21 މާޗް

March 21, 2017
ކުރުދީންނަށް އަސްކަރީ މަރުކަޒެއް ނުހަދަން: ރަޝިޔާ

ސީރިޔާގެ އުތުރުގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނަށް ރަޝިޔާ އިން އަސްކަރީ މަރުކަޒެއް ގާއިމުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރުދީ ހަނގުރާމަވެރިން ބުނާ ބުނުންތައް ރަޝިޔާ އިން ދޮގުކޮށްފި އެވެ.

March 21, 2017
ބަޣުދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މަރު

އިރާގުގެ ވެރިރަށް ބަޣުދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފި އެވެ.

March 21, 2017
ރަޝިޔާ އަށް ލީބިޔާ މައްސަލަ ހައްލު ކުރެވޭނެތަ؟

ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި މީގެ އަހަރުތަކެއް ކުރިން ރަޝިޔާ ގެންގުޅުނު ސިޔާސަތު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އެމެރިކާ އާއި ނޭޓޯ ސިފައިން އިރާގަށް...

08 މާޗް

March 08, 2017
ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދެނީ

ކާބުލް (މާޗް 8) - އަފްޣާނިސްތާނުގެ ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދޭން ފަށައިފި އެވެ.

07 މާޗް

March 07, 2017 1
މޫސަލްގެ ސަރުކާރުގެ މައި އޮފީސް އިރާގު ސިފައިން ހިފައިފި

ބަޣުދާދު (މާޗް 7) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފަން އިރާގު ސިފައިން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ ސަރުކާރު އޮފީސްތައް ހިމެނޭ މައި އިމާރާތް މިއަދު ހިފައިފި އެވެ.

02 މާޗް

March 02, 2017
އެމެރިކާ އަށް ރަހުމެއް ނެތް ރައްދެއް ދޭނަން: ނޯތު ކޮރެއާ

ޕިއޮންޔަން (މާޗް 2) - އެމެރިކާ އާއި ސައުތު ކޮރެއާ އިން ފެށި އަސްކަރީ ތަމްރީނުތަކުގައި ނޯތު ކޮރެއާގެ ސަރަހައްދަށް ވަދެއްޖެ ނަމަ ރަހުމެއް ނެތް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެ ދެ ގައުމަށް ނޯތު ކޮރެއާ އިން އިންޒާރު ދީފި އެވެ.

23 ފެބުރުއަރީ

February 23, 2017 4
ތުރުކީގެ އަންހެން ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

އަންކަރާ (ފެބްރުއަރީ 23) - ތުރުކީގެ އަންހެން ސިފައިން ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން ސަރުކާރުން ހުއްދަ ކޮށްފި އެވެ.

19 ޖެނުއަރީ

January 19, 2017 5
ގެމްބިޔާ އަށް ވަދެގަތުމުގެ ވަގުތު ކުޑަތަން ވަނީ: ސެނެގާލް

ރިއާސީ އިންތިހާބުން ނާކާމިޔާބުވުމުން ވެސް ވެރިކަން ދޫކޮށްލައްވަން ދެކޮޅު ހައްދަވަފާއިވާ ގެމްބިއާގެ ރައީސް ޔަހުޔާ ޖާމީ، ގޮތް ދޫކުރައްވައި، އައު ރައީސާ ވެރިކަން ހަވާލު ކުރުމަށް ދީފައިވާ މުހުލަތު މިރޭ ހަމަވާ އިރު، ސެނެގާލް ސިފައިން މިހާރު ތިބީ ގެމްބިއާ އަށް ވަދެގަތުމަށް ތައްޔާރަށް ކަމަށް ސެނެގާލް އިން ބުނެފި އެވެ.

17 ޖެނުއަރީ

January 17, 2017
ސުލްހައިގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބައިިވެރިވާނެ

ރޫސީ ވިލާތާއި ތުރުކީ ވިލާތުގެ ތާއީދާ އެކު ކަޒަކިސްތާނުގައި ބާއްވާ، ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ނިންމައިފި އެވެ.

16 ޖެނުއަރީ

January 16, 2017 2
ސީރިޔާގައި އާންމުންނަށް ދޭ ހަމަލާތައް އިތުރުވަނީ

ސީރިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އާންމުންނަށް ދޭ ހަމަލާތައް އިތުރުވަމުންދާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2017
ލީބިޔާގައި އިޓަލީ އެމްބަސީ އަލުން ހުޅުވަނީ

ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ، ލީބިޔާގައި ހުންނަ އިޓަލީ އެމްބަސީ އަލުން ހުޅުވުމަށް އިޓަލީ ވިލާތުން ނިންމައިފި އެވެ.

January 12, 2017 1
ހޫތީންނާ ދެކޮޅަށް ސައޫދީން އާ ހަމަލާތަކެއް

ޔަމަންގެ ހުޅަނގަށް އަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާގެ ސިފައިން އާ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

January 12, 2017 4
ޔަމަންގައި އުޅޭ ހޫތީންނަކީ ކޮން ބައެއް؟

ޔަމަންގެ ޙޫޘީން ނުވަތަ އަޅުގަނޑުމެން މި ކިޔާ ހޫތީންނަކީ ޔަމަން ސަރުކާރަށް ވުރެ ވެސް ބާރު ގަދަ ބައެކެވެ. ވެރިކަން ފުރޮޅާލައި އިންތިހާބު ކުރެވިފައިވާ ރައީސް ގައުމުން ބޭރުވާ ހިސާބަށް...

11 ޖެނުއަރީ

January 11, 2017
ތުރުކީ ސިފައިން އިރާގުން ފޭބުމަށް ގޮވާލައިފި

އިރާގަށް ވަދެ ތިބި ތުރުކީވިލާތުގެ ސިފައިން އެ ގައުމުން ފޭބުމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ގޮވާލައްވައިފި އެވެ.

January 11, 2017 1
ސީރިޔާގައި ރަޝިޔާގެ އަސްކަރީ ބާރު ގަދަކުރަނީ

ސީރިޔާގައި ރަޝިޔާ ސިފައިން ހިންގާ އަސްކަރީ ހަރަކާތްތައް މަދުކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް، ރަޝިޔާގެ އަސްކަރީ ހަރަކާތްތައް ސީރިޔާގައި އަނެއްކާ ވަރުގަދަ...

10 ޖެނުއަރީ

January 10, 2017 1
އިރާގުގެ ޚާއްސަ ފައުޖުގެ ސިފައިން މޫސަލްގައި ކުރިއަށް

އިރާގުގެ އުތުރުގައި އޮންނަ މޫސަލް އިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ފައްސައިލުމަށް ކުރަމުންދާ ހަނގުރާމައިގައި އިރާގުގެ ޚާއްސަ ފައުޖުގެ ސިފައިން ކުރިއަރަމުންދާ...

January 10, 2017
އީރާނުން އަސްކަރީ ހޭދަ އިތުރުކޮށް ބާރު ގަދަކުރަނީ

އީރާންގެ އަސްކަރީ ހޭދަ އިތުރު ކުރުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި މަޝްރޫއަށް އެ މަޖިލީހުން އިއްޔެ ރުހުން ދީފި އެވެ.

06 ޖެނުއަރީ

January 06, 2017
ސީރިއާގައި ތިބޭ ރަޝިޔާ ސިފައިން މަދުކުރަން ފަށައިފި

މޮސްކޯ (ޖެނުއަރީ 6) - ސީރިއާގައި ތިބޭ ރަޝިޔާ ސިފައިން މަދުކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ. މި ގޮތުން ސީރިއާ ސަރަހައްދު ދޫކޮށް ފުރަތަމަ ދާނީ ރަޝިޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.

05 ޖެނުއަރީ

January 05, 2017 1
ނާކާމިޔާބުވި ރައީސް އަށް ގެމްބިއާ ސިފައިންގެ ތާއީދު

ބަންޖުލް (ޖެނުއަރީ 5) - ގެމްބިއާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ރައީސް ޔަހުޔާ ޖައްމާހަށް ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އުސްމާން ބަދުޖީ ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2017 32
ސިފައިންގެ ވަޒީފާއިން އިހުސާން ވަކިވެވަޑައިގެންފި

އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން މިދިޔަ ހޯމަދުވަހު ވަކިވެވަޑައިގެންފި އެވެ.

03 ޖެނުއަރީ

January 03, 2017 2
ދެން ބަޣާވާތެއް ނުކުރާނަން: ތައިލެންޑް ސިފައިންގެ ވެރިޔާ

ބެންކޮކް (ޖެނުއަރީ 3) - ތައިލެންޑުގައި ބާއްވާ އިންތިޚާބަށް ފަހު އެ ގައުމުގައި ދެން ބަޣާވާތް ނުކުރާނެ ކަމަށް ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

02 ޖެނުއަރީ

January 02, 2017 7
މިއަންމާގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯގެ މައްސަލަ ބަލަނީ

ޔަންގޫން (ޖެނުއަރީ 2) - މިއަންމާގެ ރަކިނީ ސްޓޭޓުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެފައިވާތީ އެ މައްސަލަ ބަލާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2016 6
ގެމްބިއާގެ ރައީސް މަގާމުން ދުރުކުރަން ސެނެގާލް ތައްޔާރު

ޑަކާރް (ޑިސެމްބަރު 24) - ރިޔާސީ އިންތިހާބުން ނާކާމިޔާބުވުމުން ވެސް ވެރިކަމުން ފައިބައިވަޑައިގަތުމަށް ދެކޮޅު ހައްދަވަފާއިވާ ގެމްބިއާގެ ރައީސް ޔަހުޔާ ޖައްމާހު މަގާމުން ދުރު ކުރުމަށް ސެނަގާލްގެ ސިފައިން ތައްޔާރީ ހާލަތުގައި ތިބި ކަމަށް ސަރަހައްދީ ޖަމާއަތުން ބުނެފި އެވެ.

15 ޑިސެމްބަރ

December 15, 2016 7
ޗައިނާ އިން ހިއްކި ރަށްތަކަށް ހަތިޔާރު ޖަމާކުރަން ފަށައިފި

ވޮޝިންޓަން (ޑިސެމްބަރު 15) - ދެކުނު ޗައިނާ ކަނޑުން ހިއްކި ރަށްތަކަށް ޗައިނާ އިން ހަތިޔާރު ޖަމާކުރަމުންދާ ކަމުގެ ސެޓެލައިޓް ފޮޓޯ ހެކި ލިބިފައިވާ ކަމަށް އެމެރިކާގެ ޖަމާއަތަކުން ބުނެފި އެވެ.

11 ޑިސެމްބަރ

December 11, 2016 1
ރައްގާ ހިފަން އެމެރިކާގެ އިތުރު ސިފައިން ސީރިއާ އަށް

މަނާމާ (ޑިސެމްބަރު 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ސީރިއާގެ ރައްގާ ހިފުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެމެރިކާގެ އިތުރު 200 ސިފައިން ފޮނުވުމަށް ނިންމާފައިވާ ކަމަށް ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2016 9
މިއަންމާ ސިފައިން ނުކުރާ އަނިޔާއެއް ނެތް: މުސްލިމް ރެފިއުޖީން

ޔަންގޫން (ނޮވެމްބަރު 25) - މިއަންމާގެ ހުޅަނގު އުތުރުގައި އޮންނަ ރަކިނީ ސްޓޭޓުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް މިއަންމާ ސިފައިން ނުކުރާކަށް އަނިޔާއެއް ނެތް ކަމަށް އެ ސްޓޭޓުން ފިލަމުންދާ މުސްލިމް ރެފިއުޖީން ބުނެފި އެވެ.