04 މެއި

May 04, 2018
ދަރިމައިނުވުމުގެ މައްސަލަ ޕެރެސެޓަމޯލުން ކުރިމަތިވޭ

މާބަނޑު ދުވަސްވަރު، ޕެރަސަޓަމޯލް ފަދަ ބޭސްތައް ކެއުމުން، އެ މީހެއްގެ މާމަ ދަރިންނަކީ ދަރިމައިވުމުގައި މައްސަލަ ހުންނަ ކުދިންނަށް ވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

25 އެޕްރީލް

April 25, 2018 9
މުހުތާޒަށް ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ: އާއިލާ

ކުރީގެ ޕްރޮސެކިއުޓާ ނެރަލް މުހުތާޒް މުހުސިންގެ ބަލި ހާލަތު އިތުރަށް ބޮޑުވެ، ކައިރި މުސްތަގުބަލެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

12 މާޗް

March 12, 2018 4
ލަންކާގައި މެޑިސިން ކިޔަވަން އަހަރަކު 20 ޖާގަ ދެނީ

ސްރީ ލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) ގައި އެމްއެމްބީއެސް އަށް ކިޔެވުމުގެ ފުރުސަތު ކޮންމެ އަހަރަކު 20 ދަރިވަރަކަށް ދިނުމަށް އެ ޔުނިވަސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

09 މާޗް

March 09, 2018 5
ފޭކް ބޭހެއް ދައުރުވާތީ، ރާއްޖެ ނުގެންނަން އަންގައިފި

ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއް ކަމަށްވާ އަގުމެންޓިންގެ އަސްލާ ވަރަށް އެއްގޮތް ފޭކް ބޭސްތަކެެއް ކެމެރޫންގައި ދައުރު ވަމުންދާތީ، އެ ބެޗްގެ އެ ބޭސް ރާއްޖެ އެތެރެ ނުކުރަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

07 ފެބުރުއަރީ

February 07, 2018
ހާބަލް ރިމެޑީޒް އާއި ޑޮކްޓަރީ ބޭސް އެއް ނުކުރާތި

ހާބަލް ރިމެޑީޒް އާއި ޑޮކްޓަރީ ބޭސް އެއްކޮށް ބޭނުންކުރުމުން ހީނުކުރާ ކަހަލަ ބޮޑެތި ނުރައްކާތަކާ ކުރިމަތިވާ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ. ރިސާޗަރުން ވަނީ މިކަހަލަ ވަރަށް ގިނަ ކޭސްތައް ހޯދައި ދިރާސާކޮށްފަ އެވެ. މި ހޯދުމުން ހާމަވި ގޮތުގައި ހާބަލް ރިމެޑީޒް ބޭނުންކުރަމުން ޑޮކްޓަރު ލިޔެދޭ ބޭސް ބޭނުންކުރުމުން ޑޮކްޓަރީ...

30 ޖެނުއަރީ

January 30, 2018 5
ގާޒީ ނިހާނަށް ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ރޭ ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަށް ފަރުވާ ދިނުމަށް ފަހު މާފުށީ ޖަލަށް އަނބުރާ ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

18 ޖެނުއަރީ

January 18, 2018 8
އަދީބަށް އިހުމާލެއް ނުވޭ، ހުރިހާ ފަރުވާއެއް އެބަދޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

10 ޖެނުއަރީ

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ. ސާބިތުވެފައިވަނީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ....

19 ޑިސެމްބަރ

December 19, 2017 8
އަދީބު ގޭބަންދަށް ބަދަލުކުރެވޭކަށް ނެތް: ކަރެކްޝަންސް

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ދެކޮޅު ހަދައިފި އެވެ.

03 ޑިސެމްބަރ

December 03, 2017 6
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ހިލާފުވީ ސަރުކާރުން ކަމަށާއި ގާސިމްގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތައް ބަލައިނުގަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2017 71
ގާސިމް ވަނީ ގަވައިދާ ޚިލާފުވެފައި: އަޒްލީން

ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގަތުމަކީ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށާއި ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

24 އޮކްޓޯބަރ

October 24, 2017 1
ދާހިތްލާ ގޮތަށް ލޭ އަންނަ މީހެއް، ޑޮކްޓަރުން އަޖައިބު

ދާހިތްލާ ގޮތަށް މޫނާއި ދެ އަތްތިލައިން ލޭ އަންނަ ޒުވާން އަންހެނަކަށް ފަރުވާ ދޭން ޖެހި، އިޓަލީގެ ޑޮކްޓަރުންގެ ޓީމެއް އަޖައިބުވެއްޖެ އެވެ. ކާކުކަން ހާމަކޮށްފައި ނުވާ، އުމުރުން 21 އަހަރުގެ އެ މީހާގެ ގައިން މި ގޮތަށް ލޭ ބޭރުވަނީ ހަމުގައި އެއްވެސް ކަހަލަ ޒަޚަމެއް ނެތި އެވެ.

11 އޮކްޓޯބަރ

October 11, 2017 28
ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށަނީ

އަންނަ އަހަރު ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

01 އޮކްޓޯބަރ

October 01, 2017 60
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ

ބޭސްފަރުވާއަކަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެން ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވާކަން "މިހާރު"އަށް އެނގިއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2017
އެސްޕްރިން ކެއުން ކުއްލިއަކަށް ހުއްޓާލުމުން ގެއްލުމެއް ވެދާނެ

އެސްޕްރިން ކައި މީހަކު ކުއްލިއަކަށް އެ ބޭސް ހުއްޓާލައިފި ނަަމަ ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 30 ޕަސެންޓް އިތުރުވާ ކަމަށް މުޅިން ދިރާސާއަކުން ހާމަވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2017 4
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް

ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުން ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭރުގައި ހުންނެވުމުގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުނުކޮށްދިން މައްސަލަ، ގާސިމްގެ ވަކީލުން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 10
އަގު ހެޔޮކޮށް ރާއްޖެ އަށް ބޭސް ގެންނަން މަޝްވަރާކުރަނީ

ރާއްޖެ އަށް ހެޔޮ އަގުގައި ބޭސް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

20 އޯގަސްޓް

August 20, 2017 21
ދިން ބޭހަކުން ކުއްޖެއްގެ ހާލު ދެރަވި ވާހަކަ ދޮގުކޮށްފި

އައިޖީއެމްއެޗުން ކުޑަކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ހާލު ދެރަވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.

17 އޯގަސްޓް

August 17, 2017 2
އަމީތަށް އެކަށީގެންވާ ފަރުވާ ދިނުމަށް ގޮވާލައިފި

ދޫނިދޫގައި ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތަށް ފުރިހަމަ ބޭސްފަރުވާއެއް ދިނުމަށް އިދިކޮޅު ޕާޓީތަކުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

05 އޯގަސްޓް

August 05, 2017 3
ގާސިމްގެ ވަކީލުންގެ ސިޓީއެއް ކްރިމިނަލް ކޯޓަށް

ކްރިމިނަލް ކޯޓުން ކުރިން ބާތިލްކޮށްފައި އޮތް މައްސަލައެއް އަލުން ބަލައިގަނެ، ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެ ކޯޓުގެ އާންމު މަޖިލީހުން ނިންމާފައިވާ ނިންމުމެއްގެ ކޮޕީ ހޯދުމަށް...

August 05, 2017 1
މުހުތާޒް ދެ ހަފުތާ ފަހުން އޭޑީކޭއިން ޖަލަށް ގެންގޮސްފި

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ދެ ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ...