18 އޮކްޓޯބަރ

October 18, 2018 40
ދިވެހިންގެ ނިންމުމާ އެއްގޮތަށް ކަންކަން ދާނެ: އިންޑިއާ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހިން ނިންމި ނިންމުމާ އެއްގޮތަށް ކަންކަން ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންޑިއާއިން މިއަދު ބުނެފި އެވެ.

15 އޮކްޓޯބަރ

October 15, 2018 32
ބަލިވީމަ ރީތިކޮށް އުޅޭކަށް ޔާމީނަކަށް ނޭނގެ: ދުންޔާ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ނާކާމިޔާބުވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން ގޮތް ދޫނުކުރައްވައި ހުންނެވި ކަމަށާއި އެމަނިކުފާނު ބަލިވީމަ ވެސް ރީއްޗަށް އުޅުއްވަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

12 އޮކްޓޯބަރ

October 12, 2018 122
ޝެއިހް ޝަމީމް އިންޑިއާ އަށް އެތެރެވިޔަ ނުދީ ފޮނުވާލަނީ

އިންޑިއާގެ އެއާޕޯޓަކުން ޝައިހް އާދަމް ޝަމީމް މިއަދު ހިފަހައްޓައި، އެ ގައުމަށް އެތެރެވިޔަނުދީ، އަނބުރާ ރާއްޖެ ފޮނުވާލަން ނިންމައިފި އެވެ.

October 12, 2018 32
މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާ އަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން މި ހަފުތާ...

02 އޮކްޓޯބަރ

October 02, 2018 20
މޯދީ، މައުމޫނަށް ގުޅުއްވައި ހިތްވަރު ދެއްވައިފި

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.

01 އޮކްޓޯބަރ

October 01, 2018 24
އިބޫ، އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 24
ޖަލުގައި ކުރި އަނިޔާއަށް ބަދަލު ދޭން ފައުޒިއްޔާ އެދެފި

އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށް ތަކުރާރުކޮށް އަނިޔާ ކުރި މައްސަލައިގައި އޭނާ އަށް ބަދަލުދޭން އިންޑިއާ ސަރުކާރަށް ދިވެހި ފިލްމީ ތަރި ފައުޒިއްޔާ ހަސަން ގޮވާލައިފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 115
އިބޫ އިންޑިއާއަށް ވަޑައިގަތުމުގެދައުވަތު މޯދީ ދެއްވައިފި

ރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު، އެ ގައުމުގެ...

September 24, 2018 35
އިންޑިއާ އިން އިބޫ އަށް މަރުހަބާ ކިޔައިފި

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އިންޑިއާ އިން މަރުހަބާ ކިޔައި ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް...

16 ސެޕްޓެމްބަރ

September 16, 2018 21
ފައުޒިއްޔާއާ އެކު ޖަލަށްލި ސައިންސްވެރިޔާއަށް ބަދަލުދެނީ

ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަނާއި އޭނާގެ އެކުވެރިއެއް ކަމަށްވާ މަރިޔަމް ރަޝީދާއާ އެކު، ޖާސޫސްކުރިކަމުގެ ތުހުމަތުގައި ޖަލަށް ލި އިންޑިއާގެ ސައިންސްވެރިޔާއަށް ބަދަލެއްގެ ގޮތުން 5 މިލިއަން ރުޕީސް (1.1 މިލިއަން ރުފިޔާ) ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 16
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ

ހުޅުލޭގެ އާ ރަންވޭ އަށް މިދިޔަ ހުކުރު ދުވަހު އޮޅިގެން ޖެއްސި ކަމަށް ބުނާ އެއާ އިންޑިއާގެ މަތިންދާބޯޓަށް އަދިވެސް ފުރުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނުދޭކަން އެނގިއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2018 19
އާ ރަންވޭއަށް ޖެއްސި ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފި

އިންޑިއާގެ ޓްރިވެންޑްރަމުން 136 ޕަސިންޖަރުންނާ އެކު އައިސް، ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި "އޮޅިގެން" އިއްޔެ މެންދުރު ޖެއްސި އެއާ އިންޑިއާ ބޯޓު ޕައިލެޓުން ސަސްޕެންޑްކޮށްފި އެވެ.

02 ސެޕްޓެމްބަރ

September 02, 2018 33
އިންޑިއާއާ އެކު ގާތް ގުޅުމެއް އުފައްދާނަން: ފައިސަލް

އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އުފައްދައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ މައްސަލަ ހައްލުކުރަން...

September 02, 2018 47
ބްރިޖު ހުޅުވުން އިންޑިއާއިން ކުރީ ބޮއިކޮޓް!

ޗައިނާ ސަރުކާރުގެ އެހީއާ އެކު މާލެ އާއި ހުޅުލެއާ ދެމެދު އެޅި ސިނަމާލެ ބްރިޖު ހުޅުވި ރަސްމިއްޔާތު އިންޑިއާއިން ބޮއިކޮޓް ކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.

01 ސެޕްޓެމްބަރ

September 01, 2018 9
ފައިސަލް، ކެމްޕެއިނަށް ޓްރިވެންޑްރަމަށް ވަޑައިގެންފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕެއިން ދަތުރެއްގައި މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ވަޑައިގެންފި އެވެ.

28 އޯގަސްޓް

August 28, 2018 32
ހެލިކޮޕްޓަރުތައް ފޮނުވާލުން ނޫން ވިސްނުމެއް ނެތް

ރާއްޖޭގައި ބޭނުންކުރުމަށް އިންޑިއާ ސިފައިންނާ އެކު ރާއްޖެ ގެނެސްފައިވާ ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމުގެ މުއްދަތު އިތުރުކޮށްފާނެ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ...

August 28, 2018 12
ދަރަނީގެ ނުފޫޒާއި "އަރައިގަތުމު"ގެ ވިސްނުން!

ދަރަންޏަކަށް ފަހު ދަރަންޏެކެވެ. ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫތަކަށް ހިޔާނާތުގެ ތުހުމަތެވެ. ދަރަނި ނުދެއްކޭ ހާލަތުގައި ދެން އޮންނާނީ އެ ފައިސާ ދިން މީހުން ބުނިހާ ކަމެއް ކުރަން...

27 އޯގަސްޓް

August 27, 2018 24
ހެލިކޮޕްޓަރު ރާއްޖޭގައި ބާއްވަފާނެ: އިންޑިއާ

ރާއްޖޭގައި ބޭނުންކުރުމަށް އިންޑިއާ އިން ގެނެސްފައި އޮތް ދެ ހެލިކޮޕްޓަރު އިތުރު މުއްދަތަކަށް ރާއްޖޭގައި ބޭއްވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އިންޑިއާގެ ނޫސްތަކުގައި މިއަދު...

August 27, 2018 23
އިންޒާރު ދެނީ އިންތިހާބަށް ނުފޫޒު ފޯރުވަން:ޑރ.ފަޒީލް

ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެކަމުގެ އިންޒާރު ދިނުން ފަދަ ކަންކަން ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށާއި އެ...

26 އޯގަސްޓް

August 26, 2018 30
އިންޑިއާ ސަފީރު، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ...

August 26, 2018 38
ސުބްރަމާނިއަމް ފާޅުކުރެއްވީ އަމިއްލަ ހިޔާލެއް: އިންޑިއާ

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ...

25 އޯގަސްޓް

August 25, 2018 48
މިނިވަންކަމަށް ބުރޫ އަރާ ކަމަކަށް ޖާގަ ނުދޭނަން: އިބޫ

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު މިނިވަންކަމާ އެކު ބޭއްވުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަން ވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް...

August 25, 2018 20
"މަކަރެއް ނުހެެދޭނެ، އިންޑިއާ އަރައިގެން ނުވާނެ"

މި އަހަރު ރިޔާސީ އިންތިޚާބުގައި މަކަރުނެހެދޭނެ ކަމަށާއި އަދި އެއްވެސް ހާލަތެއްގައި އިންޑިއާ އިން ރާއްޖެ ހިފައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ...

August 25, 2018 20
ރާއްޖެ ހިފަން ގޮވާލުން ބަލައިނުގަނެވޭނެ: އަދާލަތު

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ގޮވާލެއްވި ގޮވާލުން...

24 އޯގަސްޓް

August 24, 2018 83
ރާއްޖެ ހިފަންޖެހޭ ކަމަށް ބުނުމާ ދެކޮޅުހަދަން: ފައިސަލް

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވުމަކީ ޒިންމާދާރުކަމެއް ނެތް ވާހަކައެއް ކަމަށާއި އެކަމާ ފާޅުގައި ދެކޮޅު ހައްދަވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ އިބްރާހިމް މުހައްމަދު ސޯލިހްގެ...

August 24, 2018 72
މިނިވަންކަމަށް ކުރަންޖެހުނު ކަމެއް ކުރާނަން: މިނިސްޓަރު

ރާއްޖެއަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް ކަމަށާއި އެކަމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ޑިފެންސް...

August 24, 2018 73
"އިންތިހާބު އޮޅުވާލައިފި ނަމަ ރާއްޖެ ހިފަންޖެހޭ"

އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ...

23 އޯގަސްޓް

August 23, 2018 4
"ހިންދޫ ޓެރަރިސްޓް" ރާއްޖޭން ޑީޕޯޓް ކޮށްލައިފި

ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ހިންދީ ދީނުގެ ހަރުކަށި ވިސްނުމުގެ ކުށްވެރިޔާ އިންޑިޔާގެ ފުލުހުންނާ ހަވާލުކޮށް ރާއްޖޭން ޑީޕޯޓްކޮށްލައިފި އެވެ.

August 23, 2018 8
"ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެގްރިމަންޓް ނިންމަން ޖެހޭ"

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނިމްސްގެ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ދިވެހި ސަރުކާރުން ވެފައިވާ...

22 އޯގަސްޓް

August 22, 2018 32
ރާއްޖެ، ޔޫއޭއީ، ގަތަރުގެ އެހީ އިންޑިއާ ބޭނުމެއް ނުވި

އިންޑިއާގެ ކެރަލާ ސްޓޭޓްގައި ފެންބޮޑުވެ، ލިބެމުންދާ ގެއްލުންތަކުންތަކާ ގުޅިގެން ރާއްޖެއިން އެ ގައުމަށް ދޭން ނިންމި ފައިސާގެ އެހީ އާއި ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފައިސާގެ އެހީ ގަބޫލު ނުކުރަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.