10 އެޕްރީލް

April 10, 2018 3
މެލޭޝިއާގެ އާއްމު އިންތިޚާބު އަންނަ މަހު 9 ގައި

ކުއާލަ ލަމްޕޫރު (އެޕްރީލް 10) - މެލޭޝިއާގެ އާއްމު އިންތިޚާބު އަންނަ މަހު 9 ގައި ބާއްވަން އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

07 އެޕްރީލް

April 07, 2018 1
މެލޭޝިއާގެ ޕާލަމެންޓް ބޮޑު ވަޒީރު އުވާލައިފި

ކުއާލަ ލަމްޕޫރު (އެޕްރީލް 7) - މެލޭޝިއާގައި މި އަހަރު ބާއްވާ އާއްމު އިންތިޚާބަށް މަގު ފަހި ކުރުމުގެ ގޮތުން އެ ގައުމުގެ ޕާލަމެންޓް ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު އުވާލައްވައިފި އެވެ.

04 މާޗް

March 04, 2018
އެމްއެޗް370 ހޯދުން ޖޫން މަހު ނިންމާލެވޭނެ: އޮފިޝަލް

ކުއާލަ ލަމްޕޫރު (މާޗް 4) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ޖޫން މަހު މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 1
މެލޭޝިއާގެ ބޮޑު ވަޒީރުގެ ކާޓޫނު ކުރެހި މީހާ ޖަލަށް

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 21) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް ޖޯކު ޖަހާ ކާޓޫނު ކުރެހި އެ ގައުމުގެ އާޓިސްޓަކު ޖޫރިމަނާކޮށް ޖަލަށްލައިފި އެވެ.

19 ފެބުރުއަރީ

February 19, 2018
މެލޭޝިއާގައި ކޭބަލް ކާރުގެ ތެރޭގައި ބަޔަކު ތާށިވެއްޖެ

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 19) - މެލޭޝިއާގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ލަންކާވީގައި ކޭބަލް ކާރުގެ ތެރޭގައި 89 މީހުން ހަތަރު ގަޑިއެއްހާ އިރު ތާށިވެ ތިބެން ޖެހިއްޖެ އެވެ.

10 ފެބުރުއަރީ

February 10, 2018 3
އެމްއެޗް370 ހޯދާ ބޯޓު ނުގެއްލޭ، ދިޔައީ ތެޔޮ އަޅަން

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 10) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް370 ހޯދުމުގައި ހަރަކާތްތެރިވާ ކުންފުނިން ކުއްޔަށް ހިފާފައިވާ ސީބެޑް ކޮންސްޓްރަކްޓާ ބުރާސްފަތި ދުވަހުން ފެށިގެން ޓްރެކިން ސްކްރީނުން ގެއްލުމުން ބައެއް މީހުންގެ ހިތުގައި ސުވާލުތައް އުފެދިފައި ވަނިކޮށް މެލޭޝިއާ ސަރުކާރުން އެކަން...

30 ޖެނުއަރީ

January 30, 2018 5
"ޕަދްމާވަތު" ދެއްކުން މަނާކުރި ފުރަތަމަ ގައުމަކަށް މެލޭޝިޔާ

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ "ޕަދްމާވަތު" ދެއްކުން މެލޭޝިއާގައި މަނާކޮށްފި އެވެ. މެލޭޝިޔާގެ ފިލްމް ސެންސަރު ބޯޑުން މި ފިލްމު މަނާ ކުރީ ފިލްމުގައި ދައްކާ ވާހަކަ އާއި...

January 30, 2018
ކިމް މަރާލުމުގެ ކުރިން އެމެރިކާގެ އެޖެންޓަކާ ބައްދަލުކުރި

ކުއާލަ ލަމްޕޫރު (ޖެނުއަރީ 30) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މިދިޔަ އަހަރު މަރާލުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ އެމެރިކާގެ...

24 ޖެނުއަރީ

January 24, 2018 5
މަހެއްހާ ދުވަސްތެރޭ އެމްއެޗް370 ހޯދޭނެކަމުގެ އުއްމީދު ބޮޑު

ކުއާލަ ލަމްޕޫރު (ޖެނުއަރީ 24) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް370 މަހެއްހާ ދުވަހު ތެރޭ ހޯދޭނެ ކަމަށް ބޯޓު ހޯދުމުގެ މަސައްކަތާ މިހާރު ހަވާލުވެފައިވާ އެމެރިކާ ކުންފުނީގެ ތަޖްރިބާކާރަކު ބުނެފި އެވެ.

23 ޖެނުއަރީ

January 23, 2018
މެލޭޝިއާގައި ހަމަލާ ދޭން އުޅުނު އައިއެސްގެ ބަޔަކު ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (ޖެނުއަރީ 23) - މެލޭޝިއާގެ އެންޓަޓެއިންމެންޓް ބައެއް ތަންތަނަށާއި ޕޮލިސް ހެޑްކުއާޓަރަކަށް ހަމަލާދޭން ރާވަމުން ދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

19 ޖެނުއަރީ

January 19, 2018 1
މާބޮޑަށް ތެޅެން ފެށި މެލޭޝިއާ އެއާލައިންސްގެ ބޯޓެއް އަނބުރާ ޖައްސައިފި

ސިޑްނީ (ޖެނުއަރީ 19) - ޓެކްނިކަލް މައްސަލައެއް ދިމާވެ މާބޮޑަށް ބޯޓު ތެޅެން ފެށުމުން މެލޭޝިއަން އެއާލައިންސްގެ ފްލައިޓެއް ކުއްލި ހާލަތުގައި އަނބުރާ އޮސްޓްރޭލިއާ އަށް އިއްޔެ ޖައްސައިފި އެވެ.

10 ޖެނުއަރީ

January 10, 2018 2
އެމްއެޗް370 ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރު

ކުއާލަ ލަމްޕޫރު (ޖެނުއަރީ 10) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް370 ފެނިއްޖެ ނަމަ އެމެރިކާ ކުންފުންޏަށް ދޭނެ އެންމެ ބޮޑު އަގަކީ 70 މިލިއަން ޑޮލަރު ކަމަށް އެއްބަސްވެއްޖެ އެވެ.

09 ޖެނުއަރީ

January 09, 2018 14
ކަޅު ފައިސާގެ ދައުރު: މާލީ ނިޒާމުގެ އިތުބާރު ގެއްލުން

ދުނިޔޭގެ ކިތަންމެ ޖަމިއްޔާ ޖަމާއަތްތަކާއި، އަދި ދޭދޭ ޤައުމުތަކުގެ އިދާރާތަކަށް، ދިވެހިރާއްޖެއާ ގުޅޭ ގޮތުން ލިބެނީ ކަންބޮޑުވާ ފަދަ މައުލޫމާތެވެ. ދިވެހިރާއްޖެ މިއަދު ފާހަގަވަމުން އަންނަނީ ކަޅު ފައިސާ ދައުރުކުރާ މަރުކަޒެއްގެ ގޮތުގަ އެވެ. ދިވެހިރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލި، ދިވެހި އިޤްތިޞާދު ބިކަ ހާލުގައި ޖެހުމަށް...

08 ޖެނުއަރީ

January 08, 2018 4
ނަޖީބް ރައްޒާގާ ވާދަކުރާ ކެންޑިޑޭޓަކަށް މަހާތިރު

ކުއާލަ ލަމްޕޫރު (ޖެނުއަރީ 8) - މެލޭޝިއާގައި ކުރިއަށް އޮތް އިންތިޚާބުގައި ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ވާދަކުރާ އިދިކޮޅު ކެންޑިޑޭޓަކަށް ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ހަމަޖައްސަން އިދިކޮޅު ކޯލީޝަނުން އެއްބަސްވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 2
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަމިއްލަ ބަޔަކު ފަށަނީ

ކުއާލަ ލަމްޕޫރު (ޖެނުއަރީ 4) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ފަށަން އަމިއްލަ ކުންފުންޏަކުން ތައްޔާރުވެއްޖެ އެވެ.

29 ޑިސެމްބަރ

December 29, 2017 30
އެއާއޭޝިއާގެ ފްލައިޓް އަނެއްކާވެސް ކެންސަލް

ރާއްޖެއިން މެލޭޝިއާގެ ކުއަލަލަމްޕޫރަށް ރޭ ދަތުރުކުރަން ހަމަޖެހިފައި އޮތް އެއާއޭޝިއާގެ މަތިންދާބޯޓު މިރޭ ވެސް ކެންސަލް ކުރުމާ ގުޅިގެން، އެ މަތިންދާބޯޓުގެ ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

23 ޑިސެމްބަރ

December 23, 2017 22
ގުޅުން ބަދަހިވެ، ފުރުސަތުތައް ވަނީ ލިބިފައި: ނަޖީބު

ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކުން މެލޭޝިއާގެ ކުންފުނިތަކަށް ރާއްޖެއިން ފުރުސަތުތައް ފަހިވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.

20 ޑިސެމްބަރ

December 20, 2017 1
މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.

December 20, 2017
ނަޖީބުގެ އަނބިކަނބަލުން ފިޔަވައްޗަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރު، ހުޅުމާލޭގައި...

19 ޑިސެމްބަރ

December 19, 2017 6
ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރާނަން: ނަޖީބު

ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.

December 19, 2017 9
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

14 ޑިސެމްބަރ

December 14, 2017 3
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ކަމަށާއި އެއީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ...

December 14, 2017 23
ލިމްކޮކް ޔުނިވަސިޓީގެ ޝަރަފްވެރި އެވޯޑު ދިވެއްސަކަށް

މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަސިޓީގެ އެންމެ ޝަރަފްވެރި އެވޯޑުކަމަށްވާ ޗާންސެލާސް އެވޯޑު ދިވެހި ދަރިވަރަކު މިއަދު ހޯދައިފި އެވެ.

11 ޑިސެމްބަރ

December 11, 2017 17
ކުރީގެ ބޮޑުވަޒީރު މަހާތީރާ މަހްލޫފް ބައްދަލުކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރް މުހައްމަދާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ބައްދަލު ކުރައްވައިފި އެވެ.