29 ޖެނުއަރީ

January 29, 2019 25
ވާދަކުރާނެ ދާއިރާތައް ނިންމާނީ ލީޑަރުންގެ މަޝްވަރާ އިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް މުޅިން ނިންމާނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންގެ މަޝްވަރާ އަށް ފަހު ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.

19 ޖެނުއަރީ

January 19, 2019 48
މައުމޫންގެ ނަސޭހަތް: ޕާޓީއަށްވުރެ ގައުމު އިސްކުރޭ

ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު ހީވެފައިވާއިރު ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް ކޯލިޝަންގެ އެއް ލީޑަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2019 8
މައުމޫނަށް ޕީޕީއެމް ލިބިއްޖެ ނަމަ ޕާޓީގެ ޓިކެޓު ދެނީ

ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެއްކޮޅަށް ނިމިއްޖެ ނަމަ، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކެންޑިޑޭޓުންތަކެއް ނެރޭނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2019 11
މޯލްޑިވް ގޭސްގެ އެމްޑީއަކަށް ޝަޒައިލް އައްޔަންކޮށްފި

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް، ޝަޒައިލް ޝިޔާމް މިއަދު އައްޔަންކުރައްވައިފި އެވެ.

January 06, 2019 31
އެމްއާރުއެމް އިން މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި

އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ތާއީދާ އެކު ވާދަކުރާނެ ކެންޑިޑޭޓުން ހޯދަން ހުޅުވާލައިފި އެވެ.

23 ޑިސެމްބަރ

December 23, 2018 7
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް

ސްރީލަންކާ އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ ނައިބަކަށް މުހައްމަދު ފައިސަލް އައްޔަންކޮށްފި އެވެ.

11 ޑިސެމްބަރ

December 11, 2018 53
އެއްވެސް ހާލެއްގައި ކޯލިޝަން ރޫޅެން ރައީސް ބޭނުމެއްނޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރޭ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ކަމަށާއި އެއްވެސް...

December 11, 2018 44
ޖާބިރު، މައުމޫނަށް ހަތް ދުވަހުގެ ނޯޓިހަކާއެކު ސިޓީއެއް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އަންގައި އަބްދުﷲ ޖާބިރު...

02 ޑިސެމްބަރ

December 02, 2018 16
ތުހުމަތުތައް ބަލައިދިނުމަށް އެދި އަފްޒަލް އޭސީސީއަށް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ އަހުމަދު އަފްޒަލް އިބްރާހީމަށް އެމްޑީޕީގެ އެކްޓްވިސްޓުން ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ މިއަދު ހުށަހަޅުއްވައިފި އެވެ.

01 ޑިސެމްބަރ

December 01, 2018 241
ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީންފާސްކޮށްފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން މިރޭ ނިންމައިފި އެވެ.

29 ނޮވެމްބަރ

November 29, 2018 92
29 މިލިއަން ދަައްކަވަން މައުމޫނަށް ހަތް ދުވަސް!

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭނާގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކެވުމަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިއަދު އަންގަވައިފި އެވެ.

28 ނޮވެމްބަރ

November 28, 2018 52
މައުމޫނަށް ޖާބިރު 29 މިލިއަން ރުފިޔާ ދީފައެއްނުވޭ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު 29 މިލިއަން ރުފިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ކަމަށް ވިދާޅުވި ވާހަކަ، މައުމޫން ރިފޯމް މޫވްމަންޓުން ދޮގުކޮށްފި އެވެ.

26 ނޮވެމްބަރ

November 26, 2018 17
ހަތަރު މިނިސްޓަރަކަށް މައުމޫންގެ ޚާއްސަ ނަސޭހަތެއް

މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެދިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ޖާގަ ދެއްވި ހަތަރު މިނިސްޓަރުން ވެސް ނަމޫނާ ބޭފުޅުންތަކަކަށް ވެވަޑައިގަތުމަށް އެދިވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޚާއްސަ ނަސޭހަތްޕުޅެއް ދެއްވައިފި އެވެ.

22 ނޮވެމްބަރ

November 22, 2018 111
ހަނީމޫން އަދި ނުނިމޭ، ކޯލިޝަން ތެރޭގައި އަރައިރުން؟

މެއި 1، 2015 ގައި މާލޭގައި ބޭއްވި ބިޔަ މުޒާހަރާއަކީ، މިހާރު އުފެދިފައި މިވާ ސަރުކާރުގެ ބިންގާ އެޅުނު ދުވަހެވެ. އެ ބިޔަ މުޒާހަރާ އަށް އޭރުގެ އިދިކޮޅު ހުރިހާ ޕާޓީތައް ނުކުމެ މާލޭގެ ބޮޑެތި މަގުތައް ފުރައިލީ، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ ކަން އެނގި ތިބެ އެވެ.

08 ނޮވެމްބަރ

November 08, 2018 90
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން

ޑިމޮކްރެސީގެ ކިތަންމެ ހަރުދަނާ އުސޫލުތަކެއް ހިމަނައިގެން ދުސްތޫރެއް އެކުލަވައިލިޔަސް، އެއަށް އަމަލު ކުރަން ތިބި މީހުންގެ ހިތުގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ ތިމާމެންގެ އަމިއްލަ އެދުން ބޮޑުވެއްޖެ ނަމަ، ޑިމޮކްރެސީއެކޭ ޑިކްޓޭޓާޝިޕެކޭ މާ ބޮޑު ތަފާތެއް ނޯންނާނެ އެވެ. ޑިމޮކްރެސީގެ މާނައަކީ އެމީހަކަށް ކެވުނު ގޮތަކުން...

29 ސެޕްޓެމްބަރ

September 29, 2018 19
ކޮންގްރެސްގެ ނިންމުންތައް ބާތިލްކުރަން ކޯޓަށް ދަނީ

ޕީޕީއެމުން އިއްޔެ ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަރަކާތްތައް ހިންގާ އެމްއާރުއެމް އިން ބުނެފި އެވެ،

27 ސެޕްޓެމްބަރ

September 27, 2018 87
އިންތިޚާބު ވީމާ ވެސް ހަވާލު ނުކުރަންތޯ ތި އުޅުއްވަނީ؟

މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިއާސީ އިންތިޚާބުގައި ދިވެހިން އެވަނީ ރައީސް ޔާމީންގެ ސިޔާސަތާ މެދު ދެކޭ ގޮތް ވަރަށް ސާފު ބަހުން ބުނެދީފަ އެވެ. އެ ދުވަހު ވޯޓު ލީ އިރު، ރާއްޖޭގައި ތިބި، އުމުރުން 18 އަހަރުން މަތީގެ 262,135 މީހުންގެ ތެރެއިން 134،616 (58.4 ޕަސެންޓް) މީހުން ބުނީ ރައީސް ޔާމީންގެ ވެރިކަން ބޭނުން ނުވާ ކަމަށެވެ.

26 ސެޕްޓެމްބަރ

September 26, 2018 46
އަޅުގަނޑުމެން އަތުން ޕީޕީއެމް ގެންދެވޭނެ ހަމައެއް ނެތް

ޕީޕީއެމްގައި މިހާރު ތިއްބެވި ލީޑަޝިޕްގެ އަތުން، ޕާޓީ އަތުލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2018 62
ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައި ޕާޓީ ހޯދާނަން

އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވާނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2018 54
އިބޫއަށް ވޯޓު ދިނުމަށް ނަސްރީނާ އެދިވަޑައިގެންފި

ހައްޔަރު ކޮށްފައިވާ ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަންވެ، ގައުމު އަނިޔާވެރިކަމުން ސަލާމަތް ވާނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ދީގެން ކަމަށާއި އެހެންވެ އެކަން އެގޮތަށް ކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު...

13 ސެޕްޓެމްބަރ

September 13, 2018 30
ޕީޕީއެމް ހިންގަނީ އަސްލު ވެރިން: އަބްދުއްރަހީމް

ޕީޕީއެމް އެ ޕާޓީގެ އަސްލު ވެރިންނާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެ، އެކަމަކީ ރިޔާސީ ވައުދަކަށް ހައްދަވައިގެން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 41
އިބޫއަށް ތާއީދުހޯދަން މައުމޫން އަރިސްބޭފުޅުން ރަށްރަށަށް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ހޯއްދެވުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަރިސް ބޭފުޅުން ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަން މިއަދު ފައްޓަވައިފި އެވެ.