17 ފެބުރުއަރީ

February 17, 2019 3
ޓްރެއިނަރާއި އެސިސްޓަންޓް ކޯޗު އަލުން ގެނެސްފި

މިދިޔަ އަހަރު ސާފް ސުުޒުކީ ކަޕް ކާމިޔާބުކުރިއިރު ގައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތްކުރި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ތަޖުރިބާކާރު ޓްރެއިނަރު މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރް އަލުން ގެނެސްފި އެވެ.

05 ފެބުރުއަރީ

February 05, 2019 4
ލަބާން ޒުވާން ގައުމީ ޓީމުގެ ޕްރެކްޓިހަށް

އަންނަ މާޗް މަހު އޮންނަ އޭއެފްސީގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅޭ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ކްލަބް ގްރީން ސްޓްރީޓްސްގެ ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ބައިވެރިވާން ފަށައިފި އެވެ.

02 ޖެނުއަރީ

January 02, 2019 1
ކީޕަރު އިމްރާންގެ ކެރިއަރުން ހިތްވަރާއި ފިލާވަޅުތަކެއް!

ސަތާރަ އަހަރު ގައުމީ ޓީމަށް މެދުކެނޑުމެއްނެތި ކުޅުނުއިރު ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗުތަކުގައި ކުޅެފަ އެވެ. އިމްރާންގެ ގައުމީ ޓީމުގެ ކެރިއަރު މިދިޔަ އާދިއްތަ ދުވަހުގެރޭ ހާއްސަ މެޗަކުން ނިމިގެންދިޔައިރު، ގައުމީ ޓީމުގެ ގޯލުގައި އޭނާ ދެއްކި މޮޅު ކުޅުމާއި އޭނާގެ ކެރިއަރުގައި ދެއްކި ތަފާތުން...

31 ޑިސެމްބަރ

December 31, 2018 17
ހާއްސަ މެޗުން އިއްމަ ގައުމީ ޓީމަށް އަލްވަދާއު ކިޔައިފި

ރެއާލް މެޑްރިޑާއި ސްޕެއިނުގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ކެޕްޓަންކަންކުރި އެފްއޭއެމްގެ ޓީމު އަތުން، އޭނާގެ ޓީމު 4-3 އިން ހޯދި މޮޅާ އެކު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން މިރޭ ފާހަގަކޮށްފި އެވެ.

04 ނޮވެމްބަރ

November 04, 2018 16
"ހާލަތު އޮތީ މެލޭޝިއާ ކޮޅަށް، ރާއްޖޭން ހިތްވަރުކުރި"

އެކުވެރިކަމުގެ މެޗެއްގައި ރޭ މެލޭޝިއާ އިން ރާއްޖެ އަތުން 3-0 އިން މޮޅުވިއިރު، ހާލަތު އޮތްގޮތުން އެޑްވާންޓޭޖް ބޮޑުކޮށް އޮތީ ވެސް މެލޭޝިއާ އަށް ކަމަށާއި އެކަމަކު ރާއްޖޭގެ ކުޅުންތެރިން ހިތްވަރުކުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2018 14
މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ

އެކުވެރިކަމުގެ މެޗެއްގައި މިރޭ މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ 3-0 އިން ބަލިވެއްޖެ އެވެ.

November 03, 2018 4
ކީޕަރު ހުސެއިނަށް އަނެއްކާ ވެސް ރަނުގެ ފުުރުސަތެއް!

މީގެ އެއް އަހަރު ކުރިއަށް ބަލާއިރު ޒުވާން ކީޕަރު ހުސެއިން ޝަރީފަކީ ހަމައެކަނި ކްލަބާއި ގައުމީ ޓީމުގައި ޕްރެކްޓިސް ކުރަމުން އައި ކީޕަރެކެވެ. އެކަމަކު ފާއިތުވި ފަސް ވަރަކަށް މަސް ތެރޭ...

02 ނޮވެމްބަރ

November 02, 2018
އަލުން ގައުމީ ޓީމަށް، ރިޒޭ ދެއްކީ ތަފާތު ހިތްވަރެއް

ސާފް ސުޒުކީ ކަޕަށް ފަހު ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް އޭރު އޮތް ޓީމުގެ ކުޅުންތެރިންނަށް ވި އެއް ވައުދަކީ ތަށި ހޯދި ޓީމުގެ ކުޅުންތެރިންނަށް ފުރުސަތުދޭނެ ކަމަށެވެ. އެކަމަކު އެ...

November 02, 2018 9
ބޯނަސް ދިން ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް!

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމަށް ބޯނަސް ދިން ގޮތާ މެދު ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

01 ނޮވެމްބަރ

November 01, 2018 4
ގައުމީ ޓީމުން ލަބާނަށް ފުރުސަތު އެބައޮތް: ކޯޗު

ދާދި ފަހުން ޖަލުން މިނިވަންވެ ކްލަބް ގްރީން ސްޓްރީޓްސްގެ ގޯލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް އަށް ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު...

November 01, 2018 6
ކުރިއަށްދާނީ މި ޓީމުގެ ހައްގުގައި: ގައުމީ ކޯޗު

ސާފް ސުޒުކީ ކަޕްގެ ކާމިޔާބަށް ފަހު ދެން ހުރި ކަންތައްތަކާ ކުރިމަތިލައިގެން އުފަލާއެކު ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ މި ޓީމުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާތީ...

31 އޮކްޓޯބަރ

October 31, 2018 12
ރިޒޭ އަލުން ގައުމީ ޓީމަށް ނަގައިފި

އަންނަ ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުން، މި ވަގުތު ތަފާތު ފޯމެއްގައި ހުރި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އަށް ފުރުސަތު ދީފި އެވެ.

24 އޮކްޓޯބަރ

October 24, 2018 1
މޮޅު ކުޅުންތެރިޔާގެ ރަށަށް ތަށި ގެންދިއުން ހުކުރުގައި

ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް މުބާރާތުގެ ތަށްޓާ އެކު އުފަން ރަށް، އދ. ފެންފުށްޓަށް ހުކުރު ދުވަހު ދިއުމުން މަރުހަބާ ކިޔަން އެ ރަށުގެ ރައްޔިތުން ތައްޔާރުވެއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2018 9
ރިޒޭ އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގު: މޯހަން

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަކީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

19 އޮކްޓޯބަރ

October 19, 2018 8
ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓެވާޓް މަރުވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިއާ ޑަރެން ސްޓެވާޓް ރޭ މަރުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2018 6
ބީއެމްއެލް އިން ގައުމީ ޓީމަށް ހަ ލައްކަ ރުފިޔާ ހަދިޔާކޮށްފި

ގައުމީ ފުޓްބޯޅަ ޓީމުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުން ހަދިޔާއެއްގެ ގޮތުގައި ޓީމުގެ ސްޕޮންސަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓީމަށް 600،000ރ. ދީފި އެވެ.

11 އޮކްޓޯބަރ

October 11, 2018 9
ގައުމީ ޓީމަށް ފައިސާ ދިނުން ލަސްވަނީ ކީއްވެ؟

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ އާއި ބޯނަސް ލަސްވަމުން އަންނަނީ އެފްއޭއެމުން ތަފްސީލް ފޮނުވުން ލަސްވުމުން ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2018 53
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މާޔޫސްވެފައި!

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ފަހުން އެފްއޭއެމާއި ސަރުކާރުގެ ފަރާތުން އެއްވެސް އަޅާލުމެއް ނެތް ކަމަށާއި އަދި މުސާރަ އާއި ބޯނަސް ވެސް ހަމަނުޖެހޭ ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޝަކުވާ ފުންޏެއް އޮއްސާލައިފި އެވެ.

06 އޮކްޓޯބަރ

October 06, 2018 10
ގައުމީ ޓީމަށް ވަރުގަދަ މެޗުތަކެއް ހޯދައިދެނީ

އަންނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމަށް މެޗުތައް ހަމަޖައްސާއިރު އެންމެ ބޮޑަށް ބަލާނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

01 އޮކްޓޯބަރ

October 01, 2018 6
ތަށި ފުރަތަމަ ގެންދާނީ ކެޕްޓަން އަކްރަމްގެ ރަށަށް

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދާ ދަތުރުގައި އެންމެ ފުރަތަމަ ތަށި ގެންދާނީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ އުފަން ރަށް ނ. މާފަރަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2018 6
އަކުރަމްގެ ވޯޓު މެސީ އަށް، ސެގާޓްގެ ވޯޓު މޮޑްރިޗަށް

ފީފާގެ ބެސްޓް ފީފާ އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޮވުމަށް ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ ވޯޓު ލިއޮނަލް މެސީ އަށް ދިންއިރު ގައުމީ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ ވޯޓު ދިނީ އޭނާގެ ގައުމުގެ ތަރި ލޫކަ މޮޑްރިޗް އަށެވެ.

23 ސެޕްޓެމްބަރ

September 23, 2018 3
ރަށްރަށަށް ސާފް ތަށި ގެންދަން އަންނަ ހަފްތާގައި ފަށަނީ

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ތަށި ގެންދިއުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަންނަ ހަފްތާ ތެރޭގައި އެކަން ފެށޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 5
ސަމުއްޓެ: ހިތްވަރާއި ތަފާތު ދެއްކި ދިފާއީ ތަނބު

މީގެ ކުރިން ދެކުނު އޭޝިއާގެ މުބާރާތްތަކުގައި ރާއްޖޭން އެންމެ ވިދުން ގަދައީ ފޯވާޑުންނެވެ. އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުން ވަނީ ވެސް ދިވެހި ފޯވާޑުންނާ މެދު އެވެ. އެކަމަކު މި...

September 20, 2018 12
"ތަޖުރިބާކާރު ކޯޗު" އެދެނީ އޭނާގެ ބަސް އެހުމަށް

ރާއްޖޭގައި މަސައްކަތްކުރާ ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކޯޗަކީ އޭނާ ކަމަށާއި އެކަމަކު މައްސަލައަކީ އޭނާ ދައްކާ ވާހަކަ އެއްވެސް މީހަކު އަޑުނޭހުން ކަމަށާއި އެކަން ބަދަލުވާން...