02 ސެޕްޓެމްބަރ

September 02, 2020 1
ތިން ވަނަ އަށް އެންމެ މުއްސަނދީ އީލޮން

މިދިޔަ މަހުގެ ކުރީކޮޅު މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ފަހަތަށް ޖައްސައިލުމަށް ފަހު، ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފި އެވެ.

29 އޯގަސްޓް

August 29, 2020 1
ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

20 އޯގަސްޓް

August 20, 2020 5
ޗައިނާގައި ބިލް ގޭޓްސް އަށް ހުރަހެއް ނެތީ ކީއްވެ؟

މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން އުޅޭ ވާހަކަ އަޑުއިވުމުން ބޮލަށް އުނދަގޫވި އެވެ. މިއީ މައިކްރޮސޮފްޓުން ކީއްކުރަން ކުރަން އުޅޭ ކަމެއްހޭ ހިތަށް އެރި އެވެ. އެކަމަކު، މިހާރު ސަބަބު އެނގިއްޖެ އެވެ. ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

10 އޯގަސްޓް

August 10, 2020
މައިކްރޮސޮފްޓުން ޓިކްޓޮކާ އުޅޭތީ ގޭޓްސްގެ ފާޑުކިޔުން

އެމެރިކާގައި ޓިކްޓޮކް މަނާކުރާނެ ކަމަށް ވިދާޅުވެ ބިރު ދައްކަވައިގެން، ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތަށް މައިކްރޮސޮފްޓުން ވާގިދޭތީ އެކަމަށް އެ ކުންފުނީގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް ފާޑު ވިދާޅުވެއްޖެ އެވެ.

31 މެއި

May 31, 2020
މައިކްރޮފްސޮފްޓަށް ނޫސްވެރިންގެ ބަދަލުގައި "ރޮބޮޓް"

މައިކްރޮސޮފްޓްގެ އެމްއެސްއެން ވެބްސައިޓްގެ ހިންގުމަށް ގެންނަ ބަދަލާ އެކު ކޮންޓްރެކްޓް އުސޫލުން އިނގިރޭސިވިލާތާއި އެމެރިކާގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން ދޫކޮށްލައި، އެ މީހުންގެ ބަދަލުގައި ރޮބޮޓް ބޭނުންކުރަން ނިންމައިފި އެވެ.

12 މެއި

May 12, 2020
މައިކްރޮސޮފްޓުން އިޓަލީ އަށް 1.5 ބިލިއަންގެ އިންވެސްޓްމަންޓެއް

ކްލައުޑް ކޮމްޕިއުޓިންގެ ދާއިރާ ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޅާކުރުމަށް މައިކްރޮސޮފްޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިޓަލީގައި 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.

15 މާޗް

March 15, 2020 6
ގޭޓްސް މައިކްރޮސޮފްޓްގެ ބޯޑުން ވަކިވަނީ

އެމެރިކާގެ މަޝްހޫރު ކުންފުނި މައިކްރޮފްސޮފްޓްގެ ބާނީ ބިލް ގޭޓްސް އެ ކުންފުނީގެ ބޯޑުން އިސްތިއުފާ ދެއްވަން ނިންމާފައިވާކަން ހުކުރު ދުވަހު އިއުލާންކުރައްވައިފި އެވެ.

20 ފެބުރުއަރީ

February 20, 2020
ގޭޓްސް ޕޯޝާ ކާރެއް ގަތުމުން އީލޮން އަށް ކަމަކުނުދިޔަ

ޓެސްލާގެ އުފެއްދުންތަކަށް ތައުރީފުކުރެއްވުމަށް ފަހު، އަމިއްލަ އަށް ކާރެއް ބައްލަވައިގަތް އިރު ޕޯޝާ މަރުކާގެ ކާރެއް ބައްލަވައިގަތުމުން ޓެސްލާގެ ވެރިޔާ އީލޮން މަސްކް، ބިލް ގޭޓްސް އަށް ފާޑު ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2020 7
ވައިރަހާ ދެކޮޅަށް ބިލްގޭޓްސް 100 މިލިއަން ޑޮލަރު

ޗައިނާ އިން އުފަންވެ، ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފޯރާފައިވާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވާން، އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާގެ ގޭޓްސް ފައުންޑޭޝަނުން 100 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

01 ފެބުރުއަރީ

February 01, 2020
ގޭޓްސްގެ ދަރިފުޅު މިސްރުގެ ލޯބިވެރިޔާއާ އެންގޭޖްވެއްޖެ

އެމެރިކާގެ މަހުޖަނު އަދި މައިކްރޮސޮފްޓް ކުންފުނީގެ ވެރިޔާ ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ގޭޓްސް ލޯބިވެރިޔާއާ އެންގޭޖްވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2019 4
ބިލް ގޭޓްސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް، އެމެރިކާގެ މައިކްރޮސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް މިދިޔަ ޖުލައި މަހުގެ ތެރޭގައި، ތިން ވަނަ އަށް އެންމެ މުއްސަނދި މަގާމަށް ވެއްޓުމަށް ފަހު އަނެއްކާވެސް އެންމެ މުއްސަނދި މީހާ އަށް ވެއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2019 1
ބިލް ގޭޓްސްގެ ޑޮކިއުމަންޓަރީ މިމަހު ނެޓްފްލިކްސް އަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސްގެ ޑޮކިއުމަންޓަރީއެއް ގެނެސްދޭން ނެޓްފްލިކްސް އިން ތައްޔާރުވެއްޖެ އެވެ.

27 ޖޫން

June 27, 2019 1
ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި

ވިންޑޯޒް ފޯނުތަކަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެއިރު މައިކްރޮސޮފްޓް ހިންގަން ތިބި މީހުން ކަމަށް ދޭހަވާ ގޮތަށް، ކުންފުނީގެ ބާނީ ބިލް ގޭޓްސް ވާހަކަދައްކަވައިފި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މުޅި ހަޔާތުގައި ވެސް ހެއްދެވުނު އެންމެ ބޮޑު ގޯހެވެ.

26 ޖޫން

June 26, 2019 7
ބިލް ގޭޓްސް އަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކޮބާ؟

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭނީ ލައްކަ މަސައްކަތާއި ހިތްވަރުންނެވެ. މީގެ ތެރޭގައި ގޯސްތަކެއް ހެދި، އެ ކަންކަމުން ފިލާވަޅުތައް ވެސް ލިބިފައި ހުންނާނެ އެވެ. މައިކްރޮސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބިލް ގޭޓްސް ވަނީ ވެސް ވިދާޅުވަނީ މިހާރު އޭނާ ހުންނެވި ހިސާބަށް...

16 އޮކްޓޯބަރ

October 16, 2018
މައިކްރޮސޮފްޓްގެ އެއް ބާނީ ޕޯލް އެލެން މަރުވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއާ ގުޅިގެން މައިކްރޮސޮފްޓް ވުޖޫދަށް ގެނައި އެއް ބާނީ ޕޯލް އެލެން ހޯމަ ދުވަހު މަރުވެއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2017 1
ބިލް ގޭޓްސް އަށް އަކްޝޭގެ "ޓޮއިލެޓް" ވަރަށް ރީތި

އަކްޝޭ ކުމާރާއި ބޫމީ ޕަޑްނޭކަރްގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އަކީ 2017 ގައި ފެނުނު އެންމެ ރަނގަޅު އެއް ކަމެއްގެ ގޮތުގައި މައިކްރޮސޮފްޓްގެ އެންމެ އިސް ވެރިޔާ ބިލް ގޭޓްސް ސިފަކުރައްވައިފި އެވެ.

17 ޑިސެމްބަރ

December 17, 2017 40
ބިލް ގޭޓްސް ރާއްޖެ ވަޑައިގެންފި

މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 7
ބިލް ގޭޓްސް ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެއް

ވިންޑޯޒް ފޯނުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ބިލް ގޭޓްސް ވެސް ވިންޑޯޒް ފޯނު ދޫކޮށްލައްވައިފި އެވެ. އޭނާ މިހާރު ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެކެވެ.