24 ފެބުރުއަރީ

February 24, 2020 2
ސާކް ޑިވެލޮޕްމެންޓް ފަންޑަށް ސީއީއޯއެއް ހޯދަނީ

ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

22 ފެބުރުއަރީ

February 22, 2020 25
ރާއްޖޭގެ ރީތި ކަމަށް ވެސް ދެން އޮތީ 20 އަހަރު ބާ؟

ރަށް ގިރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ އިރުވައި މޫސުމުގެ ހަޅަ ދިގުދެމިގެންގޮސް، ވަޔާއި އޮއި ބާރުވެ، ކުރިމަތިވި ގިރުމުގެ މައްސަލައިން، ބައެއް ރަށްރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވެފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ބަހުސްތައް ފަތުރައިލި އެވެ....

18 ފެބުރުއަރީ

February 18, 2020 3
ޔޫއޭއީގެ ފްލޯޓިން ސޯލާ ރާއްޖެ އަށް ވެސް ލިބިދާނެ

މި ފްލޯޓިން ސޯލާ ޕަވާ ޕްލާންޓް ގާއިމުކޮށްފައި ވަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީން 15 މިނިޓްގެ ތެރޭގައި ދެވޭ ނުރާއީ އައިލެންޑްގަ އެވެ. އެތަނުގައި އަޅާފައިވާ ފްލޯޓިން ސޯލާ ޕަވަ ޕްލާންޓުން ކައިރީގައި އޮންނަ ޒަޔާ ނުރާއީ ރިސޯޓަށް އިތުރު 80 ކިލޯވޮޓްގެ ކަރަންޓް ފޯރުކޮށްދޭނެ އެވެ. އެތަނުގައި މިހާރު ވެސް ތިމާވެއްޓާ ރައްޓެހިކޮށް 1،000...

21 ޖެނުއަރީ

January 21, 2020
ރާއްޖެ-އިންޑިއާގެ "އެއްތަންވުން" ފުރިހަމަ

އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިން "އެއްތަންވުން" ނަމުގައި ފެށި އާޓް އެގްޒިބިޝަނުން ރާއްޖެ އާއި އިންޑިއާގެ ހުނަރު ކުލަ ގަދަކޮށް ފެންނަން ހުއްޓެވެ. ދެ ގައުމުގެ ފަންނާނުން އެއްތަންވެ ތައާރަފްވާން އަދި ތަޖުރިބާ ހިއްސާކުރަން ހުޅުވާލި ފުރުސަތުގައި އެތައް ފަންނާނުންނެއް ވަނީ އެއްތަންކުރުވައިފަ އެވެ.

07 ޖެނުއަރީ

January 07, 2020 33
އޮފާއެއް ނެތިއްޔާ ދާނީ ދިވެހިރާއްޖެ އަށް: ގާޑިއޯލާ

މެންޗެސްޓާ (ޖެނުއަރީ 7) – އޮތް ހަމައެކަނި އޮފާއަކީ މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުން ކަމަށް ވިޔަސް އެ ފުރުސަތުގެ ބޭނުން ނުހިފާނެ ކަމަށާއި އެ ހާލަތުގައި އޭނާ ދާނީ ޗުއްޓީއަކަށް ދިވެހިރާއްޖެ އަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2019 57
ގާސިމްގެ ރައްދު ނަޝީދަށް: ގަޑުބަޑުކުރާނެ ކަމެއް ނެތް!

އިސްލާމް ދީނުގެ އަސްލުތަކާ ހިލާފް ވާހަކަތައް ދައްކައިގެން ދިވެހިންގެ ތެރޭގައި "ގަޑުބަޑު" އުފައްދަން އެއްވެސް މީހަކު މަސައްކަތް ނުކުރަން އެދިވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ރައްދު ދެއްވައިފި އެވެ.

12 ޑިސެމްބަރ

December 12, 2019 14
އެމެރިކާގައި މި އަހަރު އެންމެ މަގުބޫލީ ދިވެހިރާއްޖެ

އެމެރިކާގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ސާޗް އެންޖިން ގޫގުލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

03 ޑިސެމްބަރ

December 03, 2019 18
ރާއްޖޭގެ ވީޑިއޯއަކަށް މީހުންގެ ހިތްދަމައިގެންފި

ރާއްޖޭގައި މިޔަރުތަކެއްގެ ތެރޭގައި ޓޫރިސްޓަކު އޮތް މަންޒަރު ދައްކައިދޭ ވީޑިއޯއެއް، އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) އިން ޓްވީޓްކުރުމުން ގިނަ ބައެއްގެ ސަމާލުކަން...

December 03, 2019
ކޮންޓްރެކްޓުތައް ހެދުމާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

އެމެރިކާ ސަރުކާރުގެ ކޮމާޝަލް ލޯ ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ މުވައްޒަފުން ވިޔަފާރި ކޮންޓްރެކްޓްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން...

14 ނޮވެމްބަރ

November 14, 2019
ސުނާމީގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ: މެޓް

އިންޑޮނީޝިއާ އަށް މިރޭ އައި ބިންހެލުމާއި ގުޅިގެން އެ ގައުމުގައި ސުނާމީގެ އިންޒާރު ނެރެފައިވީ ނަމަވެސް އޭގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ބުނެފި އެވެ.

20 އޮކްޓޯބަރ

October 20, 2019 12
ރާއްޖޭގެ ޑްރަގް މެޕް، 4 ބައްރުން 19 ގައުުމު

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ގައުމުތައް ދައްކައިދޭ ޗާޓެއް ކަސްޓަމްސް ސާވިސް އިން މިއަދު އާއްމުކޮށްފި އެވެ.

15 އޮކްޓޯބަރ

October 15, 2019 25
މާލެ-ރަށްރަށުގެ ބަހުސަކީ ނޭދެވޭ ކަމެއް: ނަޝީދު

ރައްޔިތުންގެ މަޖިލިހުގައި ހިނގާ ބަހުސްތަކުގައި މާލެ އާއި އެހެން ރަށްތައް ތަފާތު ކުރުމަކީ ވަރަށް ނޭދެވޭ ކަމެއް ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2019 108
މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން ޒުވާބަކަށް!

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ ބޮޑަށް މާލޭގެ ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގައި ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން...

October 14, 2019 9
އެސްޓީއޯއިން ފިޔާ ކިލޯއެއް 30ރ. އަށް!

ބާޒާރުން ފިޔާ ހުސްވެ، ފިޔާގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާ އިރު މިކަމަށް ހައްލެއް ލިބެންދެން އެސްޓީއޯއިން ފިޔާ ލިބޭނެ ކަމަށާއި އެކަމަކު ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް އެ...

10 އޮކްޓޯބަރ

October 10, 2019 115
ރަށްރަށުގެ މެމްބަރުން ހުޅުމާލެއިން ގޯތި ހޯދަން ނޫޅޭތި

ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލައްވައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 29
ރައީސްގެ ތަގުރީރު ފުރިހަމަ، ފަޚުރުވެރިވަން: ނަޝީދު

އދ. ފަދަ ބޮޑެތި ޖަމާއަތްތަކުގެ ޕޯޑިއަމްތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތައް ފަހަރަކު ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނަށް ފަހު މިހާރު އެ ފުރުސަތު ރާއްޖޭގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ލިބިވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އދ.ގެ އާންމު މަޖިލިހުގެ 74 ވަނަ ޖަލްސާގައި އިއްޔެ...

18 ސެޕްޓެމްބަރ

September 18, 2019 3
ނިއު ޔޯކް ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވެއްޖެ

ބޭރުގެ ގައުމުތަކުން ނިންމާ އާބިޓްރޭޝަން މައްސަލަތައް ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ނިއު ޔޯކް ކޮންވެންޝަންގައި ރާއްޖޭން ރޭ ބައިވެރިވެއްޖެ އެވެ.

15 ސެޕްޓެމްބަރ

September 15, 2019 92
ރާއްޖެ އެހެން ގޮތަކަށް އަނބުރާލަން އެބައުޅޭ: ނަޝީދު

ރާއްޖެ އެހެން ގޮތަކަށް ބަދަލުކޮށް، "އަނބުރާލަން" ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2019 17
ދަރިވަރުންގެ މާމަ/ކާފަ އަށް ވެސް ވިސާ ލިބޭނެ: ރަނިލް

އަވަށްޓެރި ސްރީ ލަންކާގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބުމަށް ދަރިވަރުންގެ މާމައިންނާއި ކާފައިންނަށް ވެސް ގާޑިއަން ވިސާ މިހާރު ލިބޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.

30 އޯގަސްޓް

August 30, 2019 11
ދިވެހިން ތެދުވަންވީ އެއްބައެއްގެ ގޮތުގައި: ރައީސް

ހިޖުރީ އާ އަހަރެއް ފެށުމަކީ އާއިލީ ގުޅުންތައް ބަދަހިކޮށް އެކުވެރިކަމުގެ ތެރެއިން ގައުމުގެ ހެވަށް މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ކަމަށާއި ދިވެހިން ތެދުވަންވީ އެއްބައެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

25 އޯގަސްޓް

August 25, 2019 14
ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ދޭންގޮވާލާ ގަރާރެއް

ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ލިބިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

22 އޯގަސްޓް

August 22, 2019 18
ރަށުގެ އިހްތިސާސްގައި ވަނީ ރައްޔިތުންގެ މިލްކު: ނަޝީދު

ރަށްރަށުގެ މުއްސަނދިކަން އޮންނަން ޖެހޭނީ އެ ރަށްތަކުގެ ރައްޔިތުންނަށް ކަމަށާއި ރަށުގެ އިހްތިސާސްގައި ހުންނަނީ ރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ މިލްކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުމާލޭގައި މިއަދު ވިދާޅުވެއްޖެ އެވެ.