15 އެޕްރީލް

April 15, 2020
ޒުވާން ޑިފެންޑަރު ހައިޝަމްގެ އޮޕަރޭޝަން ކާމިޔާބު

ކްލަބް އީގަލްސް އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ކަކުލުގެ އޮޕަރޭޝަނެއްކޮށްފި އެވެ.

10 މާޗް

March 10, 2020 1
ރާއްޖެ މެޗުތައް ހިމެނޭ ގޮތަށް ކޮލިފައިން ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން، ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯނުގައި މި މަހު އަދި ޖޫން މަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް ފީފާ އާއި އޭއެފްސީން ފަސްކޮށްފި އެވެ.

01 މާޗް

March 01, 2020 8
މާޔޫސްކަން ފިލައި ކިތުނާގެ ނަސީބު އަތުގައި ހިފައިފި!

ޒޯން ޗެމްޕިއަންސް ލީގުގައި 2005 ވަނަ އަހަރު އއ. ތޮއްޑޫ ސޯސަން ކްލަބުގެ ޖާޒީގައި ގަލޮޅު ދަނޑުގައި ޒުވާން އެ ފޯވާޑް ކުޅެމުންދިޔައިރު ހުވަފެނަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީގައި ކޮންމެވެސް ދުވަހަކު ކުޅެލުމެވެ. އެ ހުވަފެނުގައި ދާދި އަވަހަށް ކުލަ ޖެހިދާނެހެން އޭނާ އަށް ހީވީ، އިސްމާއިލް މަހަފޫޒް (އިންމަ) ގެ ކޯޗުކަމުގައި ތޮއްޑޫ ޓީމަށް އޭރު...

28 ފެބުރުއަރީ

February 28, 2020 11
ކިތުނާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ޖޮއިންޓް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅެން އޮތް ދެ މެޗުގެ ސްކޮޑަށް، ނިމިގެންދިޔަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ނަގައިފި އެވެ.

21 ފެބުރުއަރީ

February 21, 2020 4
ޗައިނާ-ރާއްޖެ މެޗު ތައިލެންޑަށް ބަދަލުކޮށްފި

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަހު (ކޮވިޑް 19)ގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް ރަސްމީކޮށް ނިންމައިފި އެވެ.

19 ފެބުރުއަރީ

February 19, 2020 5
އަޔާ ބާކީކޮށް ހަންނަ ގައުމީ ސްކޮޑަށް

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ކުޅެން އޮތް ދެ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ އަޔާޒް އަހުމަދު (އަޔާ) ބާކީކޮށް ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ޓީމަށް ނަގައިފި އެވެ.

17 ފެބުރުއަރީ

February 17, 2020 2
ޗައިނާ-ރާއްޖެ މެޗު ކުޅޭނީ ސަޕޯޓަރުން ނުވައްދާ

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ސަޕޯޓަރުން ނުވައްދައި މެޗު ކުޅޭގޮތަށް ވާހަކަދެކެވިފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

16 ފެބުރުއަރީ

February 16, 2020 2
ބޮޑު ކާމިޔާބަކީ ކުޅުންތެރިންގެ އިތުބާރު ލިބުން: ސުޒޭން

ކޯޗިން ކެރިއަރުގައި ހޯދުނު ތަށްޓަށް ވުރެ އޭނާ އަށް ކުޅިވަރުގައި ލިބުނު ކާމިޔާބީ އަކީ ކުޅުންތެރިންގެ އިތުބާރާއި އިހުތިރާމް ލިބުން ކަމުގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2020 2
ކޮރޯނާގެ ސަބަބުން ރާއްޖެ-ޗައިނާ މެޗު ތައިލެންޑަށް؟

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަހުގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ޗައިނާގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.

10 ފެބުރުއަރީ

February 10, 2020 4
މާފަށް އެދި އީސަ ގައުމީ ޓީމާ ގުޅެން ތައްޔާރު

އޭނާ އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމުގައި ހުރިއިރު ކަންތައްތައް ހިނގިގޮތާ މެދު ޓީސީ ސްޕޯޓްސް ކްލަބްގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) މާފަށް އެދިއްޖެ އެވެ.

February 10, 2020 2
"ފުރުސަތުގެ ބޭނުންހިފީ ދިވެހި ކީޕަރުންނަށް އެހީވާން"

އެފްއޭއެމްގެ ހުށަހެޅުން ގަބޫލުކޮށް އެ އެސޯސިއޭޝަނާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ގޯލްކީޕަރުންނަށް އެހީތެރިވުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން...

09 ފެބުރުއަރީ

February 09, 2020 7
ސައްޓު އާއި އީސަ އަދި އުމެއިރު ސްކޮޑަށް އިތުރުކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ފުރަތަމަ ސްކޮޑުން ފުރުސަތު ނުދިން، ޓީސީ ސްޕޯޓްސް ކްލަބްގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން...

February 09, 2020 16
ސުޒޭން ބުނަނީ ލަދުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް

އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑުކިޔުމަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް...

08 ފެބުރުއަރީ

February 08, 2020 30
އެފްއޭއެމުން، ފާޑުކިޔާ އަނގަތަކެއް ބަންދުކޮށްލީބާ؟

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކީއްކުރަން، ހެޑްކޯޗު ކަމަށް ގެންނަން ވެސް އަލީ ސުޒޭނަކީ ވަރަށް ގާބިލް މީހެކެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓުކަން ކީއްކުރަން، ޓްރޭނަރުގެ މަގާމަށް ގެންނަން ބެލިޔަސް އިމްރާން މުހައްމަދަކީ ވެސް އެހާމެ ގާބިލް މީހެކެވެ. އެކަމާ އުފައްދާނެ ސުވާލެއް ނެތެވެ. ސުޒޭނާއި...

February 08, 2020 14
ސުޒޭނާއި އިމްރާން ގައުމީ ޓީމާ ގުޅި، ބައްސާމުގެ ދަށަށް

ފަހަކަށް އައިސް އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެންމެ ބޮޑަށް ފާޑުކީ ދެ މީހުން ކަމަށްވާ މަޝްހޫރު ކޯޗު އަލީ ސުޒޭނާއި ކުރީގެ ގޯލްކީޕަރު އިމްރާން...

February 08, 2020 2
ބަކާ ޓީމަށް، ސައްޓު އާއި އީސަ އަދި އުމެއިރު ނެތް!

ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ސްކޮޑުން ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޝާން އިބްރާހިމް (ސައްޓު) އާއި...

29 ޖެނުއަރީ

January 29, 2020 4
އަޝްފާގު އަދިވެސް ގައުމީ ޓީމަށް މުހިއްމު: ޖުޑާން

ރާއްޖޭގެ ފުޓްބޯޅަ ދެނެގަންނަން ކުރި މަސައްކަތުގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ)އާ ވެސް ބައްދަލުކުރި ކަމަށާއި ގައުމީ ޓީމަށް އަދިވެސް އޭނާގެ އެހީތެރިކަން މުހިއްމު ކަމަށް ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ޖުޑާން އަލީ ބުނެފި އެވެ.

28 ޖެނުއަރީ

January 28, 2020 10
އުމުރަކަށް ނުބަލަން، މޮޅަށް ކުޅޭނަމަ ޓީމުން ޖާގަދޭނަން

"އުމުރު މުހިއްމެއް ނޫން. މޮޅަށް ކުޅޭނަމަ ގައުމީ ޓީމުން ފުރުސަތު ލިބޭނެ،"

27 ޖެނުއަރީ

January 27, 2020 15
ކޯޗަށް ދިން ޓާގެޓަކީ އޭޝިއަން ކަޕާއި ސާފް ސުޒުކީ ކަޕް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ދިނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމާއި މި އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުގެ ޓާގެޓް ކަމަށާއި ބޮޑު ކާމިޔާބީ ހޯދަން މަސައްކަތްކުރާއިރު ފުޓްބޯޅައިގައި އުޅޭ އެންމެންގެ ވިސްނުން ވެސް ބަދަލުކުރަންޖެހޭ ކަމަށް އެފްއޭއެމްގެ ރައީސް...

26 ޖެނުއަރީ

January 26, 2020 12
ގަައުމީ ޓީމުގެ ކޯޗަކަށް ކޫޕްމަން ހަމަޖައްސައިފި

ހުސްވެފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސައިފި އެވެ.

16 ޖެނުއަރީ

January 16, 2020 14
ޖުދާންގެ އަމާޒު ވެސް ވޯލްޑް ކަޕަށް؟

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތް ޗައިނާ، ސީރިއާ އަދި ފިލިޕީންސް މެޗު ކާމިޔާބުކޮށްފި ނަމަ ރާއްޖެ ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމަށާއި އެއީ އާދަޔާހިލާފު ފެށުމަކަށް ވާނެ ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިންގްލެންޑުގެ ޖުދާން އަލީ ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2020 2
ސީރިއަސް އަނިޔާއެއްވެ އޮގީ އަށް ސީޒަން ނިމިއްޖެ

ށ. ފޯކައިދޫ ޓީމަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ)ގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާ އަށް ސީޒަން ނިމިއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2019 13
ސެގާޓް ވަކިކުރީ ރަނގަޅު ވަގުތު: ބައްސާމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް މަގާމުން ވަކިކުރީ ރަނގަޅު ވަގުތުގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2019 17
ސެގާޓްގެ ކޮންޓްރެކްޓް ދެފަރާތް އެއްބަސްވެގެން އުވާލައިފި

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުމުން އެފްއޭއެމް އާއި ކޯޗު ޕީޓާ ސެގާޓް އެއްބަސްވުމަކަށް އައިސް ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި...

December 07, 2019 14
ފުޓްބޯޅައިން ރަނަށް ކުރި އުއްމީދު ފެނަށް!

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ގޭމްސް ބާއްވާ ނޭޕާލް އަތުން 2-1 އިން ބަލިވެ ރާއްޖެ ފައިނަލަށް ނުހޮވި ކަޓައިފި އެވެ.