06 ނޮވެމްބަރ

November 06, 2018
"ގޮށްރާޅު" ފެބްރުއަރީ 4 ގައި ސިނަމާ އަށް

މި މަހު އަޅުވަން ކުރިން ނިންމާފައި، އަންނަ އަހަރަށް ފަސްކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ގޮށްރާޅު" އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 4
އަންނަ އަހަރުގެ ފުރަތަމަ ފިލްމަކަށް "ނިވައިރޯޅި"

"ނިވައިރޯޅި" ޕްރިމިއާ ކުރާނީ ޖެނުއަރީ 3 ގައި.

31 އޮކްޓޯބަރ

October 31, 2018 2
"40+" އަންނަ އަހަރުގެ ކުރީކޮޅަށް

މި އަހަރުގެ އޮގަސްޓް އަޅުވަން ނިންމައި އެކަމަކު ސިޔާސީ މަސްރަހު އޭރު އޮތް ގޮތުން އަންނަ އަހަރަށް ފަސްކުރި ކޮމެޑީ ފިލްމު "40+" އަންނަ އަހަރުގެ ކުރީކޮޅު އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

12 އޮކްޓޯބަރ

October 12, 2018
މި އަހަރަށް ދެން ދިވެހި ފިލްމެއް ނެތް

މި އަހަރު ސިނަމާ އަށް އަންނާނެ ދިވެހި ފިލްމެއް ދެން ނެތެވެ. އަޅުވަން ތާވަލުކުރި ދެ ފިލްމު ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެއީ ކުރިން މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް އޮތް ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާއި އަންނަ މަހުގެ 5 އަށް ތާވަލު ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.

29 އޯގަސްޓް

August 29, 2018 9
އަޅުވާނެ ފިލްމެއް ނެތް، ސިނަމާ ފަޅަށް

ދިވެހި ސިނަމާ މިހާރު އޮތީ ފަޅަށެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ވެސް އަޅުވާނެ ފިލްމެއް ނެތެވެ. އަނެއްކޮޅުން ސެޕްޓެމްބަރު މަސް ނިމުމާ ހަމައަށް ވެސް އެއްވެސް ފިލްމެއް ސިނަމާ އަށް ގެންނާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. ސަބަބަކީ ރިޔާސީ އިންތިހާބާއި އޭގެ ކެމްޕޭން ފޯރިގަނޑުގެ ތެރޭގައި އެންމެން މިހާރު އުޅޭތީ އެވެ.

22 ޖުލައި

July 22, 2018 8
"ބޮސް" އާއި "4426" އަނެއްކާ ވެސް އޮލިމްޕަހަށް

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އެންމެ ފަހުން ގެނެސް ދިން ކާމިޔާބު ދެ ފިލްމް ކަމަށްވާ "ބޮސް" އާއި "4426" އަނެއްކާ ވެސް އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

16 ޖުލައި

July 16, 2018 3
އެންމެ މޮޅު ޑްރާމާއަކަށް "ދަތުރު"

އޮފީސް ޓެލެޑްރާމާ މުބާރާތް އަންނަ އަހަރު ޕްރައިވެޓް އޮފީސްތަކަށް ވެސް ހުޅުވައިލާނެ.

24 ޖޫން

June 24, 2018 8
ދެން އަޅުވަން އޮތީ ދިވެހި ކޮން ފިލްމެއް؟

ރޯދަ މަހާ އެކު ދިވެހި ފިލްމީ މަސައްކަތްތަކަށް އައި މަޑު ޖެހުން، ރޯދަމާ އެކު ނިމުނީ އެވެ. މިހާރު ވެސް ބައެއް ފިލްމްތަކުގެ މަސައްކަތް ފަށައިފި އެވެ. އޭގެ ތެރޭގައި މި އަހަރު ރިލީޒް ވާން ހުރި ފިލްމްތައް ވެސް އެބަ ހުއްޓެވެ.

21 އެޕްރީލް

April 21, 2018
"ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރަނީ

ޓެކްނޯ މީޑިއާގެ ލޯބީގެ ފިލްމް "ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

18 އެޕްރީލް

April 18, 2018 8
އޮލިމްޕަހުގައި ވަކި އާ މަންޒަރެއް ދެއްކިދާނެތަ؟

ފިލްމީ ދާއިރާގެ މީހުން އެންމެ ކަންބޮޑުވާ އެއް މައްސަލައިގެ ތެރޭގައި ދިވެހި ފިލްމުތައް އަޅުވަން ހުރި ރަސްމީ ސިނަމާ އޮލިމްޕަހުގެ މައްސަލަ ހިމެނެ އެވެ. ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ ސިނަމާގެ ސީޓްތައް ބަދަލުކޮށް، ތަން އޭސީކޮށް އީމާރާތުގެ އާބާތުރަ ކޮންމެވެސް ވަރަކަށް ފިލުވި ނަމަވެސް، އެކަށީގެންވާ ގޮތަކަށް...

04 އެޕްރީލް

April 04, 2018 4
"ތިޔަ ލޯތްބާ ދުރަށް" ގެ ޓިކެޓް ވިއްކަން ފަށައިފި

ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކަނީ 150ރ. އަށް.

24 މާޗް

March 24, 2018 2
"ތިޔަ ލޯތްބާ ދުރަށް" ގެ އާ ޓީޒާއެއް ދައްކާލައިފި

ޓެކްނޯ މީޑިއާ އިން އަންނަ މަހު ގެނެސްދޭ ފިލްމް "ތިޔަ ލޯތްބާ ދުރަށް" އަޅުވާ ދުވަސް ކައިރިވަމުން އަންނަ އިރު، ފިލްމްގެ އާ ޓީޒާއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

March 24, 2018 3
"ރޭވުމުން" މިރޭ އޮލިމްޕަހަށް

ހަތް އަހަރަށް ފަހު، ޑައިރެކްޓަރު އަމްޖަދު (އަމްޖޭ) އިބްރާހީމް ގެނެސްދޭ ފުރަތަމަ ފިލްމް "ރޭވުމުން" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ.

15 މާޗް

March 15, 2018 1
"ރޭވުމުން"ގެ ޓިކެޓް ވިއްކަން ފަށައިފި

އޮލިމްޕަހާ އެކު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް މި މަހުގެ 24 ގައި ފިލްމް އަޅުވާނެ.

11 މާޗް

March 11, 2018 2
"ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯ ލަވަ

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ ޕްރޮމޯޝަނަލް ލަވަ މިއަދު ދައްކާލައިފި އެވެ.

03 މާޗް

March 03, 2018 1
މަރީގެ އަލަތު ޑައިރެކްޝަން ކިހިނެއް ވާނެ؟

އޮލިމްޕަހާ އެކު ލަންކާގައި ވެސް "ތިޔަ ލޯތްބާ ދުރަށް" އެޕްރީލް 21 ގައި ޕްރިމިއާ ކުރުމުގެ ފުރުސަތު އެބަ އޮތް.

28 ފެބުރުއަރީ

February 28, 2018
"ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހަށް

މި މަހު ހައެއްގައި އެޅުވި މި އަހަރުގެ ފުރަތަމަ ފިލްމް "ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހުގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 4
އަމްޖޭގެ "ރޭވުމުން" އަންނަ މަހު 24 ގައި

އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ލޯބީގެ ބިރުވެރި ފިލްމް "ރޭވުމުން" އަންނަ މަހުގެ 24 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރަން ނިންމައިފި، ފިލްމްގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

18 ފެބުރުއަރީ

February 18, 2018 1
"40 ޕްލަސް" އޮގަސްޓް 1 އަށް ތާވަލުކޮށްފި

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައި "+40" އަންނަ އޮގަސްޓް މަހު 1 ސިނަމާއަށް ގެންނަން ނިންމައިފި އެވެ.

13 ފެބުރުއަރީ

February 13, 2018 2
"ބޮސް" އާއި "4426" އަލުން އޮލިމްޕަހަށް

މި މަހުގެ 20 އިން ފެށިގެން "ބޮސް" ގެ ލަވަތަކުގެ ވީސީޑީ ވެސް އޮލިމްޕަހުން ވިއްކާނެ.

25 ޖެނުއަރީ

January 25, 2018 1
"ހައްދު" މިރެއިން ފެށިގެން އޮލިމްޕަހަށް

މިދިޔަ އަހަރު އެޅުވި ކާމިޔާބު ފިލްމް "ހައްދު" ގެ އާ ޝޯތަކެއް މިރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަން ފަށާނެ އެވެ.