19 އެޕްރީލް

April 19, 2018 7
މިނިވަން އިންތިހާބަކަށް އީޔޫ އިން ހުށަހެޅުންތަކެއް

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިހާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ހުށަހަޅައިފި އެވެ.

18 އެޕްރީލް

April 18, 2018 46
ފެބްރުއަރީ 1- އަލިރަސްގެފާނު ޝަހީދުކޮށްލުން ކަހަލަ

އަލިރަސްގެފާނު ޝަހީދުކޮށްލުމާއި މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު ހިނގައިދިޔަ ކަންކަމާ މާބޮޑު ތަފާތެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

15 އެޕްރީލް

April 15, 2018 22
ހުށަހެޅި ފަރާތްތަކަށް ޕާޓީ އުފައްދަން ހުއްދައެއް ނުދިން

ސިޔާސީ ދެ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން، އެއްވެސް ބަޔަކަށް އެ ހުއްދަ ނުދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

07 އެޕްރީލް

April 07, 2018 4
ގައިދީންނާ ބައްދަލުކުރަން ވަނީ ދަތިކޮށްފައި: ވަކީލުން

ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން އަންނަ ގޮތާ މެދު ބައެއް ވަކީލުން މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

02 އެޕްރީލް

April 02, 2018 9
ލީޑަރުންނަށް މުހިންމީ ވެރިކަމެއް ނޫން: ރޮޒެއިނާ

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މުހިންމީ ވެރިކަން ނޫން ކަމަށާއި ބޭނުންވަނީ ގައުމު ސަލާމަތް ކުރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

April 02, 2018 6
ހައްގުތައް ދޫކޮށްނުލާ، ނޫނީ ދޫކޮށްލެވޭނީ މިނިވަންކަން

ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ދޫކޮށްލައިފި ނަމަ، އެ ދޫކޮށްލެވެނީ އަަޅުގަނޑުމެންނަށް ލިބިފައިވާ މިނިވަންކަން ކަމުގައި،...

01 އެޕްރީލް

April 01, 2018 14
ރައީސްގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

29 މާޗް

March 29, 2018 10
ފުލުހުން ވަނީ އިންސާފުން އެއްކިބާވެފައި: އިދިކޮޅު

ފުލުހުންގެ މުއައްސަސާ ސިފަ ކުރެވެނީ އިންސާފުން އެއްކިބާވެ، ގާނޫނީ އިމުން ބޭރުން ކަންކަން ކުރާ ސިޔާސީ ކުލަވަރު ޖެހިފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ...

March 29, 2018 22
ގައިދީން ދޫކޮށްލަން އުޅޭކަމަށް ބުނެ ފޯނު ހިފަހައްޓައިފި

ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ފުލުހެއްގެ ފޯނު އެއް މަސް ދުވަހަށް ހިފަހައްޓާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

28 މާޗް

March 28, 2018 46
"ރާއްޖެއާ ނުބެހޭނަން، އިންޑިއާއަށް ނުރައްކާ ނުކުރާތި"

ބޭރު ގައުމުތަކުން ރާއްޖޭގައި ކުރަމުން އަންނަ ކަންކަމާ ނުބެހޭނެ ކަމަށް ބުނެ، އިންޑިއާ އަށް ނުރައްކާވެދާނެ ފަދަ ކަމެއް ޗައިނާ އިން ވެސް ނުކުރުމަށް އިންޑިޔާ އިން މިއަދު އިންޒާރު ދީފި އެވެ.

22 މާޗް

March 22, 2018 29
ރާއްޖެއަށް ގެންނަން އުޅެނީ އެހެން ހާލަތެއް: ނަޝީދު

މިދިޔަ މަހުގެ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު، ރާއްޖެ އަށް ގެންނަން އުޅެނީ އެހެން ހާލަތެއް ކަމަށާއި ނަމަވެސް ރައްޔިތުން އެކަމުގައި ދުލެއް ނުދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

20 މާޗް

March 20, 2018 9
މައުމޫންގެ ބަންދާ މެދު މިއަދު ގޮތެއް ނިންމަނީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ހަމަޖައްސައިފި އެވެ.

March 20, 2018 43
"އިންޑިއާ އާއި އެމެރިކާ، ރާއްޖެ ސަލާމަތް ކޮށްދޭނެ"

ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް، އާންމު ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ އާއި އެމެރިކާ އިން މުހިންމު ދައުރެއް އަދާކުރަން ޖެހިފައިވާ ކަމަށާއި މި ކަމުގައި އެ ދެ ގައުމު ރާއްޖެ...

March 20, 2018
އެއްވުންތަކާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ 9 މީހަކު

މިދިޔަ މަހުގެ 1 އިން ފެށިގެން މާލޭގައި ބޭއްވި އެއްވުންތަކާ ގުޅިގެން މިހާރު ހައްޔަރުކޮށްފައި ތިބީ ނުވަ މީހަކު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

19 މާޗް

March 19, 2018 49
އިބޫ ހުރީ އަވިދޭ ގޮޅިއެއްގައި، ބޭހެއް ނުދޭ: އެމްޑީޕީ

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދޫނިދޫގައި ބަހައްޓާފައި ހުރީ އަވިދޭ ގޮޅިއެއްގައި ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

16 މާޗް

March 16, 2018 1
މަޖިލީހުގެ ކުރީގެ މެމްބަރު އީސަ ދޫކޮށްލައިފި

އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާގެ ބަންދާ މެދު ގޮތެއް ނިންމަަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލައިފި އެވެ.

March 16, 2018 27
ރައްޔިތުންގެ އަޑު ރައީސަށް މިރޭ އިއްވާނެ: އިދިކޮޅު

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބާއްވާ "ބޮޑު މުޒާހަރާ"ގައި، ރައްޔިތުންގެ އަޑު ރައީސް އަބްދުﷲ ޔާމީނަށް އިއްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

March 16, 2018 4
ރޭގެ މުޒާހަރާއާ ގުޅިގެން 23 މީހަކު ހައްޔަރުކުރި

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއިން 23 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މިހާތަނަށް އޭގެ ތެރެއިން އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި...

15 މާޗް

March 15, 2018 43
ހާސްވާންޖެހޭ ކަމެއް ނެތް، ގަރާރަށް އަމަލުކުރަން ނުޖެހޭ

އީޔޫ ޕާލަމެންޓުން ރާއްޖެއާ ގުޅޭ ގޮތުން މިއަދު ނެރުނު ގަރާރުގައި ރައްޔިތުން ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށާއި ގަރާރު ތަންފީޒު ކުރުން ކޮންމެހެން ސަރުކާރަށް ލާޒިމް ނޫން ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.

March 15, 2018 86
ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫ ކައުންސިލްގައި އެދެފި

ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް...

March 15, 2018 8
މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރު ކުރި

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން 15 މީހަކު ހައްޔަރުކުރި އިރު، މިހާތަނަށް އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

14 މާޗް

March 14, 2018 76
އީޔޫ ޕާލިމެންޓުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާކުރަނީ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފަނޑިޔާރުންނާއި އިދިކޮޅު ބޭފުޅުން ހައްޔަރުކުރާ މައްސަލާގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ވަނިކޮށް ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖެއާ ބެހޭ ގޮތުން މާދަމާ މަޝްވަރާކޮށް ގަރާރެއް ފާސްކުރަން އެޖެންޑާކޮށްފި އެވެ.

13 މާޗް

March 13, 2018 47
ކުއްލި ހާލަތު ދެންމުމުގެ ވިސްނުމެއް ނެތް: ސަރުކާރު

ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރަށް ދެންމުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

11 މާޗް

March 11, 2018 10
ފޯނު އަތުލުމަށް ފަހު މެންބަރު މުހައްމާ ދޫކޮށްލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

05 މާޗް

March 05, 2018 46
ރާއްޖެ އޮތީ ނޮވެމްބަރު 3ގެ ހާލަތަކު ނޫން: މެނޮން

އިންޑިއާއިން ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި ރާއްޖެ އޮތީ ނޮވެމްބަރު 3 ގައި ދިމާވި ފަދަ އުދުވާނީ ހަމަލާއެއްގެ ތެރޭގައި ނޫން ކަމަށް އިންޑިއާގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަދި ކުރީގެ ފޮރިން ސެކްރެޓަރީ ޝިވްޝަންކަރް މެނޮން ވިދާޅުވެއްޖެ އެވެ.

03 މާޗް

March 03, 2018 2
31 މީހަކު އަދިވެސް ތިބީ ހައްޔަރުކޮށްފައި: އިދިކޮޅު

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 110 މީހުންގެ ތެރެއިން 31 މީހަކު އަދިވެސް ތިބީ ހައްޔަރުކޮށްފައި ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2018 94
ރާއްޖެއާ މެދު އީޔޫ އިން މާދަމާ ގޮތެއް ނިންމަނީ

ރާއްޖެއާ މެދު ގޮތެއް ކަނޑައެޅުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނައިފި އެވެ.

21 ފެބުރުއަރީ

February 21, 2018 11
ސުޕްރީމް ކޯޓުގައި އޮތީ ސިފައިންގެ ބާރު: ސައުދު

ސުޕްރީމް ކޯޓު އޮތީ ސިފައިންގެ ބާރުގެ ދަށުގައި ކަމަށާއި އެ ކޯޓު މެދުވެރިކޮށް ސަރުކާރަށް އިތުރު ބާރުތަކެއް ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރު...

February 21, 2018 7
"ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން ކަންބޮޑުވޭ"

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް، ރައްޔިތުންގެ...