24 ނޮވެމްބަރ

November 24, 2016 18
އިޒްރޭލުގައި ރޯވި އަލިފާން ނިއްވަން ގައުމުތަކުގެ އެހީއަށް

ތެލް އަވީވް (ނޮވެމްބަރު 24) - އިޒްރޭލުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ގްރީސް އާއި ކްރޮއޭޝިއާ، ސައިޕްރަސް އަދި ތުރުކީގެ އެހީއަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެދިވަޑައިގެންފި އެވެ.

23 ނޮވެމްބަރ

November 23, 2016 3
ފަލަސްތީނާއި އިޒްރޭލް ސުލްހަވާން ޓްރަމްޕް ބޭނުންވޭ

ނިއު ޔޯކް (ނޮވެމްބަރު 23) - މެދުއިރުމައްޗަށް ސުލްހަ ހޯދުމަށް އެމެރިކާ އިން މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ފަލަސްތީނާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމްކުރުމަކީ ވަރަށް ބޮޑަށް ލޯބިކުރާ ކަމެއް ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2016 2
ހަލަބުގެ ހަމަލާތައް ހުއްޓާލުމަށް ސީރިއާ އިން ދެކޮޅު

ދިމިޝްގު (ނޮވެމްބަރު 21) - ހަލަބު ސިޓީ އަށް މިހާރު ދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް އދ. އިން ތައްޔާރު ކުރި ހުށަހެޅުމަށް ސީރިއާ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

19 ނޮވެމްބަރ

November 19, 2016 3
ބޮމުގެ ހަމަލާތަކުގައި ހަލަބުގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް

ދިމިޝްގު (ނޮވެމްބަރު 19) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ވައިގެ ހަމަލާތައް ދީ އެ ތަންތަނުން ދޭ ޚިދުމަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2016 5
އިޒްރޭލުގެ ޓީމަށް އައިއެސް އިން ހަމަލާ ދޭން އުޅެފި

ޕްރިސްޓީނާ (ނޮވެމްބަރު 18) - އިޒްރޭލުގެ ފުޓުބޯޅަ ޓީމު މިދިޔަ ހަފުތާގައި އަލްބޭނިއާ އަށް ކުރި ދަތުރުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ކޮސޯވޯ ފުލުހުން ބުނެފި އެވެ.

17 ނޮވެމްބަރ

November 17, 2016
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި

ދިމިޝްގު (ނޮވެމްބަރު 17) - ސީރިއާ ސަރުކާރު ސިފައިންނާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ސަރުކާރު ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

15 ނޮވެމްބަރ

November 15, 2016 1
އިޒްރޭލުގެ ފިޔަވަޅުތައް ހުއްޓަން ފަލަސްތީނުން އދ އަށް

ގުދުސް (ނޮވެމްބަރު 15) - ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އދ. އަށް އެ މައްސަލަތައް ގެންދާނެ ކަމުގެ އިންޒާރު ފަލަސްތީނުން ދީފި އެވެ.

14 ނޮވެމްބަރ

November 14, 2016 9
ބަންގީގެ އަޑު މަޑު ކުރަން ނަތަންޔާހޫ ތާއީދުކުރައްވައިފި

ގުދުސް (ނޮވެމްބަރު 14) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ބިލަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދު ކުރައްވައިފި އެވެ.

November 14, 2016
"ޕްރޮޖެކްޓް ރަންވޭ" މެދުއިރުމައްޗަށް

އެމެރިކާގެ ފެޝަން ޑިޒައިން ސީރީޒް، ޕްރޮޖެކްޓް ރަންވޭ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ރިއަލިޓީ ޓީވީ ކޮމްޕެޓިޝަނެކެވެ. ސުޕަ މޮޑެލް ހައިޑީ ކްލުމް ހުށަހަޅައިދޭ މި ސީރީޒް ގިނަ ބައެއްގެ...

11 ނޮވެމްބަރ

November 11, 2016 1
އަރަބި ސްޕްރިންގައި 600 ބިލިއަން ޑޮލަރުގެ ގެއްލުން

ޔުނައިޓެޑް ނޭޝަންސް (ނޮވެމްބަރު 11) - އަރަބި ގައުމުތަކަށް 2011 ވަނަ އަހަރު ގެންނަ އުޅުނު އިންގިލާބު ނުވަތަ އަރަބި ސްޕްރިންގައި އެ ސަރަހައްދުގެ އިގްތިސާދަށް 600 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2016
ސައުދީ އެމްބަސީ ރޯކޮށްލި މީހުން ޖަލަށްލައިފި

ތެހެރާން (ނޮވެމްބަރު 6) - ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް ހަމަލާދީ އެ ތަނުގައި އަލިފާން ޖެހި މީހުން ޖަލަށްލުމަށް އީރާނުން ހުކުމްކޮށްފި އެވެ.

02 ނޮވެމްބަރ

November 02, 2016 1
މޫސަލްގައި ހަ ލައްކަ ކުޑަ ކުދިން ތާށިވެފައި

ބަޣުދާދު (ނޮވެމްބަރު 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ މޫސަލް ހިފުމަށް މިހާރު ފަށާފައިވާ ހަނގުރާމައިގައި އެ ސިޓީގައި ތާށިވެފައި ތިބި އާއްމުންގެ ތެރޭގައި ހަ...

November 02, 2016
އިރާގުގެ ބޯޑަރަށް ތުރުކީން ބަރު ހަތިޔާރު ޖަމާކޮށްފި

އަންކާރާ (ނޮވެމްބަރު 2) - އިރާގުގެ ސަރަހައްދީ ރޮނގާ ކައިރިއަށް ތުރުކީން ޓޭންކާއި އެނޫން ވެސް ބަރު ހަތިޔާރު ޖަމާކޮށްފައިވާ ކަމަށް އަސްކަރީ ފަރާތްތަކުން ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2016 5
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ

ބަޣުދާދު (ނޮވެމްބަރު 1) - އިރާގުގެ ޚާއްސަ ސިފައިން މޫސަލްގެ އިރުން އެ ސިޓީ އަށް ފުރަތަމަ ފަހަރަށް ވަދެފައިވާ ކަމަށް ބީބީސީން މިއަދު ބުނެފި އެވެ.

November 01, 2016 1
ސީސީއަށް ކުރެއްވި "މަލާމާތާ" އެކު މަގާމުން ވަކިވެއްޖެ

ރިޔާޒް (ނޮވެމްބަރު 1) - ދުނިޔޭގެ އެންމެ ބޮޑު އެއް އިސްލާމީ ޖަމާއަތް ކަމަށްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް އިޔާދު މަދާނީ މިސްރުގެ...

November 01, 2016 4
އައިއެސްއަށް އިރާގުގެ އިންޒާރު: އަމާންދީ، ނޫނީ މަރުވޭ

ބަޣުދާދު (ނޮވެމްބަރު 1) - މޫސަލްއާ އިރާގު ސިފައިން ކައިރިވަމުންދާ އިރު ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.

31 އޮކްޓޯބަރ

October 31, 2016 1
ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވުން ނާކާމިޔާބުކޮށްލައިފި

ޖިއްދާ (އޮކްޓޯބަރު 31) - ހުޅަނގުގެ ޖިއްދާގައި މި މަހު ކުޅެން އޮތް ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވަން އުޅުނު ހާދިސާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2016 1
މަރުގެ އަދަބު ލުއިކުރަން ޖަސްޓިސް މިނިސްޓަރު ގޮވާލައިފި

ތެހެރާން (އޮކްޓޯބަރު 30) - ކުށްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެއަށް ވުރެ "ލުއި އެކަށީގެންވާ އެހެން އަދަބެއް" ދިނުމަށް އީރާނުގެ ޖަސްޓިސް މިނިސްޓަރު މަސައްކަތް...

October 30, 2016 13
މައްކާ އަށް ހަމަލާ ދިނުމަކީ މުސްލިމުންނަށް ގޯނާކުރުން

މައްކާ (އޮކްޓޯބަރު 30) - އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން މައްކާ ސަރަހައްދަށް ބެލިސްޓިކް މިސައިލުން ހަމަލާދޭން އުޅުމަކީ ދުނިޔޭގެ 1.5 ބިލިއަން މުސްލިމުންނަށް ކުރަން އުޅުނު ގޯނާއެއް...

27 އޮކްޓޯބަރ

October 27, 2016 5
ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްދަ :ޓްރަމްޕް

ގުދުސް (އޮކްޓޯބަރު 27) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި...

October 27, 2016 1
ސީރިއާގެ ސްކޫލަކަށް ހަމަލާދީ އެތައް ކުދިންނެއް މަރު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 27) - ސީރިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އުތުރުގެ އިދްލީބް ޕްރޮވިންސްގެ ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކިޔަވާ ކުދިން...

26 އޮކްޓޯބަރ

October 26, 2016
މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާތައް ބޮޑު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 26) - އިރާގު ސިފައިން މޫސަލްއާ ކައިރިވާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަނިޔާވެރިކަން ބޮޑުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް އދ. އިން ބުނެފި އެވެ.

25 އޮކްޓޯބަރ

October 25, 2016 12
ގާޒާގައި ދެން ކުރާނީ ފަހު ހަނގުރާމަ: އިޒްރޭލް

ގުދުސް (އޮކްޓޯބަރު 25) - ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ދެން ކުރާނީ ފަހު ހަނގުރާމަ ކަމަށާއި އެ ހަނގުރާމައިގައި ހުރިހާ ކަމެއް ނިންމާލާނެ ކަމަށް އިޒްރޭލުގެ ހަރުކަށި ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން ވިދާޅުވެއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2016
މޫސަލްގެ ހަނގުރާމައަށް ތުރުކީ ވަންނަން އުޅެނީ ކީއްވެ؟

އަންކާރާ (އޮކްޓޯބަރު 23) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން މޫސަލް ސިޓީ ހިފަން ފަށާފައިވާ ހަނގުރާމައިގައި ބައިވެރިނުވެ، އިރާގުގައި ތިބި ތުރުކީ ސިފައިންނަށް މަޑުން ތިބެވެން ނެތް ކަމަށް ތުރުކީން ދަނީ ބުނަމުންނެވެ.

October 23, 2016
އިރާގުގައި ބަނގުރާ މަނާކުރަން ގާނޫނެއް ފާސްކޮށްފި

ބަޣުދާދު (އޮކްޓޯބަރު 23) - އިރާގުގައި ބަނގުރާ އުފެއްދުމާއި އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މަނާ ކުރުމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

October 23, 2016 1
ތިން ދުވަހަށް ފަހު ހަލަބުގެ ހަމަލާތައް ފަށައިފި

ދިމިޝްގު (އޮކްޓޯބަރު 23) - ސީރިއާގެ ހަލަބު ސިޓީ އަށް ދެމުންދިޔަ ހަމަލާތައް ތިން ދުވަހަށް ހުއްޓާލުމަށް ފަހު ހޮނިހިރު ދުވަހު ރެއިން ފެށިގެން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދޭން...

22 އޮކްޓޯބަރ

October 22, 2016 3
މޫސަލް ކައިރިން އާއްމުންގެ އެތައް ބަޔަކު މަރައިފި

ބަޣުދާދު (އޮކްޓޯބަރު 22) - އިރާގު ސިފައިން މޫސަލްއާ ކައިރިވަމުންދާ އިރު އެ ސަރަހައްދުން ފިރިހެނުންނާއި ފިރިހެން ކުދިންގެ ތެރޭން 284 މީހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން މަރާފައިވާ ކަމަށް އިރާގުގެ ޖާސޫސީ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ސީއެންއެން އިން ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2016
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި

ބަޣުދާދު (އޮކްޓޯބަރު 21) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އިރާގުގެ ކިރްކުކް ސިޓީގެ ސަރުކާރުގެ އިމާރާތްތައް ހަމަލާދީ ފުލުހުންގެ ހަ މީހުންނާއި އާއްމުންގެ 16 މީހުން މަރާލައިފި އެވެ.