28 މެއި

May 28, 2020
ބޭންކްތައް އަނެއްކާވެސް ހަފުތާއަކު ތިން ދުވަހު ހުޅުވަނީ

އީދުގެ ކުރިން ހިދުމަތް ދެމުން އައި ގޮތަށް، ކުރިއަށް އޮތް ދެ ހަފުތާގައި، ހަފުތާއަކު ތިން ދުވަހު ބޭންކްތައް ހުޅުވާ ގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހަމަޖައްސައިފި އެވެ.

15 މެއި

May 15, 2020
ކުރިއަށް އޮތް ދެހަފުތާގައި ބެންކު ހުޅުވާނީ ތިން ދުވަހު

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގެ ލޮކްޑައުން ދެ ހަފުތާއަށް އިތުރުކޮށްފައި ވާތީ އެ ދެ ހަފުތާގައި ބޭންކިން ހިދުމަތް ލިބޭނީ ތިން ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިރޭ ބުނެފި އެވެ.

15 އެޕްރީލް

April 15, 2020
މާދަމާ ބީއެމްއެލް ބަންދުވާނެ

މާލެ ލޮކްޑައުން ކުރުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ބްރާންޗަކުން ދޭ ހިދުމަތްތައް ނުދޭން ނިންމައިފި އެވެ.

05 މާޗް

March 05, 2020 29
ރާއްޖޭގެ ބޭންކިން ވިޔަފާރި މި ގޮތުގައި ބާއްވަންވީތަ؟

ކޮންމެ ގައުމެއްގެ ވެސް އޮންނަ މާލީ ނިޒާމަކީ، އެ ގައުމެއްގެ އިގުތިސާދީ ކުރިއެރުމާއި، ފަރުދުންގެ ދިރިއުޅުމުގައްޔާއި، ވިޔަފާރި ކުރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ނިޒާމެކެވެ. މި ނިޒާމަކީ، އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައިމެ ގާއިމުވެފައިވާ ނިޒާމެކެވެ. އެކި ތަންތަނުގައި، މި ނިޒާމު ތަރައްގީވެފައި ހުރީ އެކި...

16 ޖުލައި

July 16, 2019 17
އެފްއައިޔޫން ފިޔަވަޅު އެޅި ނަމަ މުއާމަލާތް ހުއްޓުވުނީސް

އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތަކުން ކުރި ޝައްކު އުފެދޭ މުއާމަލާތްތަައް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ހުށަހެޅި ކަމަށާއި އެ ކަމާ މެދު އެކަށީގެންވާ ފިޔަވަޅު އެތަނުން އެޅި ނަމަ އެ މުއާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެ ކަމަށް...

13 ފެބުރުއަރީ

February 13, 2019 1
"ބީއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް

ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މީހުންނަށް "ބީއެމްއެމްއެލް ރިވެލި" ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

06 ފެބުރުއަރީ

February 06, 2019 29
ބީއެމްއެލްގެ ލުއި ލޯނު ތިން ލައްކަ އަށް ބޮޑުކުރަނީ

ބީއެމްއެލުން ދޫކުރާ ލުއި ލޯނުގެ މިންވަރު 300،000ރ އާ ހަމަޔަށް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

31 ޖެނުއަރީ

January 31, 2019 104
އަގު ބޮޑު، ގަނެވޭކަށް ނެތް، ލޯނެއް ނުލިބޭ؟

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިހާރު ފެންނަނީ މަތީ ފެންވަރުގެ އެތައް ސަތޭކަ އެޕާޓްމަންޓެއް ނިމެމުން ދާ ތަނެވެ. ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އެކަމަކު މިއީ ބޯހިޔާވަހިކަމަށް ޖެހިފައިވާ އާދައިގެ މީހަކަށް އަތްފޯރާ ފަށުގައި ހުރި ތަންތަނެއް ނޫނެވެ. އެއަށް ވުރެ އަގު ބޮޑެވެ.

08 ޑިސެމްބަރ

December 08, 2018 31
ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރަން: ބީއެމްއެލް

އެމްއެމްޕީއާރުސީގެ ހިނާޔާތުގައި ބީއެމްއެލުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަނެއްކާވެސް މިއަދު ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2018 54
ބީއެމްއެލުން އެންގި! ފަހަތު ފަޔަށް ބުރަވީ އެމްއެމްއޭ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށް ނުކުރާ ކަމެއް އިއްޔެ ކޮށް ނިންމާލި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެ ބޭންކަށް އަމާޒުވާ ވަރަށް ބޮޑު ތުހުމަތަކުން ސަލާމަތްވެވިދާނެ މައްސަލައެއް ފާހަގަކޮށްފި އެވެ؛ އެ ހިޔާނާތް ފަޅާއެރުމުގެ ކުރިން ވެސް އޭގެ މައުލޫމާތު، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ...

25 ޖެނުއަރީ

January 25, 2018 12
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.

20 ޑިސެމްބަރ

December 20, 2017 4
ބޭންކުތަކުގެ ފައިދާ 14 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭގެ ބޭންކުތަކުގެ ފައިދާ މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު 14 ޕަސެންޓް އިތުރުވެއްޖެ އެވެ.

10 އެޕްރީލް

April 10, 2017
ބީއެމްއެލްގެ މުއާމަލާތްނުކުރާ އެކައުންޓްތައް އާންމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި މުއާމަލާތެއް ނުހިންގާތާ ފަސް އަހަރު ވެފައިވާ 800 އަށްވުރެ ގިނަ އެކައުންޓާ މެދު އަމަލުކުރަންވީ ގޮތެއް އެކައުންޓްތަކުގެ ވެރިން އަންގައިދިނުމަށް އެދި އެ ބޭންކުން އިއުލާންކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2016 13
ރަށްރަށުގެ ބްރާންޗުތަކުން އަދިވެސް ޑޮލަރު ވިއްކާނެ

މި ބޮޑު ޗުއްޓީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކަނި ދަތުރުވެރިންނަށް ޑޮލަރު ވިއްކާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ރަށްރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކުން ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރު ވިއްކަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން މިއަދު ބުނެފި އެވެ.

07 އޯގަސްޓް

August 07, 2016 19
50 މިލިއަން ރުފިޔާގެ ކްރެޑިޓް ގެރެންޓީ ސްކީމެއް

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަދި އެއްވެސް ރަހުނަކާ ނުލައި ލޯނު ލިބޭ ސްކީމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފްކޮށްފި އެވެ.