19 ސެޕްޓެމްބަރ

September 19, 2020 6
އީތަން އަށް ސްޕެއިނުގެ ޓީއެންޖީއެސް އިން ފުރުސަތެއް

ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށްގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ޓީމު އެލީޓް ޕޫލްގެ ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ ސްޕެއިނުގައި ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2020 14
ފުޓްބޯޅަ ސީޒަން ނުފެށޭތީ ކުޅުންތެރިން ގޮތްހުސްވެފައި!

"ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާނީ ފުޓްބޯޅަ ކުޅުންތެރިން ޕްރޮފެޝަނަލް ވެގެން. ފުޓްބޯޅަ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި އެހެން މީހުން ދެކިގެން. އަދި އެ މީހުން (ކުޅުންތެރިން) ވެސް ޕްރޮފެޝަނަލް ވެގެން،"

25 އޯގަސްޓް

August 25, 2020 1
ގައުމީ ޓީމުން ޔޫއޭއީއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ

ޔޫއޭއީއާ އެކު ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އެއްބަސްވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2020 1
"ހަފްތާއެއް ތެރޭ ފުޓްބޯޅަ ޕްރެކްޓިސްތައް ފެށިދާނެ"

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު ހަފްތާއެއްހާ ދުވަސްތެރޭ ފުޓްބޯޅަ ޓީމުތަކުގެ ޕްރެކްޓިސްތައް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

12 އޯގަސްޓް

August 12, 2020 2
ވޯލްޑް ކަޕް ކޮލިފައިން މެޗުތައް އަނެއްކާވެސް ފަސްކޮށްފި

ކޮވިޑް-19ގެ ސަބަބުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

04 އޯގަސްޓް

August 04, 2020 1
ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލައިފި

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދިން ލަފަޔާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލައިފި އެވެ.

24 ޖުލައި

July 24, 2020 5
ކުޅުންތެރިންގެ މަސައްކަތް ފެނިފައި ކޯޗަށް ހިތްހަމަޖެހުން

ކޮވިޑް-19ގެ ދިގު ބްރޭކަށް ފަހު އަލުން ގައުމީ ޓީމުގެ ޕްރެކްޓިސް ފެށިތާ ދެ ހަފްތާވީއިރު ކުޅުންތެރިން އެކުގައި ކުރި މަސައްކަތް ފެނިފައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަން ބުނެފި އެވެ.

21 ޖުލައި

July 21, 2020 4
ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ދަގަނޑޭގެ ނެތް

ކުރިއަށް ވުރެ ދެ ގުނަ މިހާރު މަސައްކަތްކުރާ ކަމަށާއި އަދިވެސް އިތުރު އަހަރުތަކެއްގައި ކްލަބާއި ގައުމީ ޓީމަށް ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

20 ޖުލައި

July 20, 2020 26
ދަގަނޑޭ ފީފާ ވެބްސައިޓަށް: ޕޯޗުގަލަށް ދާން ޖެހޭ!

ޕޯޗުގަލްގެ ބެންފީކާ އިން އުމުރުން 18 އަހަރުގައި ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފަން ޖެހޭނެ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ފީފާގެ ވެބްސައިޓަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނެފި އެވެ.

13 ޖުލައި

July 13, 2020
ޗައިނާ މެޗުގެ ކުރިން ގައުމީޓީމު ކަރަންޓީންވާން ޖެހިދާނެ

ޗައިނާގައި މި އަހަރު ފަހުކޮޅު ކުޅެން ހަމަޖެހިފައިވާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

05 ޖުލައި

July 05, 2020 6
ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް ފަށައިފި

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ބާކީ ހުރި މެޗުތަކަށް ތައްޔާރުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް މިއަދު ފަށައިފި އެވެ.

03 ޖުލައި

July 03, 2020 2
ލިޕްޒިގު ޔުނިވާސިޓީގެ ކޯޗިން އެމްބެސަޑަރަކަށް ޝާކިއްޓޭ

ޖަރުމަނުގެ ލިޕްޒިގު ޔުނިވާސިޓީގެ އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ)ގެ އެމްބެސަޑަރަކަށް ރާއްޖޭގެ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފި އެވެ.

22 ޖޫން

June 22, 2020 2
ޕްރެކްޓިހުގެ ކުރިން ކޮވިޑަށް ޓެސްޓްކުރެވޭތޯ ބަލަނީ

އަންނަ މަހު ހަތަރު ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް ފެށުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ކުޅުންތެރިން ކޮވިޑް-19 އަށް ވެސް ޓެސްޓްކުރެވޭނެ މަގެއް ފެނޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

16 ޖޫން

June 16, 2020 1
ގައުމީ ސްކޮޑު ނަގާ އުސޫލަށް ބަދަލު އަންނާނެ: ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ނެގުމަށް މިހާރު ހަދާފައި އޮތް އުސޫލަށް ކުރިއަށް އޮތްތަނުގައި ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން...

June 16, 2020 5
ގައުމީ ކޯޗުގެ އެންމެ ބޮޑު ފިކުރަކީ ފިޓްނަސް މައްސަލަ

ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ އަށް މި އައި ހުއްޓުމަށް ފަހު އަންނަ މަހު ހަތަރެއްގައި ގައުމީ ޓީމުގެ ޕްރެކްޓިސް އަލުން ފަށާއިރު ކުރަން ހުރި ބުރަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު...

15 ޖޫން

June 15, 2020 2
ގައުމީ ސްކޮޑަށް ބަދަލެއް ނުގެންނަން: އެފްއޭއެމް

ކޮވިޑް-19 ގެ ސަބަބުން މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން ފަށަން ސްކޮޑުން އެއްވެސް ކުޅުންތެރިޔަކު އުނިނުކުރާ ކަމަށާއި އަންނަ މަހު ހަތަރު ވަނަ ދުވަހު 32 ކުޅުންތެރިންނާ އެކު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

12 ޖޫން

June 12, 2020
ޓީމު ޕްރެކްޓިސްތައް އަންނަ މަހު ފެށިދާނެ

ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި ޓީމު ކުޅިވަރުތަކުގެ ޕްރެކްޓިސްތައް ކަނޑައެޅިގެންދާ އުސޫލުތަކުގެ ތެރެއިން ފެށުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

10 ޖޫން

June 10, 2020 7
ގައުމީ ސްކޮޑުގައި ދާދު އާއި އިއްބެ އަދި ސައްޓު ނެތް

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް އަލުން ފަށަން އެކުލަވާލި ސްކޮޑުން މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ބާކީކޮށްފި އެވެ.

06 ޖޫން

June 06, 2020 2
ކޮލިފައިން މެޗުތައް އޮކްޓޫބަރު މަހު އަލުން ފަށަނީ

ކޮވިޑް-19ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން ނިންމައިފި އެވެ.

26 މެއި

May 26, 2020 3
އެލަވަންސް ލަސްވުމަކީ ބޮޑު ސުވާލެއް: ފައިސަލް

އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމީ ކުޅުންތެރިންގެ މުސާރަ (އެލަވަންސް) ދޭން ޖެހޭ މުއްދަތަށް ވުރެން ފަސްވުން ކަމަށާއި އެކަން އެގޮތަށް ދިމާވާ ސަބަބަކީ އުފެދޭ ވަރަށް ބޮޑު ސުވާލެއް ކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފި އެވެ.

19 މެއި

May 19, 2020 3
ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގަވާއިދު ބަދަލުވެދާނެ

އަންނަ ސީޒަނުން ފެށިގެން ބިދޭސީ ގޯލްކީޕަރުން ރާއްޖޭގެ ޓީމުތަކަށް ނުގެނެވޭ ގޮތަށް ނިންމާފައިވާ ނިންމުން ކްލަބްތަކުން ބޭނުންވެއްޖެނަމަ ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމުން ބުނެފި އެވެ.