12 އެޕްރީލް

April 12, 2018 3
ލަންކާ ޕާލަމެންޓް ސިރިސޭނާ ސަސްޕެންޑްކޮށްފި

ކޮލަމްބޯ (އެޕްރީލް 12) - ސްރީ ލަންކާގެ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.

10 އެޕްރީލް

April 10, 2018 1
ސިރިސޭނާގެ ޕާޓީން ކެބިނެޓުގެ ބައްދަލުވުން ބޮއިކޮޓްކޮށްފި

ކޮލަމްބޯ (އެޕްރީލް 10) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ އެސްއެލްއެފްޕީން މިއަދުގެ ކެބިނެޓް ބައްދަލުވުން ބޮއިކޮޓްކޮށްފި އެވެ.

09 އެޕްރީލް

April 09, 2018 2
ލަންކާ ކެބިނެޓުން 15 މެންބަރުން ވަކި ކުރަން ހުށަހަޅައިފި

ކޮލަމްބޯ (އެޕްރީލް 9) - ސްރީ ލަންކާގެ ކެބިނެޓުން 15 މެންބަރުން ވަކި ކުރުމަށް ކޯލިޝަން ސަރުކާރުގެ މައި ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ދަންނަވައިފި އެވެ.

05 އެޕްރީލް

April 05, 2018 1
ސިރިސޭނާގެ ޕާޓީގެ 13 މެންބަރުން ރަނިލްއާ ދެކޮޅަށް ވޯޓު ދިން

ކޮލަމްބޯ (އެޕްރީލް 5) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް ޕާލަމެންޓުގައި ރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓުގައި ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޕާޓީގެ 13 މެންބަރަކު ވަނީ ރަނިލްއާ ދެކޮޅަަށް ވޯޓު ދީފަ އެވެ.

04 އެޕްރީލް

April 04, 2018 2
ރަނިލްގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި

ކޮލަމްބޯ (އެޕްރީލް 4) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް މިރޭ ނެގި އިތުބާރު ނެތްކަމުގެ ވޯޓު ފާހެއް ނުވި އެވެ.

April 04, 2018
ރަނިލްގެ ވޯޓުގައި ސިރިސޭނާގެ ޕާޓީން ވަކި ގޮތަކަށް ވޯޓު ނުދޭނެ

ކޮލަމްބޯ (އެޕްރީލް 4) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް މިރޭ ނަގާ ވޯޓުގައި ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ...

03 އެޕްރީލް

April 03, 2018
ސިރިސޭނާ އާއި ޔޫއެންޕީގެ ބައްދަލުވުމުން ހައްލެއް ނުލިބުނު

ކޮލަމްބޯ (އެޕްރީލް 3) - ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ މިނިސްޓަރުން ރޭ ބޭއްވި ބައްދަލުވުން ހައްލެއް ނުލިބި ނިމިއްޖެ އެވެ.

31 މާޗް

March 31, 2018 2
ވޯޓުގެ ކުރިން ރަނިލް އިސްތިއުފާ ދީ: ސިރިސޭނާގެ ޕާޓީ

ކޮލަމްބޯ (މާޗް 31) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު މި ހަފުތާގައި ނެގުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވަން ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ގޮވާލައިފި އެވެ.

28 މާޗް

March 28, 2018 1
ރަނިލްގެ ބާރުތައް ސިރިސޭނާ ކުޑަކުރައްވައިފި

ކޮލަމްބޯ (މާޗް 28) - ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އެތައް ބާރެއް ރައީސް ސިރިސޭނާ މިއަދު ނަންގަވައިފި އެވެ.

21 މާޗް

March 21, 2018
ރަނިލް ހިންގެވި ކެބިނެޓުގެ އިގްތިސާދީ ކޮމިޓީ އުވާލައިފި

ކޮލަމްބޯ (މާޗް 21) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ބެލުމުގެ ދަށުގައި އޮތް ކެބިނެޓް ކޮމިޓީ އޮން އިކޮނޮމިކް މެނޭޖްމަންޓް (ސީސީއީއެމް) ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު އުވާލައްވައިފި އެވެ.

18 މާޗް

March 18, 2018 1
ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ކޮލަމްބޯ (މާޗް 18) - ސްރީ ލަންކާގައި ދީނީ ހަމަނުޖެހުންތައް ބޮޑުވުމުން މި މަހު 6 ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ރޭ މެންދަމުން ފެށިގެން އުވާލައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 1
ލަންކާގެ ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަނީ

ކޮލަމްބޯ (ފެބްރުއަރީ 27) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް އެމަނިކުފާނުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ޕާލަމެންޓް މެންބަރުންތަކެއް ފަށައިފި އެވެ.

25 ފެބުރުއަރީ

February 25, 2018 1
ލަންކާ ކެބިނެޓަށް ބަދަލުތަކެއް، ރަނިލް އަށް ލޯ މިނިސްޓަރުކަން

ކޮލަމްބޯ (ފެބްރުއަރީ 25) - ސްރީ ލަންކާގެ ކެބިނެޓަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ލޯ އެންޑް އޯޑާ މިނިސްޓަރުކަމާއި ނޭޝަނަލް ޕޮލިސީ އެންޑް އިކޮނޮމިކްސް މިނިސްޓަރުކަން ހަވާލު ކުރައްވައިފި އެވެ.

20 ފެބުރުއަރީ

February 20, 2018 2
ކޯލިޝަނާ އެކު ކުރިއަށްދާން ސިރިސޭނާ ނިންމަވައިފި

ކޮލަމްބޯ (ފެބްރުއަރީ 20) - ސްރީ ލަންކާގެ ސަރުކާރު ތެރޭގައި އުފެދިފައިވާ ކޯޅުންގަނޑު ހައްލު ކުރުމުގެ ގޮތުން ކޯލިޝަން ސަރުކާރުން ވަކިވާން ނިންމާފައިވާ ނިންމުން ބަދަލުކޮށް ސަރުކާރައިގެން ކުރިއަށް ދާން ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ނިންމައިފި އެވެ.

19 ފެބުރުއަރީ

February 19, 2018 5
ސިރިސޭނާގެ ޕާޓީ ކޯލިޝަނުން ވަކިވާން ނިންމައިފި: ރިޕޯޓް

ކޮލަމްބޯ (ފެބްރުއަރީ 19) - ސްރީ ލަންކާގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ މުހިންމު ބައިވެރިއެއް ކަމަށްވާ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ސަރުކާރުން ވަކިވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2018 2
ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނެއް ސިރިސޭނާ ފައްޓަވައިފި

ކޮލަމްބޯ (ފެބްރުއަރީ 15) - ވައްކަމާއި ރިޝްވަތާއި އިސްރާފުގެ އަމަލުތައް ހުއްޓުވުމުގައި އާއްމު ރައްޔިތުންނަށް ވެސް ދައުރެއް އަދާކުރެވިދާނެ ގޮތަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ކެމްޕޭނެއް ފައްޓަވައިފި އެވެ.

14 ފެބުރުއަރީ

February 14, 2018 1
ކޯލިޝަން ސަރުކާރު ކުރިއަށް ގެންދަން ޔޫއެންޕީން ނިންމައިފި

ކޮލަމްބޯ (ފެބްރުއަރީ 14) - ދެ ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވެފައިވީ ނަމަވެސް ސްރީ ލަންކާގައި މިހާރު ގާއިމްކޮށްފައިވާ ކޯލިޝަން ސަރުކާރުގެ ދައުރު ހަމަވަންދެން ކުރިއަށް ގެންދަން ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ނިންމައިފި އެވެ.

13 ފެބުރުއަރީ

February 13, 2018 4
ސަރުކާރު އިސްތިއުފާ ދިނުމަށް ރާޖަޕަކްސާ ގޮވާލައްވައިފި

ކޮލަމްބޯ (ފެބްރުއަރީ 13) - ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން އެ ކޯލިޝަން ވެރިކަމުގައި އޮތުމުގެ ހައިސިއްޔަތެއް މިހާރު ނެތް ކަމަށާއި ވީހާވެސް އަވަހަކަށް އިންތިޚާބު ބޭއްވުމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ގޮވާލައްވައިފި އެވެ.

12 ފެބުރުއަރީ

February 12, 2018 3
ލަންކާގެ އިންތިޚާބުގައި ވެރިކަންކުރާ ޕާޓީއަށް ނާކާމިޔާބު

ކޮލަމްބޯ (ފެބްރުއަރީ 12) - ސްރީ ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ހިންގާ ކޯލީޝަނަށް ނާކާމިޔާބުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2018 1
ކޮރަޕްޝަނުގެ މައްސަލަބަލަން ރަނިލް ވެސް ތާއީދުކުރައްވާނެ

ކެންޑީ (ޖެނުއަރީ 24) - ސްރީ ލަންކާގެ ސެންޓްރަލް ބޭންކުގައި ހިންގާފައިވާ ފަދަ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ބަލަން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ތާއީދު ކުރައްވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2018 4
ލަންކާގެ އިގްތިސާދީ ހުރިހާ ކަމެއް ރަނިލްގެ ބާރުގެ ދަށުން ނަގައިފި

ކޮލަމްބޯ (ޖެނުއަރީ 21) - ސްރީ ލަންކާގެ އިގްތިސާދީ ހުރިހާ ކަމެއް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާގެ ބާރުގެ ދަށުން ނަގާ އެ ހުރިހާ ކަމަކާ ރައީސް މައިތުރިޕާލާ ސިރިސޭނާ ހަވާލުވެވަޑައިގެންފައިވާ ކަމަށް އެމަނިކުފާން އިއްޔެ އިއުލާން ކުރައްވައިފި އެވެ.