25 އޯގަސްޓް

August 25, 2016
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ލީގުގެ ވާދަވެރިކަން މި ފަހަރު ވަނީ މިދިޔަ އަހަރަށް ވުރެ ބޮޑުވެފަ އެވެ. ލީގު ޗެމްޕިއަންކަމަށް ތިން ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް އީގަލްސް އަދި ތިން ވަނަ ޓީސީ ސްޕޯޓްސް ކްލަބެވެ.

19 އޯގަސްޓް

August 19, 2016 1
ޔޫތު ޗެމްޕިއަންޝިޕުގެ ފެށުން މާޒިޔާ އަށް

އެފްއޭއެމް އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

August 19, 2016
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ އެއް ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 5-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ އަލުން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

14 އޯގަސްޓް

August 14, 2016 5
ވެލެންސިއާއާ އެއްވަރުވެ މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާއާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަލުން އަރަން ލިބުނު ފުރުސަތު މާޒިޔާ އަށް ގެއްލިއްޖެ އެވެ.

11 އޯގަސްޓް

August 11, 2016
އެފްއޭއެމް ޔޫތު މުބާރާތް މި މަހު 19 ގައި ފަށަނީ

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ މެޗުން މި މަހު 19 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

07 އޯގަސްޓް

August 07, 2016 3
ދަގަނޑޭގެ ލަނޑާ އެކު މާޒިޔާ އަލުން އެއް ވަނަ އަށް

ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ ލަނޑާ އެކު 2-0 އިން ނިއު ރޭޑިއަންޓް އަތުން މޮޅުވެ، މާޒިޔާ އަލުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

06 އޯގަސްޓް

August 06, 2016 4
މާޒިޔާ އިން ހަތަރު ރަށެއްގައި އެކަޑަމީ ފަށަނީ

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ރާއްޖޭގެ ހަތަރު ރަށެއްގައި އެކަޑަމީ ގާއިމްކުރަން ނިންމައި، އެ ރަށްރަށުގެ ފަރާތްތަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

04 އޯގަސްޓް

August 04, 2016 2
އިމްރާނަށް ގިނަ ވެގެން ގެއްލޭނީ އެއް މެޗު: މާޒިޔާ

މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ވާތު ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށާއި އޭނާ އަށް ގިނަ ވެގެން ގެއްލޭނީ އެންމެ މެޗެއް ކަމަށް މާޒިޔާ އިން ބުނެފި އެވެ.

03 އޯގަސްޓް

August 03, 2016 8
އެކަކު މަދުކޮށް ކުޅެ ވިކްޓަރީން މާޒިޔާއާ އެއްވަރުކޮށްފި

ހަންގޭރީގެ ލާސްލޯ ކިސް ވިކްޓަރީ އަށް ކޯޗުކޮށްދިން ފުރަތަމަ މެޗުގައި މިއަދު އެކަކު މަދުކޮށް ކުޅެ އެ ޓީމުން ގަދަފަދަ މާޒިޔާއާ 3-3 އިން އެއްވަރުކޮށް، ޕޮއިންޓެއް ހޯދައިފި އެވެ.

21 ޖުލައި

July 21, 2016
މާޒިޔާގެ ޔޫތު ޓީމުގެ ޓްރަޔަލް މިއަދު ބާއްވަނީ

އެފްއޭއެމުން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މާޒިޔާގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ ފުރުސަތު ހުޅުވާލައި، އެކަމަށް ހާއްސަ ޓްރަޔަލެއް މިއަދު ބާއްވަން...

July 21, 2016 7
ހަނި މޮޅަކާ އެކު މާޒިޔާ ލީޑު ފުޅާކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ކުޅުނު މެޗުން ބީޖީ ސްޕޯޓްސް އަތުން ހަނިގޮތަކަށް 1-0 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި އެ ޓީމު ލީޑުފުޅާކޮށްފި އެވެ.

20 ޖުލައި

July 20, 2016 18
މާޒިޔާގެ ޖާޒީގައި ދަގަނޑޭ ކުޅޭ ފުރަތަމަ މެޗު މިރޭ

ޖޫން ޓްރާންސްފާ ބާޒާރުގައި، ރާއްޖޭގެ ރެކޯޑް އަގަކަށް މާޒިޔާ އަށް ބަދަލުވި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.

19 ޖުލައި

July 19, 2016 3
މާޒިޔާ އަށް ލަންކާ ކީޕަރެއް

މިދިޔަ ސީޒަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅުނު ސްރީ ލަންކާ ގޯލްކީޕަރު މުހައްމަދު އިފްހާމް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ގެންނަން ނިންމައިފި އެވެ.

16 ޖުލައި

July 16, 2016 2
ޓީސީ ބަލިކޮށް މާޒިޔާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

މުހައްމަދު އުމެއިރުގެ ދެ ލަނޑާ އެކު، ވާދަވެރި ޓީސީ ސްޕޯޓްސް 2-1 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން މިރޭ ނަގައިފި އެވެ.

14 ޖުލައި

July 14, 2016 26
ދަގަނޑޭގެ ސޮއި ހޯދީ ރެކޯޑް އަގަކަށް: މާޒިޔާ

ސީޒަނުގެ ބާކީ ބައިގައި މާޒިޔާ އަށް ކުޅެން އަލީ އަޝްފާގް (ދަގަނޑޭ) ލައްވާ ސޮއިކުރުވީ ރާއްޖޭގެ ރެކޯޑް އަގަކަށް ކަމަށް އެ ޓީމުގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވެއްޖެ...

July 14, 2016 6
"ދަގަނޑޭ އަކީ ޓާގެޓް ހާސިލްކުރަން ލިބުނު ހިތްވަރެއް"

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މާޒިޔާއާ ގުޅުމުން އެ ޓީމުން މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓް ހާސިލްކުރަން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް އެ ޓީމުގެ...

13 ޖުލައި

July 13, 2016 12
ދަގަނޑޭ މާޒިޔާ އަށް ސޮއިކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ކުޅެން ސޮއިކޮށްފި އެވެ.

06 ޖުލައި

July 06, 2016 3
ފުރަތަމަ ބުރުން އެއް ވަނަ މާޒިޔާ އަށް

އުރީދޫ ދިވެހި ޕްރިިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުވެ މާޒިޔާ އަށް ލީގު އެއް ވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

05 ޖުލައި

July 05, 2016 10
ދަގަނޑޭ ގެންދަން މާޒިޔާ އިން މަސައްކަތްކުރަނީ

މެލޭޝިއާގެ ޕީޑީއާރްއެމް ދޫކޮށްލުމަށް ފަހު މި ވަގުތު މާލޭގައި ހުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެންދަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ވާހަކަތައް ފަށައިފި އެވެ.

04 ޖުލައި

July 04, 2016 2
މާޒިޔާ ވަރުގަދަ އެކަމަކު ދުލެއް ނުދޭނަން: ސާންތީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ވަރުގަދަ ކަމަށާއި އެހެން ނަމަވެސް އީގަލްސް އިން ދުލެއް ނުދޭނެ ކަަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.

30 ޖޫން

June 30, 2016 2
ނިއު ބަލިކޮށް އީގަލްސް އިން މާޒިޔާއާ ޕޮއިންޓަކާ ގާތަށް

ނިއު ރޭޑިއަންޓުގެ މައްޗަށް 1-0 އިން ކުރި ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައި، އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓަކާ ގާތަށް ކްލަބް އީގަލްސް މިރޭ ޖެހިލައިފި އެވެ.

29 ޖޫން

June 29, 2016
މާޒިޔާ ބަލިކޮށް ވެލެންސިއާ ފައިނަލަށް

ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން މާޒިޔާ އަތުން 4-0 އިން މޮޅުވެ ކްލަބް ވެލެންސިއާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

June 29, 2016 6
ވަރުގަދަ މާޒިޔާ ބަލިކޮށް ޓީސީ ދެ ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވަރުގަދަ މާޒިޔާ ސްޕޯޓްސް އަތުން 3-2 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބްގެ ލީގު ދެ ވަނަ އަށް ޖެހިލައިފި އެވެ.

28 ޖޫން

June 28, 2016
ވެޓެރަންސް ކަޕް: ނިއު އާއި މާޒިޔާ ސެމީ އަށް

ވެޓެރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 4-0 އިން މޮޅުވެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.