12 ޖެނުއަރީ

January 12, 2017 30
އަދާލަތާއި އެމްޑީޕީގެ ވިސްނުން މުޅިން ތަފާތު

ކުޑަ ޕާޓީއަކުން އިންތިހާބު ބޮއިކޮޓްކޮށްގެން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިއީ، އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ލޯކަލް ކައުންސިލް އިންތިހާބު އަދާލަތު ޕާޓީން ބޮއިކޮޓްކުރުމުން އެ ޕާޓީ އަށް އަމާޒު ކުރި ފާޑުކިއުމެވެ.

11 ޖެނުއަރީ

January 11, 2017 10
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން ތަނެއް ނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

January 11, 2017 12
"ކައުންސިލް އިންތިހާބަކީ ފުރުސަތެއް، ދުލެއް ނުދޭނަން"

ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ކެންޑިޑޭޓުން ނެރެން ނިންމުމަށް ފަހު، އަދާލަތުން އިންތިހާބު ބޮއިކޮޓްކޮށްފައި ވިއަސް އެމްޑީޕީގެ...

January 11, 2017 5
އަދާލަތަށް އެއްވެސް މަޖުބޫރުކަމެއް ނެތް: ޖަމީލް

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައި ވިއަސް އެ ޕާޓީގެ މިނިވަންކަން ގެއްލޭނެ އެއްވެސް މަޖުބޫރުކަމެއް އެ ޕާޓީ އަށް ނޯންނާނެ ކަމަށް...

10 ޖެނުއަރީ

January 10, 2017 4
އެމްޔޫއޯގެ ނައިބު ލީޑަރަކަށް ޝިފާ އައްޔަންކޮށްފި

އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ނައިބު ލީޑަރަކަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

04 ޖެނުއަރީ

January 04, 2017 12
އިންތިހާބު އެޕްރީލް މަހު، ތާރީހު އަންނަ ހަފުތާގައި

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ ތެރޭގައި ބާއްވަން ނިންމައި އަންނަ ހަފުތާގައި ތާރީހެއް އިއުލާންކުރާނެ ކަމަށް، ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

22 ޑިސެމްބަރ

December 22, 2016 21
އިއްތިހާދުގެ ހަރަކާތްތައް އިންޑިއާގައި ވަރުގަދަ ކުރަނީ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހަރަކާތްތައް އިންޑިއާގައި ފުޅާ ދާއިރާއެއްގައި ހިންގުމަށް ހާއްސަ ވަފްދެއް އެ ގައުމަށް ދިއުމަށް ނިންމައިފި އެވެ.

21 ޑިސެމްބަރ

December 21, 2016 11
"އިސްތިއުނާފް ކުރި ކަމަށް އޮޅުވައިލުމަކީ ޖަރީމާއެއް"

އަންނަ ޖެނުއަރީ 14 ގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލުމަކީ ހިންގި ޖަރީމާއެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2016 12
ހައްގު ރައްކާތެރިކުރަން މުއައްސަސާތައް ވަނީ ނުކުޅެދިފައި

ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ދާ އިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް މިނިވަން މުއައްސާތަކުން ނުކުޅެދިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

04 ޑިސެމްބަރ

December 04, 2016 4
އިންތިހާބު ފަސްކުރުމަށް ދެއްކީ ހުސް ވާހަކަތަކެއް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށްޓަކައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅީ އެއްވެސް ބުރަދަނެއް ނެތް ހުސް ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫޔޯ) އިން އިއްޔެ ބުނެފި އެވެ.

28 ނޮވެމްބަރ

November 28, 2016 13
އިންތިހާބު ފަސްކުރުމުގެ ކަންބޮޑުވުން އެބައޮތް: ޔޫކޭ

ކުރިއަށް އޮތް ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ފުރުސަތު އޮތުމުގެ ކަންބޮޑުވުން އިދިކޮޅު ޕާޓީތަކުގެ މެދުގައި އެބަ އޮތް ކަމަށާއި އެ ކަންބޮޑުވުން ހަމަ ހަގީގަތުގައި...

November 28, 2016 33
ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުންނާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނައިބު ލީޑަރު ކަމުން އަލީ ވަހީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

19 ނޮވެމްބަރ

November 19, 2016 9
ކައުންސިލް އިންތިހާބު އިންސާފުވެރިއެއް ނުވާނެ: އެމްޔޫއޯ

އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ނުބޭއްވޭނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2016 15
ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓުލާން ގޮވާލައިފި

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި "ވޯޓު ވަގަށް ނެގުމުގެ ފުރުސަތު" ނުލިބޭނީ އެންމެން ވޯޓުގައި ބައިވެރިވެގެން ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

05 ނޮވެމްބަރ

November 05, 2016 13
ފެނުނީ ކޮރަޕްޓުވެ ހާލުގައި ޖެހިފައިވާ މަންޒަރު: ޖަމީލް

ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާ އިން ފެނުނީ އެމަނިކުފާނުގެ ވެރިކަން ކޮރަޕްޓުވެ، ހާލުގައި ޖެހިފައިވާ މަންޒަރު...

November 05, 2016 34
"މައުމޫނާ އެކު މަސައްކަތް ކުރުން މިވަގުތު މުހިއްމު"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ "އަނިޔާ" އާ ދެކޮޅަށް ނުކުންނަވައި އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައްޓަވާފައިވާ...

04 ނޮވެމްބަރ

November 04, 2016 2
އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން ހޮވަނީ

އަންނަ ޖެނުއަރީ 14ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 51 ގޮނޑިއަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާން މިއަދު ފަށައިފި އެވެ.

21 އޮކްޓޯބަރ

October 21, 2016 7
ގުޅިގެން މަސައްކަތްކުރަން ތައްޔާރު: އެމްޔޫއޯ

ހުރިހާ ޕާޓީތައް މި ވަގުތު އެކުގައި މަސައްކަތްކޮށްގެން އިންސާފު ހޯދަން މަސައްކަތްކޮށްފި ނަމަ ރައީސް އަބްދުﷲ ޔާމީންގެ "އަނިޔާވެރިކަމުން ސަލާމަތް ވާނެ" ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ރޭ ބުނެފި އެވެ.

17 އޮކްޓޯބަރ

October 17, 2016 4
ލަފާތައް ގަބޫލުނުކޮށް އިންތިހާބު އިންސާފުވެރިއެއް ނުވާނެ

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކައުންސިލް އިންތިހާބުގެ ލަފާ ދޭ ކޮމެޓީގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލަފާތައް އަޑު ނާހާ ނަމަ، އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް...

October 17, 2016 40
އަލީ ވަހީދަށް ޓެރަރިޒަމްގެ ދައުވާކޮށްފި

މިދިޔަ އަހަރުގެ މެއި މަހު ކުރި މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

13 އޮކްޓޯބަރ

October 13, 2016 8
"ކޮމަންވެލްތުން ވަކިވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް"

ކޮމަންވެލްތުން ރާއްޖެ ވަކިވާން ސަރުކާރުން ނިންމި ނިންމުމަކީ ހާރިޖީ ގުޅުމުގެ ދާއިރާއިން ރާއްޖެއިން މިހާތަނަށް ފަހަތަށް އެޅި އެންމެ ބޮޑު ފިޔަވަޅު ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2016 6
މަޝްވަރާތަކާ މެދު އުއްމީދު އާވެއްޖެ: އިނގިރޭސި ސަފީރު

ސަރުކާރާއި ސިޔާސީ ޕާޓީތަކާ މެދު ބާއްވަން މަސައަކަތް ކުރާ މަޝްވަރާތަކާ އުއްމީދު އާވެފައިވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިރޭ...

October 09, 2016 19
ރައީސް ޔާމީން ދަނީ އެކަނިވެރިވަމުން: ޑރ. ޖަމީލް

ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް މި ސަރުކާރުން ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް އަބްދުﷲ ޔާމީން އެކަނިވެރިވާ މަންޒަރު ފެންނަމުންދާ ކަމަށް...

07 އޮކްޓޯބަރ

October 07, 2016 22
"ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ބަނގުރޫޓްކޮށްފި"

އަސާސީ ހިދުމަތްތަކާއި ކާބޯތަކެތީގެ އަގު އިންތިހާ އަށް ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ދަރަނިވެރިކޮށްފައިވާ ކަމަށް އިދިކޮޅު އިއްތިހާދުން މި ރޭ ކުރިއަށް ގެންދާ މުޒާހަރާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

06 އޮކްޓޯބަރ

October 06, 2016 6
ގުޅިގެން މަސައްކަތް ކުރަން އިނގިރޭސިވިލާތް އެއްބަސް

ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ، އިނގިރޭސިވިލާތާއި ރާއްޖެއިން މާޒީ ހަނދާން ނައްތާލުމަށްފަހު ގުޅިގެން ކުރިޔަށް ދާން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2016 17
މަހުލޫފް މިނިވަން ކުރަން ސަރުކާރަށް ހުށަހަޅަނީ

ދެ މައްސަލައެއްގައި 10 މަހަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް މިނިވަންކޮށްދޭން، މަޝްވަރާތަކުގައި ސަރުކާރުގައި އެދޭނެ ކަމުގެ ޔަގީންކަން އިއްތިހާދުން ދީފައިވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.