09 ޖޫން

June 09, 2020
އަންނަ ހަފުތާގެ ހަތަރު ދުވަހު ބޭންކްތައް ހުޅުވާނެ

އަންނަ ހަފުތާގައި ބޭންކްތައް ހަތަރު ދުވަހު ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

03 މެއި

May 03, 2020
މިދިޔަ އަހަރު ނިމުނުއިރު 36 ބިލިއަން ރުފިޔާ ދައުރުވި

މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ފައިސާގެ އަދަދު 36.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

22 އެޕްރީލް

April 22, 2020
އަންނަ ހަފުތާގައި ބޭންކުގެ ހިދުމަތް ހޯމަ، ބުދަ ދުވަހު

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ދުވަސްވަރު، އަންނަ ހަފްތާގައި ވެސް ބޭންކުތަކުގެ ހިދުމަތް ލިބޭނީ އެންމެ ދެ ދުވަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

18 އެޕްރީލް

April 18, 2020 5
މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ މި މަހުގެ ނިޔަލަށް ލޮކްޑައުންގައި އޮތަސް މާދަމާ އާއި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

02 އެޕްރީލް

April 02, 2020 10
އަންނަ ހަަފުތާގައި ތިން ދުވަހު ބޭންކްތަކުގެ ޚިދުމަތް

އަންނަ ހަފުތާގައި ބޭންކްތަކުގެ ޚިދުމަތް ތިން ދުވަހު ދޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.

18 މާޗް

March 18, 2020
ބަންދުގައި އެމްއެމްއޭ އާއި ބޭންކް ހުޅުވާނީ 3 ދުވަހު

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން، އެ ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާދަމާ އިން ފެށިގެން ހަފުތާ އަކަށް ސަރުކާރުން ބަންދު ކުރާތީ، އެ މުއްދަތުގެ ތެރޭގައި މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބޭންކްތައް ތިން ދުވަހަށް ހުޅުވަން މިއަދު ކަނޑައަޅައިފި އެވެ.

16 ޖުލައި

July 16, 2019 17
އެފްއައިޔޫން ފިޔަވަޅު އެޅި ނަމަ މުއާމަލާތް ހުއްޓުވުނީސް

އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތަކުން ކުރި ޝައްކު އުފެދޭ މުއާމަލާތްތަައް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ހުށަހެޅި ކަމަށާއި އެ ކަމާ މެދު އެކަށީގެންވާ ފިޔަވަޅު އެތަނުން އެޅި ނަމަ އެ މުއާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެ ކަމަށް...

02 ޖުލައި

July 02, 2019 7
ކުޑަ އިންޓަރެސްޓްގައި ލޯނު ލިބޭގޮތް އަވަހަށް ހަމަޖެހޭނެ

މީހުން ދިރިއުޅޭ ރަށްތަކުގައި ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓުގައި ލޯނު ލިބޭގޮތް ވަރަށް އަވަހަށް ހަމަޖެހޭނެ ކަަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

17 ފެބުރުއަރީ

February 17, 2019 10
އެފްއައިޔޫގެ ވެރިޔަކަށް ބޭފުޅަކު އައްޔަންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

08 ޖެނުއަރީ

January 08, 2019 7
ބީސީސީއައި އަށް ޖަމާކުރި ފައިސާ ނަގަން ފަހު ފުރުސަތު

މީގެ 27 އަހަރު ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޓިޑް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އަށް އާންމު ފަރާތްތަކުން ޖަމާކޮށްފައި ހުރި ފައިސާ ނެގުމަށް އެންމެ ފަހު ފުރުސަތު އެމްއެމްއޭ އިން ދީފި އެވެ.

25 ޖެނުއަރީ

January 25, 2018 12
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2016
އަންނަ ހަފުތާގެ ބުރާސްފަތީގައި ބޭންކުތައް ބަންދު

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ މަރުކަޒީ ބޭންކާއި ބޭންކުތައް ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި އެވެ.

19 ނޮވެމްބަރ

November 19, 2016 13
ރަށްރަށުގެ ބްރާންޗުތަކުން އަދިވެސް ޑޮލަރު ވިއްކާނެ

މި ބޮޑު ޗުއްޓީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ރަށްރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކުން ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރު ވިއްކަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

15 ނޮވެމްބަރ

November 15, 2016 6
އޮޓަމެޓިކުން ޗެކު ކްލިއާކުރަން ފަށައިފި

ރާއްޖޭގެ ހުރިހާ ބޭންކަކަށް ޖަމާކުރާ ޗެކުތަކަށް އޮޓަމެޓިކް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް ފައިސާ ޖަމާކޮށްދޭން މިއަދު ފަށައި ޑައިރެކްޓް ޑެބިޓުގެ ހިދުމަތް އަންނަ އަހަރު ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

23 ސެޕްޓެމްބަރ

September 23, 2016 8
ކޮމާޝަލް ބޭންކުގެ ހިދުމަތް ހޯމަ ދުވަހު ފަށަނީ

ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ރައުސްމާލަކާއެކު ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ހިދުމަތް އަންނަ ހޯމަ ދުވަހު ރަސްމީކޮށް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.