08 މެއި

May 08, 2020 7
ކޮވިޑް-19: މާފުށީ ޖަލުން ރެންޑަމް ސާމްޕަލް ނަގައިފި

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވަައިރަސް މާފުށީގެ ޖަލަށް ވާސިލް ވެފައިތޯ ބަލަން ބައެއް ގައިދީންނާއި އޮފިސަރުންގެ ގައިން މިއަދު ސާމްޕަލް ނަގައިފި އެވެ.

30 އެޕްރީލް

April 30, 2020 15
ޖަލުން ރާވަމުން ދިޔަ "ހަމަލާއެއް" ހުއްޓުވައިފި

މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

19 އެޕްރީލް

April 19, 2020 4
ގައިދީންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭ ގޮތް ހަދައިފި

ކޮވިޑް-19 ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުން އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސައިފި އެވެ.

15 މާޗް

March 15, 2020 15
ޖަލުގައި އިއްޔެ ހަމަނުޖެހުން، އޮފިސަރުންނަށް އިންޒާރު

މާލޭ ޖަލާއި މާފުށީ ޖަލުގައި ބައެއް ގައިދީން އިއްޔެ ހަމަނުޖެހުން ހިންގި ފަހުން ކަރެކްޝަންސް ބައެއް މުވައްޒަފުންނަށް އިންޒާރު ދިނުމުގެ އިތުރުން އެކަކަށް ރޭ މަގުމަތިން ހަމަލާ ވެސް ދީފައިވާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

06 މާޗް

March 06, 2020 7
ޖަލުގެ ހަމަނުޖެހުމެއްގައި 3 އޮފިސަރަކު ޒަހަމްވެއްޖެ

ޖަލުގައި ގެންގުޅުން މަނާ އެއްޗެއް ގެންގުޅޭތީ ގައިދީންގެ އަތުން އެ އަތުލަން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި ތިން އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަނަލް ސާވިސަސް އިން ބުނެފި އެވެ.

24 ފެބުރުއަރީ

February 24, 2020 14
އިމްރާން ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރައްވައިފި

މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލުގައި ބައްދަލުކުރައްވައިފި އެވެ.

14 ފެބުރުއަރީ

February 14, 2020 2
ޖަލުގައި ވަކީލުންނާ ބައްދަލުކުރެވޭ އަދަދު އިތުރުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއިި ބަންދު މީހުންނަށް އެއް ފަހަރާ ތިން ވަކީލުންނާ ޖަލުގައި ބައްދަލުކުރެވޭ ގޮތަށް އެ އިދާރާ އިން ހަމަޖައްސައިފި އެވެ.

09 ފެބުރުއަރީ

February 09, 2020 5
ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފި

ޖަލުގައި ތިބޭ ގައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ފޮނުވޭނެ އިންތިޒާމު ދެ އަހަރު ފަހުން އަނެއްކާވެސް ހަމަޖައްސައިދީފި އެވެ.

26 ޖެނުއަރީ

January 26, 2020 46
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް އެމަނިކުފާނު ވެއްދީ ކުރިއަށް ވުރެ އެތަނުގެ ފެންވަރު ރަނގަޅު ކޮށްފައި ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް (އަދުރޭ)ގެ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދޮގު ކުރައްވައިފި...

23 ޖެނުއަރީ

January 23, 2020 8
ފިލި ގައިދީ އަތުލައިގަނެވުނީ ހުޅުމާލެ އިން!

މާލޭ ޖަލުން ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިއުމުން މިއަދު ފިލި ގައިދީ ހުޅުމާލެ އިން އަތުލައިގެންފި އެވެ.

22 ޖެނުއަރީ

January 22, 2020 6
ޖަލުގެ އިސްލާހު ފަށާނީ އަސާސީ ޚިދުމަތްތަކުން: ކޮމިޝަނާ

ޖަލުތައް އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުން ފެށިގެން ކަމަށް އާ ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2020 11
ގައިދީ ދޫކޮށްލި މައްސަލާގައި ހިމެނޭ އެކަކު ވަކިވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ދެއްވާފައި ނުވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި މަގާމު ދަށްކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑިސިޕްލިނަރީ ބޯޑުން އެންގި އެއް އޮފިސަރަކާ މެދު އެ ފިޔަވަޅު ނޭޅި ހުއްޓައި އޭނާ އަމިއްލަ އަށް އެދިގެން މަގާމުން ވަކިކޮށްފި އެވެ.

08 ޖެނުއަރީ

January 08, 2020 13
ކަރެކްޝަންސްގެ އަމަލުތަކާ މެދު އެޗްއާރުސީއެމް ނުރުހިއްޖެ

މާފުށީ ޖަލާއި މާލޭ ޖަލުގައި މިދިޔަ ހަފުތާ އިން ފެށިގެން ގައިދީން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހިންގާ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދެވޭ އެއްބާރުލުން ނުދޭއިރު، ސައްހަ ނޫން މައުލޫމާތު ވެސް ދީފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހިތްހަމަނުޖެހިއްޖެ އެވެ.

January 08, 2020 11
މުނާޒްގެ ވާހަކަތަކުގައި ފުށުއެރުން، ޖަވާބެއް ނުދެއްވި!

ޖަލުތަކުގެ ހާލަތު ރަނގަޅު ކަމަށާއި އިސްލާހަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެ ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒް މިއަދު މަސައްކަތް ކުރެއްވީ އަވަހަށް ޕްރެސް...

January 08, 2020 6
ޖަލުގައި ހިނގި ކަންކަން ހަމައަކަށް އެޅިއްޖެ: މުނާޒް

ޖަލުގައި މިދިޔަ ހަފުތާ އިން ފެށިގެން ހަމަނުޖެހުން ހިނގި ނަމަވެސް މިހާރު އެކަން ހަމައަކަށް އެޅިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2020
ހަމަނުޖެހުންތަކާ ގުޅިގެން އެންއައިސީން ޖަލަށް

މާފުށީ ޖަލުގައި ގައިދީން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ނޭޝެނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުންތަކެއް ޖަލަށް ޒިޔާރަތް ކުރައްވައި ހާލަތު ބައްލަވައިފި އެވެ.

January 07, 2020 20
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!

ޖަލުތަކުގެ ކަންކަން އިސްލާހު ކުރަން އެކުލަވައިލި ރިޕޯޓުގައިވާ ކަންކަން ތަންފީޒު ނުވެ، އެތަން ހިންގުން "ބޮއްސުންލާފައިވާ" ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބައެއް...

06 ޖެނުއަރީ

January 06, 2020 22
"ބާރުގެ ބޭނުންކުރީ ގައިދީން ހުރަސް އެޅުމުން"

މާފުށީ ޖަލު ބަލަހައްޓާ އޮފިސަރުން ގައިދީންނާ ދެކޮޅަށް އިއްޔެ ބާރުގެ ބޭނުންކުރީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނަކަށް ހުރަސް އެޅުމުން ކަމަށް އިންސްޕެކްޓަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

05 ޖެނުއަރީ

January 05, 2020 5
މާފުށި ޖަލުގައި ހަމަނުޖެހުންތަކެއް ހިންގައިިފި

މާފުށީ ޖަލުގެ ގައިދީންތަކެއްގެ މެދުގައި ހަމަނުޖެންތަކެއް ހިންގުމުން، އެ ގައީދީން މައިތިރި ކުރަން ޕެޕަރާ ސްޕްރޭ މިއަދު ޖަހައިފި އެވެ.

31 ޑިސެމްބަރ

December 31, 2019 33
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!

ރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދަން ކުރީ ސަރުކާރުން 16.6 މިލިޔަން ރުފިޔާ ހޭދަކޮށްގެން ގެނައި ރާވާ ޖަލުގެ ސާމާނު ހިމެނޭ އަށް ކޮންޓޭނަރު، ކާށިދޫ ވަލުތެރޭގައި ހުރި ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2019 14
ރާވައިލެވޭ ޖަލެއް ގެނަޔަސް ބޭނުމެއް ނުކުރޭ: އުމަރު

ރާއްޖޭގެ ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް، ރާވައިލެވޭ "ޖަލެއް" ސަރުކާރުން ގެނެސްފައި ވިޔަސް އޭގެ ބޭނުމެއް ނުކުރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2019 4
ގައިދީންނާ ހަވާލުވާން ފަށައިފިން: ކަރެކްޝަންސް

ހުކުމް ތަންފީޒު ކުރާ މީހުންގެ އިތުރުން ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކޮށްފައިވާ (ވާނުވާ ޖަހާފައިވާ ގައިދީން) ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފި އެވެ.

23 ޑިސެމްބަރ

December 23, 2019 26
ޖަލުތައް ފުރުމުން ގައިދީންނާ ހަވާލެއް ނުވި

ހުކުމް ތަންފީޒު ކުރުމަށާއި ތަހުގީގީ މަރުހަލާގައި މުއްދަތު ޖަހާ މީހުން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ ޖަލުތައް ތޮއްޖެހުމުގެ ސަބަބުން އެ ސާވިސް އިން ގައިދީންނާ ހަވާލުވާން އުޒުރުވެރިވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.