25 ފެބުރުއަރީ

February 25, 2020 21
ބިދޭސީން މޮނިޓާ ކުރަން ހާއްސަ ޕޯޓަލެއް ތައާރަފު ކޮށްފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ގެ ނަމުގައި ޕޯޓަލެއް މިއަދު ތައާރަފުކޮށްފި އެވެ.

06 ޖެނުއަރީ

January 06, 2020 5
އޮޅުވާލައިގެން އެތެރެވާން އުޅުނު ބަޔަކު އަތުލައިގެންފި

ސައްހަ ނޫން ލިޔުންތަކެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ދެ ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

26 ޑިސެމްބަރ

December 26, 2019 20
ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށްފި

ރާއްޖެ އަށް ބިދޭސީން ގެންނަ ތިން ކުންފުންޏަކުން ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނިތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

01 ޑިސެމްބަރ

December 01, 2019 29
ދިރިއުޅެން އެކަށީގެން ނުވާ ތަނެއްގައި 100 ބިދޭސީން!

މާލޭގައި ގަވާއިދާ ޚިލާފަށް ގެސްޓު ހައުސްއެއް ހިންގައި އެތަނުގައި 100 އަށް ވުރެން ގިނަ ބިދޭސީން ތޮއްޖައްސައިގެން ގެންގުޅުނު މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2019 14
14 ތަނެއް ބެލިއިރު، 25 ބިދޭސީއަކު ގަވައިދާ ޚިލާފު

މާލޭގައި ހިންގާ ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތައް ޗެކް ކުރުމަށް އިއްޔެ ހިންގި އޮޕަރޭޝަނެއް ގައި، 25 ބިދޭސީއަކު ގަވައިދާ ޚިލާފު ވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

23 އޮކްޓޯބަރ

October 23, 2019 9
ރާއްޖެ އަށް މީހުން ޓްރެފިކްކުރާ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވަމުން އައި "ހިއުމަން ޓްރެފިކިން ރެކެޓް" އެއް އިންޑިއާ ފުލުހުން ހޯދައި އެކަމުގައި ބޮޑަކަށް ހުރި މީހާ ހައްޔަރުކޮށްފި އެވެ.

20 އޮކްޓޯބަރ

October 20, 2019 141
ދައުލަތެއް ފެއިލްވެފައިވާ ކަމުގެ އެންމެ ސާފު މަންޒަރު

ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިހާތަނަށް އައިއިރު ވެސް ނޭނގެ އެވެ. ރަސްމީ އެއްވެސް ލިޔެކިޔުމެއްގައެއް ވެސް އެ އަދަދެއް އަދިއަދަށް ދާންދެން ވެސް ނެތެވެ! އެކަމަކު މި ސަރުކާރު އައިސް، ހީވާ އަދަދު ކަމަށް ބުނެ، އެންމެ ފުރަތަމަ ފަހަރަށް އާންމުކުރި އިރު ވެސް 63،000 އަށް އަރަ އެވެ. އާންމުން ގަބޫލުކުރަނީ އެ އަދަދު ދެ ގުނަ...

19 ސެޕްޓެމްބަރ

September 19, 2019 2
ނުބައި މެޑިކަލް ރިޕޯޓަކުން ވިސާ ހައްދަން މީހަކު އުޅެފި

ނަކަލު ކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުންކޮށްގެން ވިސާ ހައްދަން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2019 157
ޑީޕޯޓްކުރި ހަނީފުގެ މުއްސަނދި ދިރިއުޅުން!

ބިޒްނަސް ކްލާހުގެ ދަތުރުތަކެވެ. ޕްރައިވެޓް ކާރެކެވެ. ރެސްޓޯރަންޓްތަކުގައި ކެއުންތަކެވެ. އެކި މީހުންނާ އެކު ވިޔަފާރީގެ ބައްދަލުވުންތަކެވެ. މިއީ، ރާއްޖެ އިން ރޭ ޑީޕޯޓްކޮށްލި، އަބޫ...

September 14, 2019 39
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ޑީޕޯޓް

މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހަކު މިރޭ ރާއްޖޭން ޑީޕޯޓްކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2019 24
"ދެ މީހުން ހިފެހެއްޓީ މުވައްޒަފުންގެ ހުނަރުވެރިކަމުން"

އެހެން މީހެއްގެ ޕާސްޕޯޓުގައި، ޝަހުސު އޮޅުވާލައިގެން މިދިޔަ ދެ ދުވަހު ރާއްޖެ އެތެރެވާން އުޅުނު ދެ މީހުން ހިފެހެއްޓީ އިމިގްރޭޝަން މުވައްޒަފުންގެ ހުނަރުވެރިކަމާއި ގާބިލްކަމުގެ ސަބަބުން ކަމަށް އެ ތަނުގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

09 ސެޕްޓެމްބަރ

September 09, 2019 11
އެހެން ޕާސްޕޯޓެއްގައި އެތެރެވާން އުޅުނު މީހަކު ހޯދައިފި

އެހެން މީހެއްގެ ޕާސްޕޯޓުގައި، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު އެހެން މީހަކު ވެސް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މިފަދަ މައްސަލައިގައި ހިފެހެއްޓި ދެވަނަ މީހާ އެވެ.

29 މެއި

May 29, 2019 29
ރާއްޖެއަށް އަންހެނަކު ދޫކޮށް ފުރަން އުޅުނު މީހަކު ހިފަހައްްޓައިފި

ދެމަފިރިން ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އަށް އެތެރެވުމަށް ފަހު "އަނބިމީހާ" ރާއްޖެ އަށް ދޫކޮށްލައި، އެ އަންހެންމީހާގެ ޕާސްޕޯޓު ހިފައިގެން ފުރަން އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

23 މެއި

May 23, 2019 11
ގަވައިދާ ހިލާފުވި ދެ ބިދޭސީން ހައްޔަރެއް ނުކުރޭ

ސިފައިންނާއި ފުލުހުން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި، ސ. ފޭދޫން މުދާ ބަރުކޮށްގެން ދަނިކޮށް އިއްޔެ ހިފެހެއްޓި ދޯނީގައި ތިބި ގަވާއިދާ ހިލާފަށް އުޅޭ ދެ ބިދޭސީން ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2019 42
އަތުލައިގަތް 69 ބިދޭސީއަކު ގަވާއިދާ ހިލާފު

މިިދިޔަ ހަފުތާގައި ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް 80 މީހުންގެ ތެރެއިން 69 ބިދޭސީންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި ތިބި މީހުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2019 77
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފަށައިފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން މިއަދު ފަށައިފި އެެވެ.

17 ޖެނުއަރީ

January 17, 2019 103
އިމިގްރޭޝަންގައި ޖަރީމާގެ ބޮޑެތި "ގޮށްތަކެއް"!

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނާ ގުޅޭ ގޮތުން ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އާ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

02 ޖޫން

June 02, 2018 161
ބިދޭސީންގެ މައްސަލަ އަށް އުމަރުގެ ހަރުކަށި ސިޔާސަތެއް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް 40،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ ކަމަށާއި ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރަން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ހަރުކަށި ސިޔާސަތަކަށް އަމަލުކުރަން ނިންމައި އެ ސިޔާސަތު މިއަދު ހާމަކުރައްވައިފި އެވެ.

29 އޮކްޓޯބަރ

October 29, 2017 61
ބަންގާޅު މީހުންގެ މެޑިކަލް ދެން ހަދާކަށް ނުޖެހޭނެ

ބަންގްލަދޭޝް އިން ރާއްޖެ އަށް ގެންނަ މަސައްކަތު މީހުން، ރާއްޖެ ގެނައުމަށްފަހު މެޑިކަލް ހަދަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.