06 ޑިސެމްބަރ

December 06, 2019 1
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް

ދޭތެރެ ދުރުކުރަން އަންހެނުން މަހަކު އެއް ފަހަރު ކާންޖެހޭ ބޭހެއް އީޖާދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި މި ބޭސް ވުޖޫދަށް ގެނެވޭނެ ކަމަށް ދިރާސާ އެމެރިކާގެ ސައިންޓިސްޓުންގެ ޓީމަކުން ބުނެފި އެވެ.

22 ނޮވެމްބަރ

November 22, 2019 2
ދޭތެރެ ދުކުރުކުރަން ފިރިހެނުންނަށް އިންޖެކްޝަނެއް

ދޭތެރެ ދުރުކުރަން ފިރިހެނުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އިންޖެކްޝަން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމުގެ އިޝާރާތެއް އެ އިންޖެކްޝަންގެ ކްލިނިކަލް ޓްރައިލްތަކެއް ހެދި އިންޑިއާގެ ސައިންޓިސްޓުންގެ ޓީމަކުން ބުނެފި އެވެ.

15 ނޮވެމްބަރ

November 15, 2019 2
ކެންސަރަށް "އޮލްޓަނޭޓިވް" ފަރުވާ ރައްކާތެރިއެއް ނޫން

ކެންސަރު ބައްޔަށް ދޭ ޒަމާނީ ފަރުވާތަކުގެ ބަދަލުގައި ބޭނުންކުރެވޭ އެހެނިހެން ހާބަލް އުފެއްދުންތަކާއި ތެރަޕީތަކުން ބައްޔަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ބަދަލުގައި ކުރިމަތިވަނީ އިތުރު ގެއްލުންތަކެއް ކަމަށް ތަޖުރިބާކާރުންތަކެއް ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2019 16
ގާދިއްފުށީގައި ހުމެއް ފެތުރެނީ، ޑޮކްޓަރު ޗުއްޓީގައި!

ތ. ގާދިއްފުށީގައި ވައިރަލް ހުމެއް ގަދަ އަށް ފެތުރި، ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރު ޗުއްޓީ އަށް ދިއުމުން އެތަނުން ދޭ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

November 08, 2019 39
ގޭގެއަށް ގޮސް ހިދުމަތް ދޭ 17 ނަރުހުންގެ ކްލިނިކް!

އެޑްމިޓްކޮށްފައި އޮންނަ ބަލި މީހާގެ ހާލަތާއި އޭނާ އުފުލާ ވޭން އެންމެ ގާތުން ފެންނާނެ އެއް ބަޔަކީ ހޮސްޕިޓަލުގެ ނަރުހުންނެވެ. އައިޖީއެމްއެޗުގެ މި ނަރުހުންނަށް ވެސް ފެނުނީ، ބަލި...

05 ނޮވެމްބަރ

November 05, 2019 1
ހަނދާންނެތޭ ބައްޔަށް ޗައިނާ އިން އާ ބޭހެއް

ހަނދާން ނެތޭ ބަލީގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒެއިމާ އަށް އާ ބޭހެއް ހޯދަން ކުރާ މަސައްކަތުގައި، 17 އަހަރުން ފަހުން ޗައިނާގައި އީޖާދުކުރި އާ ބޭހަކަށް ހުއްދަ ދޭން އެ ގައުމުން ނިންމައިފި އެވެ.

24 އޮކްޓޯބަރ

October 24, 2019
ލޭމައްޗަށްދާ މީހުން ބޭސް ކާން ރަނގަޅީ ކޮން ވަގުތެއް؟

ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ބޭނުންކުރާ ބޭސް ކާން ރަނގަޅީ ރޭގަަނޑު ނިދުމާ ގާތްކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން ބޭހުން ލިއްބައިދޭ ފައިދާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

29 ސެޕްޓެމްބަރ

September 29, 2019 2
ބޭސް ސިޓީއަށް ނޫނީ ޒެންޓެކް ވިއްކުން ރާއްޖޭގައި މަނާކޮށްފި

ގޭސްޓްރިކް ހުންނަ މީހުންނަށް ދޭ ބޭހެއް ކަމަށްވާ ޒެންޓެކްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބެލެވޭތީ އެކަން ބަލަމުން ދަނިކޮށް ޑޮކްޓަރުން ދޭ ބޭސް ސިޓީ އަށް ނޫން ގޮތަކަށް އެ ބޭސް...

September 29, 2019 3
ޒެންޓެކުން ކެންސަރަށް މަގުފަހިވާތީ ވިއްކުން ހުއްޓާލަނީ

ވައިގެ އުނދަގޫވެ، މޭ އަންދާ މައްސަލަ ހުންނަ މީހުންނަށް އާންމުކޮށް ދީ އުޅޭ ބޭހެއް ކަމަށްވާ ޒެންޓެކްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބެލެވިގެން ބައެއް ގައުމުތަކުގައި އެ...

22 އޯގަސްޓް

August 22, 2019 9
ބީރުވި ދިވެއްސަކަށް ޓްރީ ޓޮޕުން އިވުން އިއާދަކޮށްދީފި

ބީރުވި ދިވެއްސަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ދީ އިވުން އިއާދަކޮށްދީފި އެވެ.

17 އޯގަސްޓް

August 17, 2019 6
ކެލާގައި ހުން ފެތުރޭތީ ޑޮކްޓަރެއް ގެންގޮސްފި

ހއ. ކެލާ ގައި ވަރުގަދަ ހުމެއް ފެތުރި، ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރު އެޑްމިޓް ކުރަން ޖެހުމުން އެހެން ޑޮކްޓަރެއް ގެންގޮސް ބަލި މީހުން ބަލަން ރޭ ފަށައިފި އެވެ.

05 އޯގަސްޓް

August 05, 2019 83
ފަސް އަހަރު ސިއްހީ ދާއިރާ އަށް އަޅައެއް ނުލި: އަމީން

ސިއްހީ ދާއިރާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ މިދިޔަ ފަސް އަހަރު އެ ދާއިރާ އަށް އަޅާނުލައި ދޫކޮށްލާފައި އޮތުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

25 ޖުލައި

July 25, 2019 85
ބީރުވި މައްސަލާގައި 7 މިލިއަން ދޭން ހުކުމްކޮށްފި

ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސުޕްރީމް ކޯޓުގައި އެންމެ ފަހުން ސާބިތުވެ، ބަދަލަށް ހަތް މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

21 އެޕްރީލް

April 21, 2019 4
ރޯދަމަހަށް ހާއްސަ ޕެކޭޖެއް ޓްރީޓޮޕުން ތައާރަފްކޮށްފި

ރޯދަ އަށް ތިބޭ މީހުންނަށް ހާއްސަ މެޑިކަލް ޕެކޭޖެއް ތައާރަފު ކުރަން ޓްރީޓޮޕް ހޮސްޕިޓަލުން ނިންމައިފި އެވެ.

16 އެޕްރީލް

April 16, 2019 10
ސިއްހީ ދިރާސާކުރުމުގެ ޝައުގު އަންނަނީ އިތުރުވަމުން

ރާއްޖޭގައި ސިއްހީ ދާއިރާ އިން ދިރާސާ ކުރުމުގެ ޝައުގުވެރިކަން އިތުރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

12 އެޕްރީލް

April 12, 2019
ފެނާ ނުލައި ބޭސް ކެއުން ނުރައްކާ

ފެނާ ނުލައި ބޭސް ކެއުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. އެއީ ފެން ހޯދަން ލަސްވާތީ އަވަސްކޮށްލަން ކަމަށް ވެދާނެ އެވެ. ނޫނީ ކަންނެތްވެފައި ހުންނަ ވަގުތުގައި ކަންފަސޭހައަކަށެވެ. ކޮންމެ ސަބަބަކާ ހުރެ މިކަން މިގޮތަށް ކުރި ކަމުގައި ވިޔަސް މީ ވަރަށް ގެއްލުންހުރި ކަމެކެވެ.

20 ފެބުރުއަރީ

February 20, 2019 1
މުސްކުޅިވުން ލަސްކޮށްދޭ ބޭހެއް ހަދަނީ

މުސްކުޅިވުމުގެ އަލާމާތްތައް ފާޅުވުން ލަސްކޮށްދޭ ބޭހެއް ތައްޔާރުކޮށްފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

14 ޖެނުއަރީ

January 14, 2019 23
ޕްރީ މެޑިސިން ކޯސްތައް ގަބޫލުކުރުން ހުއްޓާލައިފި

ޑޮކްޓަރު ކަމުގެ ކޯހަށް ޝަރުތު ހަމަ ކުރުމަށްޓަކައި ހަދާ ޕްރީ މެޑިސިންގެ ކޯސްތަކާއި ސެޓްފިކެޓްތައް ގަބޫލުކުރުން މިއަދުން ފެށިގެން ހުއްޓާލަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފި އެވެ.

08 ޖެނުއަރީ

January 08, 2019 55
ނުފޫޒު ނައްތާލައި އާސަންދަ އަށް "ފަރުވާއެއް" ހޯދަނީ

ވިޓަމިންސީ ގުޅައެއްގެ އާއްމު އަގަކީ ދޮޅު ރުފިޔާ އެވެ. އެކަމަކު މި ބޭހުގެ އަގު އެތައް ގުނައެއް މަތިކޮށް 66ރ. އަށް، އާސަންދައިގެ ހިދުމަތުގެ ތެރެއިން ވިއްކައިފި އެވެ. މި ބޭހުން ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތަށް މަގުފަހިވީ، އާސަންދަ އިން އެ އަގު ފާސްކޮށްދީފައި އޮތުމުންނެވެ. ނުވަތަ ބިލްކުރާ އަގަކަށް ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަން...

31 ޑިސެމްބަރ

December 31, 2018 53
ވިޓަމިންސީ ގުޅައެއް 66 އަށް، ޒިންމާވާނެ ބަޔަކު ނުވި

އޭޑީކޭގެ ބޭސް ފިހާރަ އިން ދޮޅު ރުފިޔާ އަށް ވިއްކާ ވިޓަމިން ސީ ގުޅައަކަށް އާސަންދަ އިން 66ރ. ގެ ރޭޓުން ބިލް ކޮށްފައިވާ މައްސަލައެއް ފެންމަތިވެ އެއްބަޔަކު އަނެއް ބަޔަކަށް މިއަދު ތުހުމަތުކޮށްފި އެވެ.

30 ޑިސެމްބަރ

December 30, 2018 12
މަސައްކަތް ކުރަނީ ދިވެހި ބޭސްވެރިކަމަށް ވެސް ޖާގަދޭން

ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ބޭސްވެރިކަމަކީ ވެސް ރާއްޖޭގެ ސިއްހީ ދާއިރާގައި ޖާގަ އޮތް ހިދުމަތަކަށް ހަދަން ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

December 30, 2018 13
ދިވެހި ބޭސްވެރިކަމަށް ޒަމާނީ ކުރިއެރުން ބޭނުން: ރައީސް

ދިވެހި ބޭސްވެރިކަމަށް ދިރުން ގެންނަންވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެ މަސައްކަތް ވެސް ދޫކޮށްލަންވާނީ ޕްރޮފެޝަނަލް ބަޔަކަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު...

24 ނޮވެމްބަރ

November 24, 2018 17
އަދީބު ގެއަށް ބަދަލުކުރުމަށް ވަނީ ލަފާދީފައި: އާއިލާ

މީގެ ދެ ހަފުތާ ކުރިން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ކުރި އޮޕަރޭޝަނަށް ފަހު، ގެއަށް ބަދަލުކޮށްގެން ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި އެޗްއާރުސީއެމުން ލަފާ ދީފައިވާ ކަމަށް އަދީބުގެ އާއިލާ އިން މިއަދު ބުނެފި އެވެ.