05 ސެޕްޓެމްބަރ

September 05, 2018 14
"ޕީޕީއެމް ކެމްޕެއިނުން ސަޕޯޓް އިތުރު ވަނީ އިދިކޮޅަށް"

ވެރިކަން ހިންގާ ޕާޓީ ޕީޕީއެމްގެ ކެމްޕެއިނުން ގަދަބާރާއި ނުފޫޒު ބޭނުންކޮށްގެން ކަންތައް ކުރަމުންދާތީ ސަޕޯޓް އިތުރުވަނީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކަމަށް އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

30 އޯގަސްޓް

August 30, 2018 27
ފުލުހުން ހިންގީ އިބޫގެ ކެމްޕެއިނަށް ހުރަސްއަޅާ ކަމެއް

ގއ. ކޮލަމާފުއްޓަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ފަސްކޮށްލަން ފުލުހުން އެދުނު ނަމަވެސް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ވަޑައިގަންނަވާނެ ކަމަށް، އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

August 30, 2018 1
ވޯޓާސް ލިސްޓް ކުރިއާލައި ބޭނުން: މާރިޔާ

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބެލުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު...

August 30, 2018 32
ބްރިޖު ހުޅުވަން 46 މިލިއަން ރުފިޔާ، ބޮޑު އިސްރާފެއް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު މިރޭ ހުޅުވަން ބާއްވާ ރަސްމިޔާތަށް، ދައުލަތުން 46 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތެއް...

29 އޯގަސްޓް

August 29, 2018 29
ރީތި ކެމްޕެއިނަކުން އިންތިޚާބު ކާމިޔާބުވާނެ: މާރިޔާ

"ރީތި" ކެމްޕެއިނެއް ކޮށްގެން ބޮޑު ތަނުން އިންތިޚާބު ކާމިޔާބުވާނެކަމުގެ ޝައްކެއް ނެތް ކަމަށާއި އެހެންވެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ދެ ފައިންޕުޅު ބަންނަން ނުޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

28 އޯގަސްޓް

August 28, 2018 14
މަރުކަޒުތަކުގައި ބަހައްޓާ ވޯޓާސްލިސްޓާ މެދު ކަންބޮޑުވޭ

ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާ ވޯޓާސް ލިސްޓާ މެދު އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

27 އޯގަސްޓް

August 27, 2018 10
މައުލޫމާތު ލީކުވީ އިލެކްޝަންސް ކޮމިޝަނުން: އިދިކޮޅު

އަންނަ މަހު ބާއްވާ ރިޔާސާ އިންތިޚާބާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ޕީޕީއެމަށް ލިބިފައިވާ ނަމަ، އެކަން ހިނގާފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތެރެއިން ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2018 114
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މިހާރުގެ ރައީސް އަބްދުﷲ ޔާމީން "ހިޔާނާތް ވެފައިވާ ފައިސާ" ހޯދަން ވައުދުވެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސް ކުރުމުން ޕީޕީއެމުން އެކަމަށް ރައްދު ދީފި އެވެ.

25 އޯގަސްޓް

August 25, 2018 24
ވޯޓާސް ލިސްޓުގެ މައްސަލާގައި ކޯޓަށް ދާން ވިސްނަނީ

އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަތަކާ ގުޅިގެން ކޯޓަށް ދާން، ގުޅިފައިވާ ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކޯލިޝަނުން މިއަދު ބުނެފި އެވެ.

23 އޯގަސްޓް

August 23, 2018 11
ހުރިހާ ބާރެއް ބޭނުންނަމަ ރައީސް ޔާމީން ކުރިމަތިނުލައްވާ

ދައުލަތުގެ ބާރުތައް ގާނޫނުއަސާސީގައި ވަކިކޮށްދީފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަން ހުރިހާ ބާރުތަކެއް ބޭނުންފުޅުވާ ނަމަ، އެމަނިކުފާނު ވެރިކަމަށް ކުރިމަތި...

August 23, 2018 130
އެމްއެންޔޫ ބަހުސަށް އިބޫ ނުދާން އެމްޑީޕީން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ހުރިހާ މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރަށް ބަލާއިރު، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ބާއްވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ވެސް...

15 އޯގަސްޓް

August 15, 2018 19
އިންތިޚާބު ކާމިޔާބުވާ މަންޒަރު ދަތުރުތަކުން ފެނޭ:މާރިޔާ

އިދިކޮޅު ކޯލިޝަނުން ރަށްރަށަށް ކުރާ ކެމްޕެއިން ދަތުރުތަކުން، އިންތިޚާބު ކާމިޔާބުވާ މަންޒަރު ފެންނަ ކަމަށް އިިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

13 އޯގަސްޓް

August 13, 2018 10
އިބޫ އަކީ ބޭރު ބައެއްގެ މަންދޫބެއް ނޫން: މާރިޔާ

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ބޭރު ބައެއްގެ މަންދޫބެއް ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވަން އުޅުއްވި ކަމަށް ތުހުމަތުކުރައްވައި އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.

09 އޯގަސްޓް

August 09, 2018 22
ފައިސާ ހޯދާ ގޮތް އެނގެން ރައްޔިތުން ބޭނުންވޭ: މާރިޔާ

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑުނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވުމުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.

08 އޯގަސްޓް

August 08, 2018 4
ރަޖިސްޓްރީކުރަން އިދިކޮޅުން 32،000 ފޯމް ފޮނުވައިފި

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ރަޖިސްޓްރީކުރަން 32،000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

August 08, 2018 31
އިދިކޮޅުގެ ބޮޑު ޖަލްސާއަކަށް ކާނިވާ ދޭން އެދިއްޖެ

އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށްޓަކައި ކާނިވާ ދޫކޮށްދޭން ހައުސިން މިނިސްޓްރީގައި އެދިއްޖެ އެވެ.

06 އޯގަސްޓް

August 06, 2018 35
"ކައިވެނިކުރަން ދޭންވީ ބްރިޖެއް ނޫން، ދަރުބާރުގެ"

ކައިވެނި ކުރުމުގެ ފުރުސަތު ދޭންވީ މާލެ އާއި ހުޅުލޭ ގުޅާލާ ބްރިޖް މަތީގައި ނޫން ކަމަށާއި ދަރުބާރުގެ ފަދަ އިމާރާތްތައް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

31 ޖުލައި

July 31, 2018 17
ކެމްޕެއިނަށް އިބޫ ސިންގަޕޫރަށް

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕެއިން ދަތުރެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

30 ޖުލައި

July 30, 2018 18
ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދާތީ ކަންބޮޑުވެއްޖެ

މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމުތައް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އޮފީހަށް ގެންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

July 30, 2018 44
ރައީސްގެ ވާހަކަފުޅު އަމާޒުވަނީ އެމަނިކުފާނަށް: މާރިޔާ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމްޑީޕީ އަށް އަމާޒު ކުރައްވައި ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުތައް އަމާޒުވަނީ އެމަނިކުފާނަށް...

July 30, 2018 27
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އެހެން...

28 ޖުލައި

July 28, 2018 23
އިބޫއަށް ނަޝީދުގެ ތާއީދު އޮންނާނެ: މާރިޔާ

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އިދިކޮޅު ލީޑަރުންގެ ތާއީދު އޮންނާނެ ކަމަށް ވިދާޅުވެ އިބޫގެ ތަރުޖަމާނު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ނެތުމުން އަމާޒުވި ފާޑުކިޔުންތަކަށް ފަހު މާރިޔާ މިއަދު...

24 ޖުލައި

July 24, 2018 2
ލިސްޓުގައި ފޮޓޯ ނުޖަހަނީ ސިޔާސީ ނުފޫޒާ ހެދި: މާރިޔާ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނާނެ ކަމަށް ގަވާއިދުގައި ބުނުމަށް ފަހު، އެކަން ކުރެވުނީ އޮޅުމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަނީ ސިޔާސީ ނުފޫޒެއްގެ ސަބަބުން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖުލައި

July 22, 2018 18
ނުކުޅެދޭ މީހުން ވޯޓުލާނެ ގޮތާ މެދު މަޝްވަރާ ކުރަނީ

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ކަނޑައަޅާފައި އޮތް އުސޫލާ ގުޅޭގޮތުން އަލުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އީސީން މިއަދު ބުނެފި އެވެ.

19 ޖުލައި

July 19, 2018 5
ގިނަ ރިސޯޓްތަކެއްގައި ވޯޓު ފޮށި ބެހެއްޓުމަކީ ކާމިޔާބެއް

ރިސޯޓެއްގައި ވޯޓު ލާން 100 މީހުން ރަޖިސްޓްރީކޮށްފި ނަމަ އެ ރަށެއްގައި ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

18 ޖުލައި

July 18, 2018 16
އިބޫ އެ ވިދާޅުވާ "ލީޑަރުން" ކޮބާ؟

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އެހީތެރިކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ އެދިވަޑައިގަތުމުން، އެ ވިދާޅުވާ ލީޑަރުން ކޮބައިތޯ ސުވާލު އުފެދިއްޖެ އެވެ.