަރެކްޝަންސް ބައެއް ވެރިން އެކި ތަންތަނަށް ބަދަލުކޮށްފި

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް، ކަރެކްޝަނަލް ސާވިސްގެ ބައެއް ވެރިން އެކި ތަންތަނަށް ބަދަލު ކޮށްފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 5
މައުމޫން މާލެ ގެނައީ ޓެސްޓެއް ހަދަން: ކަރެކްޝަންސް

ޖަލަށް ލާފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެންދިޔައީ ޓެސްޓެއް ހަދަން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

September 13, 2018 31
މައުމޫން، އައިޖީއެމްއެޗަށް ގެނެސްފި

ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އައިޖީއެމްއެޗަށް ގެނެސްފި އެވެ.

26 އޯގަސްޓް

August 26, 2018 65
މައުމޫންގެ ލޮލުގެ ފަރުވާއަށް ޑރ. ޖުނައިދުގެ ތައުރީފް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުށީ ޖަލުގައި ލޮލުގެ ފަރުވާ ދިނުމަށް، ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ހިދުމަތްތަކަށް ލޮލުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ޖުނައިދު ވަރަަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

24 އޯގަސްޓް

August 24, 2018 7
މައުމޫން އަނެއްކާވެސް މާފުށީ ޖަލަށް

ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އިއްޔެ ދޫނިދޫ ޖަލަށް ގެންދިއުމަށް ފަހު، މިއަދު އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.