06 ނޮވެމްބަރ

November 06, 2019
ދައުލަތަށް 190 މިލިއަން ހޯދަން އޭސީސީން އެންގި

މިއަހަރުގެ ފުރަތަމަ ނުވަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި މައްސަލަތަކުގައި 190 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އަންގައިފި އެވެ.

23 އޮކްޓޯބަރ

October 23, 2019 17
ޚިޔާނާތުގައި ބައިވެރިވި ވަޒީރުން ދުރަށް ދާންޖެހޭ:އާޒިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ ވަޒީރުން މަގާމުން ދުރަށް ދާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2019 11
ވިސްލްބްލޯ ކުރުމާ ގުޅޭ ބިލް ރައީސް ތަސްދީގުކުރައްވައިފި

ޚިޔާނާތާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް އެކުލަވައިލި "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

08 އޮކްޓޯބަރ

October 08, 2019 3
ވިސްލްބްލޯ ކުރުމާ ގުޅޭ ބިލް މަޖިލިހުން ފާސްކޮށްފި

ޚިޔާނާތާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ހެދި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް" ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2019 40
ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގައި: ޔާމީން

ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގެ ތެރޭގައި ކަމަށާއި ރައްޔިތުންނަށް ތަރައްގީއެއް ހޯދައިދޭން ސަރުކާރުން ނޫޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2019 1
މިއަހަރު ބެލި މައްސަލަތަކުން 188 މިލިއަން ލިބެންޖެހޭ

މިއަހަރުގެ ފުރަތަމަ ހަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގައި 188 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

14 ޖުލައި

July 14, 2019 18
ބޮޑު ޚިޔާނާތާ ގުޅިގެން ޖޮއިންޓް ތަހުގީގަކަށް ދަނީ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް، ރިޔާސީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

01 ޖުލައި

July 01, 2019 22
ކޮރަޕްޝަނާ ދެކޮޅަށް ފެނަކަ މުވައްޒަފުން އިގުރާރުވެއްޖެ

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން މިއަދު ސޮއިކޮށްފި އެވެ.

26 ޖޫން

June 26, 2019 44
ޔާމީން މިނިވަންވާ ތަން ދެކެން ބޭނުން: އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބި، މިނިވަންވާ ތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު،...

June 26, 2019 27
"ކޮރަޕްޝަން ބަލާ ކޮމިޝަނަށް ވީ އެއްވެސް ކަމެއް ނެތް"

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދެވި ރިޔާސީ ކޮމިޝަނަށްވި އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ...

19 މެއި

May 19, 2019 27
ސްޓްރާޑާ އަށް ނާޖާއިޒު މަންފާ ހޯދައި ދިން: އޭސީސީ

ލޮނުޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގަމުން އަންނަ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ސަރުކާރުން ނާޖާއިޒު މަންފާތަކެއް ހޯދައި ދިން ކަމަށް ބެލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ރިޕޯޓުގައި މިއަދު ބުނެފި އެވެ.

11 މާޗް

March 11, 2019 36
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ހިންގެވި ފައިސާގެ މުއާމަލާތާ ގުޅިގެން ގޭގައި މަޑުކުރަން އެންގި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން އެންޓި ކޮރަޕްޝާން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް...

10 މާޗް

March 10, 2019 39
ވޯޓު ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުން: މުއައްވިޒު

ރާއްޖޭގައި އޮންނަ އިންތިޚާބުތަކުގެ ދުވަސްވަރު ވޯޓު ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުންވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު...

March 10, 2019 3
މިދިޔަ އަހަރު 1.9 ބިލިއަން ލިބެން ޖެހޭ: އޭސީސީ

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން ދައުލަތަށް 1.9 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

06 މާޗް

March 06, 2019 16
ޚިޔާނާތާ ގުޅޭ ލިޔުންތައް ހާވައިގެން ހޯދަން ޖެހުނު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާ ގުޅޭ ތަހުގީގު ކުރިއަށް ގެންދިޔަ އިރު، ރާއްޖޭގައި ހުރި ބޭންކުތަކާއި...

March 06, 2019 2
އޭސީސީގެ މެމްބަރުން ކޮމިޓީ އަށް މިއަދު ހާޒިރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު...

04 މާޗް

March 04, 2019 10
ނުހައްގު މުއްސަނދިކަމާ ބެހޭ ގާނޫނެއް ބޭނުން: ނަޝީދު

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ތާއީދު ކުރައްވާ ކަމަށާއި އެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނުމަށް ވުރެ ރަނގަޅު ގޮތަކީ އެކަމާ ބެހޭ ވަކި ގާނޫނެއް އޮތުން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2019 22
ޔާމީނަށް ކުރި ދައުވާ ނެގުމަށް އެދި މަޖިލިހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

26 ފެބުރުއަރީ

February 26, 2019 31
ރިޝްވަތުގެ ކުށެއް ނުކުރަން ކެންޑިޑޭޓުންނަށް އަންގައިފި

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަމުން އަންނަ މީހުން ރިޝްވަތުގެ ކުށެއް ނުވަތަ...

February 26, 2019 71
ޔާމީން މިނިވަން ކުރަން ބޭރުގެ ޖަމާއަތަކުން ގޮވާލައިފި

މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރުމަށް ބޭރުގެ ޖަމާއަތަކުން މިއަދު ގޮވާލައިފި އެވެ.

25 ފެބުރުއަރީ

February 25, 2019 32
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ހުށަހަޅައިފި

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

12 ފެބުރުއަރީ

February 12, 2019 16
ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ޕޯޓަލެއް

ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލެއް މިއަދު ތައާރަފްކޮށްފި އެވެ.

February 12, 2019 65
ރައީސްގެ މެސެޖް: ނާޖައިޒު ކަމެއް ހިނގާނަމަ، އަންގާ!

ސަރުކާރުގެ އޮފީހެއްގައި ނާޖައިޒު އެއްވެސް ކަމެއް ހިނގާ ކަމަށް ޝައްކުވިޔަސް، އެކަން ސަމާލު ކަމަށް ގެނެސްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

08 ޖެނުއަރީ

January 08, 2019 8
ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 19
ބޮޑު ހިޔާނާތުގައި އޭސީސީގެ ތުހުމަތު ބީއެމްއެލްއަށް!

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ދަައުރެއް ނޯންނާނެ ކަމަށް އެ ބޭންކުން ތަކުރާރުކޮށް ދައްކަމުން ދިޔަ ވާހަކަތަކާ މެދު ޝައްކު އުފެދޭ ހަގީގަތެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ހާމަވެއްޖެ އެވެ.