09 އޮކްޓޯބަރ

October 09, 2019 6
ގައިދީންގެ ޝަކުވާތަކެއް ނަޝީދަށް، މައްސަލަ ކޮމިޓީ އަށް

ރާއްޖޭގެ އެކި ޖަލުތަކުގައި ތިބި ގައިދީންތަކެއްގެ ކަންބޮޑުވުންތަކެއް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2019 6
އެޗްއާރުސީއެމުން އަމަލުކުރި ގޮތުން މުނާޒް ނުރުހުންވެއްޖެ

މާލޭ ޖަލުގެ ހާލަތު ދަށްވެފައި ވަނިކޮށް، ގައިދީން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފިޔަވަޅު އަޅަން އެންގީ ހަގީގަތް އޮޅުވާލައިގެން ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

04 ފެބުރުއަރީ

February 04, 2019 15
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވަނީ

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިއްޔެ ނިންމައިފި އެވެ.

04 މެއި

May 04, 2018 1
މުހުތާޒަށް ބޭސްފަރުވާ ނުކުރާ މައްސަލަ މުއައްސަސާތަކަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަންސް އިން އިހުމާލުވަމުންދާ ކަމަށް ބުނެ، އާއިލާ އިން އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިފި އެވެ.

12 ނޮވެމްބަރ

November 12, 2017 17
ތަހުގީގަށް ފަހު ބޭނުމީ އަބްދުﷲ އަށް އިންސާފު: އާއިލާ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު، ގ. ކީމާ، މަރުވި މައްސަލައިގެ ތަހުގީގަށް ފަހު އޭނާ އަށް އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

17 އޮކްޓޯބަރ

October 17, 2017 74
އަނިޔާ ލިބޭ މީހުން ކަރުނާގައި، އެޗްއާރުސީއެމް ފިލާ!

ޖަލު ބަންދުގައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވީ، އާއިލާ އިން ދެކޭ ގޮތުގައި، ދައުލަތުގެ އިހުމާލުންނެވެ. އޭނާއާ އެކު ގޮޅީގައި ތިބި ގައިދީން ވެސް އާއްމުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދިމުގެ ސަބަބުން އޭނާ މަރުވީ ގޮޅީގައި އެތައް ވޭނެއް ތަހައްމަލްކޮށްފަ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި...

16 އޮކްޓޯބަރ

October 16, 2017 12
ގައިދީންނަށް ވަކި ފަރުވާއެއް ދޭން މަޖުބޫރެއް ނުކުރަން

އެއްވެސް ގައިދީއަކަށް ވަކި ކަހަލަ ފަރުވާއެއް ދިނުމަށް ކަރެކްޝަނަލް ސާވިސުން މަޖުބޫރު ނުކުރާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

31 މެއި

May 31, 2017 6
އަދީބާ މެދު އިހުމާލުވާ ކަމަށް ބުނެ އެޗްއާރުސީއެމަށް

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅައިފި އެވެ.

25 ޖުލައި

July 25, 2016 18
ޖަލު މުވައްޒަފުން އޮރިޔާން ކުރާތީ އެޗްއާރުސީއެމަށް

މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮރިޔާންކޮށްގެން ބަލައި ފާސްކުރާ ކަމަށް ބުނެ އެ މައްސަލަ ބަލައި ހުއްޓުވައިދޭން އެދި އަނެއްކާ ވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.