07 ނޮވެމްބަރ

November 07, 2018 11
ކުދިންގެ ގައިގައި ނުޖަހާތި، ނަތީޖާ ވަރަށް ގޯސް

ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި އެ ކުދިންގެ ގައިގައި ޖެހުމަކީ އެއް ދުވަސްވަރެއްގައި ވަރަށް އާންމު ކަމެއް ނަމަވެސް އެކަމުގައި ހުރި ގެއްލުންތައް އެނގި ހޭލުންތެރިކަން އިތުރުވަމުން އައި ވަރަކަށް އެކަން މަދުވެއްޖެ އެވެ. އެކަމަކު އަދިވެސް މިކަން އެބަ ހިނގަ އެވެ.

12 އޮކްޓޯބަރ

October 12, 2018 4
"އަސްލު ކިހިނެއް؟": އުދާސްތައް ބޭރުކޮށްލާ!

ޖެހިލުންވުމެއް ނެތި ފިކުރުތަކާއި ކަންބޮޑުވުންތައް އެހެން މީހުންނާ ފަސޭހަ އިން ހިއްސާކޮށްލެވޭނެ ގޮތެއް ހޯދައިދީފިއްޔާ އެތައް ބައެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެވިދާނެ...

October 12, 2018 1
ސެލީނާ އަނެއްކާ ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދަނީ

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ނަފުސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އަނެއްކާ ވެސް އެ ބައްޔަށް ފަރުވާ ހޯދަން ފަށައިފި...

10 އޮކްޓޯބަރ

October 10, 2018 4
ނަފްސާނީ ބަލިތައް: ކުށްހީތަކާއި ހޯދަން އުނދަގޫ ފަރުވާ

ނަފްސާނީ ބަލިތަކާ ބެހޭގޮތުން ދިވެހިންގެ ތެރޭގައި ވާހަކަދެކެވެން ފަށާފައިވާ މި ވަގުތު، ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. ޚާއްސަކޮށް، އެފަދަ ބަލިތަކަށް ބޭނުންވާ ފަރުވާ ލިބެން...

October 10, 2018 5
ނަފްސާނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018
ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ޕްރިންސް ވިލިއަމް

މަސައްކަތުގެ މާހައުލުގައި މީހުންނަށް ދިމާވާ ނަފުސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް ވެބްސައިޓެއް ލޯންޗް ކުރައްވައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 9
"ނަފްސާނީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ހިލޭ ދޭނަން"

ނަފްސާނީ ބަލިތަކަށް ރާއްޖޭގައި ދޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ހަމަޖައްސައި ދެއްވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

31 އޯގަސްޓް

August 31, 2018
ޖެސިކާގެ ވަޒީފާއަކީ "ބައްދައިލުން"

ރަސްމީ ވަޒީފާއަކީ އެހެން މީހުންގެ ގައިގައި ބައްދައިލުން ކަމަށް ބުނެފި ނަމަ ބައެއް މީހުން ހައިރާން ވެދާނެ އެވެ. އެކަމަކު، ތިން ދަރިން ތިބި ޖެސިކާ އޯނީލްގެ އަށް މި ވަޒީފާއިން އަހަރަކު 58،000 ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. ހަފުތާކަށް ބަލައިފި އެވްރެޖްކޮށް 1،100 ޑޮލަރު ލިބެ އެވެ.

22 އޯގަސްޓް

August 22, 2018
ނަފްސާނީ ހާލު ދެނެގަތުމަށް ކަމަރެއް

އުޅޭ އުޅުމުން އެކަން އިހުސާސްނުވިޔަސް ރަގަޅަށް ބަލައި ދިރާސާކުރާ ނަމަ ގިނަ މީހުންނަކީ ކޮންމެވެސް ނަފްސާނީ މައްސަލަތަކެއްގެ ޝިކާރައަށްވެފައިވާ މީހެކެވެ. އާންމުކޮށް މިފަދަ މައްސަލަތައް ދެނެގަނެވޭނީ ސިއްހީ ތަޖުރިބާކާރެއް ނުވަތަ ޑޮކްޓަރެއްގެ ލަފާ ހޯދުމުންނެވެ. އޭގެ ކުރިން ތިމާގެ ނަފްސާނީ ހާލަތު އަމިއްލައަށް ހޯދޭނެ އެއް ގޮތަކީ...

13 އޯގަސްޓް

August 13, 2018
ކަސްރަތުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ

ކަސްރަތު ކުރުމުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ ކަމަށާއި އެކަމަކު އެކަށީގެންވާ ވަރަށް ވުރެ ގިނައިން ކަސްރަތުކުރުން ގޯސް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

05 އޯގަސްޓް

August 05, 2018
މި މީހުންގެ ދިރިއުޅުން ބަދަލުވީ ދުވެގެން

ފިޓްކޮށް ހުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ، އެންމެ ހަރަދު ކުޑަކޮށް އަދި އެންމެ ފަސޭހަކޮށް ކޮށްލެވޭ އެއް ކަސްރަތަކީ ދުވުމެވެ. ދުވެގެން ނަތީޖާ ނެރޭ މީހުން މިހާރު ބައިވަރެވެ. އެފަދަ މީހުންގެ ވާހަކަތަކުން ހިތްވަރު ލިބިގެން، ދުވަން ޝައުގުވެރިވާ މީހުން ވެސް މިހާރު އަންނަނީ ގިނަވަމުންނެވެ.

31 މެއި

May 31, 2018 1
ފަށުފުލުން ދޭން އުޅުނު މެސެޖުން ބޮޑު މައްސަލައެއް

"ޑިޕްރެޝަން"، "އެންޒައިޓީ" އަދި "ބައިޕޯލާ" ފަދަ ލަޒުފުތައް ފަށުފުލުގައި ލިޔެ، އެމެރިކާގެ ގަހަނާ ބްރޭންޑަކުން އުފެއްދި ފަށްތަކަކަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2018
ތާޒާކޮށް ހުންނަން، ތާޒާ މޭވާ އާއި ތަރުކާރީ

ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ދޭ ނަސޭހަތެއް އޮވެ އެވެ؛ ވީހާ ވެސް ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކާށެވެ. ވަކިން ހާއްސަކޮށް، ތާޒާ މޭވާ އާއި ތަރުކާރީ ކޮންމެ ދުވަހަކު ވެސް...

April 22, 2018 7
ހަށިގަނޑު ވަރުގަދަ ފިރިހެނުންގެ ސިކުނޑި ވެސް ވަރުގަދަ

ޖިސްމާނީ ގޮތުން ހަށިގަނޑު ވަރުގަދަކޮށް ތިބޭ ފިރިހެނުންގެ ސިކުނޑީގެ ދުޅަހެޔޮކަން ބޮޑު ކަމަށް ދިރާސާއެއެއްގައި ބުނެފި އެވެ.

14 އެޕްރީލް

April 14, 2018 2
ރޭގަނޑު ނިދި ނުލިބޭ ނަމަ ދިމާވާ މައްސަލަތައް ގިނަ

ރޭގަނޑު އަވަހަށް ނިދާފައި ފަތިހު ހޭލުމަކީ އަބަދުވެސް ސިއްހީ ތަޖުރިބާކާރުން ދޭ ނަސޭހަތަކެކެވެ. އެކަމުގެ ސަބަބުން ލިބޭ ފައިދާތައް ބޮޑު ވާހަކަ އެވެ. އެއާ ހިލާފަށް ރޭގަނޑު ހަތަރުދަމު ހޭލައި އުޅޭ މީހުންނަށް އިންޒާރުގެ މެސެޖުތައް އެކި ދިރާސާތަކުން ދަނީ ލިބެމުންނެވެ.

28 ނޮވެމްބަރ

November 28, 2017
އެކަނި ވެސް ވަގުތުކޮޅެއް ހޭދަކޮށްލަންވާނެ

ވަޒީފާ އާއި އެހެން މީހުންނަށް ހިދުމަތް ކުރުމުން އެކަހެރިވެ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދަން ވަގުތު ހޭދަކުރުމަކީ ބައެއް މީހުން ދެކޭ ގޮތުގައި ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މިއީ ފައިދާހުރި ވަގުތުކޮޅެއް ކަމަށެވެ.

06 ނޮވެމްބަރ

November 06, 2017 4
ޓެކްސަސްގެ ބަޑީގެ ހަމަލާ: އެއީ ނަފްސާނީ މައްސަލައެއް

ޓޯކިޔޯ (ނޮވެމްބަރު 6) - ޓެކްސަސްގެ ފައްޅިއެއްގެ ތެރޭގައި ބަޑިޖަހާ 26 މީހުން މަރާލީ ބަޑި ގެންގުޅުމުގެ އުސޫލުގެ މައްސަލައަކުން ނޫން ކަމަށާއި އެއީ ނަފްސާނީ މައްސަލައެއްގެ ސަބަބުން މެދުވެރި ކަމެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

04 ނޮވެމްބަރ

November 04, 2017 3
އެކަނިވެރި ދެމައިންގެ ހިތްދަތި ވަކިވުމެއް

އިންޑިއާގެ ކަލްކަތާގައި ގެއެއްގެ ތެރެއިން ނުބައި ވަސް ދުވާތީ ފުލުހުން ގޮސް ބެލި އިރު ނަފްސާނީ ބަލީގެ މީހަކު އެ ގޭގެ ކޮޓަރިއެއްގައި ނިދާފައި އޮތެވެ. އެކަމަކު އެހެން ކޮޓަރިއެއްގައި އޭނާގެ މަންމަ މަރުވެ، ހަށިގަނޑު އޮތީ ކުނިވެފަ އެވެ.

21 އޮކްޓޯބަރ

October 21, 2017
ސިޓީތަކުގައި އުޅޭ މީހުން ސްޓްރެސްއާ ދުރުވާނެ ގޮތެއް

ސިޓީތަކުގައި ފެހި ހުސް ޖާގަތައް ހުންނަ ނަމަ އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާނެ ކަމަށް ޖަރުމަނުގެ ދިރާސާއަކުން ދައްކައިފި އެވެ.

02 އޮކްޓޯބަރ

October 02, 2017 48
ޑރ. ނާޒު ރާއްޖޭގައި އަލުން މަސައްކަތް ފައްޓަވައިފި

މީގެ އަހަރެއްހާ ދުވަސް ކުރިން ސްރީ ލަންކާއަށް ދިރިއުޅުން ބަދަލުކުރެއްވި މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު އެނބުރި ރާއްޖެ ވަޑައިގެން، އޭނާގެ މަސައްކަތް އަލުން ފައްޓަވައިފި އެވެ.

22 މެއި

May 22, 2017 2
ނަފްސާނީ ގެއްލުން އެންމެ ބޮޑު އެޕަކީ އިންސްޓަގްރާމް

ޒުވާނުންނަށް ނަފްސާނީ ގޮތުން އެންމެ ގެއްލުން ބޮޑު ސޯޝަލް މީޑިއާ އެޕްލިކޭޝަނަކީ އިންސްޓަގްރާމް ކަމަށް ރޯޔަލް ސޮސައިޓީ ފޯ ޕަބްލިކް ހެލްތުން އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކަށް ފަހު ބުނެފި އެވެ.

29 އެޕްރީލް

April 29, 2017
ހަކުރު ބަލިން ސިކުނޑިއަށް ގެއްލުން ވެދާނެ

ކުރީގެ ދިރާސާއެއްގައި ބުނަނީ ޓައިޕް 2 ޑައެބެޓީސްގެ ސަަބަބުން ހަނދާން ނެތުމުގެ މައްސަަލަތައް ކުރިމަތިވެދާނެ ކަމަށެވެ. މީގެ ފަހުން ކުރި އާ ދިރާސާއެއްގައި، މިއީ ކިހިނެއް ދިމާވާ ކަމެއްކަން ދެނެގަތުމުގައި ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

27 އެޕްރީލް

April 27, 2017 6
އުމުރުން 12 ވަނަ ދުވަހުގެ ހަނދާން ވެސް ހުރި މީހެއް

ރެބެކާ ޝެރޮކްގެ އެންމެ ދުރު ހަނދާންތަކުގެ ތެރޭގައި އޭނާގެ އުމުރުން އެންމެ 12 ދުވަހު ވީ ކަންތައް ހިމެނެ އެވެ. އޮސްޓްރޭލިއާގެ މި އަންހެންމީހާ ބުނި ގޮތުގައި ތުއްތު ކުއްޖެއްގެ ގޮތުގައި އޮތް އިރުން ފެށިގެން އޭނާގެ ހަޔާތުގައި ދިމާވި ކޮންމެ ކަމެއްގެ ހަނދާން މިހާތަނަށް ވެސް އެބަހުއްޓެވެ.