21 ޖޫން

June 21, 2020 6
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި

ރާއްޖޭގައި އުޅޭ ބިދޭސީން ގައުމުތަކަށް އަނބުރާ ފޮނުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 490 މީހަކު މިއަދު ފުރުވާލައިފި އެވެ.

17 ޖޫން

June 17, 2020 14
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި

ކޮވިޑް-19ގެ ސަބަބުން އިންޑާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއ ސަރުކާރުން ދީފި އެވެ.

16 ޖޫން

June 16, 2020 5
އިންޑިއާގެ އިތުރު 155 މީހަކު ގައުމަށް ފޮނުވައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުންގެ ތެރެއިން އިތުރު 155 މީހަކު އެ ގައުމަށް މިއަދު އަނބުރާ ފުރައިފި އެވެ.

05 ޖޫން

June 05, 2020 5
އިންޑިއާގެ އިތުރު 719 މީހަކު ފުރައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ އިތުރު 719 މީހަކު އެ ގައުމުގެ މަނަވަރެއްގައި މިއަދު ފުރައިފި އެވެ.

02 ޖޫން

June 02, 2020 143
ބިދޭސީންގެ ހަމަނުޖެހުން ކޮންޓްރޯލްކޮށް 7މީހަކު ހަައްޔަރު

މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ތިލަފުށީގައި ބިދޭސީ މަސައްކަތު މީހުންތަކެއްގެ ހިތްހަމަނުޖެހުންތަކެއް ހޫނުވަމުން ގޮސް އެންމެ ފަހުން މިއަދު މުޒާހަރާ އަށް ނުކުމެ ފުލުހުންނަށް...

June 02, 2020 10
އިންޑިއާ މީހުން ގެންދަން އިތުރު ފްލައިޓްތަކެއް ބާއްވަނީ

ކޮވިޑް-19އގެ ބަލިމަޑުކަމުގައި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ގިނަ މީހުން އެނބުރި ގައުމަށް ދާން ބޭނުންވާ ކަމަށާއި އެހެންވެ އެ މީހުން ގެންދަން އިތުރު ފްލައިޓްތަކެއް ބާއްވަން...

31 މެއި

May 31, 2020 8
އިންޑިއާގެ އިތުރު 700 މީހުން ރާއްޖެއިން ގެންދަނީ

ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު 700 މީހުން އެ ގައުމުގެ އަސްކަރީ މަނަވަރެއްގައި ގެންދަން ހަމަޖައްސައިފި އެވެ.

23 މެއި

May 23, 2020 1
އިންޑިއާގެ އިތުރު 153 މީހަކު ގައުމަށް ފޮނުވައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން، އިތުރު 153 މީހަކު އެ ގައުމަށް ވައިގެ މަގުން މިއަދު ފޮނުވާލައިފި އެވެ.

22 މެއި

May 22, 2020 93
އިންޑިއާއަކީ މުސްލިމުންނާ ދެކޮޅު ގައުމެއް ނޫން: ރާއްޖެ

އިންޑިއާ އަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު ގައުމެއް ކަމަށް ޕާކިސްތާނުން ސިފަކުރުމުން އިންޑިއާގެ ދިފާއުގައި ރާއްޖެއިން ތެދުވެއްޖެ އެވެ.

16 މެއި

May 16, 2020 9
އިތުރު 588 މީހުންނާ އެކު އިންޑިއާ މަނަވަރު ފުރައިފި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވި އިންޑިއާ މީހުންގެ ތެރެއިން، އިތުރު 588 މީހަކު އިންޑިއާ އަށް ގެންދަން އެ ގައުމުގެ މަނަވަރެއް އިއްޔެ ފުރައިފި އެވެ.

15 މެއި

May 15, 2020 16
އެމްއެމްޕީއާރުސީން އިންޑިއާގައި ކެމްޕޭނެއް ފަށައިފި

މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ ޓޫރިސްޓުންނަށް ހުޅުވާލެވޭނެ ކަމަށް އަންދާޒާކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

13 މެއި

May 13, 2020 5
އިންޑިއާގެ މަނަވަރުން ދިޔަ ދެ މީހަކު ޕޮޒިޓިވް

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ ދެ މީހަކު، ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.

11 މެއި

May 11, 2020 5
ނަރުހެއްގެ މަނަވަރު ދަތުރު ނިމުނުތަނުން އަލަތު ދަރިފުޅު

ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ ނަރުހެއް ކަމަށްވާ ސޯނިއާ ޖެކޮބް މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އެތައް ސަތޭކަ ބަޔަކާ އެކު ގައުމަށް ދާން މަނަވަރެއްގައި ދަތުރަށް އެރި އިރު އިނީ ވިހަން ތައްޔާރުވެފަ އެވެ. ކޮވިޑް-19 އާ ހެދި ރާއްޖޭގައި ތާށިވެފައި ތިިއްބާ އިންޑިއާ ސަރުކާރުން ފަހިކޮށްދިން ފުރުސަތުގައި ގައުމަށް ދެވޭތީ ލިބުނު އުފާ...

10 މެއި

May 10, 2020 36
އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ދެނީ

އިންޑިިއާ އިން ރާއްޖެ އަށް ހަދިޔާ ކުރަން ނިންމާފައިވާ 580 ޓަނުގެ ކާބޯތަކެތި ވަރަށް އަވަހަށް ގެންނާނެ ކަމަށް ރާއްްޖޭގައި ހުންނަ އެ ގައުުމުގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

May 10, 2020 9
އިތުރު 202 މީހުންނާއެކު އިންޑިއާގެ މަނަވަރު ފުރައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވި، އިންޑިއާގެ އިތުރު 202 މީހުންނާ އެކު، އެ ގައުމުގެ ދެވަނަ މަނަވަރު މިއަދު ހަވީރު ރާއްޖެ އިން ފުރައިފި އެވެ.

May 10, 2020 6
އިންޑިއާއިން 234 ދިވެއްސަކު މާދަމާ ރާއްޖެ ގެންނަނީ

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި 234 ދިވެއްސަކު މާދަމާ ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

08 މެއި

May 08, 2020 20
އިންޑިއާ މަނަވަރަށް މީހުން އަރުވައި ފުރަން ތައްޔާރުވަނީ

ކޮވިޑް-19 ފެތުރެން ފެށުމުން ދަތުރުފަތުރު ހުއްޓުމަކަށް އައުމުން، އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދަން އެ ގައުމުން ހިންގާ ބޮޑު އޮޕަރޭޝަނުގައި، ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އިއްޔެ އައި މަނަވަރަށް މީހުން އަރުވައި ފުރަން ތައްޔާރުވާން ފަށައިފި އެވެ.

06 މެއި

May 06, 2020 9
އެކްސްޕޯޓް ހުއްޓުވި ބާވަތަތްތައްް ރާއްޖެއަށް ދޫކުރަނީ

ކޮވިޑް-19 ފެތުރޭތީ އިންޑިިއާގައި އެކަނި ބޭނުން ކުރުމަށްޓަކައި އެކްސްޕޯޓްކުރުން މަނާ ކޮށްފައިވާ މެޑިކަލް ކޮންޒިއުމަބްލްސް ރާއްޖެއަށްް އެކްސްޕޯޓް ކުރަންް އެ ގައުމުން ހާއްްސަ ހުއްދައެއް ދީފި އެވެ.

04 މެއި

May 04, 2020 25
ފުރަތަމަ ބުރުގައި 700 މީހުން އިންޑިއާ އަށް ގެންދާނެ

ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން އަންނަ ބޯޓުގެ ފުރަތަމަ ދަތުރުގައި 700 މީހުން ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.

May 04, 2020 25
އިންޑިއާ މީހުން ކަނޑުމަގުން ގެންދަން ބޯޓެއް އަންނަނީ

ރާއްޖޭގައި ތިބި އިންޑިއާ މީހުން ކަނޑުމަގުން ގައުމަށް ގެންދަން، އެ ގައުމުން ބޯޓެއް ފޮނުވަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

26 އެޕްރީލް

April 26, 2020 2
ޕޮޒިޓިވްވި އިންޑިއާގެ 10 މީހުންނަށް ކެއާ ޕެކޭޖު

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ މީހުންގެ ތެރެއިން ކޮވިޑް-19 އަށް މިހާތަނށް ޕޮޒިޓިވްވި މީހުންނަށް "ކެއާ ޕެކޭޖު" ތަކެއް އިންޑިއާގެ ހައި ކޮމިޝަނުން ފޮނުވަން ފަށައިފި އެވެ.

23 އެޕްރީލް

April 23, 2020 12
މެލޭރިއާ ބޭހުގެ 50،000 ގުޅަ އިންޑިއާ އިން ދީފި

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބައެއް ގައުމުތަކުގައި ބޭނުންކުރާ ބޭހެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ގެ 50،000 ގުޅަ އިންޑިއާ އިން ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.

20 އެޕްރީލް

April 20, 2020 38
މި ބަލިމަޑުކަމުގައި މަސައްކަތްކުރާނީ ރާއްޖެއާއެކު: މޯދީ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 އިން ސަލާމަތްވާން ރާއްޖެ އާއި އިންޑިއާ މަސައްކަތް ކުރާނީ އެކުގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.