05 ޖޫން

June 05, 2017
ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލުތަކެއް

އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ހޯދާ ފަރާތްތައް އޮންލައިންކޮށް ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

02 ޖޫން

June 02, 2017 58
އެމެރިކާގެ އަމަލާ މެދު ހިތާމަކުރަން: ރައީސް ޔާމީން

ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ގިނަ ގައުމުތަކެއް ބައިވެރިވާ "ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

17 މެއި

May 17, 2017
ދޮވެމި ޝޮޕުގެ ނަސީބުވެރިޔާއަށް ޔަމަހާ ސައިކަލެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގާ ދޮވެމި ޝޮޕުން ވިޔަފާރިކުރާ މީހުންގެ މެދުގައި ގުރު ނަގައިގެން ފުރަތަމަ ނަސީބުވެރިޔާ އިއްޔެ ހޮވައި، ޔަމަހާ ޒިއޮން ސައިކަލެއް ދީފި އެވެ.

05 މެއި

May 05, 2017 1
އެމްސީއެފް ބީއެޗްއެމްގެ ސްޓޯލުން ބޮޑު ޑިސްކައުންޓެއް

އާޓް ގެލެރީގައި އިއްޔެ ފެށި މޯލްޑިވްސް ކޮންސިއުމާ ފެއާ (އެމްސީއެފް)ގައި ހުންނަ ބީއެޗްއެމް ޓްރޭޑާސްގެ ސްޓޯލުން މުދާ ގަންނަ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.

02 މެއި

May 02, 2017
ބޮޑެތި އިނާމުތަކާއެކު ރީފްސައިޑްގެ ޕްރޮމޯޝަން ފަށައިފި

ރީފްސައިޑްގެ "މަރުހަބާ ރަމަޒާން 2017" ޕްރޮމޯޝަން ބޮޑެތި ޑިސްކައުންޓްތަކާ އެކު ފަށައިފި އެވެ.

01 މެއި

May 01, 2017 5
ޑީޓިއުންގެ ލަވައަކުން އެސްޓީއޯގެ މަސައްކަތް ދައްކާލަނީ

އެސްޓީއޯ ގެ އެނިވާސަރީ އަށް ހާއްސަކޮށް ޑީޓިއުން ބޭންޑުން ތައްޔާރުކުރި ވީޑިޔޯ ލަވަ ރޭ ލޯންޗް ކޮށްފިއެވެ.

11 އެޕްރީލް

April 11, 2017 19
ދިވެހިންގެ މޫދާ ދުރު ދިރިއުޅުން

ރާއްޖޭގެ މޫދާއި ކަނޑުގެ ޗާލުކަމާއި މުއްސަނދިކަމުން ދިވެހިންނަށް އުފާ ހޯދެނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިއީ، އެމެރިކާގެ އެންމެ ބޮޑު ނޫހުގައި ރާއްޖެއާ ބެހޭގޮތުން އާދީއްތަދުވަހު ޖެހި ލިޔުމެއްގެ ދެ ފޮޅުވަތް ދޭތެރެއިނ ދިވެހިންނަށް ކުރިމަތިކުރުވި ސުވާލެކެވެ. ސަބަބަކީ، ޖަޒީރާ ރަށްތަކެއްގެ "ސުވަރުގެ" އަކަށް ވިޔަސް، ރާއްޖޭގެ ގިނަ...

22 މާޗް

March 22, 2017 2
ލަންކާގައި ހައްޔަރުކޮށްފައި ހުރި ދިވެއްސަކު ފިލައިފި

ސްރީ ލަންކާގެ އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރެއްގައި ހައްޔަރުކޮށްފައި ހުރި ދިވެއްސަކު އެހެން ބަޔަކާ އެކު ފިލައިފި އެވެ.

24 ފެބުރުއަރީ

February 24, 2017 13
ހުރިހާ ގައުމަކަށް ދިޔަ މީހާގެ ގަދަ 10ގައި ރާއްޖެ

ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރި ފުރަތަމަ އަންހެންމީހާ އެ ރެކޯޑް ހެދުމަށް ފަހު އޭނާ އަށް އެންމެ ކަމުދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ. "ކޮންމެހެން ވެސް ޒިޔާރަތްކުރަން ޖެހޭ 10 ގައުމު"ގެ ގޮތުގައި އެކުލަވާލި ލިސްޓުން ތިންވަނަ ދީފައި ވަނީ ރާއްޖެ އަށެވެ.

11 ޖެނުއަރީ

January 11, 2017
"ހަބޭސް" ފެއިމްގެ ޕާޓްނަރަކަށް

އެކި ދާއިރާތަކުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުތައް ތަރައްގީކޮށް ކުރިއަރުވަން ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާ ފްރެންޑްޝިޕް އެސޯސިއޭޝަން އިންޑިއާ މޯލްޑިވްސް (ފެއިމް) ގެ ޕާޓްނަރަކަށް މަޝްހޫރު ބޮޑުބެރު ބޭންޑް "ހަބޭސް" ހަމަޖައްސައިފި އެވެ.

06 ޖެނުއަރީ

January 06, 2017 22
މި ފޮޓޯތަކުން ރާއްޖޭގެ ރަށްރަށުގެ އެހާރާއި މިހާރު

ޒަމާނާ އެކު ރާއްޖޭގެ އެކި ރަށްރަށަށް އައިސްފައިވާ ބަދަލުތައް ފޮޓޯ އިން ފެންނަ ލިންކުތަކެއް މި ދުވަސްކޮޅު ސޯޝަލް މީޑިއާ އިން ދެކެން ހެއްޔެވެ؟ އެއް ފޮޓޯ މަތިން އަނެއް ފޮޓޯ ސްލައިޑްކޮށްގެން އެހާރާއި މިހާރު އަޅާކިޔާލެވޭ ގޮތަށް ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ މި ފޮޓޯތަކަކީ ޓީޗަރަކު އޭނާގެ ބޮޑު ޗުއްޓީ ހޭދަކުރި ގޮތެވެ.

13 ޑިސެމްބަރ

December 13, 2016 146
"ގަރުދިޔަ، ރާއްޖެތެރެ، މޯޑިސް": ހަބޭސް ވާހަކައެއް؟

ދިވެއްސަކަށް ވީތީ އެއްވެސް ވަރަކަށް ލަދުގަނޭ ހެއްޔެވެ؟ ދެރަވޭ ހެއްޔެވެ؟ މިއީ ދާދި ފަހުން ޖެހި ފޭސްބުކް ޕޯސްޓަކާ އެކު 22 އަހަރުގެ ޒުވާނަކު އަލިއަޅުވާލި މައުލޫއުއެކެވެ. އޭނާގެ އެ ވާހަކަ ޝައުގުވެރި އެވެ. އޭނާ އެ ވާހަކަ ދައްކަން ޖެހުނު ސަބަބު، ގަބޫލުކުރަން ދަތިވާހާ، ބޮޑެވެ.

08 ޑިސެމްބަރ

December 08, 2016 24
100 މުވަައްޒަފުން ގޮވައިގެން ޗުއްޓީ އަށް ރާއްޖެއަށް!

އެންމެ ރަނގަޅު ބޮސްގެ ގޮތުގައި ބެލެވޭނީ މުވައްޒަފުންނަށް ކިހާ ވަރަކަށް ރަނގަޅު ވީމާ ހެއްޔެެވެ؟ މުވައްޒަފުންގެ ހިތް ރުއްސަން ކޮން އެއްޗެއް ދިނީމާ ހެއްޔެވެ؟

05 ޑިސެމްބަރ

December 05, 2016 20
ހާޖީ އިމާދުއްދީންގެ ކާފަ ދަރިކަލުން އަވަހާރަވެއްޖެ

ރާއްޖޭގައި ނުވަ އަހަރަށް ވުރެ ގިނަ ދުވަހު ރަސްކަން ކުރެއްވި މުހައްމަދު އިމާދުއްދީން (ހާޖީ އިމާދުއްދީން)ގެ ކާފަ ދަރިކަލެއް ކަމަށްވާ އަހުމަދު އިމާދުއްދީން ރޭ ފަތިހު ގަތަރުގައި އަވަހާރަވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2016 45
38 އަހަރު ކުރިން ރާއްޖެ، އެމެރިކާގެ ވީޑިއޯއަކުން

މީގެ 38 އަހަރު ކުރިން، ރާއްޖެއާ ގުޅޭ ގޮތުން ރިޕޯޓެއް ހަދަން މާލެ އައި، އެމެރިކާގެ ސީބީއެސް ނިއުސްގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު މޯލޭ ސޭފާ ސިފަކުރި ގޮތުގައި ދިވެހިންނަކީ ހުރިހާ ގޮތަކުން ވެސް ނާޒުކު ބައެކެވެ. ރިޕޯޓުގައި އޭނާ ބުނިގޮތުގައި ރާއްޖޭގައި އެކަކު އަނެކަކަށް އެއްގޮތަކަށް ވެސް އަނިޔާއެއް ނުކުރެ އެވެ. އަދި...

28 ސެޕްޓެމްބަރ

September 28, 2016 1
ނޭޕާލުން ސާކް ސަމިޓް ފަސްކޮށްފި

ކަތުމަންޑޫ (ސެޕްޓެމްބަރު 28) - ޕާކިސްތާނުގައި ނޮވެމްބަރު މަހު ބާއްވާ 19 ވަނަ ސާކް ސަމިޓުގައި ބައިވެރިނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު ސާކް ސަމިޓް ފަސްކުރިކަން ނޭޕާލުން މިއަދު އިއުލާންކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2016 12
ދިވެހިރާއްޖެ ފަދަ ރީތި ތަނެއް ނޯންނާނެ: ކޭޓް މޮސް

މަޝްހޫރު މަޖައްލާ ކޮންޑެނާސްޓް ޓްރެވަލާއިން "ޝިކް ސްޓޭޒް"ގެ ނަމުން ފޮތެއް ޝާއިއުކުރި އިރު، އޭގައި އިނގިރޭސިވިލާތުގެ ސުޕަ މޮޑެލް ކޭޓް މޮސް، ރާއްޖެއާ ބެހޭ ގޮތުން ބުނެފައިވާ ބަސްކޮޅެއް ހިމަނާފައިވެ އެވެ.

20 އޯގަސްޓް

August 20, 2016 4
ތައިލެންޑްގެ އޮން އެރައިވަލް ވިސާ ފީ ބޮޑުކުރަނީ

އޮން އެރައިވަލް ވިސާ ފީ އަށް ގެނައި ބަދަލަށް އަމަލްކުރަން ފަށާނީ އަންނަ މަހުގެ 27 ގައި

26 ޖުލައި

July 26, 2016 25
ގައުމޭ، ރައްޔިތުންނޭ މި ކިޔަނީ ގައުމުދެކެ ލޯބިވާތީތަ؟

ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އިދިކޮޅު ފަރާތްތަކުން ވެސް ހުރިހާ ކަމެއް ކުރަނީ "ގައުމު" ނިވާފަތްގަނޑެއްގެ ގޮތުގައި ދައްކައިގެންނެވެ. އެކި ނިންމުންތައް ނިންމާއިރު ހަރުއަޑުން ގޮވަނީ ގައުމު ދެކެ ލޯބިން، ގައުމަށްޓަކައި ނިންމާ ނިންމުމެއް ކަމަށެވެ. އެކަމަކު އެހެން ބުނާ އިރު ވެސް އާންމުން ތުންތަޅުވާލަ އެވެ. އެއީ ހަގީގަތް ނޫން ކަން...

17 ޖުލައި

July 17, 2016 33
"ބަޣާވާތުގެ ވެރިކަމަކަށް ޑިމޮކްރަސީގައި ޖާގައެއް ނެތް"

ބަޣާވާތްކޮށްގެން ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބަޔަކަށް ޑިމޮކްރަސީގެ ހަމަތަކަށް އަމަލުކުރާ އެއްވެސް މުޖުތަމައެއްގައި ޖާގައެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.