15 އޮކްޓޯބަރ

October 15, 2019 25
މާލެ-ރަށްރަށުގެ ބަހުސަކީ ނޭދެވޭ ކަމެއް: ނަޝީދު

ރައްޔިތުންގެ މަޖިލިހުގައި ހިނގާ ބަހުސްތަކުގައި މާލެ އާއި އެހެން ރަށްތައް ތަފާތު ކުރުމަކީ ވަރަށް ނޭދެވޭ ކަމެއް ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2019 108
މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން ޒުވާބަކަށް!

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ ބޮޑަށް މާލޭގެ ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގައި ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން މަޖިލީހުގައި އަނެއްކާވެސް "މާލެ، ރާއްޖެތެރެ" ބަހުސް އަނެއްކާވެސް ހިނގައިފި އެވެ.

10 އޮކްޓޯބަރ

October 10, 2019 113
ރަށްރަށުގެ މެމްބަރުން ހުޅުމާލެއިން ގޯތި ހޯދަން ނޫޅޭތި

ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލައްވައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2019 92
ރާއްޖެ އެހެން ގޮތަކަށް އަނބުރާލަން އެބައުޅޭ: ނަޝީދު

ރާއްޖެ އެހެން ގޮތަކަށް ބަދަލުކޮށް، "އަނބުރާލަން" ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

25 އޯގަސްޓް

August 25, 2019 14
ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ދޭންގޮވާލާ ގަރާރެއް

ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ލިބިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

22 އޯގަސްޓް

August 22, 2019 18
ރަށުގެ އިހްތިސާސްގައި ވަނީ ރައްޔިތުންގެ މިލްކު: ނަޝީދު

ރަށްރަށުގެ މުއްސަނދިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރައްޔިތުންނަށް ކަމަށާއި ރަށުގެ އިހްތިސާސްގައި ހުންނަނީ ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މިލްކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުމާލޭގައި މިއަދު ވިދާޅުވެއްޖެ އެވެ.

17 ފެބުރުއަރީ

February 17, 2019 6
"ކޮބާސާފު" ކެމްޕެއިން ވައިގައި ހިފައި މުޅި ރާއްޖެއަށް

އެންމެ ފުރަތަމަ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ޕްލާސްޓިކް ފުޅި އާއި ދަޅާއި ސިމެންތި ކޮތަޅާއި ކަރަންޓު ނަރާއި ޕެކެޓާއި ސުޕާރި ޕެކެޓާއި ކުނިވާ ޒާތުގެ އެކިއެކި ކުނިބުނި ނަގައި ފަރުދީ ޒިންމާ އަދާކުރި އެވެ. "ކޮބާ ސާފު" މި ޝިއާރުގެ ދަށުން ހުޅުމާލޭގައި ފެށި އެ މަސައްކަތް ފުޅާވެ، އެ ހަރަކާތް މުޅި ރާއްޖެ އަށް މިހާރު ވަނީ ފެތުރިފަ...