25 ސެޕްޓެމްބަރ

September 25, 2019 6
އެޗްއާރުސީއެމުން އަމަލުކުރި ގޮތުން މުނާޒް ނުރުހުންވެއްޖެ

މާލޭ ޖަލުގެ ހާލަތު ދަށްވެފައި ވަނިކޮށް، ގައިދީން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފިޔަވަޅު އަޅަން އެންގީ ހަގީގަތް އޮޅުވާލައިގެން ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2019 3
މާލެ ޖަލުގެ ބައެއް ބަންދުކުރަން 48 ގަޑިއިރު ދީފި

މާލޭ ޖަލުގެ އެނެކްސް 1 ގެ ހާލަތު ދަށްވެފައި ވަނިކޮށް ގައިދީން ބަންދުކޮށްގެން ގެންގުޅެމުންދާ ކަމަށް ބުނެ، އެތަން ބޭނުން ކުރުން ހުއްޓާލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް 48 ގަޑިއިރުގެ މުހުލަތެއް މިރޭ ދީފި އެވެ.

26 އޯގަސްޓް

August 26, 2019 2
އެޗްއާރުސީއެމުން ބެލި ޓޯޗާގެ މައްސަލަތައް ސާބިތެއްނުވި!

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކުރި ޓޯޗާ ނުވަތަ އަނިޔާގެ އެއްވެސް މައްސަލައެއް ސާބިތުވާ ވަރަށް ހެކި ލިބިފައިި ނުވާ ކަމަށް އެ ކޮމިޝަނުން ނެރެފައިވާ ޓޯޗާގެ ރިޕޯޓުގައި ބުނެފި އެވެ.

02 އެޕްރީލް

April 02, 2019 10
މުނާޒު ހާޒިރުކޮށް ދެއްކީ ގުޅިގެން މަސައްކަތްކުރާ ވާހަކަ

ކޮމިޝަނާ އޮފް ޕްރިޒަންސް އަަބްދުﷲ މުނާޒު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އިއްޔެ ހާޒިރުކުރީ، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ މެދު ވާހަކަ ދައްކަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2019 15
މައުމޫންގެ ބޭސްފަރުވާ އަށް އިހުމާލުވުމުން ދައުވަކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުގައި ހުންނެވި ދުވަސްވަރު ބޭސްފަރުވާ އަށް އިހުމާލުވި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ނިންމައިފި އެވެ.

04 ފެބުރުއަރީ

February 04, 2019 15
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވަނީ

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިއްޔެ ނިންމައިފި އެވެ.

08 ޖެނުއަރީ

January 08, 2019 14
އެޗްއާރުސީއެމްގެ ބަޔާނާ މެެދު ކަންބޮޑުވަން: ހޯމް މިނިސްޓްރީ

ކުރީގެ ނައިބުގެ ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު، ޖަލަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފައާ ޚިލާފަށް ކަމަށް ކަނޑައަޅައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ...

January 08, 2019 24
އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް:އެޗުއާރުސީއެމް

ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުން މިދިޔަ ބުދަދުވަހު ޖަލަށް...

30 ސެޕްޓެމްބަރ

September 30, 2018 13
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް

ރައީސް އަބްދުﷲ ޔާމީންގެ އަޅުންގެ ގޮތުގައި މަސައްކަތް ނުކޮށް، ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ އަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް މިއަދު ގޮވާލައްވައިފި އެވެ.

10 ޖޫން

June 10, 2018
އެޗްއާރުސީއެމުން އަދީބާ ބައްދަލުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކޮށްފި އެވެ.

17 މެއި

May 17, 2018 9
އަބްދުﷲގެ މަރާ ގުޅިގެން ދައުވާ ކުރާކަށް ނުފޮނުވާ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މީގެ ހައެއްކަ މަސް ކުރިން މަރުވި އަބްދުﷲ ރަޝީދު، ގ. ކީމާގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ ކަމަށާއި އެ ތަހުގީގު ވެސް އަދި ނުނިމޭ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

04 މެއި

May 04, 2018 1
މުހުތާޒަށް ބޭސްފަރުވާ ނުކުރާ މައްސަލަ މުއައްސަސާތަކަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަންސް އިން އިހުމާލުވަމުންދާ ކަމަށް ބުނެ، އާއިލާ އިން އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިފި އެވެ.

21 މާޗް

March 21, 2018
އަދީބަށް އާއިލީ ބައްދަލުވުން ނުދޭތީ އެޗުއާރުސީއެމަށް

ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އާއިލީ ބައްދަލުވުންތައް ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެ، އެ މައްސަލަ އާއިލާގެ ފަރާތުން އެޗްއާރުސީއެމަށް މިއަދު ހުށަހަޅައިފި އެވެ.

17 އޮކްޓޯބަރ

October 17, 2017 74
އަނިޔާ ލިބޭ މީހުން ކަރުނާގައި، އެޗްއާރުސީއެމް ފިލާ!

ޖަލު ބަންދުގައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވީ، އާއިލާ އިން ދެކޭ ގޮތުގައި، ދައުލަތުގެ އިހުމާލުންނެވެ. އޭނާއާ އެކު ގޮޅީގައި ތިބި ގައިދީން ވެސް އާއްމުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދިމުގެ ސަބަބުން އޭނާ މަރުވީ ގޮޅީގައި އެތައް ވޭނެއް ތަހައްމަލްކޮށްފަ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި...

10 އޮކްޓޯބަރ

October 10, 2017 53
ގައިދީގެ މަރާ ގުޅިގެން ސީރިއަސް ތުހުމަތުތަކެއް!

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މިއަދު މަރުވި ގ. ކީމާ އަބްދުﷲ ރަޝީދަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.

13 މާޗް

March 13, 2017 12
އަދީބު ހޮހޮޅައިގައި އޮތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ދޮގުކޮށްފި އެވެ.

07 ނޮވެމްބަރ

November 07, 2016 4
މަހުލޫފަށް ބޭރުން ފަރުވާ ނުހޯދޭ މައްސަލަ ހުށަހަޅައިފި

ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ނުދޭތީ އާއިލާއިން ކަމާ ބެހޭ ފަރާތްތަކަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

23 އޯގަސްޓް

August 23, 2016 10
މަހްލޫފް އެކަހެރިކޮށްފައި ބަހައްޓާތީ އެޗްއާރުސީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާފުށީ ޖަލުގައި އެކަހެރިކޮށްފައި ބަހައްޓާތީ އާއި ޖަލުން ލިބޭ ބައެއް ހިދުމަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަހްލޫފްގެ އާއިލާ އިން އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅައިފި އެވެ.

25 ޖުލައި

July 25, 2016 18
ޖަލު މުވައްޒަފުން އޮރިޔާން ކުރާތީ އެޗްއާރުސީއެމަށް

މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ބަލައި ފާސްކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ހުއްޓުވައިދޭން އެދި އަނެއްކާ ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.