20 ނޮވެމްބަރ

November 20, 2019 13
އެމްއާރްއެމް ރަޖިސްޓަރީކޮށްދޭން އީސީން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

17 ނޮވެމްބަރ

November 17, 2019 6
އެމްއާރްއެމްގެ ތައުރީފް: މިސްރާބާއި ނަތީޖާ ރަނގަޅު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވައި ހުރިހާ ދިމާލަކުން ވެސް ފެންނަނީ ތަރައްގީ އަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

08 ނޮވެމްބަރ

November 08, 2019 42
ޔާމީން ސަރުކާރުގެ އަނިޔާ ހަނދާނަކުން ނުފިލާނެ: ޔުމްނާ

ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު ފާރިސް މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމް ޖަލުގައި ބަންދުކުރި ހަނދާން ނުނެތޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު...

November 08, 2019 22
އެމްއާރުއެމްގެ ރައީސަކަށް މައުމޫން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސްކަމުގެ މަގާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަންކުރަން، އެ ޕާޓީ އުފެއްދުމަށް މިރޭ ބޭއްވި...

05 ނޮވެމްބަރ

November 05, 2019 13
އެމްއާރުއެމްގެ ވަގުތީ މަގާމުތަކުގެ އިންތިޚާބު ބާއްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސާއި އިންތިގާލީ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިޚާބު ކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

04 ނޮވެމްބަރ

November 04, 2019 11
"އަމިއްލަ ވެރިކަމެއްގެ ނިއުމަތް ދޫކޮށްލައިގެން ނުވާނެ"

ރާއްޖެ އަކީ އަބަދުވެސް އަމިއްލަ ވެރިކަމެއް އޮތް ގައުމަކަށްވީ އިރު، މާތް ﷲ ދެއްވި އެ ނިއުމަތް ދޫކޮށް ނުލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.

26 އޮކްޓޯބަރ

October 26, 2019 76
މައުމޫނަށް މާފުކޮށް، ޖާބިރު މައްސަލަ ނަގަން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ނިންމަވައިފި އެވެ.

13 އޮކްޓޯބަރ

October 13, 2019 22
މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ޖަލްސާ އަންނަ މަހު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ޖަލްސާ އަންނަ މަހު 7 ގައި ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.

02 އޮކްޓޯބަރ

October 02, 2019 3
އެމްއާރްއެމް އުފައްދަން ހުއްދަ ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީން) މިއަދު ދީފި އެވެ.

30 ސެޕްޓެމްބަރ

September 30, 2019 28
ކޯލިޝަންގެ ބައިވެރިންނަށް އަނދުން ހުސެއިންގެ އިންޒާރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުވަތަ ސަރުކާރަށް ކަމެއް ނުވާކަން ދައްކަން އެއްވެސް ވުޒާރާއަކުން މަސައްކަތް ނުކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކަށް އިންޒާރު ދެއްވައިފި އެވެ.

20 ސެޕްޓެމްބަރ

September 20, 2019 49
މައުމޫންގެ މައްސަލަ ހެއްކާ އެކު އަލުން ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ހަވާލުކޮށްފައި ނުވާތީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ ނުބަލަން ނިންމުމުން ހެއްކާ އެކު އަނެއްކާ ވެސް އެ މައްސަލަ ޖާބިރު ފުލުސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.

22 އޯގަސްޓް

August 22, 2019 14
މައުމޫން ފައިސާ ނެންގެވި ކަމަށް ބުނާ މައްސަލަ ޕޮލިހަށް

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް އަނބުރާ ހަވާލުކޮށްފައި...

August 22, 2019 8
ހަ މަސް ފަހުން އެމްއާރުއެމް އުފައްދަން ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭނުންވާ މެމްބަރުންގެ އަދަދު ހަމަކޮށް، ހަ މަސް ފަހުން...

28 ޖޫން

June 28, 2019 28
މައުމޫން،ލަންކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

09 އެޕްރީލް

April 09, 2019 86
ކެންޑިޑޭޓުން ބަލިވީ ނޭދެވޭ ނުފޫޒާ ހެދި: މައުމޫން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ތާއީދާ އެކު ނުކުންނެވި ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ނޭދެވޭ ނުފޫޒާ ހެދި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

30 މާޗް

March 30, 2019 17
ހަމަޖެހުން ގާއިމުކުރަން މެޖޯރިޓީ ބޭނުން: ފައިސަލް

ރާއްޖެ އަށް ހަމަޖެހުން ގާއިމު ކުރަން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރަށް އަޣުލަބިއްޔަތ ލިބެން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

March 30, 2019 30
މެޖޯރިޓީ ނުލިބޭނަމަ އަނިޔާވެރިކަން އަންނާނެ: މައުމޫން

މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކަށް، އާންމު އިންތިޚާބުގައި އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އަނިޔާވެރިކަން އެނބުރި އިޔާދަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް...

29 މާޗް

March 29, 2019 18
ރައީސްގެ ތާއީދު އޮތީ އެމްޑީޕީ މީހުންނަށް އެކަންޏެއްނޫން

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެކަނި ނޫން ކަމަށާއި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ވެސް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

20 މާޗް

March 20, 2019 224
ހިސާނަށް ތުހުމަތުތަކެއް، އެކަމަކު އޭނާ އެކަން ދޮގުކުރޭ

އަންނަ މަހު ބާއްވާ އާއްމު އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ގާނޫނީ ވަކީލް ހިސާން ހުސައިންގެ މައްޗަށް ބޮޑެތި ތުހުމަތުކޮށްފި އެވެ. އެކަމަކު އެކަން އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.

06 މާޗް

March 06, 2019 12
ގައުމު އިސްލާހު ކުރެވޭނީ މަޖިލީސް ޒިންމާދާރުވެގެން: މައުމޫން

ގައުމުގެ ހުރިހާ ކަމެއް ވެސް އޮތީ އިސްލާހު ކުރަން ޖެހިފައި ކަމަށާއި އެ އިސްލާހު ގެނެވެން އޮތީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކަމާ އެކު މަސައްކަތް ކޮށްގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2019 54
"ވަކި ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ މުހިއްމެއް ނޫން"

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް މުހިއްމު ނޫން ކަމަށާއި ބޭނުންވަނީ، ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ އަޣުލަބިއްޔަތު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2019 26
ބިލް ލަސްކުރާތީ މައުމޫން ކަންބޮޑުވެވަޑައިގަންނަވާ: ތަޒްމީލް

ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކެއް ކަށަވަރު ކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ބާރު ދޭ ބިލް، ރައްޔިތުންގެ މަޖިލީހުން ފާސްކުރުން ލަސްކުރަމުންދާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މައުމޫން ރިފޯމް މޫވްމަންޓުގެ ސްޕޯކްސް ޕާސަން ތަޒްމީލް...

19 ފެބުރުއަރީ

February 19, 2019 19
މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.