07 ޖުލައި

July 07, 2020 7
އެޖުޓަންޓް ޖެނެރަލަކަށް މުހައްމަދު އިބްރާހިމް

އެމްއެންޑީއެފްގައި އެޖުޓަންޓް ޖެނެރަލްގެ މަގާމު އުފައްދައި، އެ މަގާމަށް ކާނަލް މުހައްމަދު އިބްރާހިމް މިއަދު އައްޔަން ކުރައްވައިފި އެވެ.

26 ޖޫން

June 26, 2020 1
ސިފައިންގެ ސެންޓްރަލް އޭރިއާއަށް އާ ކޮމާންޑަރެއް

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރަކަށް ކާނަލް އިބްރާޙީމް ހިލްމީ މިއަދު ހަމަޖައްސައިފި އެވެ.

12 މެއި

May 12, 2020 30
40 އަށް ވުރެ ގިނަ ސިފައިން ޕޮޒިޓިވްވެއްޖެ

މިހާތަނަށް 40 އަށް ވުރެ ގިނަ ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

10 މެއި

May 10, 2020 18
40 ދުވަހުގެ މަސައްކަތަށް ފަހު ހެލްތުފެސިލިޓީ ހުޅުވަނީ

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތް ސިފައިން 24 ގަޑިއިރު ކުރާތާ 40 ދުވަސް ވެފައިވާއިރު ވަރަށް އަވަހަށް އެ ފެސިލިޓީ ހުޅުވާނެ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

03 މެއި

May 03, 2020 8
ކޮވިޑުން ރަނގަޅުވެ، ސިފައިންގެ މީހާ މަސައްކަތަށް

ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާ، އެ ބަލިން ރަނގަޅުވެ މިއަދު މަސައްކަތަށް ނުކުމެއްޖެ އެވެ.

30 އެޕްރީލް

April 30, 2020 25
ފުރަތަމަ މީހާގެ ޖަނާޒާ: ހިތްދަތި އުނދަގޫ ތަޖުރިބާއެއް

ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19ގައި މީހަކު މަރުވެއްޖެ ނަމަ، އަމަލު ކުރަންވީ ގޮތް ކިޔައިދީ އެކަމަށް ސިފައިން ވަނީ ތަމްރީނުކޮށްފަ އެވެ. އެކަމަކު އެ ބަލީގައި ފުރަތަމަ ފަހަރަށް ރޭ މީހަކު މަރުވި އިރު، މިއީ އެހާ ހިތްދަތި ތަޖުރިބާއަކަށް ވާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެ އެވެ. އެކަމަށް ތައްޔާރުވި ސިފައިންގެ މީހުން ވެސް...

21 އެޕްރީލް

April 21, 2020 12
ސިފައިން އިސްކަންދެނީ ރައްޔިތުންނަށް: ރައީސް

ދިވެހި ސިފައިންނަކީ އެ މީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

April 21, 2020 32
ރައްޔިތުން ސިފައިންގެ ހިދުމަތް ބަލައިގަނޭ: މިނިސްޓަރު

ގައުމަށް ދިމާވާ ބޮޑެތި ކަންކަމުން ރައްޔިތުން ސަލާމަތްކުރުމުގައި ސިފައިން ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު...

April 21, 2020 23
"ފަހު މީހާއާ ޖެހެންދެން ސިފައިން ތިބޭނީ ހިދުމަތުގައި"

ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތްކުރާނެ ކަމަށް، ޗީފް...

15 އެޕްރީލް

April 15, 2020 11
މިތިބީ ތައްޔާރީ ހާލަތުގައި: ސަލާމަތީ ބާރުތައް

ކޮވިޑް-19 އިން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނަ މި ނާޒުކު ވަގުތުގެ ފައިދާ ނަގަން ބައެއް މީހުން މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ ފުރުސަތެއް ނުދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ސަލާމަތީ ބާރުތަކުން މިރޭ ބުނެފި އެވެ.

31 ޖެނުއަރީ

January 31, 2020 50
ޝައްކު ކުރެވޭ މީހާ ކަރަންޓީން ކުރުމުގައި ސިފައިން

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު އިއްޔެ ފެނުމުން އޭނާ ކަރަންޓީނު ކުރުމަށް ސިފައިން ކުރި މަސައްކަތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.

17 ޑިސެމްބަރ

December 17, 2019 22
ހަރުކަށި ފިކުރަށް ފުރުސަތެއް ނުދޭނަން: ޝަމާލް

ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖޭގެ ދިފާއީ ބާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2019 22
އިންޑިއާގެ އާމީ ޗީފް ރާއްޖެ ވަޑައިގެންފި

އިންޑިއާ ސިފައިންގެ އެންމެ މަތީ ވެރިޔާ، އާމީ ޗީފް، ޖެނެރަލް ބިޕިން ރަވާތު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

25 ސެޕްޓެމްބަރ

September 25, 2019 13
ޗީފް އޮފް ޑިފެންސްގެ ތައުރީފް ފަޔާ ފައިޓަރުންނަށް

މާލޭގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވަން އުޅުނު ފަޔާ ފައިޓަރުންގެ މަސައްކަތާއި ހިތްވަރަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.

28 އޯގަސްޓް

August 28, 2019 5
ސިފައިންގެ ވެރިންގެ ބޮޑު ކޮންފަރެންސެއްގައި ޝަމާލް

ސިފައިންގެ ވެރިންގެ ބޮޑު ކޮންފަރެންސެއްގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންފި އެވެ.

06 ޖުލައި

July 06, 2019 54
ޗައިނާގެ އަސްކަރިއްޔާއެއް ރާއްޖެއަކު ނެތް: ޝަމާލް

ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ގައުމަކަށް ވިޔަސް، އެ ގައުމުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

05 ޖުލައި

July 05, 2019 17
ސިފައިންގެ ޗީފް ޝަމާލް އިންޑިއާގައި

އިންޑިއާގެ ޗެއާމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރަޖްނަތު ސިންގްހާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

29 ޖޫން

June 29, 2019 25
ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑު: އެމްއެންޑީއެފް

ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ޓެރަރިސްޓު ހަމަލަތަކާ ގުޅިގެން ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

June 29, 2019 53
ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ހަދާކަށް ނުދޭނެ

ރާއްޖޭގެ އެއްވެސް ތަނެއް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒަކަށް ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖޫން

June 26, 2019 22
ކިޔަވައިގެން ތިބި މީހުން ވެސް ހަރުކަށި ފިކުރުގައި ޖެހޭ

މުޖުތަމައުތަކަށް ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ މީހުންގެ އަމާޒަކަށް ވަނީ ރަނގަޅު ތައުލީމާއި ވަޒީފާ ނެތް މީހުން އެކަނި ނޫން ކަމަށާއި ރަނގަަޅަށް ކިޔަވައިގެން، ރަނގަޅު ވަޒީފާތަކުގައި ތިބޭ ޒުވާނުން ވެސް އެ ފިކުރަށް ދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެެވެ.

04 މެއި

May 04, 2019 16
ގައުމީ ސަލާމަތާ ގުޅޭ ގޮތުން، އިސްވެރިން މަޝްވަރާކޮށްފި

ގައުމީ ސަލާމަތަށް ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ވެރިން މިއަދު މަޝްވަރާކޮށްފި އެވެ.

21 އެޕްރީލް

April 21, 2019 11
ހަމަލަތަކާ ގުޅިގެން ފުލުހުންނާއި ސިފައިން މަޝްވަރާކޮށްފި

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާތަކެއް ދީ އެތައް ބަޔަކު މަރުވުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އިސް ވެރިން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

April 21, 2019 12
ހަމަލާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުންނާއި ސިފައިން މިއަދު ބުނެފި އެވެ.

18 އެޕްރީލް

April 18, 2019 21
ސިފައިންގެ ރަސްމިއްޔާތެއް ކަނޑު އަޑީގައި ބާއްވައިފި

އެމްއެންޑީއެފްގެ ކޯހެއްގެ ދަސްވެނިންނަށް ބެޖު ހަވާލުކުރުމުގެ ރަސްމިއްޔާތެއް ކަނޑު އަޑީގައި މިއަދު ބާއްވައިފި އެވެ.