26 މެއި

May 26, 2018
މުހުތާޒް ޖަލަށް ގެންދިޔަ ފަހުން ފިޒިއޮތެރަޕީއެއް ނުދޭ

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލާފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިންގެ މައިބަދައިގެ މައްސަލަޔަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީ އަލުން ޖަލަށް ގެންދިޔަ ފަހުން، ޑޮކްޓަރު ދެއްވި ލަފަޔާ އެއްގޮތަށް ފިޒިއޮތެރަޕީ ނުދޭ...

22 މެއި

May 22, 2018 6
މުހުތާޒް އެއް ހަފުތާ ފަހުން ހޮސްޕިޓަލުން ޖަލަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އެއް ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، މާފުށީ ޖަލަށް މިއަދު ގެންގޮސްފި އެވެ.

16 މެއި

May 16, 2018
އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ފެނިއްޖެ

އާންމު އަރިދަފުސް ރޯގާއަށް ފަރުވާއެއް ހޯދިދާނެ ގޮތެއް ދެނެގަނެވިއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.

14 މެއި

May 14, 2018 6
ސިއްހީ މައްސަލަތަކާ ގުޅިގެން އަލީ ހަމީދުގެ ޝަކުވާތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ ޝަކުވާތައް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްއާ އޭނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

06 މެއި

May 06, 2018 24
ރައީސް ޔާމީނަށް މައުމޫނަށް ދޫދެއްވޭނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ގެއްލުން ނުވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދޫދެއްވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

04 މެއި

May 04, 2018
ދަރިމައިނުވުމުގެ މައްސަލަ ޕެރެސެޓަމޯލުން ކުރިމަތިވޭ

މާބަނޑު ދުވަސްވަރު، ޕެރަސަޓަމޯލް ފަދަ ބޭސްތައް ކެއުމުން، އެ މީހެއްގެ މާމަ ދަރިންނަކީ ދަރިމައިވުމުގައި މައްސަލަ ހުންނަ ކުދިންނަށް ވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

25 އެޕްރީލް

April 25, 2018 9
މުހުތާޒަށް ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ: އާއިލާ

ކުރީގެ ޕްރޮސެކިއުޓާ ނެރަލް މުހުތާޒް މުހުސިންގެ ބަލި ހާލަތު އިތުރަށް ބޮޑުވެ، ކައިރި މުސްތަގުބަލެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

12 މާޗް

March 12, 2018 4
ލަންކާގައި މެޑިސިން ކިޔަވަން އަހަރަކު 20 ޖާގަ ދެނީ

ސްރީ ލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) ގައި އެމްއެމްބީއެސް އަށް ކިޔެވުމުގެ ފުރުސަތު ކޮންމެ އަހަރަކު 20 ދަރިވަރަކަށް ދިނުމަށް އެ ޔުނިވަސިޓީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

09 މާޗް

March 09, 2018 5
ފޭކް ބޭހެއް ދައުރުވާތީ، ރާއްޖެ ނުގެންނަން އަންގައިފި

ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއް ކަމަށްވާ އަގުމެންޓިންގެ އަސްލާ ވަރަށް އެއްގޮތް ފޭކް ބޭސްތަކެެއް ކެމެރޫންގައި ދައުރު ވަމުންދާތީ، އެ ބެޗްގެ އެ ބޭސް ރާއްޖެ އެތެރެ ނުކުރަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

07 ފެބުރުއަރީ

February 07, 2018
ހާބަލް ރިމެޑީޒް އާއި ޑޮކްޓަރީ ބޭސް އެއް ނުކުރާތި

ހާބަލް ރިމެޑީޒް އާއި ޑޮކްޓަރީ ބޭސް އެއްކޮށް ބޭނުންކުރުމުން ހީނުކުރާ ކަހަލަ ބޮޑެތި ނުރައްކާތަކާ ކުރިމަތިވާ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ. ރިސާޗަރުން ވަނީ މިކަހަލަ ވަރަށް ގިނަ ކޭސްތައް ހޯދައި ދިރާސާކޮށްފަ އެވެ. މި ހޯދުމުން ހާމަވި ގޮތުގައި ހާބަލް ރިމެޑީޒް ބޭނުންކުރަމުން ޑޮކްޓަރު ލިޔެދޭ ބޭސް ބޭނުންކުރުމުން ޑޮކްޓަރީ...

30 ޖެނުއަރީ

January 30, 2018 5
ގާޒީ ނިހާނަށް ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ރޭ ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަށް ފަރުވާ ދިނުމަށް ފަހު މާފުށީ ޖަލަށް އަނބުރާ ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

18 ޖެނުއަރީ

January 18, 2018 8
އަދީބަށް އިހުމާލެއް ނުވޭ، ހުރިހާ ފަރުވާއެއް އެބަދޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

10 ޖެނުއަރީ

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ. ސާބިތުވެފައިވަނީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ....

19 ޑިސެމްބަރ

December 19, 2017 8
އަދީބު ގޭބަންދަށް ބަދަލުކުރެވޭކަށް ނެތް: ކަރެކްޝަންސް

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ދެކޮޅު ހަދައިފި އެވެ.

03 ޑިސެމްބަރ

December 03, 2017 6
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ހިލާފުވީ ސަރުކާރުން ކަމަށާއި ގާސިމްގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތައް ބަލައިނުގަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

01 ޑިސެމްބަރ

December 01, 2017 71
ގާސިމް ވަނީ ގަވައިދާ ޚިލާފުވެފައި: އަޒްލީން

ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަރުމަނަށް ވަޑައިގަތުމަކީ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށާއި ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

24 އޮކްޓޯބަރ

October 24, 2017 1
ދާހިތްލާ ގޮތަށް ލޭ އަންނަ މީހެއް، ޑޮކްޓަރުން އަޖައިބު

ދާހިތްލާ ގޮތަށް މޫނާއި ދެ އަތްތިލައިން ލޭ އަންނަ ޒުވާން އަންހެނަކަށް ފަރުވާ ދޭން ޖެހި، އިޓަލީގެ ޑޮކްޓަރުންގެ ޓީމެއް އަޖައިބުވެއްޖެ އެވެ. ކާކުކަން ހާމަކޮށްފައި ނުވާ، އުމުރުން 21 އަހަރުގެ އެ މީހާގެ ގައިން މި ގޮތަށް ލޭ ބޭރުވަނީ ހަމުގައި އެއްވެސް ކަހަލަ ޒަޚަމެއް ނެތި އެވެ.

11 އޮކްޓޯބަރ

October 11, 2017 28
ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށަނީ

އަންނަ އަހަރު ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

01 އޮކްޓޯބަރ

October 01, 2017 60
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ

ބޭސްފަރުވާއަކަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެން ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވާކަން "މިހާރު"އަށް އެނގިއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2017
އެސްޕްރިން ކެއުން ކުއްލިއަކަށް ހުއްޓާލުމުން ގެއްލުމެއް ވެދާނެ

އެސްޕްރިން ކައި މީހަކު ކުއްލިއަކަށް އެ ބޭސް ހުއްޓާލައިފި ނަަމަ ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 30 ޕަސެންޓް އިތުރުވާ ކަމަށް މުޅިން ދިރާސާއަކުން ހާމަވެއްޖެ އެވެ.