26 ޖުލައި

July 26, 2020 28
ސިފައިން މިނިވަންކަން ދަމަހައްޓާނެ: މާރިޔާ

ރާއްޖޭގެ މިނިވަންކަން ދިވެހި ސިފައިން ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވައި ކަމަށް ދިފާއީ ވަޒީރު، މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2020 78
ބިދޭސީންގެ އަމަލު "އޯކޭ"ވުމަކީ ޣައްދާރުވުން: މާރިޔާ

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑު ފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކެއް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކުރުން އެއީ ރަނގަަޅު ކަމެއް ކަމަށް ދެކުމަކީ ގައުމަށް ޣައްދާރުުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

21 މާޗް

March 21, 2020 10
މާރިޔާގެ ތައުރީފް އައިސޮލޭޝަންގައި ތިބި މީހުންނަށް

ކޮވިޑް-19 އާ ގުޅިގެން އެކި ސަބަބުތަކަށްޓަކައި އެކަހެރި ކޮށްފައި ތިބި މީހުންގެ ހިތްވަރަށާއި މިކަމުން އަރައިގަތުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ތައުރީފު ކުރައްވައިފި އެވެ.

17 ފެބުރުއަރީ

February 17, 2020 4
މިނިސްޓަރަށް ނުގުޅައި ނިޒާމުން ޚިދުމަތް ލިބޭނެ: މާރިޔާ

ޚިދުމަތެއް ހޯދަން ވެއްޖެ ނަމަ ސިފައިންގެ މުއައްސަސާގައި ވެސް މިނިސްޓަރަށް ގުޅައިގެން "ހެޔޮފުޅުކަމުން" ކަންކަން ކުރާ އުސޫލް ބަދަލުކޮށް، ނިޒާމުގެ ތެރެއިން އޮޓޮމެޓިކުން ޚިދުމަތް ލިބޭނެ ލުއި އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

04 ނޮވެމްބަރ

November 04, 2019 5
ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަންކަން ކުރޭ

ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކޮށް އަސްކަރީ ރޫހާ އެއްގޮތަށް ބައްޓަން ކުރަން ސިފައިންގޭގެ އިސްވެރިން ބުރަކޮށް މަސައްކަތް ކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2019 27
ޖީޓެކްސް ދަތުރަށް ދައުލަތުން ޚަރަދެއް ނުކުރޭ: މާރިޔާ

ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން (ޖީޓެކްސް 2019) ގައި ބައިވެރިވެ ވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރަށް ދައުލަތުން އެއްވެސް ޚަރަދެއް ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2019 14
އަލިފާން ނިއްވަން ސިވިލް ބަޔަކު ތިބުން މުހިންމެއް ނޫން

ރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ސިވިލް ބަޔަކަށް ހެދުމަށް ބޭނުންވާ ވަސީލަތް އެކަށީގެންވާ ވަރަށް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2019 13
އައްޑޫގެ ހަރުކަށި ފިިކުރުގެ މައްސަލަ ސަރުކާރަށް

އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ ސިޓީ ކައުންސިލުން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެނެސްފި އެވެ.

13 މެއި

May 13, 2019 9
ސަލާމަތީ ގޮތުން ރާއްޖެއަށް އެއްބާރުލުން ދޭނެ: އެމެރިކާ

ރާއްޖެ އާއި މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބާރުލުން ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް މިއަދު ވިދާޅުވެއްޖެ އެވެ.

11 މެއި

May 11, 2019 12
ޓެރަރިޒަމާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރަން:މާރިޔާ

ދީނީ ގޮތުން ނުވަތަ އެނޫން ގޮތަކުން ވެސް ހައްދުފަހަނަޅައި ދިއުމަކީ ކަންބޮޑުވުމެއް ކަމަށާއި އެފަދަ ކަމަކުން ކުރިމަތިވެދާނެ ނުރައްކަލަކާ ކުރިމަތި ލުމަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ގާބިލުކަން އިތުރުކުރަން ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2019 27
ކުށްތަކުގެ ތުހުމަތު އެޅުވުން ރަނގަޅެއް ނޫން: މާރިޔާ

މީހުންގެ ނަން ކިލަނބުވާ ފަދަ ތުހުމަތުތައް ކޮށް، ސޯޝަލް މީޑިއާ ގްރޫޕްތަކުގައި ހިއްސާކުރުމުގެ ބަދަލުގައި، ކުށަކާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ކަމާ ބެހޭ ރަސްމީ އިދާރާތަކަށް ދޭން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ގޮވާލައްވައިފި އެވެ.

06 އެޕްރީލް

April 06, 2019 16
ތަފާތު ހިޔާލުތަކުން ބައިބައިވާން ފުރުސަތު ނުދީ: މާރިޔާ

ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު އެދިވަޑައިގެންފި އެވެ.

04 މާޗް

March 04, 2019 83
އިންޑިޔާ ސިފައިން ފައްސާލާ ވާހަކަ ދައްކާކަށް ނުޖެހޭ!

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައްސާލަން ޖެހޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ "ހޮޅި" ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު...

March 04, 2019 92
ޑިފެންސް މިނިސްޓަރު މާރިޔާ މާފަށް އެދިވަޑައިގެންފި

އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި ބޭނުން ނަމަ އިންޑިއާ އަށް ރާއްޖެ ހިފޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ނޫހަކަށް...

03 މާޗް

March 03, 2019 48
މާރިޔާ މާދަމާ މަޖިލިހަށް ހާޒިރު ކުރަނީ

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އޭނާ ހާޒިރު ކުރަން ނިންމައިފި އެވެ.

25 ފެބުރުއަރީ

February 25, 2019 32
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭވަރުގެ ގައުމެއް ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ، އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

18 ފެބުރުއަރީ

February 18, 2019 39
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ

އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހަފުތާއެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2019 52
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލާގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފި އެވެ.

07 ފެބުރުއަރީ

February 07, 2019 89
މާރިޔާގެ ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ޑިފެންސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުގެ ޚަބަރު ފަތުރަމުން ދަނީ އޮޅޭ ގޮތަށް ކަމަށާއި އެއީ ސުލްހަ މަސަލަސްކަން ނަގައިލުމަށް ކުރާ...

February 07, 2019 144
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް

އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުގެ ފާޑުކިއުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

31 ޖެނުއަރީ

January 31, 2019 13
އިންޑިއާގައި މާރިޔާ ދަތުރުކުރި މޮޓޯކޭޑް އެކްސިޑެންޓުވި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ އަށް ކުރެއްވި ދަތުރުގައި، މޮޓޯކޭޑްގައި ދަތުރުކުރައްވަނިކޮށް ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

30 ޖެނުއަރީ

January 30, 2019 26
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ

އިންޑިއާ ދަތުރުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ފަދަ އަސްކަރީ "ސިއްރު" އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.