12 ޑިސެމްބަރ

December 12, 2018
ދިވެހި ސިނަމާގެ ސުރުހީތައް

މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ވިޝްކާ" ގެ ޝޯއެއް މި މަހުގެ 6 ވަނަ ދުވަހު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދެއްކުމަށް ފަހު، މި ފިލްމުގެ އިތުރު ޝޯއެއް އަނެއްކާވެސް އެ ތަނުގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

25 ނޮވެމްބަރ

November 25, 2018
"40+" ފެބްރުއަރީ މަހުގެ 27 ގައި

ކުރިން މި އަހަރުގެ އޮގަސްޓްގައި ސިނަމާ އަށް ގެންނަން ނިންމައި، ފަހުން އަންނަ އަހަރަށް ފަސްކުރި ފިލްމު "40+" އަންނަ ފެބްރުއަރީ މަހުގެ 27 ގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 4
އަންނަ އަހަރުގެ ފުރަތަމަ ފިލްމަކަށް "ނިވައިރޯޅި"

"ނިވައިރޯޅި" ޕްރިމިއާ ކުރާނީ ޖެނުއަރީ 3 ގައި.

31 އޮކްޓޯބަރ

October 31, 2018 2
"40+" އަންނަ އަހަރުގެ ކުރީކޮޅަށް

މި އަހަރުގެ އޮގަސްޓް އަޅުވަން ނިންމައި އެކަމަކު ސިޔާސީ މަސްރަހު އޭރު އޮތް ގޮތުން އަންނަ އަހަރަށް ފަސްކުރި ކޮމެޑީ ފިލްމު "40+" އަންނަ އަހަރުގެ ކުރީކޮޅު އަޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

07 އޮކްޓޯބަރ

October 07, 2018 9
"ހުވާ" ބެލޭނީ ބައިސްކޯފު އެޕުން

ފާތުމަތު ނަހުލާގެ ވާހަކައަކަށް ހަދާ، ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ބެލޭނީ މި މަހުގެ ފަހުކޮޅު ލޯންޗްކުރަން ތައްޔާރުވަމުން އަންނަ "ބައިސްކޯފު" އެޕުން ކަމަށް، އެޕްގެ ކްރިއޭޓިވް ޑައިރެކްޓަރު ބުނެފި އެވެ.

22 ސެޕްޓެމްބަރ

September 22, 2018 3
"ނިވައިރޯޅި" ގެ އާ ޓީޒާއަކާއި ލަވައެއް ދައްކާލައިފި

އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމާފައިވާ، ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ގެ ޓީޒާ ޓްރެއިލާއަކާއި ފިލްމްގެ ޕޯސްޓަރާއި ލަވައެއް ދައްކާލައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 2
ނަހުލާގެ "ހުވާ" ދެން މާ ލަހެއް ނުވާނެ

ފާތުމަތު ނަހުލާ ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ހުވާ" އާންމުންނަށް ދޫކޮށްލަން ދެން މާ ގިނަ ދުވަހެއް ނަގާނެ ކަމަކަށް ނުބެލެވެ އެވެ. ކުރިން ދިން މުއްދަތަށް ވުރެ މި ފެނުން ލަސްވެގެން ދިޔަ ނަމަވެސް، މިހާރު މި ވަނީ "ހުވާ" ގެ ބައެއް ކާސްޓުންގެ ލުކް ވެސް ދައްކާލައިފަ އެވެ.

06 ސެޕްޓެމްބަރ

September 06, 2018 6
ވީ މީޑިއާ އިން ފިލްމު ހަދަނީ؛ ފުރަތަމަ "ދައުވަތު"

ވީ މީޑީއާ އިން ފިލްމް ހަދަން ނިންމައި، ވީ އެންޓަޓައިންމަންޓްގެ ދަށުން ގެނެސްދޭ ފުރަތަމަ ފިލްމް "ދައުވަތު" ރަސްމީކޮށް އިއްޔެ ލޯންޗްކޮށްފި އެވެ.

31 ޖުލައި

July 31, 2018 1
"ހުވާ" ގެ ޝޫޓިން ނިންމާލައިފި

ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

11 ޖުލައި

July 11, 2018 2
"ނިވައިރޯޅި" އޮކްޓޯބަރު 15 އަށް އަވަސްކޮށްފި

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" މިދިޔަ އަހަރަށް ފަސްކޮށްފައިވާ ކަމަށް އިއުލާނުކުރުމަށް ފަހު އަނެއްކާ ވެސް ހަމަ މި އަހަރުގައި ފިލްމް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

30 ޖޫން

June 30, 2018 2
"ނިވައިރޯޅި" އަޅުވާނީ އަންނަ އަހަރު

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޝޫޓިން މިހާރު ވަރަށް ބާރަށް ރ. އިނގުރައިދޫގައި ކުރިއަށްދާ އިރު، ފިލްމް ސިނަމާ އަށް ގެންނާނީ އަންނަ އަހަރު ކަމަށް ނިއުމާ ބުނެފި އެވެ.

18 ޖޫން

June 18, 2018 2
ނިއުމާގެ "ނިވައިރޯޅި"ގެ ޓީމް އިނގުރައިދޫގައި

ކުރިން ރޭވި ގޮތަށް ޝޫޓިން ނުފެށި ލަސްވަމުން ދިޔަ، މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޝޫޓިން އަށް އެންމެ ފަހުން ރ. އިނގުރައިދު އަށް އިއްޔެ ހިނގައްޖެ އެވެ.

17 މެއި

May 17, 2018 4
"ހުވާ" ގެ ކާސްޓާ ރަވީ ވެސް ގުޅިއްޖެ

ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ކާސްޓާ ރަވީ ފާރޫގް ވެސް ގުޅިއްޖެ އެވެ.

11 އެޕްރީލް

April 11, 2018 8
ނިއުމާގެ "ނިވައިރޯޅި" ގައި ބޮޑު ކާސްޓެއް

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގައި މަޝްހޫރު ބައެއް ތަރިން ވެސް ހިމަނައިގެން، ފިލްމްގެ ކާސްޓް އިއުލާންކޮށް، މި މަހުގެ 26 ގައި ޝޫޓިން އަށް ރ. އަތޮޅަށް ފުރާ ގޮތަށް ނިންމައިފި އެވެ.

14 މާޗް

March 14, 2018 12
"ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ

ފާތުމަތު ނަހުލާގެ ވެބް ސީރިޒް "ހުވާ" ގެ މަސައްކަތް ފެށި ފަހުން، ގިނަ ބަޔަކު ތިބީ މިއީ ކިހިނެއް، ކޮން ގޮތަކަށް ފެންނާނެ ވެބް ސީރީޒެއްތޯ ބަލައިލަން ބޭނުންވެފަ އެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ހަ މަހެއްހާ ދުވަހަށް ދެމިގެންދާ ގޮތަށް ތައްޔާރުކުރާ މި ސީރީޒަކީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒެވެ.

04 މާޗް

March 04, 2018 1
ސިނަމާއިން ބަލައިލަން އެދޭ އާ ޖޯޑުތަކަކީ ކޮބާ؟

މިހާރު ދިވެހި ސިނަމާގެ އެންމެ ލޯބި އަދި ކަމުދާ ޖޯޑަކީ ކޮބައިތޯ އަހާލައިފި ޔަގީނުން ވެސް ގިނަ ބަޔަކު ބުނާނީ އެއީ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާ ކަމަށެވެ. އެ ދެ ތަރިން އެކުގައި މިހާތަނަށް ހަތަރު ފިލްމް ކުޅެ ވަރަށް ކަމުދާ ގުޅުމެއް ދައްކައިފި އެވެ. ސިނަމާ އަށް އަންނަން އޮތީ ވެސް ހަމަ މި ޖޯޑުގެ ފިލްމެކެވެ. އެއީ އަންނަ...

28 ފެބުރުއަރީ

February 28, 2018
"ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހަށް

މި މަހު ހައެއްގައި އެޅުވި މި އަހަރުގެ ފުރަތަމަ ފިލްމް "ދެވަންސޫރަ" ގެ ޝޯއެއް ހުކުރު ދުވަހު އޮލިމްޕަހުގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

18 ފެބުރުއަރީ

February 18, 2018 1
"40 ޕްލަސް" އޮގަސްޓް 1 އަށް ތާވަލުކޮށްފި

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައި "+40" އަންނަ އޮގަސްޓް މަހު 1 ސިނަމާއަށް ގެންނަން ނިންމައިފި އެވެ.

15 ފެބުރުއަރީ

February 15, 2018 3
"ދެވަންސޫރަ" ގެ ވެސް ދެވަނަ ބައެއް ހަދަނީ

މިހާރު ސިނަމާގައި ދައްކަމުން އަންނަ ސަސްޕެންސް ތުރިލާ "ދެވަންސޫރަ"ގެ ދެވަނަ ބައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.

23 ޖެނުއަރީ

January 23, 2018 1
"40 ޕްލަސް" ގެ ކޮންސެޕްޓް އާދަޔާހިލާފު ވާނެ: ޔޫއްޕެ

ހުރިހާ ރަހަތަކެއް ހިމަނައިގެން ބެލުންތެރިންނަށް މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ނޯޓީ 40" ގެ ދެވަނަ ބައި "+40" ގެ ކޮންސެޕްޓްގައި އާދަޔާހިލާފު ކަމެއް ހުންނާނެ ކަމަށް ފިލްމް ލިޔެ، ޑައިރެކްޓް ކުރި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.