31 ޖެނުއަރީ

January 31, 2019 13
އިންޑިއާގައި މާރިޔާ ދަތުރުކުރި މޮޓޯކޭޑް އެކްސިޑެންޓުވި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުގައި، މޮޓޯކޭޑްގައި ދަތުރުކުރައްވަނިކޮށް ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

30 ޖެނުއަރީ

January 30, 2019 26
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ

އިންޑިއާ ދަތުރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ފަދަ އަސްކަރީ "ސިއްރު" އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

29 ޖެނުއަރީ

January 29, 2019 18
އިންޑިއާގެ ވަށް މޭޒު ޖަލްސާއަށް ރާއްޖޭގެ އިސް ވަފުދެއް

އިންޑިއާ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތިންކް ޓޭންކަކުން ބާއްވާ ވަށް މޭޒު ޖަލްސާއެއްގައި ބައިވެރިވާން ރާއްޖޭގެ ސިޔާސީ އިސް ވެރިންތަކެއް ހިމެނޭ ވަފުދެއް އެ ގައުމަށް ހިނގައްޖެ އެވެ.

26 ޖެނުއަރީ

January 26, 2019 19
"ރާއްޖެ-އިންޑިޔާއާ ދެމެދު އޮތީ މާ ގާތް ގުޅުމެއް"

ރާއްޖޭ އާއި އިންޑިއާގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ގައުމެއްގެ ގުޅުން އޮންނަ މިންވަރަކަށް ނޫން ކަމަށާއި އެެއީ އެ އަށް ވުރެ މާ ގާތް ގުޅުމެއް ކަމަށް ނައިބު ރައީސް ފައިސަލް...

January 26, 2019 72
އަސްކަރީ އެހީތެރިކަން ބޭނުމީ އިންޑިއާއިން އެކަނި:މާރިޔާ

އިންޑިއާ ފިޔަވައި އިތުރު ގައުމެއްގެ ފަރާތުން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ހޯދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ...

23 ޖެނުއަރީ

January 23, 2019 8
ޑިފެންސް މިނިސްޓަރާއި ސިފައިންގެ ޗީފް އިންޑިއާއަށް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

January 23, 2019 45
ރާޑަރު ބެހެއްޓުމަށް އިންޑިޔާ އިން މަޝްވަރާތައް ފަށަނީ

އިންޓަ ކޯސްޓަލް ސާވައިލެންސް ރާޑާ ސިސްޓަމް (ސީއެސްއާރް) އެއް ރާއްޖޭގައި ގާއިމް ކުރުމަށް ރާއްޖެއާ އެކު އަލުން މަޝްވަރާތައް ފެށުމަށް އިންޑިޔާއިން ނިންމައިފި އެވެ.

20 ޖެނުއަރީ

January 20, 2019 5
އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރަކު ކަނޑައަޅައިފި

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުކަމުގެ މަގާމަށް އެ ގައުުމުން އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.

13 ޖެނުއަރީ

January 13, 2019 48
ދެ ހެލިކޮޕްޓަރަށް ސަރުކާރުގެ ކޮންޓްރޯލް އެބައޮތް:ޝާހިދު

އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

08 ޖެނުއަރީ

January 08, 2019 35
އިންޑިއާ ސެޓެލައިޓްގެ ބޭނުމަށް ރާއްޖޭގައި ސްޓޭޝަންތަކެއް

އިންޑިއާއިން 2017 ގައި ފޮނުވި ސެޓެލައިޓުން ރާއްޖެއަށް ދޫކޮށްފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް އަޅަންޖެހޭ ގްރައުންޑް ސްޓޭޝަން އެޅުމާ ބެހޭ ގޮތުން އެގައުމާ މަޝްވަރާކޮށްފި އެވެ.

05 ޖެނުއަރީ

January 05, 2019 71
އެއްބަސްވުން އާކޮށް ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި

ބަލި މީހުން އުފުލާއި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބަލަން އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ އެގްރިމެންޓް އާކޮށް އޮޕަރޭޝަންތަކުގައި އަލުން ބޭނުން ކުރަން ފަށައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 52
ލޯނު ނެގުމާ އެއްވެސް އިރަކު ދެކޮޅެއް ނޫން: ރައީސް

ތަރައްގީގެ އެކި ކަންކަމަށް ލޯނު ނެގުމާ އެމަނިކުފާނު އެއްވެސް އިރެއްގައި ދެކޮޅު ނޫން ކަމަށާއި މައްސަލަ އަކީ ބޮޑެތި އިންޓަރެސްޓް ރޭޓްތަކުގައި އަދި އަނބުރައި ނުދެއްކޭ މިންވަރުގެ ބޮޑެތި ލޯނުތައް ނެގުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

18 ޑިސެމްބަރ

December 18, 2018 20
"ރާއްޖެ-އިންޑިއާއާ ދެމެދު ހުރި ހުރަސް ނައްތާލެވިއްޖެ"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވީ އާދަޔާ ހިލާފު ކާމިޔާބީތަކެއް ލިބުނު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިން އުފެދުނު ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

16 ޑިސެމްބަރ

December 16, 2018 9
ފޮރިން އިންވެސްޓްމަންޓުތަކަށް ހުރަހެއް ނެތް: ރައީސް

ރާއްޖޭގެ އިގްތިސޯދު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށާއި ފޮރިން އިންވެސްޓްމަންޓުތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ...

December 16, 2018 23
ބޭރުގައި އުޅޭ ދިވެހިންނަށް ރައީސްގެ ޚާއްސަ ނަސޭހަތެއް

ރާއްޖެއިން ބޭރުގައި އުޅޭއިރު ވެސް ދިވެހިންނަކީ މުސްލިމުންކަން ހަނދާންކޮށް ދީނީ ވާޖިބުތަކަށް ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.

15 ޑިސެމްބަރ

December 15, 2018 28
ކޮޗިން އެއާޕޯޓުގައި ތާށިވި މީހުން ހޮޓަލަކަށް ގެންގޮސްފި

އިންޑިއާގެ ކޮޗިން އެއާޕޯޓުގައި ނުފުރި ތާށިވެފައި ތިބި ދިވެހިން އެތައް އިރެއް ފަހުން ރޭ ފަތިހު ހޮޓަލަކަށް ބަދަލުކޮށްފި އެވެ.

December 15, 2018 245
"މި މަހުގެ މުސާރަ ދެވޭވަރަށް ވެސް ފައިސާއެއް ނެތް"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު "ވަރަށް ދަށުދަރަޖަ އަކަށް ދުއްވާލާފައި" ވާ ކަމަށާއި ދައުލަތުގެ މުވައްޒަފުންނަށް މި މަހުގެ މުސާރަ ދޭނެ މިންވަރަށް ވެސް...

December 15, 2018 21
ފުރަން ދިޔަ ދިވެހިން ކޮޗިން އެއާޕޯޓްގައި ތާށިވެފައި!

އިންޑިއާގެ ކޮޗިން އިން ސްރީލަންކަން އެއާލައިންސްގައި ރާއްޖެ ދަތުރުކުރަން އުޅުނު 50 ހަކަށް ދިވެހިން، ބޯޓަށް ޖެހުނު މައްސަލައަކާ ގުޅިގެން އެއާޕޯޓްގައި މިރޭ ތާށިވެއްޖެ އެވެ.

14 ޑިސެމްބަރ

December 14, 2018 62
ދިވެހިންނަށް އިންޑިއާގެ ވިސާގެ ބޮޑެތި ލުއިތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އާދިއްތަ ދުވަހު އިންޑިއާއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރައްވާ ވިސާ އެއްބަސްވުމަކީ، ވިސާއާ ގުޅޭ ކަންކަމުގައި ދިވެހިންނަށް މިހާތަނަށް ލިބޭނެ އެންމެ ބޮޑު ލުއިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

13 ޑިސެމްބަރ

December 13, 2018 25
އަމީން އިންޑިއާގެ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވައިފި

އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އެ ގައުމުގެ ހެލްތު މިނިސްޓަރު ޖޭޕީ ނައްޑާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

03 ޑިސެމްބަރ

December 03, 2018 9
ރައީސް، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ދެކަނބަލުން މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 30
ރައީސްގެ ވައުދުތައް ފުއްދަން އިންޑިއާއިން އެހީތެރިވަނީ

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އިންޑިއާއިން އެހީތެރިވެދޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު އަކިލޭޝް މިޝްރާ މިއަދު ވިދާޅުވެއްޖެ އެވެ.

30 ނޮވެމްބަރ

November 30, 2018 47
އަސްކަރީ މަރުކަޒެއް ހަދަން ހުއްދައެއް ނުދޭނެ: ޝާހިދު

އިންޑިއާ އިން ރާއްޖެ އަށް ބޮޑު ލޯނެއް ދޭ މަތިން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދުމުގެ ހުއްދަ ދޭން ސަރުކާރުން ވިސްނާ ކަމަށް މީޑިއާގައި ދައްކާ ވާހަކަތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ދޮގު ކުރައްވައިފި އެވެ.

29 ނޮވެމްބަރ

November 29, 2018 73
ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ނުހެދޭނެ: ޝާހިދު

ރާއްޖޭގައި ބޭރުގެ އަސްކަރީ އެއްވެސް މަރުކަޒެއް ހަދަން ފުރުސަތެއް ނުދެއްވާނެ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.