27 މެއި

May 27, 2020 3
ގޫގުލްއާ ހެދި އަނބިމީހާއާ މައްސަލަޖެހޭތީ ކޯޓަށް

ގޫގުލް މެޕްސްގެ އެހީގައި އަނބިމީހާ ފާރަލަމުންދާ ކަމަށާއި މިކަމަކާ ހެދި ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު ސުވާލުތަކަކާ ކުރިމިތިލާން ޖެހި އަރައިވުންވެ، ކައިވެނީގެ ގުޅުން ހަރާބުވެފައިވާ ކަމަށް ގޫގުލް މެޕްސް ހިންގާ މައި ކުންފުނި އަލްފަބެޓާއި ގޫގުލް ދައުވާކުރާނެ ކަމަށް ބުނެ އިންޑިއާގެ މީހަކު އެ މައްސަލަ ފުލުހުންނަށް ވެސް...

19 މެއި

May 19, 2020 2
ކައިވެންޏަށް ރައްކާކުރި ފައިސާކޮޅު ފަގީރުންނަށް

ކޮވިޑް-19 ގެ މި ވަގުތަކީ އެންމެންނަށް އެހީ ބޭނުންވެފައިވާ ވަގުތެކެވެ. ކިރިޔާ ވެސް މީހަކަށް އެހީއެއް ވެވެން އޮތް ނަމަ އެ ނަމޫނާ ދައްކާ މީހުން ވެސް މިހާރު ގިނަ އެވެ. އިންޑިއާގެ ޕޫނޭގައި ރިކްޝާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ޒުވާނާ އަކީ ވެސް ހަމަ މިފަދަ މީހެކެވެ.

30 އެޕްރީލް

April 30, 2020 9
ލޮކްޑައުންގައި ނުކުތީ ބާޒާރުކުރަން، ގެނައީ އަންބެއް

ކޮރޯނާވައިރަހާ ހެދި އިންޑިއާ ލޮކްޑައުންކޮށްފައި ވަނިކޮށް ބާޒާރުކުރަން ދިޔަ މީހަކު އަނބުރާ ގެއަށް ދިޔަ އިރު، އަންބަކު ގެންދިއުމުން އާއިލާއެއްގެ ތެރޭގައި މައްސަލަ ހޫނުވެއްޖެ އެވެ.

07 މާޗް

March 07, 2020 2
އަނބީގެ މުދާ ހޯދަން މަހުޖަނަކު އަނިޔާކުރާތީ ޕޮލިހަށް

އިންޑިއާގެ މަޝްހޫރު އޮންލައިން ފިހާރަ ފްލިކްޕާޓްގެ އެއް ބާނީ އަދި ބިލިއަނަރު ސަޗިން ބަންސަލް، އަނބިމީހާގެ ފަރާތުން ކައިވެނީގެ ޑައުރީ އާއި މުދާ ނުދީގެން އަނިޔާކުރާ ކަމަށް ބުނެ އޭނާގެ އަންހެނުން ޕްރިޔާ ބަންސާލް ބުރާސްފަތި ދުވަހު ބެންގަރޫލު ފުލުހުންނަށް ހުށަހަޅައިފި އެވެ.

14 އޮކްޓޯބަރ

October 14, 2019 3
ފިރިމީހާގެ ގޭގައި ފާހާނާ ހުރުން ކައިވެނީގެ ޝަރުތަކަށް

އިންޑިއާގެ މަދިޔަ ޕަރްދޭޝްގެ ބޯޕާލްގައި ފިރިހެނަކު ކައިވެނިކުރަން ބޭނުންވާ ނަމަ އޭނާގެ ގޭގައި ފާހާނާއެއް ހުރިކަން އަންހެން މީހާ އަށް ކަށަވަރުކޮށްދޭންޖެހޭ ގޮތް ހަދައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2019 6
އިންޑިއާގެ ބެޑިމިންޓަން ތަރީގެ ކައިވެންޏަށް އެދެނީ

އިންޑިއާގެ 70 އަހަރުގެ ފިރިހެނަކު އެ ގައުމުގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޕީވީ ސިންދޫއާ ކައިވެނިކުރަން ބޭނުވެގެން އެކަމާ ގުޅޭ ލިޔެކިޔުންތައް ރަސްމީ އިދާރާއަކަށް ހުށަހަޅައިފި އެވެ.

02 ސެޕްޓެމްބަރ

September 02, 2019 4
ފިރިމީހާ އަބަދު ކިޔަވާތީ އަނބިމީހާ ބޭނުމީ ވަރިވާން

ވަގުތު ނުދީ، ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އުފާތަކުން މަހުރޫމުކޮށް، ފިރިމީހާ އަބަދު ކިޔަވާތީ އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާގެ އަންހެނަކު ވަރިވާން ނިންމައިފި އެވެ.

20 އޯގަސްޓް

August 20, 2019 5
އަބަދު ލައްޑޫ ކާންދޭތީ ކައިވެނި ރޫޅާލަން ނިންމައިފި

ހަށިރައްކަލަށް ކަމަށް ބުނެ އަބަދު ލައްޑޫ ކާންދޭތީ އެކަމާ ހިތްހަމަނުޖެހި، 10 އަހަރުވީ ކައިވެނި ރޫޅާލަން އިންޑިއާގެ ފިރިހެނަކު ކޯޓަށް ހުށަހަޅައިފި އެވެ.

06 ޖުލައި

July 06, 2019 7
ފިލި ފިރިމީހާ ފެނުނީ ޓިކްޓޮކްގައި ނަށަނިކޮށް

ޓިކްޓޮކްގެ މައްސަލަ އިންޑިއާގައި ބޮޑު ވަބާވައަކަށްވެގެން އެ އެޕް ދާދި ފަހުން މަނާ ކުރުމަށް ފަހު އަލުން ހުއްދަ ދިނުމަކީ ހަމަ ނަސީބަކަށް ވެސް ވެދާނެ އެވެ. ޔަގީނުން ވެސް މި އަންހެން މީހާގެ ހަޔާތުގައި ޓިކްޓޮކް އަދާކުރި ދައުރު ވަރަށް ވެސް ބޮޑެވެ.

01 ޑިސެމްބަރ

December 01, 2018 3
17 އަހަރުގެ ކުއްޖަކާ ކައިވެނިކުރި އަންހެނަކު ހައްޔަރުކޮށްފި

މުމްބާއީ (ޑިސެމްބަރު 1) - އިންޑިއާގެ މުމްބާއީގައި 17 އަހަރުގެ ފިރިހެން ކުއްޖަކާ ކައިވެނި ކުރި 20 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

17 މެއި

May 17, 2018 3
އަންހެނުންގެ ނަމުގެ މާނަ އަހާތީ ޕޮލިހަށް

އިންޑިއާ މީހަކު އޭނާގެ އަންހެނުންގެ ނަމުގެ މާނަ އަހަން އެތައް ބަޔަކު ފޯނު ކުރާތީ އުނދަގޫ ބޮޑުވެ، އެކަން އެންމެ ފަހުން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

27 ޖެނުއަރީ

January 27, 2018 10
އިސްލާމްވި ހިންދޫ ޒުވާނާގެ ކައިވެންޏަށް ކޯޓުގެ ރުހުން

ހަދިޔާ ޖަހާން އާއި އޭނާގެ ފިރިމީހާ ޝާފިން ޖަހާންގެ ކައިވެނި ކެރެލާ ހައިކޯޓުން ރޫޅާލި މައްސަލައިގައި ހަދިޔާއާ އެއްކޮޅަށް މައްސަލަ ނިމި އޭނާގެ ކައިވެނި ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދެއް ލިބިއްޖެ އެވެ.

10 ޖެނުއަރީ

January 10, 2018 13
ކައިވެނިކޮށް އަނބިންގެ މުދާ ފޭރޭ މީހަކު ފަޅާއަރައިފި

އިންޑިއާގެ ކޮއިމްބަތޯރުގެ މީހަކު އުމުރުން ދުވަސްވީ މުއްސަނދި އަންހެނުންނާ ކައިވެނިކޮށް އެމީހުންގެ އަތުން ފައިސާ ފޭރިގަނެގެން ފިލައިގެން އުޅޭ މައްސަލައެއް ފަޅައިއަރައިފި އެވެ. މި މީހާގެ ކަންތައް ފަޅާއެރިއިރު އަށެއްކަ އަހަރު ތެރޭގައި ކޮންމެ އަހަރަކު މީހަކާ އިނދެ އެމީހުންގެ ހުރިހާ ފައިސާއެއް ވަނީ ފޭރިގެންފަ އެވެ.

10 ޑިސެމްބަރ

December 10, 2017
ކައިވެނީގެ ހަފުލާގެ ތެރެއިން ލޯބިވެރިޔަކާ އެކު ފިލައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ބޭއްވި ކައިވެނީގެ ހަފުލާއެއްގެ ތެރެއިން، އަންހެންމީހާ އޭނާގެ ލޯބިވެރިޔަކާ އެކު ދުވެ ފިލައިފި އެވެ.

05 ޑިސެމްބަރ

December 05, 2017 15
ހަދިޔާ: އިސްލާމްވެ ކައިވެނިކުރުމުން އަނިޔާގައި

ހަދިޔާ އާއި ޝާފިން ޖަހާންގެ ކައިވެނީގެ ވާހަކަ އާއި އިންޑިޔާގެ ކޯޓަކުން އެ ދެ މީހުންގެ ނުރުހުމުގައި އެ ކައިވެނި ރޫޅާލި ވާހަކަ އިންޑިއާގައި ވަރަށް ގަދަޔަށް އެބަ ދެކެވެ އެވެ. ހަދިޔާ އާއި ޝާފިންގެ ކައިވެނި ރޫޅާލީ ހަދިޔާގެ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން އެ މައްސަލަ ބެލުމަށް ފަހުގަ އެވެ.

25 މެއި

May 25, 2017
ކައިވެންޏަށް މަޖްބޫރު ކުރުވި ކުއްޖާ އެނބުރި އިންޑިއާ އަށް

ނިއު ދިއްލީ (މެއި 25) - އޮޅުވާލުމެއްގެ ތެރޭން ޕާކިސްތާން މީހަކާ ކައިވެނި ކުރުވި އިންޑިއާގެ ޒުވާން އަންހެން ކުއްޖާ އެންމެ ފަހުން ނިއު ދިއްލީ އަށް ގެންގޮސްފި އެވެ.

01 މެއި

May 01, 2017 10
ފިރިމީހާ އަނިޔާވެރިވާ ނަަމަ ހަމަލާ ދޭން "މުގުރު" ދީފި

މަދިޔަ ޕްރަދޭޝް (މެއި 1) - ފިރިމީހާ އަނިޔާވެރި ވެއްޖެ ނަމަ ރައްދު ހަމަލާ ދިނުމަށް ބެޓް ނުވަތަ މުގުރުތަކެއް އިންޑިއާގައި އަލަށް ކައިވެނި ކުރި އަންހެނުންތަކަކަށް ހަވާލުކޮށްފި އެވެ.

24 އެޕްރީލް

April 24, 2017 3
ކާއެއްޗެއްގެ މައްސަލާގައި އަރާރުންވެ ކައިވެނި ކެންސަލް

ކައިވެނިކުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ކައިވެނި ކެންސަލް ކުރުމަށް އިންޑިއާގައި އާންމުކޮށް ދިމާވާ އެއް ކަމަކީ އަންހެންމީހާގެ އާއިލާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ދޭ މުދަލާއި ފައިސާގެ މައްސަލަތަކާއި ނަސްލީ އަދި ދީނީ މައްސަލަތަކެވެ. ނަމަވެސް އުއްތަރު ޕްރަދޭޝްގައި އިންތިޒާމް ކުރަމުންދިޔަ ކައިވެންޏެއް އެންމެ ފަހު...

03 ފެބުރުއަރީ

February 03, 2017 2
ބޮޑު ވަގެއް ފުލުހުންގެ ހާޒިރުގައި ކައިވެނިކޮށްފި

އިންޑިއާގެ މުމްބައިގެ ތާނޭ ޑިސްޓްރިކްޓްގައި މިދިޔަ ހަފުތާގައި "ވަގުންގެ" ކައިވެނީގެ ހަފުލާއެއް އޮތެވެ. މި ހަފުލާއަށް ހާހަކަށް ވުރެ ގިނަ މެހެމާނުން ދިޔައިރު މީގެ ތެރޭގައި ގިނައީ އެކި ކަހަލަ ވައްކަން ކުރުމަށް ނަން މަޝްހޫރު މީހުންނެވެ. މީގެ ތެރޭގައި މީހުންގެ ކަރުގައި އޮންނަ ފަށް ދަމައިގަތުމަށް މަޝްހޫރު މީހުންނާއި...

31 ޑިސެމްބަރ

December 31, 2016 1
އެކަނިވެރިންނަށް ކައިވެނިކުރާނެ މީހުން ހޯދައިދެނީ

އުމުރުން ދުވަސްވީ އެކަނިވެރިންނަށް ކައިވެނިކުރާނެ މީހުން ހޯދައިދިނުމުގެ ކެމްޕޭނެއް އިންޑިއާގެ ޖަމިއްޔާއަކުން ފަށައިފި އެވެ. އެ ޖަމިއްޔާއިން ކޮށްދޭ ކަމަކީ ފިރި ނުވަތަ އަނބި މަރުވެ ނުވަތަ ވަކިވެ ދިއުމުގެ ސަބަބުން އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހުންނާއި އެއްގޮތަކަށް ވެސް ކައިވެންޏެއް ނުކޮށް އުމުރުން ދުވަސްވެފައި ތިބޭ...