11 މާޗް

March 11, 2018 8
ގައުމީ ކޯޗުކަން އަފްގާނިސްތާނުގެ ކުރީގެ ކޯޗަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން އަފްގާނިސްތާނަށް ކުރިން ކޯޗުކޮށްދިން ކްރޮއޭޝިއާ އަށް އުފަން ޕީޓަ ސެގަޓް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

02 މާޗް

March 02, 2018 5
ސިންގަޕޫރާ ދެކޮޅަށް ގައުމީ ޓީމުން މެޗެއް ކުޅެނީ

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 28 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅުމުގެ ކުރިން ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

17 ނޮވެމްބަރ

November 17, 2017 29
ގައުމީ ފުޓްބޯޅަ ޓީމު ގަދަ ކަނޑެއްގައި، ސަލާމަތްކުރޭ!

ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ޗައިނާ އަތުން 10-1 އިން ރާއްޖެ ބަލިވި މެޗުގެ ހަނދާން ހުންނާނެ ކުޅުންތެރިއަކު އަދި ސަޕޯޓަރަކު މިހާރު މަދުވާނެ އެވެ. އެކަމަކު އޭގެ ފަހުން މިވީ 16 ވަރަކަށް އަހަރު ތެރޭގައި ދިވެހި ފުޓްބޯޅަ ހޯދި ކުރިއެރުން ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. ގަދަފަދަ ކޮރެއާއާ ލަނޑެއް ނުޖެހި...

02 އޮކްޓޯބަރ

October 02, 2017 13
ޒުވާން ޓީމުތައް ކުރިއަރުވަން ދުރު ރާސްތާ ޕްލޭނެއް

ޒުވާން ގައުމީ ޓީމުތައް ކުރިއަރުވަން ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި ކޯޗުންނަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ދޭން އެފްއޭއެމުން ނިންމައިފި އެވެ.

19 މާޗް

March 19, 2017 6
އާ ދެ ކީޕަރުން ގައުމީ ސްކޮޑަށް އިތުރުކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑަށް ދެ ގޯލްކީޕަރުން އިތުރުކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2017 4
މެޗުތަކެއް ކުޅެން ގައުމީ ޓީމަށް ދައުވަތު ލިބިއްޖެ

ގައުމީ ފުޓްބޯޅަ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތިން ގައުމަކުން ދައުވަތު ލިބިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

06 ފެބުރުއަރީ

February 06, 2017
ގައުމީ ޓީމު ކޮމިޓީގެ ޗެއާޕާސަނަކަށް އޮގަރު އައްޔަ

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތައް ބެލެހެއްޓުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ހާއްސަ ކޮމިޓީގެ ޗެއާޕާސަނަކަށް އަލީ ނާޝިދު (އޮގަރު އައްޔަ) ހަމަޖައްސައިފި އެވެ.

28 ޖެނުއަރީ

January 28, 2017 20
އޭޝިއަން ކަޕް އަތްފޯރާ ފަށަށް، އަތުކުރި އޮޅާލާ!

މާގިނަ ބަޔަކަށް އަދި މިކަން ނަގައިގަނެވުނު ހެނެއް ހިޔެއް ނުވެ އެވެ. އެކަމަކު ހަގީގަތަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިމަތީގައި މިއޮތީ އޭޝިއަން ކަޕަކަށް ކޮލިފައިވުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕުން ލާފައި އޭޝިއަން ކަޕަށް ދާން އޮތް މަގަށް ވުރެ މިމަގު މާ ފުޅަލެވެ، ސީދަލެވެ. ދެކުނު...

05 ޖެނުއަރީ

January 05, 2017 2
ގައުމީ ޓީމުތަކަށް ހާއްސަކޮށްގެން ޕޮމިސް ކަޕް ފަށަނީ

ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަ ކަޕް (ޕޮމިސް ކަޕް) ގައުމީ ޓީމުތަކަށް ހާއްސަކޮށްގެން އަލުން ފަށަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2016 6
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟

ދިވެހި ފުޓްބޯޅައިގެ މިސްރާބާ މެދު ކަންބޮޑުވުންތައް އުޅޭތާ ތިން އަހަރު ވެއްޖެ އެވެ. އެފްއޭއެމް ހަަމަޔަކަށް ނޭޅި އޮތުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ފަރާތުން ލިބެން އޮތް އެހީތަކަށް ދިޔައީ ހުރަސް އެޅެމުންނެވެ. އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލު...

21 ނޮވެމްބަރ

November 21, 2016 2
ކޯޗު މަޑުކުރުމުގެ ފުރުސަތު ބޮޑު: ބައްސާމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ޓީމުގައި މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2016 1
ގައުމީ ކޯޗާ މެދު ގޮތެއް ނިންމުން އާ އެކްސްކޯއަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓުގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އަލަށް ހޮވޭ އެގްޒެކެޓިވް ކޮމިޓީން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

11 އޮކްޓޯބަރ

October 11, 2016 10
ލާއޮސްއާ އެއްވަރުކޮށް ރާއްޖެ ގްރޫޕް ސްޓޭޖަށް

އިތުރު ވަގުތުގެ ފަހު މިނިޓްގައި އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ލަނޑުން 1-1 އިން ލާއޯސްއާ އެއްވަރުކޮށް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ޖާގަ ހޯދައިފި އެވެ.

04 އޮކްޓޯބަރ

October 04, 2016 5
"ޓީމު ނެގުމުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް"

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމުގައި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް ކަމަށާއި އެ ނޫން އެއްވެސް ކަމަކާ މެދު ނުވިސްނާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2016 2
ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

ފީފާ ވޯލްޑް ރޭންކިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މި ފަހަރު ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ.

02 ސެޕްޓެމްބަރ

September 02, 2016 4
ބަންގްލަދޭޝް ސަޕޯޓަރުން ކުރިމަތީ ރާއްޖެއަށް ބޮޑު މޮޅެއް

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ 9000 ބަންގްލަދޭޝްގެ ސަޕޯޓަރުންގެ ކުރިމަތީގައި ގަލޮޅު ދަނޑުގައި ކުޅެ އެ ޓީމު އަތުން ތަފާތު ބޮޑުކޮށް 5-0 އިން ދިވެހިރާއްޖެ މޮޅުވެއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2016 11
ދިވެހިރާއްޖެ 5 - 0 ބަންގްލަދޭޝް

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

29 އޯގަސްޓް

August 29, 2016 11
"މިއީ ރީތި ގައުމެއް، ފުޓްބޯޅައިގެ ކުރިމަގު އެބައޮތް"

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ވެސް ފުޓްބޯޅައިގެ ހުނަރު އެބައޮތް ކަމަށާއި ބޭނުންވަނީ ރަނގަޅު ޕްލޭނަކާ އެކު ކުރިއަށްދިއުން ކަމަށް ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

28 އޯގަސްޓް

August 28, 2016 5
ދިވެހި ފުޓްބޯޅައަށް އެންމެންގެ އެހީ ބޭނުންވޭ: ޔަންކޭ

އެނބުރި ރާއްޖެ އާދެވުމުން ވަރަށް އުފާވާ ކަމަށާއި އެކަމަކު އެންމެ އުފާވާނީ ދިވެހި ފުޓްބޯޅަ އަލުން ކުރީގެ މަގާމަށް ދިއުމުން ކަމަށާއި އެކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް ބުނެފި އެވެ.

27 އޯގަސްޓް

August 27, 2016 8
ބަކާ އާއި ނައްޓޭ ނުހިމަނައި ސްކޮޑް އިއުލާންކޮށްފި

ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) ނުހިމަނައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ތިން މެޗަށް މިއަދު ސްކޮޑް އިއުލާންކޮށްފި އެވެ.

August 27, 2016 23
ރަން ކާމިޔާބާ ގުޅިފައިވާ މެޗަށް ސަޕޯޓަރުން ތައްޔާރުތަ؟

ދިވެހިރާއްޖެ އާއި ސްރީ ލަންކާގައި 2008 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފޯރި ރާއްޖޭގައި ނުހިފާނެ ކަމަށް އެއް ބަޔަކު ބުނަމުން ދިޔައީ ތިން ސަބަބެއް ދެއްކުމަށް ފަހު...