07 މާޗް

March 07, 2017 18
ރާއްޖެ ޓީވީ އާއި ނޫސްވެރިއަކަށް ބޮޑު ޖޫރިމަނާއެއް

ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއް ލިޔެގެން، މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.

16 ފެބުރުއަރީ

February 16, 2017 2
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ހިޔާލު ހޯދަނީ

ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ކަރުދާހަށް ހިޔާލު ހޯދުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށް ހުޅުވާލައިފި އެވެ.

15 ފެބުރުއަރީ

February 15, 2017 36
އިސްކަން ދޭން ޖެހޭނީ ޓީވީއެމް ޚަބަރަށް: މިފްކޯ

ދިވެހި ޚަބަރު ގަޑިތަކުގައި، ޓީވީއެމްގެ ޚަބަރަށް އިސްކަންދޭން ފެލިވަރު ފެކްޓަރީ މުވައްޒަފުންނަށް އަންގައި މިފްކޯ އިން މެމޯއެއް ނެރެފި އެވެ.

07 ޑިސެމްބަރ

December 07, 2016 9
މައުމޫނާއި ނަޝީދުގެ އަބުރުގެ މައްސަލަ ނުބެލި

ޓީވީއެމުން ގެނެސްދިން ހަބަރެއްގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހެޅި މައްސަލަ ނުބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.

15 ނޮވެމްބަރ

November 15, 2016 7
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާތައް ކަނޑައަޅައިފި

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ އޮގަސްޓް މަހު ތަސްދީގުކުރި ގާނޫނުގެ ދަށުން ޖޫރިމަނާކުރާނެ މިންވަރުތަކާއި އުސޫލުތައް ކަނޑައަޅާފައިވާ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

04 އޮކްޓޯބަރ

October 04, 2016 3
ރޭޑިއޯ، ޓީވީގެ އެންމެ މޮޅު ޕްރޮގްރާމްތައް ހޮވަނީ

ރާއްޖޭގެ ޓީވީތަކާއި ރޭޑިއޯތަކުން ފޮނުވާ އެންމެ މޮޅު ޕްރޮގްރާމާއި ޑޮކިއުމެންޓަރީ އަދި އެންމެ މޮޅު ޕްރެޒެންޓަރުންނަށް އެވޯޑު ދޭން ނިންމައިފި އެވެ.

07 ސެޕްޓެމްބަރ

September 07, 2016 29
ޑޮކިއުމެންޓްރީއާ އެކު ބްރޯޑްކާސްޓިން ކޮމިޝަންގެ އިންޒާރު

ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ޖަރީމާތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މިއަދު އާންމުކުރި ޑޮކިއުމެންޓްރީ ރާއްޖޭގައި ދެއްކުމުގައި "އަބުރު"ގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.

24 އޯގަސްޓް

August 24, 2016 28
އަބުރާ ބެހުމުގެ ޝަކުވާ ލިބޭ، ކޮންޓެންޓަށް ސަމާލުވޭ

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފުނުވެ ކޮންޓެންޓް ގެނެސްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު މީޑިއާތަކަށް އިލްތިމާސްކޮށްފި އެވެ.

18 އޯގަސްޓް

August 18, 2016 5
އަބުރުގެ ގަވާއިދު އަވަހަށް ނިންމާނަން: އޭޖީ

ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ހެދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

14 އޯގަސްޓް

August 14, 2016 25
ކޭބަލް ޓީވީ ވެސް އާ ގާނޫނަށް ފެތޭތަ؟

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ގާނޫނުގައި ހުރި ބޮޑެތި މައްސަލަތަކާ މެދު އެތައް ބަޔަކު ބަހުސް ކުރަމުން އަންނައިރު މިއީ އަދި އަތްނުލެވި ނުވަތަ ސަމާލުކަމަށް ނައިސް އޮތް ކަމަކަށް ވެދާނެ އެވެ. އެކަމަކު ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް އާންމުވެފައިވާ މިންވަރަށް ބަލާއިރު މިއީ އެ ހިދުމަތް ދޭ މީހުން ވަރަށް ބޮޑަށް ވިސްނަން...

11 އޯގަސްޓް

August 11, 2016 40
"ގޯސް" މަންޒަރު ނުދައްކަން މީޑިއާ ނެޓަށް އަންގައިފި

އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު މަންޒަރުތައް ނުދެއްކުމަށާއި އެފަދަ މަންޒަރުތައް ސެންސަރު ކުރުމުގައި އިތުރަށް ސަމާލުވާން ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް މިއަދު އަންގައިފި އެވެ.

04 އޯގަސްޓް

August 04, 2016 69
އަބުރު ބިލްގެ ގިނަ ކަންތައްތަކަށް ބްރޯޑްކޮމްގެ ތާއީދު

އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އިސްލާހުކޮށްގެން ފާސްކުރާ ނަމަ، ނޫސްވެރިކަން ވަޅުނުޖެހޭނެ ކަމަށް ވިދާޅުވިޔަސް ބިލްގައި ހުރި ގިނަ ކަންކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ތާއީދުކުރައްވައިފި އެވެ.

02 އޯގަސްޓް

August 02, 2016 18
އަބުރުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ކޮމެޓީއަށް

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމެޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

31 ޖުލައި

July 31, 2016 37
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށް ބަހުސް ފަށަން ތައްޔާރުވެއްޖެ އެވެ.

25 ޖުލައި

July 25, 2016 23
"ފަލަ ސުރުހީ" ހުއްޓުވާނެ ކަމުގެ އިންޒާރު ދީފި

ރާއްޖެ ޓީވީން ގެނެސްދެމުން އަންނަ "ފަލަ ސުރުހީ" ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެޓިކްސްއާ ހިލާފުވާނަމަ، ހުއްޓުވަން އަންގާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން...

July 25, 2016 71
ކޭބަލް ޓީވީ ވާދަވެރި މާކެޓަކަށް: ދެން އަގު ހެޔޮވާނެ!

މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެއީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް އެންމެ ކުންފުންޏަކުން ދިން ދުވަސްވަރެވެ. ކައިރި ރަށެއްގައި ހުންނަ މީހަކަށް ގުޅައި "ހަލޯ" އޭ ބުނެ ނިމޭ އިރު ފޯނު...

24 ޖުލައި

July 24, 2016 11
ދައުވާނުކޮށް މީޑިއާތަކަށް އަދަބު ދިނުމުގެ ބާރުދެނީ!

ދައުވާ ކުރުމެއް ނެތި މީޑިއާތަކަށާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ދިނުމުގެ ބާރު ކަމާ ބެހޭ މުއައްސަސާތަކަށް ލިބިގެންދާ ގޮތަށް، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ހިމަނައިފި އެވެ. އޭގެ ސަބަބުން އެއްވެސް ތަހުގީގެއް ނުކޮށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް...

19 ޖުލައި

July 19, 2016 6
ޑީޖޭއޭ އިން ބްރޯޑްކޮމް މެމްބަރުންނާ ބައްދަލެއް ނުކުރި!

ޝަރުއީ ދާއިރާގެ "މީޑިއާ ވީކް"ގެ ނަމުގައި މި ހަފުތާގައި ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ އެކު އޮތް ބައްދަލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަޑައިގަތް މެމްބަރުންނާ ބައްދަލުނުކޮށް އަނބުރާ ފޮނުވާލުމުން އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

08 ޖުލައި

July 08, 2016 13
ހަވީރު މުވައްޒަފުންގެ މައްސަލައަށް ބްރޯޑްކޮމް ވަންނަނީ

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލު ކުރެވޭތީ އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އެޓާނީ ޖެނެރަލް އިސްތިއުނާފު އިސްތިއުނާފު ކުރަން ނިންމުމާ ގުޅިގެން އެ މައްސަލައިގެ ތެރެއަށް...

04 ޖުލައި

July 04, 2016 18
"ހަވީރު"ގެ ހުކުމާ މެދު ހައިރާންވޭ، ފިޔަވަޅެއް ނޭޅޭނެ

"ހަވީރު" ނޫހުގައި ކުރިން މަސައްކަތް ކުރި އެއްވެސް މީހަކަށް އެހެން މީޑިއާއެއްގައި ވަޒީފާ އަދާ ކުރުން މަނާކޮށް ސިިވިލް ކޯޓުން ހުކުމް ކުރުމުން ހައިރާން ވާ ކަމަށާއި އެ ހުކުމާ އެއްގޮތަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ބުނެފި އެވެ.

21 ޖޫން

June 21, 2016 12
ކޭބަލް ޓީވީ ހުއްދަ ޕީއެސްއެމަށް، 2017 ގައި ފަށަނީ

ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ ލައިސަންސް މިއަދު ލިބުމާ އެކު އެކަން އަންނަ އަހަރު ފަށާނެ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.