05 ސެޕްޓެމްބަރ

September 05, 2019 2
ޒާކިރު ނައިކުގެ މައްސަލަ މަހާތިރުގެ ސަމާލު ކަމަށް

ލަޑިވޮސްޓޮކް، ރަޝިޔާ (ސެޕްޓެމްބަރު 5) - ވޭތުވެދިޔަ ތިން އަހަރު މެލޭޝިއާގައި ދިރިއުޅުއްވި ޒާކިރު ނައިކް އަނބުރާ އިންޑިއާ އަށް ފޮނުވުމުގެ މައްސަލަ މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދުގެ ސަމާލު ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ގެންނަވައިފި އެވެ.

28 އޯގަސްޓް

August 28, 2019 12
ގާނޫނަށްވުރެ މަތީގައި ޒާކިރު ނައިކަށް ވެސް ނުހުރެވޭނެ

ކުއާލަ ލަމްޕޫރު (އޮގަސްޓް 28) - ދީނީ އިލްމުވެރިޔާ ޒާކިރު ނައިކަށް ވެސް މެލޭޝިއާގައި ގާނޫނުތަކަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓަރު މުހިޔިއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2019 18
މެލޭޝިއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން:ޒާކިރު

ކުއާލަ ލަމްޕޫރު (އޮގަސްޓް 21) - މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ނަސްލީ ބައިބައިވުން އުފެދޭ ފަދަ ވާހަކަތަކެއް ވިދާޅުވެފައިވާ ނަމަ މައާފަށް އެދޭ ކަމަށް ދީނީ އިލްމުވެރިޔާ ޒާކިރް ނައިކް ވިދާޅުވެއްޖެ އެވެ.

20 އޯގަސްޓް

August 20, 2019 31
ޒާކިރު ނައިކް މެލޭޝިއާގައި ތަގްރީރު ކުރުން މަނާކޮށްފި

ކުއާލަ ލަމްޕޫރު (އޮގަސްޓް 20) - "ގައުމީ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ" ގޮތުގައި ކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް މެލޭޝިއާގައި ތަގްރީރު ކުރުން މަނާކޮށްފި އެވެ.

17 އޯގަސްޓް

August 17, 2019 23
ޒާކިރު ނައިކްއާ މެލޭޝިއާ ފުލުހުން ސުވާލުކުރަނީ

ކުއާލަ ލަމްޕޫރު (އޮގަސްޓް 17) - މެލޭޝިއާގައި ދިރިއުޅޭ އެކި ނަސްލުތަކުގެ މީހުންނާ ގުޅޭ ގޮތުން ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ފުލުހުންގެ އޮފީހަށް ހާޒިރު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

15 އޯގަސްޓް

August 15, 2019 26
ޒާކިރު ނައިކް ފޮނުވާލަން ބައެއް މިނިސްޓަރުން ބާރުއަޅަނީ

ކުއާލަ ލަމްޕޫރު (އޮގަސްޓް 15) - ދީނީ އިލްމުވެރިޔާ ޒާކިރު ނައިކުގެ ޕާމަނެންޓް ރެސިޑެންސީއާ ގުޅޭ ގޮތުން މެލޭޝިއާގެ ކެބިނެޓުގައި އިއްޔެ މަޝްވަރާ ކުރިއިރު އޭނާ އެ ގައުމުން ފޮނުވާލަން ހަތަރު ވަޒީރަކު ބާރު އަޅައިފި އެވެ.