16 އޮކްޓޯބަރ

October 16, 2018
މައިކްރޮސޮފްޓްގެ އެއް ބާނީ ޕޯލް އެލެން މަރުވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއާ ގުޅިގެން މައިކްރޮސޮފްޓް ވުޖޫދަށް ގެނައި އެއް ބާނީ ޕޯލް އެލެން ހޯމަ ދުވަހު މަރުވެއްޖެ އެވެ.

05 އޮކްޓޯބަރ

October 05, 2018
މައިކްރޮސޮފްޓް ސާފަސް އަށް ބޮޑެތި ބަދަލުތަކެއް

މައިކްރޮސޮފްޓަކީ ކޮމްޕިއުޓަރު ހާޑްވެޔާ އާއި ސޮފްޓްވެއާގެ ވިޔަފާރީގައި އެންމެ ނަން ހިނގާ ކުންފުންޏެވެ. މިފަހަކަށް އައިސް މައިކްރޮސޮފްޓުން ނެރުނު ސާފަސް އާއިލާގެ ކޮމްޕިއުޓަރުތަކާއި ލެޕްޓޮޕްތަކަކީ މީހުންގެ ހިތްދަމައިގަންނަ ސިފަތަކެއް ލިބި، އެތައް ބަޔަކު އޭގެ އާ ކުލަތަކަށާއި ރަހަތަކަށް އިންތިޒާރުކުރާ އާއިލާއަކަށްވަނީ ވެފައެވެ.

13 ސެޕްޓެމްބަރ

September 13, 2018
މައިކްރޮސޮފްޓް ވިންޑޯޒް 10: ސްޓޯރޭޖް ސެންސް

މައިކްރޮސޮފްޓް ވިންޑޯޒް 10 ދޭތެރެ ދޭތެރެއިން "އަޕްޑޭޓް"ކޮށް ތަރައްގީކުރެ އެވެ. ވިންޑޯޒް 10 ގައި މިހާރު ހިމަނާފައިވާ "ސްޓޯރޭޖް ސެންސް" އަކީ ވިންޑޯޒް ކޮމްޕިއުޓަރެއް ބޭނުންކުރާ ނަމަ ބޭނުންހިފުން ބުއްދިވެރި ފަސޭހައެކެވެ. ކޮށްދޭ ކަމަކީ، ހާޑް ޑިސްކް ފުރެން ކައިރިވާހެން ވިންޑޯޒް އަށް ހީވާން ފެށުމުން، ބައެއް ފައިލްތައް މައިކްރޮސޮފްޓް...

30 ޖުލައި

July 30, 2018 1
ވަންޑްރައިވް އެޕްލިކޭޝަނަށް ފިންގާޕްރިންޓް ތަޅު

މައިކްރޮސޮފްޓް ވަންޑްރައިވް އަކީ ގޫގުލް ޑްރައިވް ކަހަލަ އެޕްލިކޭޝަނެކެވެ. ބޭނުމަކީ ކޮންމެވެސް އެހެން ތަނެއްގައި، އަމިއްލަ ކޮމްޕިއުޓަރު ނޫން ތަނެއްގައި، ފައިލްތައް ރައްކާކުރުމެވެ. މައިކްރޮޮސޮފްޓް ވަންޑްރައިވް ބޭނުންކުރާ މީހުންނަށް މައިކްރޮސޮފްޓް ސާވާތަކެވެ. ގޫގުލް ޑްރައިވް ބޭނުންކުރާ މީހުންނަށް ގޫގުލް ސާވާތަކެވެ.

19 ޖުލައި

July 19, 2018
މައިކްރޮސޮފްޓް އަދި ވޯލްމާޓް، އެމެޒޯން އާ ވާދަކުރަނީ

ކްލައުޑް ކޮމްޕިއުޓިން ދާއިރާގައި އެމެޒޯން އަށް އެންމެ ބޮޑު ވާދަވެރި އަކީ މައިކްރޮސޮފްޓެވެ. ރީޓެއިލް ވިޔަފާރީގައި އެންމެ ބޮޑު ވާދަވެރި އަކީ ވޯލްމާޓް އެވެ. މައިކްރޮސޮފްޓް އަދި ވޯލްމާޓް ގުޅިގެން މި ދެ ދާއިރާއިން އެމެޒޯންއާ ވާދަކުރުމަށްޓަކައި، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

17 ޖުލައި

July 17, 2018
މައިކްރޮސޮފްޓް ސާފަސް އަގު ހެޔޮކޮށްލަނީ

މިވަގުތު ބާޒާރުގައި ވިއްކަންހުރި ޓެބްލެޓްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިތް ކިޔާ އެއް ބާވަތަކީ މައިކްރޮސޮފްޓްގެ ޓެބްލެޓްތަކެވެ. މައިކްރޮސޮފްޓްގެ ސާފަސް ޓެބްލެޓްތަކަކީ ގެންގުޅެން ފަސޭހަވުމާއި ބެޓެރީ ބާރާއި އަޑުމަޑުކަމަށް ނަން ހިނގާ އެއްޗެކެވެ.

16 ޖުލައި

July 16, 2018
މައިކްރޮސޮފްޓް އެންޑްރޮއިޑް މާކެޓަށް

މައިކްރޮސޮފްޓް މަރުކާގެ އެންޑްރޮއިޑް ފޯނެއް ދާދި އަވަހަށް ފެނިދާނެ އެވެ. މި ވާހަކަތައް މިހާރު ވަނީ އިންޓަނެޓަށް ތިލަވެފަ އެވެ. މި ބުނީ ހަމަ ރަނގަޅަށެވެ. މައިކްރޮސޮފްޓް މަރުކާގެ ވިންޑޯޒް ފޯނެއް ނޫނެވެ. އެންޑްރޮއިޑް ފޯނެކެވެ.

01 ޖުލައި

July 01, 2018
މައިކްރޮސޮފްޓް ސާފާސް ފޯނަށް އެލްޖީ ޑިސްޕްލޭ

މައިކްރޮސޮފްޓް ސާފަސް ފޯނެއްގެ ވާހަކަ އަނެއްކާ ވެސް ދެކެވެން ފަށައިފި އެވެ. ވިންޑޯޒް ފޯނުތައް ހުއްޓާލުމަށް ފަހު، ސްމާޓްފޯން މާކެޓަށް ވަނުމަށް މައިކްރޮސޮފްޓުން ސާފަސް ފޯނު އުފައްދާނެ ކަމަށް ކުރިން ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ. ނަމަވެސް، ސާފަސް ފޯނާ ބެހޭ ގޮތުން އަޑެއް ބަޑެއް ނުއިވި، ގިނަ ދުވަސްތަކެއް ވުމަށް ފަހު، އަނެއްކާ ވެސް މި...

21 ޖޫން

June 21, 2018 1
އޮފީސް 365 އަށް ޕީޑީއެފް ސަޕޯޓް

މައިކްރޮސޮފްޓް އޮފީސް 365 ވެބް އެޕްލިކޭޝަންތަކުގައި ޕީޑީއެފް ސަޕޯޓް ގާއިމުކުރުމަށް އަޑޯބީން އެބަ މަސައްކަތްކުރެ އެވެ. މިއީ އޮފީސް 365 ބޭނުންކުރާ މީހުންނަށް ވަރަށް ބޭނުންތެރި ޚިދުމަތަކަށް ވާނެ އެވެ.

06 ޖޫން

June 06, 2018
މައިކްރޮސޮފްޓުން ގިޓްހަބް 7.5 ބިލިއަނަށް ގަނެފި

މިދިޔަ ހަފުތާ ނިމިގެން ދިޔައީ، ޑިވެލޮޕަރުންނާއި ސޮފްޓުވެއާ އުފައްދާ ކުންފުނިތަކުގެ މެދުގައި މަގުބޫލު ޖަގަހައެއް ކަމަށްވާ ގިޓްހަބު ގަތުމަށް މައިކްރޮސޮފްޓުން ފާރަލަމުން އަންނަ ކަމުގެ އަޑުތަކާ އެކު އެވެ.

05 ޖޫން

June 05, 2018 1
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ

ޑިޖިޓަލް މުވާސަލާތުތަކުގެ އިސް ބަހާއެއް ކަމަށްވާ ޔުނިކޯޑުގެ 11 ވަނަ އަދަދު މިއަދު ނެރޭނެ އެވެ. އެއާ އެކު އިމޯޖީ އާއިލާ އަށް މެންބަރުންތަކެއް އިތުރުވާނެ އެވެ.

25 އެޕްރީލް

April 25, 2018
ގޫގުލް: މާކެޓް ލީޑަރަކަށް ވުމަށް އިންވެސްޓްކުރަނީ

ގޫގުލް އަކީ ބާރުގަދަ ކުންފުންޏެކެވެ. އިންޓަނެޓްގައި އިޝްތިހާރު ކުރުމުގެ ވިޔަފާރީގައި ގޫގުލް ވަރެއް ނެތެވެ. ގޫގުލް ކްރޯމް އިންޓަނެޓް ބްރައުޒާ އަދި ޖީމެއިލް ވެސް ގިނަ ބަޔަކު ބޭނުންކުރެ އެވެ. މީގެ މާނަ އަކީ ގޫގުލް ހަމަ ބާރުގަދައީ ހެއްޔެވެ؟

24 އެޕްރީލް

April 24, 2018 2
މައިކްރޮސޮފްޓް ސާފަސް ފޯން، އަދިވެސް ފުރިހަމަނުވޭ

ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓްގެ ނަން ހިފަހައްޓައިދޭ ވަރުގެ ފޯނެއް ނެތެވެ. އެކަން ނުވެގެން އުޅެނީ އެ މީހުންގެ ވިސްނުން ހުރި ގޮތުންނެވެ. މައިކްރޮސޮފްޓް ބޭނުންވަނީ، ޑިވައިސްތަކުގެ މެދުގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމަކަށް، ވިންޑޯޒް 10 ހަދާށެވެ. އެކަމެއް ނުވި އެވެ.

17 އެޕްރީލް

April 17, 2018 1
މައިކްރޮސޮފްޓް ސްޓޯރުން އިންސްޓަގްރާމް ބޭރުކޮށްލައިފި

މައިކްރޮސޮފްޓް ސްޓޯރުން އިންސްޓާގްރާމް ބޭރުކޮށްލައިފި އެވެ. އެކަމަކު އެއީ އެ އެޕްލިކޭޝަންގައި މައްސަލައެއް އުޅޭތީއެއް ނޫނެވެ. އިންސްޓަގްރާމަކީ ފޭސްބުކް މެނޭޖްމަންޓުން ހިންގާ އެޕްލިކޭޝަނަކަށް ވާތީއެއް ވެސް ނޫނެވެ. ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓަށް ލިބުނު ޖާގަ ދެމެހެއްޓުމަށްޓަކައި، ތަމްސީލުކުރާނެ ވިންޑޯޒް ފޯނެއް...

11 މާޗް

March 11, 2018
މައިކްރޮސޮފްޓް ސްޓޯރުގައި ގެލަކްސީ ފޯނުތައް

މައިކްރޮސޮފްޓް ސްޓޯރުގައި، ވިންޑޯޒް ފޯނަށް ވުރެ އެންޑްރޮއިޑް ފޯނު ގިނަ އެވެ. ސެމްސަންގް ގެލަކްސީ މަރުކާގެ ބާރުގަދަ ފޯނުތައް، ސެމްސަންގް ސްޓޯރުން ވިއްކާ އަގުގައި، މައިކްރޮސޮފްޓް ސްޓޯރުން އެބަ ވިއްކަ އެވެ. ޝައުގުވެރިވާ މީހަކު މި ދެ ޖުމުލަ މާނަކުރަންވީ އެވެ.

28 ފެބުރުއަރީ

February 28, 2018
މައިކްރޮސޮފްޓް، ޝޯމީ އޭއައި ޑިވައިސްތައް އުފައްދަނީ

އާޓިފިޝަލް އިންޓެލިޖެންސް ޑިވައިސްތައް އުފެއްދުމަށްޓަކައި، މައިކްރޮސޮފްޓް އަދި ޝޯމީ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ އެބަ ދެކެވެ އެވެ. ބޭނުމަކީ އެޕަލް، ގޫގުލް އަދި އެމެޒޯން ބާރުގަދަކޮށްފައި އޮތް، އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" މާކެޓުން ބައެއް އަތުލުމެވެ. މި ދެ ކުންފުނި ގުޅިގެން އުފައްދާ ޑިވައިސްތައް، ބަޖެޓް...

12 ފެބުރުއަރީ

February 12, 2018
މައިކްރޮސޮފްޓުން ވިންޑޯޒް ޑިފެންޑާ ބާރުވެރިކުރަނީ

މައިކްރޮސޮފްޓް ވިންޑޯޒް 10އާ އެކު ބަންޑެލިކުރެވިގެން، ބޭނުންކުރާ މީހުންނާ ހަމަ އަށް އަންނަ އެންޓިވައިރަސް ސޮފްޓްވެއާ، "ވިންޑޯޒް ޑިފެންޑާ" އަށް އާ ފީޗާތަކެއް އިތުރުކުރަން އުޅޭ ކަމަށް ބުނާތީ އިވިއްޖެ އެވެ. މައިކްރޮސޮފްޓުން ބުނި ގޮތުގައި، ވިންޑޯޒް 10އާ ގުޅުމެއް ނެތް އަދި ބޭނުންކުރާ މީހުންނަށް ވެސް ފައިދާއެއް ނެތް ސޮފްޓްވެއާ...

05 ފެބުރުއަރީ

February 05, 2018
އޮފީސް 2019 ހަމައެކަނި ވިންޑޯޒް 10 އަށް

މި އަހަރު މެދާ ހިސާބުގައި، އޮފީސް 2019 މާކެޓަށް ނެރޭނެ އެވެ. މައިކްރޮސޮފްޓުން އެހެން ބުނެފި އެވެ. އޮފީސް 2019 ބޭނުންކުރާ މީހުންނާ ހިސާބަށް އެ އަންނައިރު އޮތް ހިތާމަ އަކީ، އެއީ ހަމައެކަނި ވިންޑޯޒް 10 ގައި ހިންގޭ އެޕްލިކޭޝަން ބަންޑެއްޔަކަށް ވުމެވެ. އެއީ މި ވަގުތަށް އޮތް އުސޫލު ކަމަށް މައިކްރޮސޮފްޓުން ކަށަވަރުކޮށްދެ އެވެ.

30 ޖެނުއަރީ

January 30, 2018 1
ވިންޑޯޒް 10 މޮބައިލް އިންސައިޑާ ޕްރޮގްރާމް ފެނަށް

ސްމާޓްފޯން ވިޔަފާރި އަކީ މައިކްރޮސޮފްޓުން ވަަރަށް ފޮނި އުންމީދާ އެކު ފެށި މަސައްކަތެކެވެ. ވާދަވެރިން ފަހަތަށް ޖައްސާލާނެ ކަމަށް ބުނެ މަލާމާތްކުރަމުންނެވެ. މައިކްރޮސޮފްޓް ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމް، ވިންޑޯޒް އަށް ދޫނުކުރާ ވަރުގެ ކާމިޔާބީއެއް ހޯދުމުގެ ނިޔަތުގަ އެވެ. ނަމަވެސް ކުރި އެއްވެސް މަސައްކަތެއް ދެމެހެއްޓެނިވި ކަމެއް...

01 ޖެނުއަރީ

January 01, 2018 1
މައިކްރޮސޮފްޓަށް ފޯނު ނަންބަރު ބޭނުންވެއްޖެ

ވިންޑޯޒް 10 "ބިލްޑް 17063" ކޮމްޕިއުޓަރަށް އަޅަމުންދާ މަރުހަލާގައި ފޯނު ނަންބަރު ދޭން އެދެ އެވެ. އެ ނޫން ގޮތެއްގައި ވިންޑޯޒް 10 "އިންސްޓޯލް"އެއް ނުކުރެވެ އެވެ. ވިންޑޯޒް 10 "ބިލްޑް 17063" އަށް އޮޕަރޭޓިން ސިސްޓަމް ފެންވަރު މަތިކުރަން އެދޭ ނަމަ، ފޯނު ނަންބަރު ދިނުން ނޫން ގޮތެއް އަދި ނެތެވެ. ވިންޑޯޒް 10 މެދުވެރިކޮށް މައިކްރޮސޮފްޓަށް ފޯނު ނަންބަރު...