28 އޯގަސްޓް

August 28, 2017 20
ހާޖީންނަށް މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފި

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ހުރިހާ ދިވެހިންނަށް، ރައީސް އަބްދުﷲ ޔާމީން ހެޔޮ އެދުމާއި ތަހުނިޔާ މިއަދު ފޮނުއްވައި މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފި އެވެ.

26 އޯގަސްޓް

August 26, 2017 2
ފަހުން ލިބުނު ކޯޓާގައި 300 މީހުން މާދަމާ ފުރަނީ

ހައްޖަށް ގެންދަން ރާއްޖެއަށް ފަހު ވަގުތު ލިބުނު 1،000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާދަމާ 300 މީހުން ފުރުވާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

25 އޯގަސްޓް

August 25, 2017 16
ހާލުގައި ޖެހުނު މީހުންނާ ކޯޕަރޭޝަނުން ހަވާލުވެއްޖެ

ހަވާލުވާނެ ފަރާތެއް ނެތި، މައްކާގައި ހާލުގައި ޖެހުނު ހަތަރު ދިވެހިންނާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަވާލުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2017 26
500 ހައްޖު ކޯޓާ ކޯޕަރޭޝަަނަށް، ބާކީ ރައީސް އޮފީހަށް

މި އަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް ރާއްޖެ އަށް ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު ހަމަޖައްސައިިދިން އިތުރު 1،000 ކޯޓާ އިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށް، ބާކީ ކޯޓާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

11 އޯގަސްޓް

August 11, 2017 20
ހައްޖަށް ފުރުމުގެ އަސަރު ގަދަ ވަގުތުކޮޅު

ކޮންމެ އަހަރެއްގެ މި ދުވަސްވަރު ދިވެހިންނަށް ވަރަށް ހާއްސަ އެވެ. ހައްޖުގެ މާތް އަޅުކަމަށް ގިނަ ދިވެހިންތަކެއް އާއިލާ އާއި ރައްޓެހިން ދޫކޮށް އެތައް ހާސް މޭލެއް ދުރަށް، ސައުދީ އަރަބިއްޔާ އަށް ދަތުރު ފަށާ ވަގުތުކޮޅު ހަނދާނުން ފޮހެލަން ދަތިވެ އެވެ. ކުރާ އަސަރެއްގެ ބޮޑުކަމުން ބައެއް މީހުންގެ ލޮލުން ކަރުނަ އޮހޮރިގެން ދެ އެވެ.

07 އޯގަސްޓް

August 07, 2017 1
ދިވެހި ހައްޖުވެރިން ފުރަން ފަށައިފި

މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް، މިއަދު ފުރައިފި އެވެ.

30 ޖުލައި

July 30, 2017 11
ހައްޖަށް ދާ ބައެއް މީހުން ވިސާ ދައްކަން ޖެހޭނެ

ސައޫދީ އަރަބިއާ އިން ވިސާ ފީ އަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާފައިވާތީ، ރާއްޖެ އިން ވެސް މި އަހަރު އަލަށް ދާ މީހުން ފިޔަވައި އެންމެންގެ އަތުން ވިސާ ފީގެ ގޮތުގައި 8،000ރ. ނަގާނެ އެވެ.

21 ޖޫން

June 21, 2017 124
މިފަހަރު ވެސް އޮޅުވާލުން، މިއީ ދެން ބޮޑުވަރު!

ހައްޖުގެ މާތް އަޅުކަމާ ގުޅޭ ކަންކަމުގައި މިފަހަރު ވެސް މަކަރާއި ހީލަތެވެ؛ މިއީ ނިމުމެއް އޮތް ކަމެއް ނޫނެވެ. މިފަހަރު ކުރިމަތިވި މައްސަލަ ވަކިން ބޮޑެވެ. ކުރިން ފެންމަތިވަނީ ކުންފުނިތަކުގެ އޮޅުވާލުންތަކެވެ. މި އަހަރު ކުންފުނިތަކަށް ހުއްދަ ދޫކުރުމާ ހިސާބުން އިސްލާމިކް މިނިސްޓްރީން މިއޮތީ ގޯސް ހަދައިފަ އެވެ. ހައްޖުގެ ކަންކަމުގައި އެ...

19 ޖޫން

June 19, 2017 23
ހައްޖަށް ގެންދާ ކުންފުނިތައް އަލުން ކަނޑައަޅައިފި

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރުމަށް ފަހު، މި އަހަރު ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އަލުން ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

14 ޖޫން

June 14, 2017 7
ހައްޖު ކޯޓާ ދިން ގޮތުން އޭސީސީ އަނެއްކާ ކަންބޮޑުވެއްޖެ

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި މައްސަލައިގައި އެ ކޮމިޝަނުން އަނެއްކާ ވެސް ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

13 ޖޫން

June 13, 2017 6
އިވެލުއޭޓް ނުކޮށް ހައްޖު ކޯޓާ ދިން މައްސަލަ ކޯޓަށް

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލައި ދިނުމަށް އެދި އެކްރޯ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

08 ޖޫން

June 08, 2017 29
އިވެލުއޭޓް ނުކޮށް ހައްޖު ކޯޓާ ދިން މައްސަލަ ހޫނުވެއްޖެ

ހައްޖު ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އަލުން އިވެލުއޭޓް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވަނިކޮށް، އެއާ ހިލާފަށް އިސްލާމިކް މިނިސްޓްރީން އަމަލު ކުރި ކަމަށް ބުނެ، ބައެއް ކުންފުނިތަކުގެ ވެރިން އޭސީސީގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ. އަދި އެ ކުންފުނިތަކުން ކުރި ޝަކުވާތަކާ ގުޅިގެން އޭސީސީން...

24 މެއި

May 24, 2017 3
ހައްޖުވެރިންގެ ސިއްހީ ކަންކަން ބެލުން އައިޖީއެމްއެޗަށް

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާ އަށް ދާ މީހުންގެ ސިއްހީ ކަންކަން ބަލަހައްޓަން އައިޖީއެމްއެޗާ މިއަދު ހަވާލުކޮށްފި އެވެ.

18 މެއި

May 18, 2017 11
ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމަށް ހަ ކުންފުންޏަކަށް ހުއްދަ ދީފި އެވެ.

04 މެއި

May 04, 2017 47
ބަޔަކު އުޅެނީ ހައްޖު ކޯޕަރޭޝަން ނައްތާލަން: ޝަހީމް

ހައްޖަށް މީހުން ގެންދާ ގުރޫޕުތަކުގެ ނުފޫޒު ދަށުވެފައި ތިބި ފަރާތްތަކުން އަންނަނީ ސަރުކާރުން އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން ނައްތާލަން މަސައްކަތް ކުރަމުން ކަމަށް...

May 04, 2017 55
އާ އުސޫލާ އެކު ހައްޖު ކޯޕަރޭޝަންގެ ބޭނުން ނެތެނީ!

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ޚާއްސަ ގަރާރަކުން 2013 ގައި ކުންފުންޏެއް އުފެއްދެވީ ހައްޖަށް މީހުން ގެންދިއުމުގައި ކުރިމަތިވަމުން ދިޔަ ބޮޑެތި...

05 މާޗް

March 05, 2017 15
އެޑްމިޓްކޮށްފައި ތިބި މީހުންނަށް ޒަމްޒަމް ފެން

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީ)ގެ ފަރާތުން ޒަމްޒަމް ފެން މިއަދު ހަދިޔާކޮށްފި އެވެ.

25 ޖެނުއަރީ

January 25, 2017 6
ހައްޖު ފައިސާ އޮންލައިންކޮށް ދެއްކޭ ގޮތް ހަދައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް "ފަހެލި" ނަމުގައި އޮންލައިން ޕޯޓަލްއެއް މިއަދު އިފްތިތާހުކޮށްފި އެވެ.

17 ޑިސެމްބަރ

December 17, 2016 4
ތިން ހަރަމަށް ކުރާ އުމްރާ ދަތުރަށް ހުޅުވާލައިފި

ތިން ހަރަމަށް ކުރާ ހާއްސަ އުމްރާ ދަތުރުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

24 ނޮވެމްބަރ

November 24, 2016 1
ކުރު އުމުރާގެ އަގު ހެޔޮކޮށް، ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރުގެ މާޗްގައި އޮންނަ ކުރު އުމުރާގެ ދަތުރުގެ އަގު ހައްޖު ކޯޕަރޭޝަނުން ހެޔޮކޮށް، ފުރުސަތު ހުޅުވާލައިފި އެވެ.

14 ނޮވެމްބަރ

November 14, 2016 1
ހައްޖު ކޯޕަރޭޝަނުގެ ބޯޑަށް އިތުރު ދެ މެންބަރުން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑުން ބޭފުޅަކު ވަކިކޮށް، އިތުރު ދެ ބޭފުޅަކު އެ މަގާމަށް އައްޔަން ކޮށްފި އެވެ.