20 މާޗް

March 20, 2017 13
އޮޅުުވާލާކަށް ނެތިން، ފަލަސްތީން ވަރަށް ވަރުގަދަ: ކޯޗު

އަމިއްލަ ނަފުސަށް އޮޅުވާލަން ބޭނުންނުވާ ކަމަށާއި ފަލަސްތީނަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި އެކަމަކު ރާއްޖޭގެ ކުޅުންތެރިން މިދިޔަ އަހަރު ތިބި ރޫހުގައި ތިބެފި ނަމަ އެއްވެސް ޓީމަކަށް ރާއްޖެ ބަލިކުރަން ފަސޭހަނުވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

19 މާޗް

March 19, 2017 6
އާ ދެ ކީޕަރުން ގައުމީ ސްކޮޑަށް އިތުރުކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑަށް ދެ ގޯލްކީޕަރުން އިތުރުކޮށްފި އެވެ.

17 މާޗް

March 17, 2017 3
ގައުމީ ޓީމުގެ ފަރިތަކުރުންތައް އާދިއްތަ ދުވަހު ފަށަނީ

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހު 28 ވަަނަ ދުވަހު މާލޭގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުގެ ޕްރެކްޓިސް އަންނަ އާދިއްތަ ދުވަހު ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

08 މާޗް

March 08, 2017 5
"އަޝްފާގާއި އިމްރާން ނެތްތަން ފޫބައްދަން އުނދަގޫވާނެ"

އަނިޔާގައި ހުރި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި 17 އަހަރަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރި ގޯލްކީޕަރު އިމްރާން މުހައްމަދު ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ތައްޔާރަށް ހުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

07 މާޗް

March 07, 2017 6
ބޮޑު ދެ ޓާގެޓަކާ އެކު ކޯޗު ގައުމީ ޓީމާ ހަވާލުވެއްޖެ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމާއި 2019 ވަނަ އަހަރު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމަށް ޓާގެޓްކޮށް އޮސްޓްރޭލިއާގެ ކޯޗު ޑަރެން ސްޓެވާޓް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2017 4
މެޗުތަކެއް ކުޅެން ގައުމީ ޓީމަށް ދައުވަތު ލިބިއްޖެ

ގައުމީ ފުޓްބޯޅަ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ތިން ގައުމަކުން ދައުވަތު ލިބިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

February 12, 2017 11
ގައުމީ ޓީމު ކީޕަރުންނަށް ޖެހިފައި!

އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ބޯމަތިވެފައި ވާއިރު ގައުމީ ޓީމުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފާއިތުވި 17 އަހަރުގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު...

06 ފެބުރުއަރީ

February 06, 2017
ގައުމީ ޓީމު ކޮމިޓީގެ ޗެއާޕާސަނަކަށް އޮގަރު އައްޔަ

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތައް ބެލެހެއްޓުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ހާއްސަ ކޮމިޓީގެ ޗެއާޕާސަނަކަށް އަލީ ނާޝިދު (އޮގަރު އައްޔަ) ހަމަޖައްސައިފި އެވެ.

02 ފެބުރުއަރީ

February 02, 2017
"ބޫޓާނުން ނަމޫނާއަކަށް ބަލަންވީ ރާއްޖެ އާއި އިންޑިއާ"

ސަރަހައްދީ ފެންވަރުގައި ފުޓްބޯޅަ ކުރިއަރުވަން ބޫޓާނުން މިސާލު ނަަގަންވީ އިންޑިއާ އާއި ރާއްޖޭގެ ކިބައިން ކަމަށް ބޫޓާން ގައުމީ ޓީމުގެ ކޯޗު ޖަރުމަނުގެ ޓޯސްޓެން ސްޕިޓްލާ ބުނެފި އެވެ.

28 ޖެނުއަރީ

January 28, 2017 20
އޭޝިއަން ކަޕް އަތްފޯރާ ފަށަށް، އަތުކުރި އޮޅާލާ!

މާގިނަ ބަޔަކަށް އަދި މިކަން ނަގައިގަނެވުނު ހެނެއް ހިޔެއް ނުވެ އެވެ. އެކަމަކު ހަގީގަތަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިމަތީގައި މިއޮތީ އޭޝިއަން ކަޕަކަށް ކޮލިފައިވުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕުން ލާފައި އޭޝިއަން ކަޕަށް ދާން އޮތް މަގަށް ވުރެ މިމަގު މާ ފުޅަލެވެ، ސީދަލެވެ. ދެކުނު...

25 ޖެނުއަރީ

January 25, 2017 3
ގައުމީ ޓީމުގެ ކަންކަން އިންތިޒާމްކުރަން ކޮމިޓީއެއް

ގައުމީ ފުޓްބޯޅަ ޓީމުތައް ދެން އޮންނަނީ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުގައި ކަމަށާއި ޓީމްތަކަށް ބޭނުންވާ އިންތިޒާމް ހަމަޖައްސައިދޭނީ ވެސް އެ ކޮމިޓީން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2017 2
ފުރަތަމަ މެޗުގައި ރާއްޖެ އާއި ފަލަސްތީން މާލޭގައި

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި މާޗު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް މާލޭގައި ކުޅެން ޖެހިއްޖެ އެވެ.

23 ޖެނުއަރީ

January 23, 2017 3
ރާއްޖެ، ބޫޓާން، ފަލަސްތީން އަދި އޮމާން އެއް ގްރޫޕެއް

ޔޫއޭއީގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ކޮލިފައިން ބުރުގެ ގްރޫޕް ޑީ ގައި ދިވެހިރާއްޖެ އާއި އޮމާނާއި ފަލަސްތީން އަދި ބޫޓާން ވާދަކުރަން ޖެހިއްޖެ އެވެ.

05 ޖެނުއަރީ

January 05, 2017 2
ގައުމީ ޓީމުތަކަށް ހާއްސަކޮށްގެން ޕޮމިސް ކަޕް ފަށަނީ

ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަ ކަޕް (ޕޮމިސް ކަޕް) ގައުމީ ޓީމުތަކަށް ހާއްސަކޮށްގެން އަލުން ފަށަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2016 4
ގައުމީ ޓީމުގެ ދާއިމީ ކޯޗަކަށް ސްޓެވާޓް ހަމަޖައްސައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އަންނަ މަހު އޭނާ ޓީމާ ހަވާލުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2016 12
ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން ކިރްގިސްތާން އަތުން ބަލިވެ، އަމިއްލަ ބާރުގައި މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް މިއަދު ގެއްލިއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2016 6
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟

ދިވެހި ފުޓްބޯޅައިގެ މިސްރާބާ މެދު ކަންބޮޑުވުންތައް އުޅޭތާ ތިން އަހަރު ވެއްޖެ އެވެ. އެފްއޭއެމް ހަަމަޔަކަށް ނޭޅި އޮތުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ފަރާތުން ލިބެން އޮތް އެހީތަކަށް ދިޔައީ ހުރަސް އެޅެމުންނެވެ. އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލު...

01 ޑިސެމްބަރ

December 01, 2016 3
ގައުމީ ޓީމާ ޕޮޕޯފް ހަވާލުވީ ކީއްވެ؟

ގައުމީ ޓީމެއްގެ ކޯޗުކަން ކުރުމަކީ ދުވަހަކު ވެސް ކުރަން ބޭނުންވި ކަމެއް ނޫން ކަމަށާއި އެކަމަކު ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އެކަމަށް ވަރަށް ބޮޑަށް އެދުމުން ކަމަށް ކުރީގެ ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނެފި އެވެ.

21 ނޮވެމްބަރ

November 21, 2016 2
ކޯޗު މަޑުކުރުމުގެ ފުރުސަތު ބޮޑު: ބައްސާމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ޓީމުގައި މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެފްއޭއެމްގެ އާ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2016 1
ގައުމީ ކޯޗާ މެދު ގޮތެއް ނިންމުން އާ އެކްސްކޯއަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓުގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އަލަށް ހޮވޭ އެގްޒެކެޓިވް ކޮމިޓީން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

15 އޮކްޓޯބަރ

October 15, 2016 9
އިމްރާން ނެތް ދުވަހަކަށް ތައްޔާރު ވެވުނުތަ؟

ގައުމީ ފުޓްބޯޅަ ޓީމޭ ބުނުމުން ފުރަތަމަ ހިތަން އަންނަ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނެ އެވެ. ފާއިތުވި 16 އަހަރު ރާއްޖޭގެ ގޯލު ބެލެހެއްޓުމުގައި އޭނާ ދެއްކި ހިތްވަރާއި ހުށިޔާރުކަމުގެ ސަބަބުންނެވެ. އެ ފަދަ ދެ ވަަނައެއް ރާއްޖޭގައި ނެތުމުންނެވެ. އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާއިރު، މިއީ ދިވެހި...