24 ފެބުރުއަރީ

February 24, 2020 14
އިމްރާން ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރައްވައިފި

މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލުގައި ބައްދަލުކުރައްވައިފި އެވެ.

09 ފެބުރުއަރީ

February 09, 2020 6
މުނާޒަށް އެއްބާރުލުން ދިނިން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްބާރުލުން ނުދެއްވާ ކަމަށް ކުރީގެ ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކެވި ވާހަކައަށް އިމްރާން ރޭ ރައްދު ދެއްވައިފި އެވެ.

28 ޖެނުއަރީ

January 28, 2020 65
ޔާމީން، އަދުރޭ ސިފަކުރެއްވިހާ އަނަރޫފަތަ؟

މިދިޔަ ހުކުރުދުވަހުގެ ރެއިން ފެށިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ "ހިކި އަނަރޫފަވެފައި" ކަމަށެވެ. ޖަލުގައި ރަނގަޅަށް ފަރީއްކުޅުއްވަން ލިބިވަޑައިނުގަންނަވާތީ އެމަނިކުފާނުގެ ހާލުކޮޅު ފެނިވަޑައިގަތުމުން ހިތްދަތިވެ ރޮވުނު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

26 ޖެނުއަރީ

January 26, 2020 56
އިމްރާނާ ދެކޮޅަށް މުނާޒު ނުކުންނަވައިފި!

ޖަލުތަކުގެ ކަންކަން އިސްލާހް ނުކުރެވުނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެއްބާރުލުން ނުލިބިގެން ކަމަށް ދާދި ފަަހުން މަގާމުން ވަކިކުރި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒްންސް އަބްދުﷲ...

January 26, 2020 46
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް އެމަނިކުފާނު ވެއްދީ ކުރިއަށް ވުރެ އެތަނުގެ ފެންވަރު ރަނގަޅު...

21 ޖެނުއަރީ

January 21, 2020 7
އާ ސީޕީއާ އެކު، ޖަލުގެ އޮޑިޓް ރިޕޯޓު ތަންފީޒު ކުރާނެ: އިމްރާން

އާ ކޮމިޝަނަރު އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދުފުޅާ އެކު، ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

31 ޑިސެމްބަރ

December 31, 2019 33
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!

ރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ކުރީ ސަރުކާރުން 16.6 މިލިޔަން ރުފިޔާ ހޭދަކޮށްގެން ގެނައި ރާވާ ޖަލުގެ ސާމާނު ހިމެނޭ އަށް ކޮންޓޭނަރު، ކާށިދޫ ވަލުތެރޭގައި ހުރި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2019 11
ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރާނަން: އިމްރާން

ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތި ކަމަށް އަންނަ އަހަރު ނިމުމުގެ ކުރިން އެކަށީގެންވާ ހައްލެއް ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2019 17
ދޫނިދޫގެ މަޝްހޫރު އަލްކަޓްރާސް ގޮޅި ބަންދުކޮށްފި

ތަހުގީގަށް މީހުން ބަންދުކުރާ ދޫނިދޫ ޖަލުގައި، މީހުންނަށް އަނިޔާ ކުރަން ގެންދާ ކަަމަށް ކުރިން މަޝްހޫރުވެފައިވާ "އަލްކަޓްރާސް" ގޮޅި އާއި އެހެން ބައެއް ގޮޅިތައް ބަންދުކޮށް އެތަންތަން ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 10
މާލެ ޖަލު އެނެކްސް 1 އަލުން ހުޅުވައިފި

މާލެ ޖަލު އެނެކްސް 1 މަރާމާތަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެތަން މިއަދު އަލުން ހުޅުއްވައިދެއްވައިފި އެވެ.

13 އޮކްޓޯބަރ

October 13, 2019 4
ޖަލުތަކަކީ ބަލައިގަންނަ ތަންތަނަށް ވާނެ: އިމްރާން

ކަރެކްޝަންސްގެ ދައުރު ފުރިހަމައަށް ފޯރުކޮށްދޭން އެންމެ މުހިންމީ މުވައްޒަފުންނަށް ތަމްރީނު ދިނުން ކަމަށާއި އެކަން ރަނގަޅަށް ކުރެވިއްޖެނަމަ ކަރެކްޝަންސް އާއި ޖަލުތަކަކީ މުޖުތަމައު ބަލައިގަންނަ ތަންތަކަށް ވެގެން ދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

03 އޮކްޓޯބަރ

October 03, 2019 6
ޖަލަށް މަނާ ތަކެތި ވައްދާނީ ޝަރުތު ހަމަނުވާ އޮފިސަރުން

ޖަލުތަކަށް ވެއްދުން މަނާ ތަކެތި ޖަލަށް ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރުން ބައިވެރިވާ ނަމަ އެއީ އެކަމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2019 16
ސަރުކާރު ބަދަލުވި އިރު ޖަލުގެ ކަންކަން ރަނގަޅެއް ނޫން

ސަރުކާރު ބަދަލުވި އިރު ޖަލުގެ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2019 30
އަދީބު ގެންނާނެ ކަމަށް ވީ ވައުދު ފުއްދިއްޖެ: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލުމުގެ ފުރުސަތު ނުދީ ރާއްޖެ ގެނެސް ހުކުމް ތަންފީޒުކުރަން ވީ ވައުދު ފުއްދިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

23 ޖޫން

June 23, 2019 8
ޖަލު ފާސްކުރުން ކުރިއަށް ދިޔައީ އޮމާންކޮށް: މިނިސްޓްރީ

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކަށް ފަހު، ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ، އެ ތަން ފާސްކުރުމަށް މިއަދު...

June 23, 2019 52
ޖަލު ހަމަނުޖެހުން: މުނާޒާއި އިމްރާންގެ ވާހަކަ ތަފާތު!

މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ދެއްކެވި ވާހަކަތައް ދިމައެއް ނުވެ އެވެ. އަދި...

22 ޖޫން

June 22, 2019 67
"ޖަލު ބަލަހައްޓަން ތިބީ އެކްޓިވިސްޓުން، ހާލަތު ގޯސް"

ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ކަންކަން ބައިނަލްއަގުވާމީ މިންގަނޑަށް ފައްތާފައި ވަނިކޮށް މިސަރުކާރުން އެކަންކަން ބަދަލުކޮށް ޖަލުތަކުގެ ހާލަތު ވަރަށް ދަށްފެންވަރަކަށް ގެންގޮސްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.

June 22, 2019 32
ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދީ ލަސްވި: އިމްރާން

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް...

June 22, 2019 36
ޖަލު ހަލަބޮލިކުރީ ސިޔާސީ ބޭނުމަކަށް ކަމުގެ ތުހުމަތު

މާފުށީ ޖަލު އިއްޔެ ހަލަބޮލިކޮށްލީ ސިޔާސީ ބޭނުމަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ތުހުމަތުކުރައްވައިފި އެވެ.

12 ޖޫން

June 12, 2019 39
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވި ހުކުމްތަކުން، ކޯޓުތައް މެދުވެރިވެ އޭނާ މިނިވަން ވުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތް ކަމަށާއި ބޭސްފަރުވާ އަށް ބޭރަށް ފޮނުވަނީ ނުފިއްލެވޭނެ ކަމުގެ ކަށަވަރު ކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

June 12, 2019 50
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އެނބުރި ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26...

June 12, 2019 32
އަދީބު ބޭރަށް ފުރުވާލާތީ ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން...

03 ޖޫން

June 03, 2019 4
ޖަލު އޮޑިޓް ރިޕޯޓު ތަންފީޒުކުރޭތޯ ބަލަން ކޮމެޓީއެއް

ޖަލު އޮޑިޓް ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރޭތޯ ބެލުމަށް މިއަދު ކޮމެޓީއެއް އެކުލަވާލައިފި އެވެ.

22 މެއި

May 22, 2019 10
ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޖަލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިފްތިތާހުކޮށްފި އެވެ.

16 މެއި

May 16, 2019 2
އިންސްޕެކްޓާ އޮފް ކަރެކްޝަންގެ މަގާމަށް ބޭފުޅެއް

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް އަހުމަދު މުހައްމަދުފުޅު އައްޔަން ކޮށްފި އެވެ.

05 މެއި

May 05, 2019 38
ޖަލަށް ފެނުގެ ހިދުމަތް ދޭން ކުންފުންޏެއް ހަދައިފި

ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އެކި ހާލަތްތަކުގައި ބަންދުކުރާ މީހުންނަށް ބޯފެން ފޯރުކޮށްދޭން ކުރަން ޖެހޭ ހަރަދު ކުޑަކުރަން، ހާއްސަ ވަކި ކުންފުންޏެއް އުފައްދައި، މާފުށީ ޖަލުގައި ފެން ޕްލާންޓެއް ބަހައްޓައިފި އެވެ.