11 އޮކްޓޯބަރ

October 11, 2019 14
އަޝްފާގާ މެދު އުފާކުރަން: ސެގާޓް

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރައި ގޯލު ޖެހުމުން އޭނާ އަށް ޓަކައި އުފާކުރާކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

09 ސެޕްޓެމްބަރ

September 09, 2019 65
ދަގަނޑޭ އަށް ފުރުސަތު ދިނީ މާފަށް އެދުމުން: ސެގާޓް

ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަކިކުރި އަލީ އަޝްފާގް (ދަގަނޑޭ) އަލުން ޓީމަށް ނެގީ އެ މައްސަލައިގައި މާފަށް އެދުމުން ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް މިރޭ ބުނެފި އެވެ.

08 ސެޕްޓެމްބަރ

September 08, 2019 20
ދަގަނޑޭގެ ދެ ވަނަ އެނބުރި އައުމަށް މަރުހަބާ!

އުމުރުން 16 އަހަރުގައި، 2001 ވަނަ އަހަރުގެ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލީ އަޝްފާގް (ދަގަނޑޭ) ދައްކަން ފެށި ޖާދުލާ އެއީ ދިވެހި ފުޓްބޯޅައިގެ ސުޕަސްޓާރުކަން ކަށަވަރުވި އެވެ. އެކަމަކު އޭނާ ކެރިއަރު ފެށި ފަހުން ގައުމީ ޓީމު ވާދަކުރި ފުރަތަމަ މުބާރާތް ކަމަށްވާ 2003 ގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

07 ސެޕްޓެމްބަރ

September 07, 2019 54
ދޮޅު އަހަރަށް ފަހު ދަގަނޑޭ ގައުމީ ޓީމަށް ނަގައިފި

މިދިޔަ އަހަރުގެ މާޗު މަހު ގައުމީ ޓީމުން ވަގުތީ ގޮތުން ވަކިކުރުމަށް ފަހު މިހާތަނަށް ފުރުސަތެއް ނުދީ ހުރި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ދޮޅު އަހަރު ފަހުން ގައުމީ ޓީމުން ޖާގަ ދީފި އެވެ.

20 އޯގަސްޓް

August 20, 2019 112
ދުނިޔޭގެ އިސް ސަފަށް އެރިޔަނުދީ ހިފެހެއްޓިފައި؟!

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ރާއްޖޭގައި އަލީ އަޝްފާގް (ދަގަނޑޭ) އޮތީ 10 ވަނައިގަ އެވެ. އެކަމަކު ގައުމީ ޓީމުން މިވަގުތު ދަގަނޑޭ އަށް ޖާގަ ނުދޭތީ އެ ލިސްޓުގައި ކުރިއަށް އަރައި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީއާ އެއް ސަފެއްގައި ހިމެނުނުގެ...

17 އޯގަސްޓް

August 17, 2019 31
"ދަގަނޑޭ އަށް ފުރުސަތު ނުދޭ ސަބަބެއް ނުވިސްނޭ"

ގައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ދެކޭ ކަމަށާއި އެ އުސޫލުން ބަލާއިރު މިދިޔަ ސީޒަނާއި މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު...

14 އޯގަސްޓް

August 14, 2019 108
ގައުމީ ޓީމު ޖޯކަކަށް ހަދައިފި، އެފްއޭއެމް އަތް ޖަހަން

ފުޓްބޯޅައިން ހުނަރުވެރި ޖީލެއް ބިނާކުރަން އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމަށް ތަރުހީބު ދޭން ޖެހެ އެވެ. އެއީ ފަށަން ޖެހި އެކަމަކު ނުފެށި އޮންނަތާ އެތައް ދުވަހެއްވީ ޕްރޮޖެކްޓެކެވެ. އެކަމުގެ ގިޔަރު މަތިކުރުމަށްޓަކައި ސަރުކާރާ ގުޅިގެން އެފްއޭއެމުން އަންނަނީ ފުޓްބޯޅަ ސްކޫލެއްގެ މަސައްކަތް ކުރަމުންނެވެ. އަދި 2023...

10 އޯގަސްޓް

August 10, 2019 33
ދަގަނޑޭ އަށް މި ފަހަރު ވެސް ފުރުސަތެއް ނެތް!

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އަޝްފާގް (ދަގަނޑޭ) އާއި މިދިޔަ ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ރާއިފް އަހުމަދު...

06 އޯގަސްޓް

August 06, 2019 20
ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމުގެ އިޝާރާތެއް ދަގަނޑޭ ދީފި

ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް ހިފާނެ ކަމަށް ބުނެ، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދުމަށް ފަހު ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމުގެ އިޝާރާތެއް އަލީ އަޝްފާގް (ދަގަނޑޭ) ދީފި އެވެ.

03 ސެޕްޓެމްބަރ

September 03, 2018 19
ދަގަނޑޭ މައްސަލައިގައި ކޯޗުގެ ރާގު ތަފާތުވެއްޖެ

ސާފް ސުޒުކީ ކަޕުގެ ސްކޮޑުން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުލިބުނީ، މާޗު މަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލައިގައި އޭނާ މައާފަށް އެދުން ލަސްވުމުން ކަމަށް ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ބުނެފި އެވެ.

02 އޯގަސްޓް

August 02, 2018 44
"ދަގަނޑޭ އަށް ފުރުސަތުދީ": އެތައް ބަޔެއްގެ އަޑު!

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން، މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ދީފައިނުވާތީ ގިނަ އަދަދެއްގެ އާއްމުންނާއި އަދި ބައެއް ކުޅުންތެރިން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

31 ޖުލައި

July 31, 2018 7
އާ ޖީލަށް ޗެމްޕިއަނުންގެ އެހީ ބޭނުންވާނެ: މާއްޓޭ

ފުޓްބޯޅައިގައި ޒުވާން ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި، ކުރިން ކާމިޔާބު ހޯދާފައިވާ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފަން ޖެހޭނެ ކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ބުނެފި އެވެ.

30 ޖުލައި

July 30, 2018 18
ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ބޭނުންވި: ދަގަނޑޭ

މި އަހަރުގެ ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެން ބޭނުންވި ކަމަށާއި އެކަމަކު އޭނާ ނުނަގަން ކޯޗު ޕީޓާ ސެގާޓް ނިންމި ނިންމުމަށް އިހުތިރާމްކުރާ...

July 30, 2018 35
ދަގަނޑޭއާ މެދު ގައުމީ ކޯޗުގެ ބަދަލުވި ވިސްނުން

ގައުމީ ފުޓްބޯޅަ ޓީމާ ކްރޮއޭޝިއާގެ ޕީޓާ ސެގާޓް މާޗު މަހު ހަވާލުވެ މީޑިއާ އަށް ފޮނުވި މެސެޖުގައި ބުނީ ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި އަލީ...

29 ޖުލައި

July 29, 2018 29
ދަގަނޑޭގެ މައްސަލާގައި ކޯޗުގެ އެހެން ވާހަކަތަކެއް!

ސާފް ސުޒުކީ ކަޕަށް ނެގި ސްކޮޑުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ނުހިމެނީ އާ ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ވާތީ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް މިރޭ ބުނެފި އެވެ.

06 އެޕްރީލް

April 06, 2018 40
ދަގަނޑޭ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނެތް: އިންމަ

އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް މެދުވެރިވެއްޖެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އޭނާ އެހުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ވަރަށް ވުރެ ރަނގަޅު ފޯމެއްގައި ކަމަށް މާޒިޔާގެ ކޯޗު އަދި ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ

05 އެޕްރީލް

April 05, 2018 58
މިއީ އަބަދުވެސް ކެރިއަރުގެ ފަހުކޮޅު ޖެހޭ ހާލު: ހީނާ

އޭނާ އަލަށް ގައުމީ ޓީމަށް ކުޅުނުއިރު މުހައްމަދު ކަލީމާއި މޫސާމަނިކު (ކުޑަމޫސަ) ފަދަ ކުޅުންތެރިން ތިބުމުން އާދަޔާހިލާފު ހިތްވަރެއް ލިބުނު ކަމަށާއި މިހާރުގެ ޒުވާން ކުޅުންތެރިންނަށް އެ ހިތްވަރު ދިނުމަށް އަލީ އަޝްފާގް (ދަގަނޑޭ) ޓީމުގައި ހުންނަން ޖެހޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) ބުނެފި އެވެ.

28 މާޗް

March 28, 2018 53
ދަގަނޑޭގެ ދިފާއުގައި އޭނާގެ ބޭބެ

ބޫޓާނާ ދެކޮޅަށް ރޭ ގައުމީ ޓީމު ކުޅުނު މެޗަކީ އަލީ އަޝްފާގް (ދަގަނޑޭ) ގެ ފަހު މެޗު ކަމަށް އޭނާ ބުނެފައިވާ ކަމަށާއި ޝަރަފުވެރިކަމާ އެކު ބައިނަލްއަގްވާމީ ފުޓްބޯޅައަށް އަލްވަދާއު ކިޔުމުގެ ފުރުސަތު އޭނާ އަށް ލިބެން ޖެހޭނެ ކަމަށް ދަގަނޑޭގެ ބޭބެ އަހުމަދު އަޝްފާން (އަޝްކޮ) ބުނެފި އެވެ.

27 މާޗް

March 27, 2018 15
ދަގަނޑޭ އަށް އަދި ފުރުސަތު އެބައޮތް: ގައުމީ ކޯޗު

ބޫޓާނާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ފަހު، ޓީމުން ވަކިކޮށްފައިވާ އަލީ އަޝްފާގު (ދަގަނޑޭ)އާ މަޝްވަރާކުރާނެ ކަމަށާއި އޭނާ އަށް ޓީމުން އަދި ފުރުސަތު އެބައޮތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ...

March 27, 2018 104
ދަގަނޑޭ ކޮށްދިން ހިދުމަތުގެ އަގު ކޮބާ؟

ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން އިއްޔެ ވަކިކުރުމަކީ ދިވެހި ފުޓްބޯޅަ ތާރީހުގައި މިހާތަނަށް ގައުމީ ޓީމުގެ ކޯޗަކު ނެގި އެންމެ...

26 މާޗް

March 26, 2018 89
ޕްރެސް އަށް ހާޒިރުނުވުމުން ދަގަނޑޭ ޓީމުން ވަކިކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހާޒިނުރުނުވުމުން މާދަމާރޭގެ މެޗުގެ ސްކޮޑުން އޭނާ ވަކިކޮށްފި އެވެ.

22 މާޗް

March 22, 2018 10
ސިންގަޕޫރާ ދެކޮޅަށް ދަގަނޑޭ ނުކުޅޭނެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ބުރަކަށްޓަށް ތަދުވެފައިވާތީ، ސިންގަޕޫރާ ދެކޮޅަށް މާދަމާ ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ނުކުޅޭނެ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.