01 މާޗް

March 01, 2018 3
އަސަދުﷲ އެނބުރި އަންނަން މާގިނަ ދުވަހެއް ނެތް

އަނިޔާ އަށް ފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި ގިނަ ދުވަސްތަކެއް ނުވެ އޭނާ އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

26 ފެބުރުއަރީ

February 26, 2018 6
ގްރީން އިން ފަހު ވަގުތު މާޒިޔާއާ އެއްވަރުކޮށްފި

ފަހު ހަ މިނިޓުގެ ތެރޭގައި ވައްދާލި ދެ ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސް އިން ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށްފި އެވެ.

25 ފެބުރުއަރީ

February 25, 2018 3
ނުކުންނަނީ ސީދާ ތަށްޓަށް، އެކަން ހާސިލްވާނެ: އިންމަ

މާޒިޔާގެ އަމާޒަކީ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރުން ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ޕްރެކްޓިހުގައި ދައްކާ ކުޅުމަށް ބަލާއިރު އެކަން ހާސިލްވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

23 ފެބުރުއަރީ

February 23, 2018 8
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް

ފުޓްބޯޅަ ފޯމެޓަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު އެސްޓީއޯ މާލޭ ލީގު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ ގަދަ ހަތަރަކަށް ވުމުންނެވެ. މި ފަހަރު ޕްރިމިއާ ލީގުގެ ޖާގަ މާލޭ ލީގުގެ ގަދަ ހަޔަކަށް ލިބޭ ގޮތަށް ބަދަލުކޮށްފައިވީ ނަމަވެސް ވަކި ފޯރި ކުޑަވާނެ ކަމަށް ނުބެލެވެ އެވެ. އެންމެ ބޮޑު ގޮންޖެހުމެއް...

17 ފެބުރުއަރީ

February 17, 2018 2
ކެރިއަރުގައި ކުރިއަށްދާން ސަމުއްޓެ އަށް ބޮޑު އަހަރެއް!

ފާއިތުވި ތިން އަހަރަށް ބަލާއިރު ރާއްޖޭގައި އެންމެ ރަނގަޅަށް އެއް ފެންވަރެއްގައި ކުޅެމުން އަންނަ އެއް ޑިފެންޑަރަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ އދ. މަހިބަދޫ އަށް އުފަން ސަމޫހު އަލީ (ސަމުއްޓެ) އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުން ވެސް ސަމުއްޓެ ވަނީ ފުރުސަތު ހޯދައިފަ އެވެ. މި ސީޒަނާ...

03 ފެބުރުއަރީ

February 03, 2018
ޓީސީ އަށް ކުޅުުނު ސްޓެވާޓް މާޒިޔާ އަށް

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް މާޒިޔާއާ ގުޅިއްޖެ އެވެ.

29 ޖެނުއަރީ

January 29, 2018 1
މާޒިޔާ އަށް އިޓަލީ ގޯލްކީޕަރެއް

މާޒިޔާގެ ގޯލު ބަލަހައްޓަން އެ ޓީމުން އިޓަލީގެ ގޯލްކީޕަރެއް ކަމަށްވާ މައުރޯ ބޮއެޗިއޯ ގެނެސްފި އެވެ.

20 ޖެނުއަރީ

January 20, 2018 3
މާޒިޔާގައި މަޑުކުރަން ނިންމައި އަސަދުﷲ ޕްރެކްޓިހަށް

މި ސީޒަނުގައި ވެސް މާޒިޔާގައި މަޑުކުރަން ނިންމައި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އަނިޔާ އިން ފިޓްވުމަށްޓަކައި އެ ކްލަބާ އެކު މިއަދު ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2018 5
މާޒިޔާ އިން އީސަ ފެންނާނެ، އަޑޭއާ މެދު ސުވާލުތަކެއް

މިދިޔަ ސީޒަނުގެ މެދުތެރެއިން މާޒިޔާއާ ގުޅުނު ހުނަރުވެރި މިޑްފީލްޑަރު އިސްމާއިލް އީސާ އެ ކްލަބާ އެކު ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާކަން ހާމަކުރިއިރު އަސްހަދު އަލީ (އަޑުބަރޭ) މިހާތަނަށް ކޮންޓްރެކްޓެއް އާކޮށްފައެއް ނުވެ އެވެ.

03 ޖެނުއަރީ

January 03, 2018 5
ނިޒާމާއި މުޖޭ ވެސް މާޒިޔާ އަށް

ކްލަބް އީގަލްސްގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު އަހުމަދު ނިޒާމް އަންނަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ކުޅެން ސޮއިކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2018 1
ގްރީންގެ އައްމަޑޭ މާޒިޔާ އަށް ސޮއިކޮށްފި

ނިމުނު ސީޒަނުގައި ގްރީން ސްޓްރީޓްސް މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި އަހުމަދު ހަސަން (އައްމަޑޭ) ގެނެސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދީފި އެވެ.

30 ޑިސެމްބަރ

December 30, 2017 12
ޓީސީ ދޫކޮށް ދާދު މާޒިޔާ އަށް

ޓީސީ ސްޕޯޓްސް ކްލަބަށް ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ އުއްމީދީ މިޑްފީލްޑަރު ނާއިޒު ހަސަން (ދާދު) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

December 30, 2017 8
ޔޫތު މުބާރާތް ތިން ވަނަ ފަހަރަށް އީގަލްސް އަށް

ޕެނަލްޓީ ޖަހައިގެން 8-7 އިން މާޒިޔާ ބަލިކޮށް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކްލަބް އީގަލްސް މިއަދު ހަވީރު ކާމިޔާބުކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2017
މާޒިޔާ އާއި އީގަލްސް ފައިނަލަށް

ޔޫތު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މާޒިޔާ އާއި ކްލަބް އީގަލްސް ޖާގަ ހޯދައިފި އެވެ.

26 ޑިސެމްބަރ

December 26, 2017
މާޒިޔާ އާއި އީގަލްސް ފައިނަލާ ގާތަށް

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގައި އިއްޔެ މާޒިޔާ އާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވި އިރު އެ ދެ ޓީމު ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

24 ޑިސެމްބަރ

December 24, 2017 2
މާޒިޔާގެ ކޮންޓްރެކްޓް ޔާމްބެ އާކޮށްފި

މާޒިޔާ އަށް ފާއިތުވި އަހަރުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި މޫސާ ޔާމީން (ޔާމްބެ) އަންނަ ސީޒަނުގައި ވެސް އެ ޓީމަށް ކުޅެން ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

December 24, 2017 4
ޔޫވީ ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގައި އިއްޔެ 3-0 އިން ޔުނައިޓެޑް ވިކްޓަރީ އަތުން ހޯދި ފަސޭހަ މޮޅާ އެކު މާޒިޔާ އިން ފެށުން...

23 ޑިސެމްބަރ

December 23, 2017 7
އިރޭ އަންނަ އަހަރު ވެސް ފެންނާނީ މާޒިޔާ އިން

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ ޒުވާން މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

12 ޑިސެމްބަރ

December 12, 2017 10
މާޒިޔާ ބަލިކޮށް ޓީސީ ގައުމީ ފައިނަލަށް

މާޒިޔާ 2-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.

09 ޑިސެމްބަރ

December 09, 2017 6
ފަހު ވަގުތު ތިނަދޫ ބަލިކޮށް މާޒިޔާ ފައިނަލާ ގާތަށް

ފަހު ވަގުތު ޔަސްފާދު ހަބީބް (މުލަކޭ) ޖެހި ލަނޑާ އެކު ފަހަތުން އަރައި 3-2 އިން ގދ. ތިނަދޫ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން މާޒިޔާ ޖާގަ ހޯދައިފި އެވެ.

06 ޑިސެމްބަރ

December 06, 2017
އެފްއޭ ކަޕް ތިން ވަނަ މަގާމު މާޒިޔާ ހޯދައިފި

ގްރީން ސްޓްރީޓްސްގެ މައްޗަށް 2-0 އިން ކުރިހޯދައި، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމު މާޒިޔާ އިން މިއަދު ހޯދައިފި އެވެ.

December 06, 2017 4
ތިން ވަނަ މެޗުން ވެސް ސީލައިފް ބަލިވެއްޖެ

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ ފިރިހެން ބައިގައި ސީލައިފް ސްޕޯޓްސް ކްލަބް ކުޅުނު ތިން ވަނަ މެޗުން މާޒިޔާ އަތުން ބަލިވެއްޖެ އެވެ. މިއާ އެކު ސީލައިފް ވަނީ މިހާތަނަށް މި...

03 ޑިސެމްބަރ

December 03, 2017 6
މާޒިޔާ ވަރުގަދަކޮށް އެނބުރި އަންނާނެ: އިންމަ

ސީޒަނުގެ ފަހުކޮޅުގައި މާޒިޔާ އާއި ހަވާލުވިއިރު ދިވެހި ޕްރިމިއާ ލީގު ގެއްލިފައި އޮތުމުން އިސްމާއިލް މަހަފޫޒް (އިންމަ) ޓާގެޓްކުރީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕަށެވެ. އެފްއޭ ކަޕް ސެމީ ފައިނަލުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން ބަލިވެ ފަސް އަހަރަށް ފަހު މާޒިޔާ އަށް އޭއެފްސީ ކަޕުގެ ޖާގައެއް ގެއްލިފައިވާއިރު، އިންމަ ހުރީ...