23 ޖެނުއަރީ

January 23, 2020 10
އިންޑިއާ އިން 30،000 ވެކްސިން ޑޯޒް ހަދިޔާކޮށްފި

ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމަބިހި އަލުން ފެނުމާ ގުޅިގެން، އެއިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި ހިމަބިހިން ދިފާއުވުމަށް އިންޑިއާ އިން ދޭ ވެކްސިންގެ 30،000 ޑޯޒް މިއަދު ހަދިޔާ ކޮށްފި އެވެ.

22 ޖެނުއަރީ

January 22, 2020 12
އިންޑިއާއިން ހިމަބިހި ވެކްސިންގެ 30،000 ޑޯޒް ދީފި

ހިމަބިހިން ދިފާއުވުމަށް ދޭ ވެކްސިންގެ 30،000 ޑޯޒް އިންޑިއާއިން ރާއްްޖެ އަށް ހަދިޔާކޮށްފި އެވެ.

21 ޖެނުއަރީ

January 21, 2020 2
އިންޑިއާއިން ދިވެހި ޑޮކްޓަރުންނަށް ވޯކްޝޮޕެއް ހިންގައިފި

އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) އިން ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕެއް އިއްޔެ ހިންގައިފި އެވެ.

08 ޖެނުއަރީ

January 08, 2020 18
އައިޖީއެމްއެޗް އިންޑިއާ އިން އެކްރެޑިޓް ކުރަނީ

އިންޑިއާގައި ސިއްހީ ހިދުމަތާއި ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާ އިދާރާ އާއި ލެބޯޓްރީތަކުގެ ފެންވަރު ވަަަޒަންކުރާ އިދާރާ އިން ގަބޫލުކުރާ މިންގަނޑަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް އެކްރެޑިޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2019 6
ކެންސަރު ބަލީގެ ފަރުވާއަށް އިންޑިއާގެ އެހީތެރިކަން

ރާއްޖޭގެ ކެންސަރު ބަލި މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށް، ކެންސަރަށް ފަރުވާ ދިނުމަށް އިންޑިއާގެ އެންމެ ވަރުގަދަ ސެންޓަރާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

13 ފެބުރުއަރީ

February 13, 2019 24
ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް އެހީ ދީފި

ތެލެސީމިއާ ކުދިންގެ ތެރެއިން މި އަހަރު ފަސް ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ހަރަދުކޮށްދޭން ނިންމައިފި އެވެ.

02 ފެބުރުއަރީ

February 02, 2019 38
އެ ދުވަސް: އިންޑިއާއިން ރާއްޖެއަށް ދިން ހޮސްޕިޓަލް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި އައިޖީއެމްއެޗު، ރަސްމީކޮށް ދިވެހި ސަރުކާރާ އިންޑިއާ އިން ހަވާލުކުރީ ފެބްރުއަރީ 2، 1994 ގަ އެވެ. އޭގެ ފަހުން މިއަދަށް 25 އަހަރު ފުރުނީ އެވެ. އެއީ އައިޖީއެމްއެޗުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށި ދުވަހެއް ނޫނެވެ. އެކަމަކު ހޮސްޕިޓަލް ނިންމައި، ރާއްޖެއާ ހަވާލުކުރުމަކީ ވެސް ތާރީޚީ...

04 އެޕްރީލް

April 04, 2018 80
އިންޑިއާއިން އެކަނި އޮޕަރޭޝަން ހިންގާތީ ހިތްހަމަނުޖެހުން

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރު ފޮނުވާލަން ދިވެހި ސަރުކާރުން ބޭނުން ވަނީ، ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

03 އެޕްރީލް

April 03, 2018 11
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެއްބަސްވުން އުވާލަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ފަށައިފި އެވެ.

14 ޖެނުއަރީ

January 14, 2018 14
މައްސަލަ ހައްލުވެއްޖެ ކަމަށް އެންއައިއައިއިން އަންގައިފި

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އުފެއްދި ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)ގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރަން، އެ ކުންފުނީގެ ބޯޑަށް ބަދަލުތަކެއް ގެނެސް މައްސަލަ ހައްލުވެއްޖެ ކަމަށް ހެލްތު މިނިސްޓްރީ އަށް އަންގައިފި އެވެ.

09 ޖެނުއަރީ

January 09, 2018 14
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ހިންގުމުގައި ކުރިމަތިވެފައިވާ މައްސަލަ 10 ދުވަސް ތެރޭގައި ހައްލު ނުވެއްޖެ ނަމަ، އެއްބަސްވުން ބާތިލްކޮށްގެން ވިޔަސް ހޮސްޕިޓަލުގެ...

January 09, 2018 13
ކޭއާރްއެޗް ސީރިއަސް ހާލަތުގައި، ބޭނުމީ އަވަސް ފަރުވާ!

ރަނގަޅަށް ހިންގަމުން އައި ހޮސްޕިޓަލެއްގެ ފެންވަރު ދަށްވެ، ޚިދުމަތް މެދުކެނޑޭ ހިސާބަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. މިއީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އެތައް ބަޔަކާ ގުޅިފައި އޮތް...

07 ޖެނުއަރީ

January 07, 2018 59
އުސައިދުގެ ބޮޑެތި ތުހުމަތުތަކެއް ނޫރުލް އިސްލާމަށް

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ހަވާލުވި ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އެ ކުންފުނީގެ ދިވެހި ޑިރެކްޓަރު އަލީ އުސައިދު ތުހުމަތު ކުރައްވައި އެ މައްސަލަ ޕޮލިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވައިފި އެވެ.

03 ޖެނުއަރީ

January 03, 2018 47
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް!

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދެވޭ މައްސަލައިގައި، އެ ހޮސްޕިޓަލުގެ ވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައީސް އަބްދުﷲ ޔާމީނަށް ޝަކުވާ ހުށަހަޅައިފި އެވެ.

13 ޑިސެމްބަރ

December 13, 2017 11
ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ފޮނުވަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބޭރުގެ ފަރާތަކާ ހަވާލު ކުރި ނަމަވެސް އެތަނުގައި ޑޮކްޓަރުން މަދުވެ، ޚިދުމަތް މެދުކެނޑިފައިވާ ކަމުގެ ޝަކުވާ ގިނަވެފައިވާތީ އެ ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ފޮނުވުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

12 ޑިސެމްބަރ

December 12, 2017 49
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟

މި ފަހުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބުނު އެންމެ އުފާވެރި އެއް ހަބަރަކީ، އުތުރުގެ ތިން އަތޮޅު ވެސް ސިއްހީ ދާއިރާ އިން ބަރޯސާވެފައި އޮންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރާ ވާހަކަ އެވެ. ހއ، ހދ އަދި ށ،. އަތޮޅުގެ ރަށްރަށުން ވެސް ކޮންމެ ދުވަހަކު އެ ރަށަށް ޑޮކްޓަރަށް ދައްކަން...

06 ސެޕްޓެމްބަރ

September 06, 2017 22
އިންޑިއާ އާއި މިޔަންމާ އިން ބައިވެރިވީ އޮފިޝަލުން!

ރާއްޖޭގައި މިއަދު ފެށި ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމުގައި އިންޑިއާގެ ހެލްތު ސެކްރެޓަރީ ޕީކޭ މިޝްރާ ބައިވެރިވެވަޑައިގެންނެވިއިރު މިޔަންމާ ތަމްސީލްކުރައްވަނީ އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޖަންގް ޖެން އެވެ.

19 ޖޫން

June 19, 2017 46
ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

19 މާޗް

March 19, 2017 50
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލު ކުރަނީ

ހދ. ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.