30 އޮކްޓޯބަރ

October 30, 2016 1
މަރުގެ އަދަބު ލުއިކުރަން ޖަސްޓިސް މިނިސްޓަރު ގޮވާލައިފި

ތެހެރާން (އޮކްޓޯބަރު 30) - ކުށްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެއަށް ވުރެ "ލުއި އެކަށީގެންވާ އެހެން އަދަބެއް" ދިނުމަށް އީރާނުގެ ޖަސްޓިސް މިނިސްޓަރު މަސައްކަތް...

October 30, 2016 13
މައްކާ އަށް ހަމަލާ ދިނުމަކީ މުސްލިމުންނަށް ގޯނާކުރުން

މައްކާ (އޮކްޓޯބަރު 30) - އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން މައްކާ ސަރަހައްދަށް ބެލިސްޓިކް މިސައިލުން ހަމަލާދޭން އުޅުމަކީ ދުނިޔޭގެ 1.5 ބިލިއަން މުސްލިމުންނަށް ކުރަން އުޅުނު ގޯނާއެއް...

27 އޮކްޓޯބަރ

October 27, 2016 5
ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްދަ :ޓްރަމްޕް

ގުދުސް (އޮކްޓޯބަރު 27) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި...

October 27, 2016 1
ސީރިއާގެ ސްކޫލަކަށް ހަމަލާދީ އެތައް ކުދިންނެއް މަރު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 27) - ސީރިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އުތުރުގެ އިދްލީބް ޕްރޮވިންސްގެ ސްކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ ކިޔަވާ ކުދިން...

26 އޮކްޓޯބަރ

October 26, 2016
މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާތައް ބޮޑު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 26) - އިރާގު ސިފައިން މޫސަލްއާ ކައިރިވާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަނިޔާވެރިކަން ބޮޑުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް އދ. އިން ބުނެފި އެވެ.

25 އޮކްޓޯބަރ

October 25, 2016 12
ގާޒާގައި ދެން ކުރާނީ ފަހު ހަނގުރާމަ: އިޒްރޭލް

ގުދުސް (އޮކްޓޯބަރު 25) - ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ދެން ކުރާނީ ފަހު ހަނގުރާމަ ކަމަށާއި އެ ހަނގުރާމައިގައި ހުރިހާ ކަމެއް ނިންމާލާނެ ކަމަށް އިޒްރޭލުގެ ހަރުކަށި ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން ވިދާޅުވެއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2016
މޫސަލްގެ ހަނގުރާމައަށް ތުރުކީ ވަންނަން އުޅެނީ ކީއްވެ؟

އަންކާރާ (އޮކްޓޯބަރު 23) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން މޫސަލް ސިޓީ ހިފަން ފަށާފައިވާ ހަނގުރާމައިގައި ބައިވެރިނުވެ، އިރާގުގައި ތިބި ތުރުކީ ސިފައިންނަށް މަޑުން ތިބެވެން ނެތް ކަމަށް ތުރުކީން ދަނީ ބުނަމުންނެވެ.

October 23, 2016
އިރާގުގައި ބަނގުރާ މަނާކުރަން ގާނޫނެއް ފާސްކޮށްފި

ބަޣުދާދު (އޮކްޓޯބަރު 23) - އިރާގުގައި ބަނގުރާ އުފެއްދުމާއި އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މަނާ ކުރުމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.

October 23, 2016 1
ތިން ދުވަހަށް ފަހު ހަލަބުގެ ހަމަލާތައް ފަށައިފި

ދިމިޝްގު (އޮކްޓޯބަރު 23) - ސީރިއާގެ ހަލަބު ސިޓީ އަށް ދެމުންދިޔަ ހަމަލާތައް ތިން ދުވަހަށް ހުއްޓާލުމަށް ފަހު ހޮނިހިރު ދުވަހު ރެއިން ފެށިގެން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދޭން...

22 އޮކްޓޯބަރ

October 22, 2016 3
މޫސަލް ކައިރިން އާއްމުންގެ އެތައް ބަޔަކު މަރައިފި

ބަޣުދާދު (އޮކްޓޯބަރު 22) - އިރާގު ސިފައިން މޫސަލްއާ ކައިރިވަމުންދާ އިރު އެ ސަރަހައްދުން ފިރިހެނުންނާއި ފިރިހެން ކުދިންގެ ތެރޭން 284 މީހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން މަރާފައިވާ ކަމަށް އިރާގުގެ ޖާސޫސީ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ސީއެންއެން އިން ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2016
އައިއެސް އިން އިރާގުގެ ކިރްކުކަށް ހަމަލާ ދޭން ފަށައިފި

ބަޣުދާދު (އޮކްޓޯބަރު 21) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އިރާގުގެ ކިރްކުކް ސިޓީގެ ސަރުކާރުގެ އިމާރާތްތައް ހަމަލާދީ ފުލުހުންގެ ހަ މީހުންނާއި އާއްމުންގެ 16 މީހުން މަރާލައިފި އެވެ.

20 އޮކްޓޯބަރ

October 20, 2016
އިޒްރޭލުގެ އަމަލުތަކަށް އަދަބު ލިބެންޖެހޭނެ: ފަލަސްތީން

ގުދުސް (އޮކްޓޯބަރު 20) - ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިޒްރޭލުން ގެދޮރު އަޅައިދޭ މައްސަލާގައި ޔަހޫދީ ދައުލަތާ ދެކޮޅަށް އދ. އިން...

October 20, 2016
އައިއެސްގެ ލީޑަރުން މޫސަލް އިން ފިލަން ފަށައިފި

ބަޣުދާދު (އޮކްޓޯބަރު 20) - އިރާގުގެ މޫސަލް ހިފަން އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ތަައްޔާރުވަމުންދާ އިރު އެ ސިޓީގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރުން ފިލަން...

19 އޮކްޓޯބަރ

October 19, 2016 2
ސިޔާސީ ހިމާޔަތް ހޯދަން އަސަދުގެ އަނބިކަނބަލުން ދެކޮޅު

ދިމިޝްގު (އޮކްޓޯބަރު 19) - ސީރިއާ އިން ނުކުމެ އެހެން ގައުމަކަށް ހިނގައްޖެ ނަމަ ސިޔާސީ ހިމާޔަތް ދޭނެ ކަމުގެ ހުށަހެޅުންތައް ލިބޭ ކަމަށާއި އެކަމަކު އެ ހުރިހާ ހުށަހެޅުމަކަށް ދެކޮޅު ހަދާފައިވާނެ ކަމަށް ރައީސް ބައްޝާރުލް އަސަދުގެ އަނބިކަނބަލުން އަސްމާ އަލް އަސަދު ވިދާޅުވެއްޖެ އެވެ.

October 19, 2016 3
ސައުދީ ޕްރިންސަކަށް މަރުގެ އަދަބު ދީފި

ރިޔާޒް (އޮކްޓޯބަރު 19) - މީގެ ތިން އަހަރު ކުރިން ހިނގި ހަމަނުޖެހުމެއްގައި މީހަކު މެރި ކަމުގެ ކުށުގައި ސައުދީ އަރަބިއާގެ ޕްރިންސެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށް...

October 19, 2016 8
އައިއެސް އިން އައްޑަނައަކަށް އާއްމުން ބޭނުން ކުރަނީ

ވޮޝިންޓަން (އޮކްޓޯބަރު 19) - އިރާގުގެ މޫސަލްއާ ސިފައިން ކައިރިވަމުންދާ ވަރަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ އާއްމުން އައްޑަނައަކަށް ބޭނުން ކުރަމުން ކަމަށް އެމެރިކާ އިން...

18 އޮކްޓޯބަރ

October 18, 2016 1
މޫސަލް ހިފުން ދަނީ ޝެޑިއުލަށް ވުރެ ބާރަށް: ޕެންޓަގަން

ވޮޝިންޓަން (އޮކްޓޯބަރު 18) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް އިއްޔެ ފެށި އޮޕަރޭޝަން ކުރިއަށް ދަނީ ޝެޑިއުލަށް ވުރެ މާ ބާރަށް ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

17 އޮކްޓޯބަރ

October 17, 2016 1
މޮސޫލް: އިރާގުގައި އައިއެސްގެ އެންމެ މުހިންމު ސިޓީ

މޮސޫލް (އޮކްޓޯބަރު 17) - މީގެ ދެ އަހަރު ކުރިން އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަތުލައިގަތް އިރާގުގެ މޮސޫލް އަކީ އަރަބިންނާއި ކުރުދީން އަދި ކްރިސްޓިއަނުން ވެސް ނިސްބަތްވާ ސިޓީއެކެވެ. އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށުން ހިފުމުގެ މުހިންމު އޮޕަރޭޝަން މިއަދު ވަނީ ފަށައިފަ އެވެ.

October 17, 2016 2
ތެލުގެ އަގުގެ މައްސަލާގައި ކުވޭތު ޕާލަމެންޓް އުވާލައިފި

ކުވޭތު ސިޓީ (އޮކްޓޯބަރު 17) - ތެލުގެ އަގުގެ މައްސަލާގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެން ކުވޭތުގެ ކެބިނެޓް އިސްތިއުފާ ދިނުމާ އެކު އެ ގައުމުގެ ޕާލަމެންޓް އަމީރު އުވާލައްވައިފި އެވެ.

October 17, 2016
އައިއެސްގެ އަތުން މޮސޫލް ހިފުމުގެ ހަނގުރާމަ ފަށައިފި

ބަޣުދާދު (އޮކްޓޯބަރު 17) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ މޮސޫލް ހިފުމުގެ ބޮޑު ހަނގުރާމަ ފަށާފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އިއުލާން...

15 އޮކްޓޯބަރ

October 15, 2016 1
ޔަމަނުގެ ޖަނާޒާ ހޯލަށް ބޮން އެޅުނީ އޮޅުމަކުން: ސައުދީ

ރިޔާޒް (އޮކްޓޯބަރު 15) - ޔަމަނުގެ ހޫތީންގެ ޖަނާޒާއެއް ކުރިއަށް ދިޔަ ހޯލަށް މިދިޔަ ހޮނިހިރު ދުވަހު ބޮން އަޅާ 140 މީހުން މަރާލީ މޮޅުމަކުން ކަމަށް ސައުދީ ކޯލީޝަނުން އެއްބަސްވެއްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2016 3
ސީރިއާ އަށް ދޭ ހަމަލާ ހުއްޓުވުމަށް އދ. ނުކުޅެދިފައި

އަންކާރާ (އޮކްޓޯބަރު 14) ސީރިއާގެ ހަލަބު ސިޓީ އަށް ވައިގެ ހަމަލާތައް ދީ އެ ސިޓީ ފުނޑުފުނޑު ކުރަމުންދާ އިރު އެ ހަމަލާތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާތީ ތުރުކީން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

13 އޮކްޓޯބަރ

October 13, 2016 1
ފަލަސްތީނުގެ ގާޒާގެ އާބާދީ ދެ މިލިއަނަށް

ގާޒާ (އޮކްޓޯބަރު 13) - ފަލަސްތީނުގެ ގާޒާގެ އާބާދީގެ ދެ މިލިއަނަށް އަރާފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފި އެވެ.

12 އޮކްޓޯބަރ

October 12, 2016 1
އިރާގުގެ ބޮޑު ވަޒީރު ސައިޒުވާން އުރުދުޣާން އަންގަވައިފި

އިސްތަންބޫލް (އޮކްޓޯބަރު 12) - ހައިސިއްޔަތު އޮޅުވާ ނުލާ ސައިޒުގައި ހުންނެވުމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަންގަވައިފި އެވެ.

October 12, 2016
އައިއެސްގެ އަތް ދަށުން ސަލާމަތްވި އަންހެނަކަށް އެވޯޑެއް

ބަޣުދާދު (އޮކްޓޯބަރު 12) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުވެ އަނިޔާ ލިބެމުން ދަނިކޮށް ސަލާމަތްވި ޔަޒިދީ އަންހެނަކަށް އިންސާނީ ހައްގުގެ އެވޯޑެއް...

October 12, 2016 3
ހަލަބަށް އަނެއްކާވެސް ވަރުގަދަ އަށް ވައިގެ ހަމަލާ ދެނީ

ދިމިޝްގު (އޮކްޓޯބަރު 12) - ސީރިއާގެ ހަލަބު ސިޓީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ސަރަހައްދުތަކަށް ރަޝިޔާގެ ހަނގުރާމަތީ ބޯޓުތަކުން އަނެއްކާވެސް ބޮން އަޅަން ފަށައިފި...

11 އޮކްޓޯބަރ

October 11, 2016 9
ތިން ލައްކަ މީހުންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އަސަދު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 11) - ސީރިއާގެ ދާޚިލީ ހަނގުރާމައިގައި 300،000 މީހުން މަރުވެގެން ދިޔައީ ރައީސް ބައްޝާރުލް އަސަދުގެ ލީޑާޝިޕް ފޭލްވެގެން ކަމަށާއި އެކަމުގެ ޒިންމާ އަސަދު އުފުއްލަން ޖެހޭނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެއްޖެ އެވެ.

October 11, 2016 2
ޔަމަނަށް ހަމަލާ ދިނުމުގައި ސައުދީގެ ބޯޓެެއް ބައިވެރިވި

ލަންޑަން (އޮކްޓޯބަރު 11) ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވައިގެ ހަމަލާ ދިނުމުގައި ސައުދީ އަރަބިއާގެ މަތިންދާ ބޯޓެއް ބައިވެރިވި ކަމަށް އެ ގައުމުން...

October 11, 2016 4
ރަޝިޔާ މައްސަލަ އައިސީސީ އަށް ވައްދަފާނެކަމުގެ އިންޒާރު

ޕެރިސް (އޮކްޓޯބަރު 11) - ސީރިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބަށް ބޮން އަޅަމުންދާތީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ރަޝިޔާގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް...

10 އޮކްޓޯބަރ

October 10, 2016 4
ކާރުގެ ނަމްބަރެއް ގަންނަން 9 މިލިއަން ޑޮލަރު

ދުބާއީ (އޮކްޓޯބަރު 10) - ދުބާއީން ކާރުގެ ރަޖިސްޓްރީ ނަމްބަރެއް ގަތުމަށް އިންޑިއާ މީހަކު 9 މިލިއަން ޑޮލަރު ޚަރަދުކޮށްފި އެވެ.

October 10, 2016 1
ތެލުގެ އަގު 60 ޑޮލަރަށް އަރައިފާނެ: ސައުދީ އަރަބިއާ

އިސްތަންބޫލް (އޮކްޓޯބަރު 10) - މި އަހަރު ނިމޭއިރު ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

October 10, 2016 1
ސައުދީ ބޯޑަރުގައިވާ ސިފައިންނަށް ހަމަލާ ދޭން ގޮވާލައިފި

ސަންއާ (އޮކްޓޯބަރު 10) - ޔަމަނުގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ދިން ވައިގެ ހަމަލާތަކުގައި 140 މީހުން މަރުވި ހާދިސާ އަށް ފަހު ސައުދީ ސަރަހައްދީ ރޮނގު ކައިރީގައި ތިބޭ ސިފައިންނަށް...

09 އޮކްޓޯބަރ

October 09, 2016 2
އައިއެސްގެ ބާރުގެ ދަށުން ހަތަރު ބައިކުޅަ އެއްބައި ގެއްލިއްޖެ

ބަޣުދާދު (އޮކްޓޯބަރު 9) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އެއް ޒަމާނެއްގައި އޮތް ބިންތަކުގެ ތެރޭން ހަތަރު ބައިކުޅަ އެއްބައި ބިން ގެއްލިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

October 09, 2016 3
ސައުދީ ކޯލީޝަނަށް އެމެރިކާގެ އެއްބާރުލުން ކުޑަކޮށްފި

ވޮޝިންޓަން (އޮކްޓޯބަރު 9) - ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ވައިގެ ހަމަލާތަކެއް ދީ 140 މީހުން މަރާލި ހަމަލާއާ ގުޅިގެން ސައުދީ ކޯލީޝަނަށް އެމެރިކާ އިން ދޭ އަސްކަރީ އެއްބާރުލުން...

October 09, 2016 4
ޔަމަނުގެ ޖަނާޒާއަކަށް ހަމަލާދީ 140 މީހުން މަރާލައިފި

ސަނާ (އޮކްޓޯބަރު 9) - ޔަމަނުގެ ވެރިރަށް ސަނާގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ސައުދީ ކޯލީޝަނުގެ މަތިންދާ ބޯޓުތަކުން ބޮން އަޅާ 140 މީހުން މަރާލާ، 500 މީހުން ޒަޚަމްކޮށްލައިފި އެވެ.

08 އޮކްޓޯބަރ

October 08, 2016 5
ސީރިއާގެ 150 ކުއްޖަކަށް ސައުދީ ރަސްގެފާން އެހީވަނީ

ރިޔާޒް (އޮކްޓޯބަރު 8) - ސީރިއާގެ ހަލަބު ސިޓީގައި މިހާރު ހިންގާ ހަނގުރާމައިގައި އަނިޔާ ލިބުނު 150 ކުއްޖަކަށް ސައުދީ ރަސްގެފާނުގެ ޚަރަދުގައި ބޭސްކޮށްދޭން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.

06 އޮކްޓޯބަރ

October 06, 2016 1
ހަލަބުގެ އިރުމަތީ ސަރަހައްދު ވަނީ ސުންނާފަތިކޮށްލާފައި

ޖެނީވާ (އޮކްޓޯބަރު 6) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ވޭތުވެދިޔަ ދެ މަސް ދުވަހު ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދު އެކުގައި ސުންނާފަތިވެފައިވާ ކަމަށް ސީރިއާ އަށް ކަނޑައަޅާފައިވާ އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން ޑި މިސްތުރާ ވިދާޅުވެއްޖެ އެވެ.

October 06, 2016 8
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ސައުދީއަށް އިންޒާރު ދީފި

ތެހެރާން (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އިން މިހާރު ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގައި އީރާނުގެ ކަނޑު ސަރަހައްދު ބޭނުން ނުކުރުމަށް އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދީފި...

October 06, 2016 10
ޔަހޫދީންނަށް ގެ އަޅައިދިނުން އެމެރިކާއިން ކުށްވެރިކޮށްފި

ވޮޝިންޓަން (އޮކްޓޯބަރު 6) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަށް އިޒްރޭލު ސަރުކާރުން ހިންގާ އާ މަޝްރޫއު އެމެރިކާ އިން ކުށްވެރިކޮށްފި އެވެ.