03 ޖެނުއަރީ

January 03, 2020 2
ސީރިއަސް އަނިޔާއެއްވެ އޮގީ އަށް ސީޒަން ނިމިއްޖެ

ށ. ފޯކައިދޫ ޓީމަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް މުހައްމަދު ޖައިލަމް (އޮގީ)ގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާ އަށް ސީޒަން ނިމިއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2019 13
ސެގާޓް ވަކިކުރީ ރަނގަޅު ވަގުތު: ބައްސާމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް މަގާމުން ވަކިކުރީ ރަނގަޅު ވަގުތުގައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2019 17
ސެގާޓްގެ ކޮންޓްރެކްޓް ދެފަރާތް އެއްބަސްވެގެން އުވާލައިފި

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓުމުން އެފްއޭއެމް އާއި ކޯޗު ޕީޓާ ސެގާޓް އެއްބަސްވުމަކަށް އައިސް ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި...

December 07, 2019 14
ފުޓްބޯޅައިން ރަނަށް ކުރި އުއްމީދު ފެނަށް!

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި މިއަދު ގޭމްސް ބާއްވާ ނޭޕާލް އަތުން 2-1 އިން ބަލިވެ ރާއްޖެ ފައިނަލަށް ނުހޮވި ކަޓައިފި އެވެ.

06 ޑިސެމްބަރ

December 06, 2019 22
ޒިންމާ ނަގާފައި ވެސް ސެގާޓް ދެއްކީ ބަހަނާ!

ފުޓްބޯޅައިން ދެކުނު އޭޝިއާގެ އެންމެ ބަލި ޓީމުގެ ގޮތުގައި ލޭބަލްކުރެވިފައިވާ ބޫޓާން އަތުން 2-1 އިން ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ އިއްޔެ ބަލިވުމުން އޭގެ ޒިންމާ ނަގާ ކަމަށް ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ބުނި ނަމަވެސް އަނެއްކާ ވެސް ބަހަނާތަކެއް ދައްކައިފި އެވެ.

04 ޑިސެމްބަރ

December 04, 2019 7
ސެގާޓުގެ ހިތްހަމަޖެހުމަކީ އަމިއްލަ ބާރު އޮތުން

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި މިހާތަނަށް ރާއްޖޭން ކުޅުނު ދެ މެޗުން އެއްވަރުވެފައި ވިޔަސް އޮތް ހިތްހަމަޖެހުމަކީ އަމިއްލަ ބާރުގައި އަދިވެސް މުބާރާތުގައި ރަނގަޅު ވަނައެއް ހޯދުމުގެ ފުރުސަތު އޮތުން ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2019 5
ފުޓްބޯޅަ: ބަންގާޅު އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

December 03, 2019 2
ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ: ސެގާޓް

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި...

02 ޑިސެމްބަރ

December 02, 2019 7
ފުޓްބޯޅަ: ރާއްޖެ އާއި ލަންކާ އެއްވަރުވެއްޖެ

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

December 02, 2019 8
ޝެޑިއުލް ބަދަލުކުރި މައްސަލައިގައި ސެގާޓް ރަތަށް

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން ދެން ޝެޑިއުލް ރާވާފައިވާ ގޮތުން ހުރިހާ ގެއްލުމެއް ލިބުނީ...

30 ނޮވެމްބަރ

November 30, 2019 24
އިންޑިއާ ނުކުޅޭތީ ފުޓްބޯޅަ އިވެންޓަށް ބޮޑު ބަދަލެއް!

ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމާ އެކު، ކޮންމެ ދުވަހަކު މެޗެއް ކުޅެން ޖެހޭ ގޮތަށް މުބާރާތް ލީގު އުސޫލުން ކުރިއަށްގެންދަން ނިންމުމުން ރާއްޖޭން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2019
ސަމުއްޓެއާ މެދު ކޯޗު އުއްމީދުގައި

މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅައިން ތާރީހީ ކާމިޔާބަކަށް ރާއްޖޭން އަމާޒުހިފާއިރު އެކަން ހާސިލްކުރަން ޓީމުން ކުރާ މަސައްކަތުގައި އަނިޔާގައި ހުރި ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް މުބާރާތުގެ ކޮންމެވެސް ހިސާބަކުން ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

27 ނޮވެމްބަރ

November 27, 2019 1
އަމާޒަކީ ތާރީހީ ކާމިޔާބެއް ހޯދުން: ސެގާޓް

ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ތާރީހީ ކާމިޔާބެއް ހޯދުމަކީ ޓީމުގެ އަމާޒުކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

24 ނޮވެމްބަރ

November 24, 2019 13
އަކޫ އާއި ހަމްޕު އަދި ފޭދޫ އިއްބެ ޒުވާން ޓީމަށް!

ނޭޕާލުގައި މި ހަފުތާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ދޮށީ އުމުރުގެ ތިން ކުޅުންތެރިންގެ ގޮތުގައި ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހިމަނައިފި އެވެ.

23 ނޮވެމްބަރ

November 23, 2019 4
ރާއްޖެ، އިންޑިއާ އަދި ލަންކާ އެއް ގްރޫޕަކަށް

ނޭޕާލުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އެއް ގްރޫޕަކަށް ލައްވާލައިފި އެވެ.

18 ނޮވެމްބަރ

November 18, 2019 3
ގޯސްތައް ރަނގަޅުކުރަން ރާއްޖެ ބަލިކުރަންޖެހޭ: ގުއާމް

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ކުރިން ކުޅުނު މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށާއި...

November 18, 2019 13
ފާޑުކިޔުން ބަލައިގަންނަން، މާފަށް ވެސް އެދެން: ސެގާޓް

ފާޑުކިޔުންތައް ބަލައިގަންނަން ކަމަށާއި އަދި ހުރިހާ މެޗަކުން ޓީމު މޮޅުކޮށްނުދެވޭތީ މާފަށް އެދޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

15 ނޮވެމްބަރ

November 15, 2019 3
ދެ ކޯޗުންގެ ތައުރީފު ކީޕަރު ފައިސަލަށް!

މިދިޔަ އަހަރު ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރާއްޖޭގެ ގޯލު ބެލެހެއްޓި ކީޕަރު މުހައްމަދު ފައިސަލަށް ލިބުނީ އޭނާ ދެއްކި ތަފާތުގެ ސަބަބުންނެވެ. ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ހަވީރު ފިލިޕީންސް އަތުން ރާއްޖެ 2-1 އިން ބަލިވި ނަމަވެސް...

14 ނޮވެމްބަރ

November 14, 2019 18
ފިލިޕީންސަށް ލިބުނީ ނަސީބު މޮޅެއް: ސެގާޓް

ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ފިިލިޕީންސަށް ރާއްޖެ އަތުން 2-1 އިން ލިބުނީ ނަސީބު މޮޅެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

13 ނޮވެމްބަރ

November 13, 2019 11
ދިވެހިންގެ އުއްމީދުތައް މަތިވެ، ފޯރި ވެސް ގަދަވެއްޖެ

ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުން ދިވެހިންގެ އުއްމީދުތައް މަތިވެ ފުޓްބޯޅައިގެ ފޯރިވެސް ގަދަވެއްޖެ ކަމަށާއި އެ އުއްމީދުތައް ހާސިލްކޮށްދިނުމުގެ ޕްރެޝަރާއި ޒިންމާ އޭނާ ނަގާ ކަމަށް ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

November 13, 2019 4
ހިތްތިރި ކޯޗުގެ ތައުރީފާއި އިހުތިރާމް ރާއްޖެ އަށް

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ނެރެފައިވާ ނަތީޖާތަކާއި ދައްކާފައިވާ ކުޅުމަށް ބަލާއިރު ރާއްޖެ އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށް،...

November 13, 2019 4
ރައީސަށް ގައުމީ ޓީމުގެ ޖޯޒީއެއް ހަދިޔާކުރައްވައިފި

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާދަމާ ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއެއް، ރައީސް އިބްރާހިމް މުހައްމަދު...

12 ނޮވެމްބަރ

November 12, 2019 11
ސިޑިބަރިތައް ނުހުޅުވުނު، ވިއްކާނީ 3000 ޓިކެޓް!

ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި ބޭނުންކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހާއި އަންނަ ހަފްތާގައި ކުޅެން އޮތް މެޗުތަކަށް ސަޕޯޓަރުންނަށް ވިއްކާނީ 3000 ޓިކެޓް ކަމަށް އެފްއޭއެމުން...

09 ނޮވެމްބަރ

November 09, 2019 8
މުހިއްމު ދެ މެޗަށް "މަވެސް ދަން" ކެމްޕޭން ފަށައިފި

ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމު މި މަހު ކުޅެން ހަމަޖެހިފައިވާ މުހިއްމު ދެ މެޗުގައި ޓީމަށް ހިތްވަރުދޭން ސަޕޯޓަރުންގެ ފޯރިގަދަ ކުރުމުގެ ގޮތުން "މަވެސް ދަން" ގެ ނަމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކެމްޕެއިނެއް ފަށައިފި އެވެ.

06 ނޮވެމްބަރ

November 06, 2019
މުހިއްމު ދެ މެޗުގެ ކުރިން އިއްބެ އެނބުރި ދަނޑަށް

ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ކުޅެން ހަމަޖެހިފައިވާ މުހިއްމު ދެ މެޗުގެ ކުރިން ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ރޭ މެލޭޝިއާ އަތުން ގައުމީ ޓީމު 2-1 އިން ބަލިވި ޕްރެކްޓިސް މެޗުގައި ކުޅެފި އެވެ.