28 އޮކްޓޯބަރ

October 28, 2020 9
ބްރޯޑްކޮމްގެ މެމްބަރު ޒީނާ އިސްތިއުފާ ދެއްވައިފި

މަގާމުގެ ޒިންމާ އަދާ ނުކުރުމާއި މީޑިއާތަކާ މެދު ތަފާތުކުރުން ގެންގުޅުނު ކަމުގެ ތުހުމަތުގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަކިކުރަން ނިންމާފައިވާ އެ ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

13 އޮކްޓޯބަރ

October 13, 2020 3
ޒީނާ ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

17 އޯގަސްޓް

August 17, 2020 5
ޒީނާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު އެ ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ކޮމެޓީއަށް ފޮނުވައިފި އެވެ.

09 ޖޫން

June 09, 2020 23
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނަށް، ވީޓީވީގެ ނޫސްވެރިޔާ އާމިނަތު އަމީނާ (އަނާ) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2020 44
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އާ ރައީސް މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ހަފުލާއެއް ހުށަހަޅުއްވައި ދެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަރީގެ އެ އަމަލު އޭނާ ވަރަށް ބޮޑަށް ދިފާއު...

25 ޑިސެމްބަރ

December 25, 2019 21
މަރީ އެއްވެސް ގަވާއިދަކާ ހިލާފެއް ނުވޭ: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓްރީގެ ޖަލްސާއެއް ހުށަހަޅުއްވައި ދެއްވައިގެން ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ (މަރީ) އަށް ފާޑުކިޔުން އަމާޒުވި ނަމަވެސް އެއީ ގަވާއިދާ ހިލާފަށް މަރީ ކުރެއްވި ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2019 37
ކުރީގެ ގޯސް ތަކުރާރު ނުކުރޭ! މިނިވަންކަން ދައްކައިދީ!

މިނިވަން މަގާމުތަކުގައި ކުރިން ތިއްބެވި ގިނަ ބޭފުޅުންނަށް ގިނަ ރައްޔިތުން އޭރު ކުރީ ނަފްރަތެވެ. ސަރުކާރުގެ ނުފޫޒު ވަދެ މުސްތަގިއްލު މުއައްސަސާތަކަށް ރައްޔިތުން ކުރި އިތުބާރު ގެއްލުނެވެ. މުއައްސަސާތަކުގެ ހައިބަތާއި ކަރާމާތާއި ޝަރަފް އޮޔާ ދިޔައީ އޭރުގެ ސަރުކާރުން ބުނިހާ ގޮތަކަށް އެ ތަންތަނުން ބޯލެނބީމަ އެވެ.

18 ޑިސެމްބަރ

December 18, 2019 85
ބްރޯޑް ކޮމްގެ ރައީސް މަރީ، ސަރުކާރު ފަޅީގައި؟!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުން ސަރުކާރުގެ ހަފުލާތަކުގެ އިންތިޒާމްތަކުގައި އުޅުއްވުމުން ފާޑުކިއުން ބޮޑުވެފައި އޮއްވާ، އާ ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ރޭ ސަރުކާރުގެ އިވެންޓެއް ހުށައެޅުއްވުމުން، ސުވާލު އުފެދިއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2019 3
ބްރޯޑްކާސްޓިން ކޮމިޝަން ވެސް ގާނޫނީ ހުސް ކަމަކަށް

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން އިއްޔެ ވަކިކުރުމާ އެކު ގާނޫނީ ހުސްކަމެއްގެ ތެރެއަށް އެ މުއައްސަސާ ވެސް ހިނގައްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2019 16
ބްރޯޑްކޮމް އިން ޒައިނާ ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މި ނިންމުމާ އެކު، އެ ކޮމިޝަންގެ މެމްބަރުކަމުން ޒައިނާ ވަކިވީ އެވެ.

03 ސެޕްޓެމްބަރ

September 03, 2019 6
ޝަހީބާއި ޒައިނާ ވަކިކުރުމުގެ މައްސަލަ އަލުން ކޮމިޓީއަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް އަލުން މިއަދު ފޮނުވައިފި އެވެ.

25 ޖުލައި

July 25, 2019 11
ބްރޯޑްކޮމް މެމްބަރުން ސަލާމަތް ކުރާކަށް ނޫޅެން:މީކައިލް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް މެމްބަރަކު ސަލާމަތް ކުރަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށާއި އެ ހުރިހާ ބޭފުޅުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2019 15
ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ނިންމައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މިއަދު ނިންމައިފި އެވެ.

12 ފެބުރުއަރީ

February 12, 2019 36
މިނިވަންވެ، އިންސާފު ވެސް ކަށަވަރުވީތަ؟

ރިޔާސީ އިންތިޚާބުގެ ކުރިން އެންމެ ބޮޑު އެއް މައްސަލައަކަށް ވީ މިނިވަން މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމެވެ. ގާނޫނުއަސާސީން ބޮޑެތި ބާރުތަކާއި އިޚްތިޔާރު ދީފައިވާ މުއައްސަސާތަކުގެ ބޭނުމަކީ ސަރުކާރު ދިފާއު ކުރުމެއް ނޫނެވެ. ނުފޫޒުން އެއްކިބާވެ ތިބެ ސަރުކާރަށް ފާރަވެރިވެ، ރައްޔިތުންގެ ހައްގުގައި ގާނޫނުތައް...

12 އޮކްޓޯބަރ

October 12, 2017 14
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގެ ވެސް މާ ކުރިން، ސަރުކާރު ޒިންމާދާރު ކުރުވުމާއި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމުގެ ނިޒާމުތައް މި ރާއްޖޭގައި ގާއިމުކުރި އެވެ. އެންޓި ކޮރަޕްޝަން ބޯޑާއި، ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމަށްޓަކައި އުފެއްދި މިނިވަން ދެ މުއައްސަސާ އެވެ.